Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިންޑިއާގެ ރޭޕް ކޭސް

އިންޑިއާގައި ކުޑަކުއްޖެއް ހޭނައްތާލުމަށްފަހު ރޭޕްކޮށްފި

އެ ކުޑަ އަންހެން ކުއްޖާ ރޭޕް ކުރީ އޭނަ ދަންނަ މީހުން

އަރުޝަމް އަބްދުލް ޢަޒީޒް
އަރުޝަމް އަބްދުލް ޢަޒީޒް | 24 ޖޫން 2018 | އާދީއްތަ 16:39
އިންޑިއާގައި އަންހެނުން ރޭޕު ކުރަމުން ދާތީ ހިތްހަމަ ނުޖެހުން ފާޅު ކުރަނީ

އިންޑިއާގައި އަންހެނުން ރޭޕު ކުރަމުން ދާތީ ހިތްހަމަ ނުޖެހުން ފާޅު ކުރަނީ

އުމުރުން އެންމެ 13 އަހަރުގެ އަންހެން ކުއްޖެއް އިންޑިއާގެ އަންޖަރް ޓައުންގައި ހޭނައްތާލުމަށްފަހު ރޭޕްކޮށްފިއެވެ.

ފުލުހުން ތުހުމަތު ކުރާ ގޮތުގައި އެ އަންހެން ކުއްޖާ ރޭޕް ކޮށްފައިވަނީ އޭނާގެ އެކުވެރި ފިރިހެން ކުއްޖެކެވެ. ފުލުހުން ލަފާ ކުރާ ގޮތުގައި ބޭސްފިހާރައެއްގައި މަސައްކަތް ކުރާ އުމުރުން 16 އަހަރުގެ އެ ފިރިހެން ކުއްޖާ އޭނާގެ އެކުވެރިޔާ ރޭޕް ކޮށްފައިވަނީ އެނެސްތީސިއާ ބޭނުން ކޮށްގެން ހޭނައްތާލުމަށް ފަހުއެވެ.

އެ ޖަރީމާގައި ހޭނެއްތުމަށް ބޭނުން ކުރި އިންޖެކްޝަންގެ ސަބަބުން އަންހެން ކުއްޖާގެ އުނަގަޑުން ތިރި ވަނީ އެއްކޮށް އައްސިވެފައެވެ. އަދި ހަށިގަނޑުގެ ބާރު ވަނީ ވަރަށް ބޮޑަށް ދެރަވެފައެވެ. އެކަމުގެ ސަބަބުން، މި ހާދިސާ ޖޫން 17 ހިގި ކަމުގައި ހިގި ނަމަވެސް މީގެ ވާހަކަތަށް އޭނަގެ މައިން ބަފައިންނަށް ކިޔާދެވުނީ އޭގެ 3 ދުވަސް ފަހުންނެވެ.

ފުލުހުން ބުނީ އެ ފިރިހެން ކުއްޖާއި ރޭޕްކޮށްފައިވާ އަންހެން ކުއްޖާއާ ރައްޓެހިވީ އެ އަންހެން ކުއްޖާގެ ދުރުތާ ތިމާގެ މީހެއް މެދުވެރި ކޮށް ކަމަށެވެ. ފުލުހުން ތުހުމަތު ކުރާ ގޮތުގައި ދުރުތާ ތިމާގެ މީހާގެ އަތެއްވެސް މި ރޭޕްގެ ހާދިސާގައި ވެއެވެ. ބެލެވޭ ގޮތުގައި ދުރުތާ ތިމާގެ މީހާ ވަނީ ރޭޕް ކުރި އަންހެން ކުއްޖާ ގާތު ސުކޫލްއަށް ނުގޮސް އޭނަގެ ގެއަށް އައުމަށް އެދިފައެވެ. އެއާއެކު އެ އަންހެން ކުއްޖާ އެގެއަށް ދިޔައިރު ބޭސް ފިހާރާގައި އުޅޭ އެ ފިރިހެން ކުއްޖާ ހުރީ އެގެއަށް ގޮސްފައެވެ. އެ ފިރިހެން ކުއްޖާ ވަނީ އޭނާގެ ބޭނުންތައް ފުއްދުމަށްފަހު އެ އަންހެން ކުއްޖާ މަގުމަށްޗަށް އެއްލާލާފައެވެ.

އާއިލާއިން ބުނި ގޮތުގައި ސްކޫލް ނިމިގެން ދިޔަތާ ގިނައިރުތަކެއް ވީއިރުވެސް އަންހެން ކުއްޖާ ގެއަށް އައިސްފައި ނުވުމާ އެކީ އޭނަ ސްކޫލްއަށް ދާއިރު ލާން ތައްޔާރު ކުރި ޔުނިފޯމް ގޭގައި އޮއްވާ ފެނުމުން ކަމެއް ގޯސް ވެއްޖެކަން އެގުނު ކަމަށާއި އެ ވަގުތު އޭނަ ހޯދުމުގެ މަސައްކަތް ފެށި ކަމަށެވެ. އޭނަ ފެނިފައިވަނީ މަގު މަތީގައި ފިރުކެމުން ގެޔާ ދިމާލަށް އަންނަނިކޮށް ކަމަށް ވެސް އާއިލާއިން ވަނީ ބުނެފައެވެ.

މި މައްސަލަ އިތުރަށް ތަހުޤީހުކުރަމުން ދާއިރު އެ މައްސަލައިގައި ޝާމިލްވާ ކަމަށް ތުހުމަތު ކުރެވޭ އުމުރުން 16 އަހަރުގެ ފިރިހެން ކުއްޖާއި އަންހެން ކުއްޖާގެެ ދުރުތާ ތިމާގެ މީހާ ފުލުހުން ވަނީ ހައްޔަރު ކޮށްފައެވެ.

އިތުރަށް ކިޔާލަން

12 މެއި 2018

އިންޑިއާގައި އަންހެން ކުއްޖަކު ރޭޕް ކުރުމަށްފަހު އަންދާލައިފި

12 މެއި 2018
އިންޑިއާގައި އަންހެން ކުއްޖަކު ރޭޕް ކުރުމަށްފަހު އަންދާލައިފި
03 މެއި 2018

ހިރަފުހުގެ ތޫފާނާކާ ގުޅިގެން އިންޑިއާގައި 116 މީހުން މަރުވެ، 250 މީހަކު ޒަހަމްވެއްޖެ

03 މެއި 2018
ހިރަފުހުގެ ތޫފާނާކާ ގުޅިގެން އިންޑިއާގައި 116 މީހުން މަރުވެ، 250 މީހަކު ޒަހަމްވެއްޖެ
30 ޖެނުއަރީ 2018

އިންޑިއާގައި އަށް މަހުގެ ކުއްޖަކު ރޭޕް ކޮށްފި

30 ޖެނުއަރީ 2018
އިންޑިއާގައި އަށް މަހުގެ ކުއްޖަކު ރޭޕް ކޮށްފި
26 އޯގަސްޓު 2017

ފާދިރީއެއްގެ މައްޗަށް ގަދަކަމުން ޖިންސީ އަމަލު ހިންގުމުގެ ދައުވާ ސާބިތުވުމާއި ގުޅިގެން އިންޑިއާގައި 30 މީހަކު މަރުވެއްެޖެ

26 އޯގަސްޓު 2017
ފާދިރީއެއްގެ މައްޗަށް ގަދަކަމުން ޖިންސީ އަމަލު ހިންގުމުގެ ދައުވާ ސާބިތުވުމާއި ގުޅިގެން އިންޑިއާގައި 30 މީހަކު މަރުވެއްެޖެ
22 އޯގަސްޓު 2017

އިންޑިއާގައި ފެންބޮޑުވުން: 250 އަށްވުރެ ގިނަ މީހުން މަރުވެ، ހަތަރުލައްކަ މީހުން ހާލުގައިޖެހިފައި

22 އޯގަސްޓު 2017
އިންޑިއާގައި ފެންބޮޑުވުން: 250 އަށްވުރެ ގިނަ މީހުން މަރުވެ، ހަތަރުލައްކަ މީހުން ހާލުގައިޖެހިފައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު