Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޒިމްބާބްވޭގެ މަސްރަހު

ޒިމްބާބްވޭގެ އެއްޗެއް ގޮއްވާލި ހާދިސާގައި އަނިޔާވި 2 މީހުން މަރުވެއްޖެ

25 ޖޫން 2018 | ހޯމަ 21:17

49 މީހަކު ޒަޚަމްވި

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 25 ޖޫން 2018 | ހޯމަ 21:17
ޙާދިސާގައި އަނިޔާވި ސިފައިންގެ މީހަކަށް ފަރުވާ ދޭން ގެންދަނީ

ޙާދިސާގައި އަނިޔާވި ސިފައިންގެ މީހަކަށް ފަރުވާ ދޭން ގެންދަނީ

ރޮބަރޓް މުގާބޭގެ ވެރިކަމަށްފަހު ޒިމްބާބްވޭގައި ބާއްވާ ފުރަތަމަ އިންތިޚާބާއި ދިމާކޮށް ރައީސް އެމަރސަން ނަންގަގްވާ ބޭއްވި ކެމްޕޭން ރެލީއެއްގައި މިދިޔަ ހޮނިހިރު ދުވަހު އެއްޗެއް ގޮއްވާލި ހާދިސާގައި އަނިޔާވި 2 މީހަކު މަރުވެއްޖެކަމަށް އެޤައުމުގެ އޮފިޝަލުން ބުނެފިއެވެ.

މަރުވި 2 މީހުންގެ ނަން ހާމަކޮށްފައި ނުވިނަމަވެސް، އޭގެތެރެއިން އެކަކީ ނައިބު ރައީސް ކޮންސްޓަޓީނޯ ޗިވެންގާގެ އަރިސް މީހެއްކަމަށްވެއެވެ. ޗިވެންގާއާއި ޒިމްބާބްވޭގެ އަނެއް ނައިބު ރައީސް ކެމްބޯ މޮހާދީވެސް ވަނީ މި ހާދިސާގައި ޒަޚަމްވެފައެވެ.

ޒިމްބާބްވޭގެ ދެވަނައަށް އެންމެ ބޮޑު ސިޓީކަމަށްވާ ބުލަވަޔޯގެ ވައިޓް ސިޓީ ސްޓޭޑިއަމްގައި ހިނގި މިޙާދިސާގައި 49 މީހަކު ޒަޚަމްވެފައިވާއިރު، ހާލު ދެރަ ބައެއް މީހުން އަދިވެސް ތިބީ ހޮސްޕިޓަލުގައެވެ. އޭގެ ތެރޭގައި އެކި ވަރުގެ އަނިޔާތައް ލިބުނު ސަރުކާރުގެ އިސް 8 އޮފިޝަލަކު ހިމެނެއެވެ.

ރައީސް ނަންގަގްވާ ވިދާޅުވީ އެއްޗެއް ގޮވާފައިވަނީ އެމަނިކުފާނާއި ވަރަށް ކައިރިންކަމަށާއި، އެހެންނަމަވެސް އެމަނިކުފާނުގެ "ވަގުތު އަދި ނުޖެހޭ" ކަމަށެވެ. ނަންގަގްވާ ވިދާޅުވީ މިއީ ސީދާ ޖުލައި 30 ގައި ބާއްވާ އިންތިޚާބާއި ދިމާކޮށް ދިން ހަމަލާއެއްކަމަށެވެ. މިއީ ބުލަވެޔޯގައި ނަންގަގްވާ ބޭއްވި ފުރަތަމަ ކެމްޕޭން ރެލީއެވެ.

އިންތިޚާބުން ނަންގަގްވާ މޮޅުވާނެކަމަށް ބެލެވޭއިރު އެމަނިކުފާނާއި އިދިކޮޅަށްވެސް ވަރަށް ވަރުގަދަ ކެމްޕޭނެއް ކުރިއަށް ދެއެވެ. ޚާއްސަކޮށް ވެރިކަންކުރާ ޒާނޫ-ޕީއެފް ޕާޓީގެ އިދިކޮޅު ފަރާތްތަކުގެ އިތުރުން އެޕާޓީގެ ތެރޭގައި ތިބި ކުރީގެ ރައީސް މުގާބޭއަށް ތާޢީދުކުރާ މީހުންނަކީވެސް މިފަހަރު ނަންގަގްވާއަށް ކުރިމަތިވެވަޑައިގަންނަވާނެ ހުރަހަކަށްވާނެއެވެ.

މިހާދިސާ ހިނގާފައިވާ ބުލަވެޔޯއަކީ އިދިކޮޅު ފަރާތްތަކުގެ ތާޢީދު ބޮޑު ސިޓީއެކެވެ.

މަންޒަރު ދުށް ބައެއް މީހުންނާއި ހަވާލާދީ ރިޕޯޓްތައް ބުނާ ގޮތުން ގޮވާފައިވަނީ ކޮންމެވެސް މީހަކު އެއްލި ގްރެނޭޑެކެވެ. މިޙާދިސާގެ ޒިންމާ އެއްވެސް ފަރާތަކުން އުފުލާފައިނުވާއިރު ޒިމްބާބްވޭގެ އިދިކޮޅު ފަރާތްތަކުން ވަނީ މިހާދިސާ ކުށްވެރިކޮށްފައެވެ.

އެންމެ ހިނގާ

1

ނޭޕާލުގެ މަހުޖަނު ވަރުން ޗައުދަރީއަށް ރާއްޖޭގައި ދިމާވި ނުރައްކާތެރި ހާދިސާ އަކުން ސަލާމަތްވީ އަދާނީގެ ސަބަބުން ކަމަށް ބުނެފި

2

އީރާން އިން ޓެރަރިސްޓް ގުރޫޕަކާ ދެކޮޅަށް ވަރުގަދަ އޮޕަރޭޝަނެއް ހިންގައިފި

3

"އީރާނާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ"

4

ބަޔޮލޮޖިކަލް ގޮތުން އެއްވެސް ގުޅުމެއް ނެތް ދެ ކުދިން އޮސްޓްރޭލިއާގައި އަންހެނަކު އެއްމާބަނޑު ކުދިންގެ ގޮތުގައި ވިހައިފި

5

ޑޮަލަރު ނުލިބެނީ ކުރީ ސަރުކާރާ ހެދި. ޕާސްޕޯޓް ނުލިބެނީ ޖަރުމަނުވިލާތާ ހެދި. މި ސަރުކާރުން ޒިންމާ ނަގާނީ ކޮންއިރަކު؟

އިތުރަށް ކިޔާލަން

21 އޮކްޓޯބަރު 2017

ޑަބްލިއުއެޗްއޯގެ ގުޑްވިލް އެމްބެސެޑަރަކަށް ޒިމްބާބްވޭގެ ޑިކްޓޭޓަރު މުގާބޭ ހަމަޖައްސައިފި

21 އޮކްޓޯބަރު 2017
ޑަބްލިއުއެޗްއޯގެ ގުޑްވިލް އެމްބެސެޑަރަކަށް ޒިމްބާބްވޭގެ ޑިކްޓޭޓަރު މުގާބޭ ހަމަޖައްސައިފި
10 އޮކްޓޯބަރު 2017

ޒިމްބާބްވޭގެ ޖަސްޓިސް މިނިސްޓަރު ކަމުން ނައިބު ރައީސް ވަކިކުރައްވައިފި

10 އޮކްޓޯބަރު 2017
ޒިމްބާބްވޭގެ ޖަސްޓިސް މިނިސްޓަރު ކަމުން ނައިބު ރައީސް ވަކިކުރައްވައިފި
04 ޖުލައި 2017

ޕާކިސްތާނުގައި ތެޔޮ ޓޭންކަރު ގޮވި ހާދިސާގައި މަރުވި މީހުންގެ އަދަދު 250 އަށް އަރައިފި

04 ޖުލައި 2017
ޕާކިސްތާނުގައި ތެޔޮ ޓޭންކަރު ގޮވި ހާދިސާގައި މަރުވި މީހުންގެ އަދަދު 250 އަށް އަރައިފި
02 ޖުލައި 2017

ދިމިޝްގަށް ތިން ކާރު ބޮމުގެ ހަމަލާ، ހަތް މީހުން މި ހާދިސާގައި މަރުވި

02 ޖުލައި 2017
ދިމިޝްގަށް ތިން ކާރު ބޮމުގެ ހަމަލާ، ހަތް މީހުން މި ހާދިސާގައި މަރުވި
26 ޖޫން 2017

ޗައިނާގައި ހިނގި ބިންގަނޑުކަނޑައިގެން ދިޔުމުގެ ހާދިސާގައި އަދިވެސް 90 އަށް ވުރެ ގިނަ މީހުން ނުފެނޭ

26 ޖޫން 2017
ޗައިނާގައި ހިނގި ބިންގަނޑުކަނޑައިގެން ދިޔުމުގެ ހާދިސާގައި އަދިވެސް 90 އަށް ވުރެ ގިނަ މީހުން ނުފެނޭ
18 ޖޫން 2017

ކޮލަމްބިއާގެ ޝޮޕިން ސެންޓަރެއްގައި އެއްޗެއް ގޮއްވާލައިގެން ތިން މީހުން މަރުވެއްޖެ

18 ޖޫން 2017
ކޮލަމްބިއާގެ ޝޮޕިން ސެންޓަރެއްގައި އެއްޗެއް ގޮއްވާލައިގެން ތިން މީހުން މަރުވެއްޖެ
17 ޖޫން 2017

ގްރެންފެލް ޓަވަރުގައި ހިނގި އަލިފާނުގެ ހާދިސާގައި 58 މީހުން މަރުވެފައިވާ ކަމަށް ނިންމައިފި

17 ޖޫން 2017
ގްރެންފެލް ޓަވަރުގައި ހިނގި އަލިފާނުގެ ހާދިސާގައި 58 މީހުން މަރުވެފައިވާ ކަމަށް ނިންމައިފި
31 މެއި 2017

ކާބުލްގައި ޑިޕްލޮމޭޓުން ތިބޭ ސަރަހައްދުގައި ބާރުގަދަ އެއްޗެއް ގޮއްވާލައިފި

31 މެއި 2017
 ކާބުލްގައި ޑިޕްލޮމޭޓުން ތިބޭ ސަރަހައްދުގައި ބާރުގަދަ އެއްޗެއް ގޮއްވާލައިފި
27 އެޕްރީލު 2017

ދިމިޝްގް އިންޓަރނޭޝަނަލް އެއާޕޯޓް ކައިރީގައި ބާރުގަދަ އެއްޗެއް ގޮއްވާލައިފި

27 އެޕްރީލު 2017
ދިމިޝްގް އިންޓަރނޭޝަނަލް އެއާޕޯޓް ކައިރީގައި ބާރުގަދަ އެއްޗެއް ގޮއްވާލައިފި
17 ޖެނުއަރީ 2017

ޓާކިޝް އެއާލައިންސް ގެ ކާގޯ ފްލައިޓް ވެއްޓުނު ހާދިސާގައި މަރުވި މީހުންގެ އަދަދު 37 ކަށް އަރައިފި

17 ޖެނުއަރީ 2017
ޓާކިޝް އެއާލައިންސް ގެ ކާގޯ ފްލައިޓް ވެއްޓުނު ހާދިސާގައި މަރުވި މީހުންގެ އަދަދު 37 ކަށް އަރައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް