Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޒިމްބާބްވޭ

ޒިމްބާބްވޭގެ ރައީސް ވަޑައިގެންނެވި ރެލީއެއްގައި ބޮެމެއް ގޮވައިފި

23 ޖޫން 2018 | ހޮނިހިރު 17:44

ރައީސް ނަންގަގްވާ އަށް އެއްވެސް އަނިޔާއެއް ނުވޭ

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 23 ޖޫން 2018 | ހޮނިހިރު 17:44
ރައީސް ނަންގަގްވާ: ސަލާމަތްވީ ކިރިޔާ

ރައީސް ނަންގަގްވާ: ސަލާމަތްވީ ކިރިޔާ

އިތިއޯޕިއާގެ އައު ބޮޑުވަޒީރު، އަބީ އަޙުމަދު ތަޤުރީރު ކުރެއްވި މައިދާނެއްގައި މިއަދު ހެނދުނު އެއްޗެއް ގޮއްވާލާފައި ވަނިކޮށް ޒިމްބާބްވޭގެ ރޫލިން ޒާނޫ-ޕީއެފް ޕާޓީގެ އިންތިޚާބުގެ ކެމްޕެއިން ރެލީއެއްގައި ރައީސް އެމާސަން ނަންގަގްވާ އަށް އަމާޒުކޮށް ބޮމުގެ ހަމަލާއެއް ދީފިއެވެ.

ބުލަވަޔޯ ސިޓީގައި ދިން މިހަމަލާފައި ރައީސް ނަންގަގްވާ އަށް އަނިޔާއެއް ލިބިވަޑައިގެންފައި ނުވި ނަމަވެސް އޭނާގެ ޑެޕިއުޓީއަކު ޒަޚަމްވި ކަމަށް ރިޕޯޓުތައް ބުނެއެވެ. ހޮނިހިރު ދުވަހުގެ މިހާދިސާ ހިނގީ ވައިޓް ސިޓީ ސްޓޭޑިއަމްގައި އެމަނިކުފާނުގެ އެތައްހާސް ސަޕޯޓަރުންނާ މުޚާތަބު ކުރެއްވުމަށް ފަހު ސްޓޭޖުން ފައިބައިވަޑައިގަންނަވަނިކޮށެވެ.

އުމުރުފުޅުން 75 އަހަރުގެ ރައީސް ނަންގަގްވާ، ހަމަލާދިނުމާ އެކު އޮފިޝަލުން ވަނީ އެ ސަރަހައްދާ ދުރަށް ގެންގޮސްފައެވެ.

ބައެއް ރިޕޯޓުތައް ބުނާ ގޮތުން މި ހަމަލާގައި ވެރިކަންކުރާ ޕާޓީގެ ނައިބު ރައީސެއް ކަމަށްވާ ކެމްބޯ މޮހަދީ އަށް ވަނީ ކޮންމެވެސް ވަރެއްގެ ޒަހަމަތަކެއް ލިބިފައެވެ. އަދިވެސް ބައެއް ފަރާތްތައް ޒަޚަމްވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ރިޕޯޓްތައް ބުނާ ގޮތުން ހަމަލާ ދީފައި ވަނީ އަތުބޮމެއް އެއްލައިގެންނެވެ.

ހަމަލާއަށް ފަހު މީޑިއާ މެދުވެރިކޮށް ދެއްވި ޚިތާބެއްގައި ވިދާޅުވީ މިއީ ފިނޑި އަމަލެއް ކަމަށެވެ. އަދި މިއީ އެމަނިކުފާނަށް އާ ކަމެއް ނޫން ކަމަށާއި މިއީ އާންމު ދުޝްމަނުންގެ ހަމަލާއެއްކަން ކަށަވަރު ކަމަށް ވެސް ވިދާޅުވިއެވެ. ހަމަލާދިނީ އެމަނިކުފާނާ ކުޑަތަންކޮޅެއް ދުރަށް ކަމަށާއި ނަމަވެސް އެމަނިކުފާނުގެ "ވަގުތު އަދި ނުޖެހޭ" ކަމަށް ވެސް ވިދާޅުވިއެވެ.

ނަންގަގްވާ އަށް އަމާޒުކޮށް ހަމަލާއެއް ދީފައިވާ އިރު ހޮނިހިރު ދުވަހު ހެނދުނު އިތިއޯޕިއާގެ ވެރިރަށް އެޑިސް އަބާބާގެ މެސްކެލް މައިދާނުގައި ބޮޑުވަޒީރު އަބީ އަޙުމަދު އެމަނިކުފާނުގެ ސަޕޯޓަރުންނާ މުހާތަބުކުރައްވާ ތަޤުރީރުކުރެއްވުމަށް ފަހު، އެއްވެފައި ތިބި މީހުންނަށް ހަނާ އަޅުއްވައިލެއްވި ވަގުތު ވަނީ އެއްޗެއް ގޮއްވާލާފައެވެ. މި ހާދިސާ ހިނގިތާ ގިނަ އިރުތަކެއް ނުވެ، ޓީވީ މެދުވެރިކޮށް ރައްޔިތުންނާ ވާހަކަ ދައްކަވަމުން ބޮޑުވަޒީރު އަބީ ވިދާޅުވީ، މިއީ ރާވައިގެން ދީފައިވާ ހަމަލާއެއް ކަމަށާއި، ހަމަލާގައި ބައެއް މީހުން މަރުވެ، ބައެއް މީހުންނަށް އަނިޔާވެފައިވާ ކަމަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

ގެމްބިއާގެ އާ ރައީސް އަޑަމާ ބަރޯގެ ކެބިނެޓުގެ 10 ވަޒީރުން މަގާމުގެ ހުވާކުރައްވައިފި

02 ފެބުރުއަރީ 2017
ގެމްބިއާގެ އާ ރައީސް އަޑަމާ ބަރޯގެ ކެބިނެޓުގެ 10 ވަޒީރުން މަގާމުގެ ހުވާކުރައްވައިފި
28 ޖެނުއަރީ 2017

ހޮނިހިރު ދުވަހު ރައީސް ޓްރަމްޕާއި ރައީސް ޕޫޓިން ފޯނުން މަޝްވަރާ ކުރައްވަނީ

28 ޖެނުއަރީ 2017
ހޮނިހިރު ދުވަހު ރައީސް ޓްރަމްޕާއި ރައީސް ޕޫޓިން ފޯނުން މަޝްވަރާ ކުރައްވަނީ
27 ޖެނުއަރީ 2017

ގެމްބިއާގެ ރައީސް ގައުމަށް އެނބުރިވަޑައިގަންނަވައިފި

27 ޖެނުއަރީ 2017
ގެމްބިއާގެ ރައީސް ގައުމަށް އެނބުރިވަޑައިގަންނަވައިފި
26 ޖެނުއަރީ 2017

އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން

26 ޖެނުއަރީ 2017
އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން
26 ޖެނުއަރީ 2017

ހެއިޓީގެ އިންތިޚާބީ ރައީސް ޖޮވެނެލް މޮއިސްއާ ދެކޮޅަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް

26 ޖެނުއަރީ 2017
ހެއިޓީގެ އިންތިޚާބީ ރައީސް ޖޮވެނެލް މޮއިސްއާ ދެކޮޅަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް
25 ޖެނުއަރީ 2017

ގެމްބިއާގެ އާ ރައީސް އަލުން ގައުމަށް އެނބުރިވަޑައިގަންނަވާނޭ ކަމަށް ވިދާޅުވެއްޖެ

25 ޖެނުއަރީ 2017
ގެމްބިއާގެ އާ ރައީސް އަލުން ގައުމަށް އެނބުރިވަޑައިގަންނަވާނޭ ކަމަށް ވިދާޅުވެއްޖެ
23 ޖެނުއަރީ 2017

ޖަމްމޭހް ވަޑައިގެންނެވިއިރު ގެމްބިއާގެ ޚަޒާނާއިން 11 މިލިއަން ޑޮލަރު މަދު

23 ޖެނުއަރީ 2017
ޖަމްމޭހް ވަޑައިގެންނެވިއިރު ގެމްބިއާގެ ޚަޒާނާއިން 11 މިލިއަން ޑޮލަރު މަދު
13 ޖެނުއަރީ 2017

ގެމްބިއާގެ ރައީސް ޔަހްޔާ ޖަމްމޭހް އަށް ނާއިޖީރިއާއިން ސިޔާސީ ހިމާޔަތް ދިނުމަށް ފާސްކޮށްފި

13 ޖެނުއަރީ 2017
ގެމްބިއާގެ ރައީސް ޔަހްޔާ ޖަމްމޭހް އަށް ނާއިޖީރިއާއިން ސިޔާސީ ހިމާޔަތް ދިނުމަށް ފާސްކޮށްފި
12 ޖެނުއަރީ 2017

ބޭރުގެ ޕްރެޝަރަށް އިޖާބަ ނުދެއްވާނަން: ރައީސް ޔަހްޔާ ޖަމްމޭހު

12 ޖެނުއަރީ 2017
ބޭރުގެ ޕްރެޝަރަށް އިޖާބަ ނުދެއްވާނަން: ރައީސް ޔަހްޔާ ޖަމްމޭހު
08 ޖެނުއަރީ 2017

ގާނާގެ އާ ރައީސް މަގާމުގެ ހުވާ ކުރައްވައިފި

08 ޖެނުއަރީ 2017
ގާނާގެ އާ ރައީސް މަގާމުގެ ހުވާ ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް