Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސައުދީގައި އަންހެނުންގެ ހައްގު

އާދިއްތަ ދުވަހުން ފެށިގެން ސައުދީ އަންހެނުންނަށް ކާރު ދުއްވޭނެ

ސައުދީގެ އަންހެނުންނަށް އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ވަނީ ދޫކުރަން ފަށައިފައި

އަރުޝަމް އަބްދުލް ޢަޒީޒް
އަރުޝަމް އަބްދުލް ޢަޒީޒް | 24 ޖޫން 2018 | އާދީއްތަ 03:38
މި އަހަރުގެ ޖޫންމަހުން ފެށިގެން ސައުދީގެ އަންހެނުންނަށް ޑްރައިވިންގ ލައިސަންސް ދޭން ވަނީ ފަށާފައި

މި އަހަރުގެ ޖޫންމަހުން ފެށިގެން ސައުދީގެ އަންހެނުންނަށް ޑްރައިވިންގ ލައިސަންސް ދޭން ވަނީ ފަށާފައި

ސައޫދީގައި އަންހެނުން އެއްގަމު އުޅަނދު ދުއްވުން މަނާ ކުރާ ގަވައިދަށް ބަދަލު ގެނެސް އާދީއްތަ ދުވަހުން ފެށިގެން ރަސްމީކޮށް އެއްގަމު އުޅަނދު ދުއްވުމުގެ ހުއްދަ ދޭން ހަމަޖައްސައިފިއެވެ.

އެ ގައުމުން ވަނީ މީގެ ކުޑަ ދުވަސް ކޮޅެއް ކުރިން އަންހެނުންނަށް އެއްގަމު އުޅަނދުގެ ލައިސަންސް ވެސް ދޫކުރަން ފަށާފައެވެ. ސައުދީން އޭރު ވެސް ބުނަމުން ދިޔައީ ޖޫން މަހުގެ 24 ވަނަ ދުވަސް ފެށޭނީ ސައުދީ އަންހެނުން މަގުތަކުގައި ދުއްވުމުގެ ހުއްދައާ އެކުގައި ކަމަށެވެ. ސައުދީން ވަނީ އެމީހުންގެ ބަހާއި އަމަލު ދިމާކޮށްފައެވެ.

އެހެން ކަމުން ރޭ ބާރައިގެ ފަހުން އެއްގަމު އުޅަނދު ދުއްވަން އަންހެނުން ފެށުމާއެކު އެމީހުން ވެގެންދާނީ ސައުދީގެ ހަޔާތުގައިވެސް ފުރަތަމަ ފަހަރަށް ހުއްދަ ލިބިގެން އެއްގަމު އުޅަނދު ދުއްވާ މީހުންނަށެވެ. މީގެ ކުރިން އަންހެނަކު އެއްގަމު އުޅަނދު ދުއްވައިފިނަމަ 500-900 އާ ދެމެދު އަދަދަކުން ޖޫރިމަނާ ކުރެވެއެވެ.

ޓްރެފިކް ޑިޕާޓްމެންޓްއިން ވަނީ މި ދުވަސް އަންނަން ވާއިރަށް ވަރަށް ގިނަ ތައްޔާރީތައް ވެފައެވެ. އެގޮތުން އެ މީހުން ވަނީ މަގުތަކަށް އެއްފަހަރާއި ގިނަ އެއްގަމު އުޅަނދުތައް ނިކުންނާނެ ކަމަށް އަންދާޒާކޮށް، ޓްރެފިކް ހައްލު ކުރުމަށް ވެސް ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ.

ސައުދީން އަންހެނުންނަށް އެއްގަމު އުޅަނދު ދުއްވުމުގެ ހުއްދަ ދީފައިވާއިރު، މިއީ މީގެ ދެތިން މަސް ދުވަސް ކުރިން ފެންނާނެ ކަމަށް ހީކުރި ކަހަލަ މަންޒަރެއް ވެސް ނޫނެވެ.

އިތުރަށް ކިޔާލަން

04 މެއި 2017

ސައުދީގެ އަމީރު މިޝާލް އުމުރުފުޅުން 93 އަހަރުގައި އަވަހާރަ ވެއްޖެ

04 މެއި 2017
ސައުދީގެ އަމީރު މިޝާލް އުމުރުފުޅުން 93 އަހަރުގައި އަވަހާރަ ވެއްޖެ
28 އެޕްރީލު 2017

ސައުދީ ހިމާޔަތް ކުރުމުގައި އެތައް ބައިވަރު ފައިސާއެއް އެބަ ގެއްލޭ: ރައީސް ޓަރަމްޕް

28 އެޕްރީލު 2017
ސައުދީ ހިމާޔަތް ކުރުމުގައި އެތައް ބައިވަރު ފައިސާއެއް އެބަ ގެއްލޭ: ރައީސް ޓަރަމްޕް
23 އެޕްރީލު 2017

ސައުދީ ކެބިނެޓަށް ކުއްލި ބަދަލުތަކެއް ގެނެސްފި

23 އެޕްރީލު 2017
ސައުދީ ކެބިނެޓަށް ކުއްލި ބަދަލުތަކެއް ގެނެސްފި
05 އެޕްރީލު 2017

އިނގިރޭސި ބޮޑުވަޒީރު ސައުދީއަށް ވަޑައިގެންފި

05 އެޕްރީލު 2017
އިނގިރޭސި ބޮޑުވަޒީރު ސައުދީއަށް ވަޑައިގެންފި
07 މާރިޗު 2017

ސައުދީ ރަސްގެފާނަށް ހަމަލާދޭން އުޅުނު ބަޔަކު ހައްޔަރުކޮށްފި

07 މާރިޗު 2017
ސައުދީ ރަސްގެފާނަށް ހަމަލާދޭން އުޅުނު ބަޔަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު