Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ސަރުކާރު ވައްޓާލަން އުޅުން

ނަދީމުގެ ޝަރީއަތް: ވަކީލުންނެތި ފިންގަރޕްރިންޓް ނެގި މައްސަލައެއް ފެންމަތި ވެއްޖެ!

ދައުލަތުން ހުށަހެޅީ އަޑު ބަދަލުކޮށްގެން ސިއްރުން ހެކި ބަސް ނަގަން

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 25 ޖޫން 2018 | ހޯމަ 08:19
ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމު

ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމު

ބަންދުގައި ބަހައްޓައިގެން ފުލުހުން ތަހުގީގު ހިންގިއިރު، ވަކީލަކު ނެތި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަނބަލުން ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމްގެ ފިންގަރޕްރިންޓް ނެގި މައްސަލައެއް ފެންމަތި ވެއްޖެ އެވެ.

އާދިއްތަ ދުވަހު ކްރިމިނަލް ކޯޓުގައި ބޭއްވި އިބްތިދާއީ އަޑުއެހުގައި، ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ހުށަހެޅުމުގެ ފުރުސަތު ދައުލަތަށާއި ނަދީމަށް ވަނީ ދެއްވާފަ އެވެ.

Advertisement - newsAdvertisement

އެގޮތުން ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކުގެ ދަށުން ދައުލަތުން ވަނީ ތިން ހުށަހެޅުމެއް ހުށަހަޅާފަ އެވެ. ޝަރީއަތަށް ހުށަހަޅާފައިވާ ލިޔެކިޔުންތަކާއި މިމައްސަލާގައި ދައުލަތުން ދައުވާ ކޮށްފައިވާ ފަރާތްތަކުން ތަހުގީގަށް ދީފައިވާ ބަޔާންތައް ނަދީމަށް ފޯރުކޮށް ނުދިނުމަށާއި އަދި ހެކީންގެ ހެކިބަސް ސިއްރުން އަދި އަޑު ބަދަލުކޮށްގެން ނެގުމަށެވެ.

މީގެއިތުރުން މީގެކުރިން ވަގުތީ އަމުރަކުން ސިއްރުކޮށްފައިވާ ލިޔެކިޔުންތައް ދާއިމީކޮށް ސިއްރުކޮށް ދިނުމަށް އަމުރެއް ނެރެދިނުމަށާއި މިމައްސަލައިގެ ތަހުގީގު މިހާރުވެސް ކުރިއަށްދާތީ ނަދީމާއި ގުޅުންހުރި އިތުރު ހެކި ލިބިއްޖެނަމަ ހެކި ހުށަހެޅުމުގެ ފުރުސަތަކަށް އެދުނެވެ.

ރައްދުގައި ދިފާއީވަކީލުން ވިދާޅުވީ ދައުލަތުން ހުށަހެޅި ހުށަހެޅުންތައް ބަލައި ނުގަތުމަށް ނަދީމުގެ ފަރާތުން ހުށަހަޅާ ކަމަށެވެ. ސަބަބެއް ކަމަށް ދިފާއީ ވަކީލުން ވިދާޅުވީ އިންސާފުވެރި ޝަރީއަތެއް ލިބިދިނުމުގެ ހައްގަށް ހުރަސް އެޅޭތީ ކަމަށެވެ. އަދި ގާނޫނަށް ރިޔާއަތްކޮށް ދިފާއީ ވަކީލުން ވިދާޅުވީ އެ ހުށަހެޅުންތަކަކީ ގާނޫނާ ހިލާފު ހުށަހެޅުން ތަކެއް ކަމަށެވެ.

ނަދީމުގެ ފަރާތުން 26 ހުށަހެޅުމެއް ހުށަހެޅި އެވެ. އޭގެތެރެއިން ފުރަތަމަ ހަތަރު ހުށަހެޅުމަކީ، ހެއްކާބެހޭ ގާނޫނު އެކުލަވާލާފައި ނުވާތީ ނަދީމްގެ ޝަރީއަތް މެދުކަނޑާލުމަށް އެދި ހުށަހަޅާފައިވާ ހުށަހެޅުންތަކަކާއި، ހުށަހެޅި ގިނަ ހުށަހެޅުންތަކުގައި ވަނީ މިމައްސަލާގައި ފުލުހުން ތަހުގީގު ހިންގާފައިވާ ގޮތާއި ޕްރޮސެކިއުޓަރ ޖެނެރަލް، މިދައުވާއާމެދު އަމަލުކޮށްފައިވާ ގޮތުގެ މައްޗަށެވެ. އެގޮތުން މިމައްސަލައިގެ ތަހުގީގު ހިންގާފައިވަނީ ގާނޫނާ ހިލާފަށް ކަމަށާއި އަދި އެތަހުގީގުގެ މައްޗަށް ބިނާކޮށް މިދައުވާ ނުކުރެވޭނެ ކަމަށްބުނެ، އެ ދައުވާ ބާތިލް ކޮށްދިނުމަށް ނަދީމުގެ ފަރާތުން ހުށަހެޅި ހުށަހެޅުންތަކުގައި ބުނެފައި ވެއެވެ.

ނަމަވެސް މި ހުށަހެޅުންތައް ބަލައި ނުގަތުމަށް ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ހައިލަމް ވަނީ ނިންމަވާފައެވެ.

ނަދީމާއި އޭނާގެ ގާނޫނީ ވަކީލުން ވިދާޅުވީ ނަދީމު ހައްޔަރުކުރުމަށް ފަހު، ދޫނިދޫ ކަސްޓޯޑިއަލްގައި ނަދީމްގެ ފިންގަރޕްރިންޓް ނެގީ ވަކީލެއް ހާޒިރުގައި ނޫން ކަމަށެވެ. ނަމަވެސް ފިންގަރޕްރިންޓް ނެގުމުގެ ކުރިން ވަކީލެއްގެ އެހީތެރިކަން ބޭނުންވާ ކަމަށް ފުލުހުން ގާތު ވިދާޅުވި ކަމަށް ނަދީމު ވިދާޅުވި އެވެ.

ރައްދުގައި ދައުލަތުގެ ގާނޫނީ ވަކީލުން ވިދާޅުވީ ފިންގަރޕްރިންޓް ނެގިއިރު ވަކީލުންގެ ހާޒިރުގައިކަން ބަޔާންކުރާ ލިޔުމެއް ނެތް ކަމަށާއި އެހެން ނަމަވެސް ފުލުހުން އަމަލު ކުރައްވާފައިވާނީ ގަވާއިދާ އެއްގޮތަށް ކަމަށް ދެކިލައްވާ ކަމަށެވެ.

ނަމަވެސް ނަދީމު ތަކުރާރުކޮށް ނަދީމު ވިދާޅުވީ ފިންގަރޕްރިންޓް ނެގީ ވަކީލެއްގެ ހާޒިރުގައި ނޫން ކަމަށެވެ.

މިކަމާ ގުޅިގެން ގާޒީ ވަނީ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން މިކަމާ ގުޅުންހުރި ލިޔުންތައް ކޯޓަށް ހުށަހެޅުމަށް ދައުލަތުގެ ވަކީލުންނަށް އަންގަވާފަ އެވެ. އެ ހުށަހެޅުމާމެދު އާދިއްތަ ދުވަހުގެ އަޑުއެހުމުގައި ވަކި ގޮތެއް ކަނޑައަޅުއްވާފައެއް ނުވެއެވެ.

އަޑު ބަދަލުކޮށް، ސިއްރުން ހެކިބަސް ނެގުމާ ބެހޭގޮތުން ގާޒީ ނިންމެވީ، ދައުވާ ލިބޭ ފަރާތާ އެއްހާޒިރެއްގައި ނުވާނެ ގޮތަށް އަދި ހެކިބަސްދޭ ފަރާތްތަކަށް ހިމާޔަތް ލިބިދެވޭ ގޮތަށް ހެކިބަސް ނެގުމަކީ ކޯޓުން އަމަލު ކުރަމުން އަންނަ އުސޫލެއް ކަމަށާއި އެހެންކަމުން ހެކި ރައްކާ ކުރުމަށް ކްރިމިނަލް ކޯޓުން ކުރިން ނެރެފައިވާ ވަގުތީ އަމުރު ދާއިމީ ކުރުމަށް ނިންމަވާ ކަމަށެވެ.

ދައުލަތުގެ ތިންވަނަ ހުށަހެޅުމާ މެދު ގާޒީ ވިދާޅުވީ، މައްސަލައަކީ ތަހުގީގު ކުރެވެމުންދާ މައްސަލައަކަށް ވާތީ އައު ހެއްކެއް ލިބިއްޖެނަމަ ހެކި ބަލައިގަތުމާއި ބަލައި ނުގަތުމާމެދު ޝަރީއަތުން ގޮތް ނިންމަވާނެ ކަމަށެވެ.

ދައުލަތުން ސިއްރު ކޮށްދިނުމަށް ކުރިން އެދިފައިވާ ތިން ލިޔުމުގެ ތެރެއިން، އެގްޒަމިނޭޝަން ރިޕޯޓް ނަދީމަށް ފޯރުކޮށް ދިނުމަށް ދައުލަތުން އިންކާރު ނުކުރާތީ ފޯރުކޮށްދެވޭނެ ކަމަށާއި އަދި ބަކީ އޮތް ދެ ލިޔުން ދާއިމީކޮށް ސިއްރުކުރުމަށް ވެސް ގަޒީ ނިންމެވި އެވެ.

ގާނޫނުއަސާސީގެ 17 އަދި 20 ވަނަ މާއްދާއިން ކަށަވަރުކޮށްދޭ ހަމަހަމަކަމުގެ ހައްގަށް އުނިކަން އަންނަ ގޮތަށް އަމަލު ކޮށްފައިވާތީ މި ދައުވާ ބާތިލު ކޮށްދިނުމަށް ވެސް ދިފާއީ ވަކީލުން ހުށަހެޅުއްވި އެވެ. ނަމަވެސް ގާޒީ ނިންމެވީ މި ހުށަހެޅުމަކީ ބަލައިގަނެވޭނެ ހުށަހެޅުމެއް ނޫން ކަމަށެވެ.

މި މައްސަލައިގެ ތަހުގީގާއި ގުޅިގެން ބަލާ ފާސްކުރުމަށް ކޯޓުން ނެރުނު އަމުރުތަކާއި ބަލާ ފާސްކުރި ތަންތަނުގެ ފޮޓޯތަކާއި ވީޑިއޯތައް ހިމެނޭގޮތަށް 43 ލިޔުުން / ތަކެތި ފޯރުކޮށްދިނުމަށްވެސް ދިފާއީ ވަކީލުން ހުށަހެޅުއްވި އެވެ. މިކަމާ ގުޅިގެން ގާޒީ ނިންމެވީ މި މައްސަލައިގެ ތަހުގީގު ދެ ރިޕޯޓާއި ގުޅުންހުރި ހުރިހާ ފޮޓޯ ތަކަކާއި ވީޑިއޯގެ އިތުރުން ކޯޓު އަމުރުތަކުގެ ކޮޕީ ދިފާއީ ވަކީލުންނަށް ފޯރުކޮށްދިނުމަށެވެ.

އާދިއްތަ ދުވަހުގެ އަޑުއެހުމުގައި ނަދީމްގެ ފަރާތުން ހުށަހަޅަން މަސައްކަތް ކުރެއްވި 26 ހުށަހެޅުމުގެ ތެރެއިން ހުށަހެޅިފައިވަނީ 10 ހުށަހެޅުމެކެވެ. އާދިއްތަ ދުވަހުގެ މެންދުރުފަހު 14:15 އެހާކަންހާއިރު ފެށި އަޑުއެހުން ނިންމާލާފައިވަނީ ހަވީރު 17:15 ހާއިރުއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހަތް މަހަށް ފަހު ރާއްޖެޓީވީގެ ސީއޯއޯ ފިޔާޒުގެ ޝަރީއަތް މާދަމާ ފަށަނީ

ހަތް މަހަށް ފަހު ރާއްޖެޓީވީގެ ސީއޯއޯ ފިޔާޒުގެ ޝަރީއަތް މާދަމާ ފަށަނީ

28 ޖެނުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި

ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި

23 ޖެނުއަރީ 2017
ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

18 ޖެނުއަރީ 2017
ވިސާމްގެ ޝަރީއަތް: ހެކި ބަސް ނެގުން މާދަމާ!

ވިސާމްގެ ޝަރީއަތް: ހެކި ބަސް ނެގުން މާދަމާ!

17 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

29 އެޕްރީލު
ޔުމުނު ކަރު ބިނދިފައި އޮތުމުންކުރި އެންމެ ނުރައްކާތެރި ސާރޖަރީ ކާމިޔާބު: އާއިލާ
20251 އަހަރު ކުރިން
ރާއްޖެ

ޔުމުނު ކަރު ބިނދިފައި އޮތުމުންކުރި އެންމެ ނުރައްކާތެރި ސާރޖަރީ ކާމިޔާބު: އާއިލާ

އާން ސްލޮޓް: ލިވަޕޫލަށް ފެނުނު ހުވަފެނެއް! މާބޮޑު މޮޅެއް ހޯދި ކާކު؟
20242 އަހަރު ކުރިން
މީހުން

އާން ސްލޮޓް: ލިވަޕޫލަށް ފެނުނު ހުވަފެނެއް! މާބޮޑު މޮޅެއް ހޯދި ކާކު؟

ލަމީން ޔަމާލް ބާސެލޯނާގެ ރެކޯޑް މުގުރާލައިފި، ބާކީ ބޭނުންވަނީ 8 ޕޮއިންޓް
20233 އަހަރު ކުރިން
ކުޅިވަރު

ލަމީން ޔަމާލް ބާސެލޯނާގެ ރެކޯޑް މުގުރާލައިފި، ބާކީ ބޭނުންވަނީ 8 ޕޮއިންޓް

އިންޑޮނޭޝިއާއިން ޕާމް އޮއިލް އެކްސްޕޯޓުކުރުން ހުއްޓާލުން؛ ދުނިޔޭގެ ބާޒާރުގައި ކައްކާ ތެލުގެ އަގު މައްޗަށް
20224 އަހަރު ކުރިން
ދުނިޔެ

އިންޑޮނޭޝިއާއިން ޕާމް އޮއިލް އެކްސްޕޯޓުކުރުން ހުއްޓާލުން؛ ދުނިޔޭގެ ބާޒާރުގައި ކައްކާ ތެލުގެ އަގު މައްޗަށް

މައިގްރޭންތަ؟ ތެދުވެ ނޫޅެވޭ ވަރަށްވެސް ބޮލުގައި ރިއްސާތަ؟
20215 އަހަރު ކުރިން
ރިޕޯޓު

މައިގްރޭންތަ؟ ތެދުވެ ނޫޅެވޭ ވަރަށްވެސް ބޮލުގައި ރިއްސާތަ؟

އޮސްޓްރޭލިއާ އިން ދެ މިލިއަން ބުޅާ މަރާލަނީ
20197 އަހަރު ކުރިން
ދުނިޔެ

އޮސްޓްރޭލިއާ އިން ދެ މިލިއަން ބުޅާ މަރާލަނީ

މާލޭ ފަތާ ޓްރެކް ސަރަހައްދު ހިކެނީ!
20188 އަހަރު ކުރިން
ރިޕޯޓު

މާލޭ ފަތާ ޓްރެކް ސަރަހައްދު ހިކެނީ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު