ކ. މާލެ
|
25 ޖޫން 2018 | ހޯމަ 14:39
ރާއްޖެއާއި އިންޑިއާގެ ޚާރިޖީ ވުޒާރާގެ މިނިސްޓަރުން
ރާއްޖެއާއި އިންޑިއާގެ ޚާރިޖީ ވުޒާރާގެ މިނިސްޓަރުން
ފޮރިން މިނިސްޓްރީ
ރާއްޖެ-އިންޑިއާގެ ގުޅުން
ކޯޓާ ދަށް ކުރި ވާޙަކަތައް މީޑިއާތަކުން ގެނެސްފައިވަނީ މާނަ އޮޅޭ ގޮތަށް: އިންޑިއާ ސަރުކާރު
އިންޑިއާއިން ދިވެހި ރައްޔިތުންނަށް ދެރަވާ ގޮތަށް ނިންމުންތަކެއް ނުނިންމާނަން
އަމަލު ކުރަމުންދަނީ އެގްރީމެންޓްތަކާ އެއްގޮތަށް
ކޯޓާއަށް ބަދަލުއައީ ރާއްޖެއިން ތަކެތި ބޭނުންކުރާ މިންވަރަށް ބެލުމަށްފަހު

ދިވެހި ރާއްޖެއަށް އިންޑިއާ އިން އެތެރެ ކުރާ އަސާސީ މުދަތުގެ އަގުތަކުގެ ކޯޓާ ދަށްކުރެވުނު ކަމަށް ދެކެވުނު ވާހަކަތައް ނޫސްތަކުގައި އާންމުވެފައިވަނީ މާނަ އޮޅޭ ގޮތަށް ކަމަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ހާމަކޮށްފި އެވެ. އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން އާންމުކޮށްފައިވާ ގޮތުގައި ޑިރެކްޓަރ ޖެނެރަލް އޮފް ފޮރިންގ ޓްރޭޑް އިން އާންމުކޮށްފައިވާ ރާއްޖެއަށް އެތެރެކުރާ ކާބޯތަކެތީގެ ކޯޓާތަކަކީ މިފާއިތުވެދިޔަ އަހަރުތަކުގައި ތަކެތި އެތެރެކޮށްފައިވާ މިންވަރަށް ބެލުމަށް ފަހު  ނިންމާފައިވާ ނިންމުންތަކެއް ކަމަށެވެ. އަދި އަމަލު ކުރަމުން ދަނީ 1981 ވަނަ އަހަރު ރާއްޖެއާއި އިންޑިއާ އާއި ދެމެދު ހެދިފައިވާ ވިޔަފާރި އެއްބަސްވުމުގައި ކަނޑައަޅާފައިވާ ގޮތަށް ކަމަށް ވެސް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް އިން ހާމަކުރެ އެވެ.

އިންޑިއާ އާއި ރާއްޖެއާއި ދެމެދުގައި އެކުލަވާލެވި އެއްބަސްވެފައިވާ އެއްބަސްވުންތަކަށް ފުރިހަމައަށް އިހްތިރާމް ކުރާނެ ކަމަށާއި އަދި އިންޑިއާގެ ނިންމުންތަކުގެ ސަބަބުން ދިވެހި ރާއްޖޭގެ ރައްޔިތުންނަށް އުނދަގުލެއް ނުވަތަ ތަކްލީފެއް ކުރިމަތިވާނެ ފަދަ އެއްވެސް ކަމެއް އެގައުމުން ނުކުރާނެ ކަމަށް އެކްސްޓާނަލް އެފެއާޒް އިން ބުނެ އެވެ.

އިންޑިއާގެ މިނިސްޓްރީ އޮފް ކޮމާސް އެންޑް އިންޑަސްޓްރީގެ ޑިޕާޓްމެންޓް އޮފް ކޮމާސް އިން އާންމުކޮށްފައިވާ ލިޔުމުގައި ވަނީ މިއަހަރުގެ ތެރޭގައި އިންޑިއާއިން ރާއްޖެއަށް އެތެރެ ކުރުމަށް ކަނޑައަޅާފައިވާ ކޯޓާތަކުގެ އަދަދުތައް ހާމަކޮށްފަ އެވެ. އެގޮތުން އަލުވީގެ 5308 މެޓްރިކް ޓަނު އެތެރެ ކުރުމަށް ވަނީ ކަނޑައަޅާފަ އެވެ. ފިޔާގެ 9892.03 މެޓްރިކް ޓަނު، ހަނޑޫގެ 24581.07 މެޓްރިކް ޓަނާއި ފުށުގެ ގޮތުގައި 946.21 މެޓްރިކް ޓަނާއި 338.47 މެޓްރިކް ޓަނުގެ ހަކުރާއި 31.59 މެޓްރިކް ޓަނުގެ މުގާއި 111 މިލިއަން ބިސް އެތެރެ ކުރުމަށް ވަނީ ކަނޑައަޅާފަ އެވެ.

އެންމެ ބޮޑު ދަށްވުމެއް ފެނިގެން ގޮސްފައިވަނީ ފުށުންނެވެ. އެގޮތުން މިދިޔަ އަހަރާ އަޅާ ބަލާ އިރު 98.4 ޕަސެންޓް ގެ ދަށްވުމެއް ވަނީ ފެނިގެން ގޮސްފަ އެވެ. މިދިޔަ އަހަރުގައި 59442 މެޓްރިކް ޓަނުވަނީ އެތެރެ ކުރުމަށް ހުއްދަދީފަ އެވެ.

މީގެ އިތުރުން ހަކުރުން ވެސް ގާތްގަނޑަކަށް 97 ޕަސެންޓްގެ ދަށްވުމެއް ފެނިގެން ދިޔަ އެވެ. މީގެ އިތުރުން ފިޔާ އެތެރެ ކުރުމުގައި ވެސް ވަނީ ކޯޓާ ދަށްކޮށްފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 24 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް