Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ފީފާ ވާރލްޑް ކަޕް 2018

ވާރލްޑް ކަޕް: ބޮޑު މޮޅަކާ އެކު ބެލްޖިއަމް ދެވަނަ ބުރަށް

ޓިއުނީޝިއާ އަތުން ބެލްޖިއަމް މޮޅުވީ 5-2 ގެ ނަތީޖާއަކުން

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް, ރާއްޖެ އެމްވީ | 23 ޖޫން 2018 | ހޮނިހިރު 17:49
ބެލްޖިއަމްގެ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ: މިއީ އެންމެ ތަފާތު ބޮޑުކޮށް ވާރލްޑް ކަޕެއްގައި އެގައުމު މޮޅުވި މެޗު

ބެލްޖިއަމްގެ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ: މިއީ އެންމެ ތަފާތު ބޮޑުކޮށް ވާރލްޑް ކަޕެއްގައި އެގައުމު މޮޅުވި މެޗު

ފީފާ ވާރލްޑް ކަޕްގައި ޓިއުނީޝިއާ އަތުން ތަފާތު ބޮޑުކޮށް މޮޅުވެ ދެވަނަ ބުރުގެ ޖާގައެއް ބެލްޖިއަމް ހޯދައިފިއެވެ.

ގްރޫޕް ފިޔަވަހީގެ ދެވަނަ މެޗުގައި ޓިއުނީޝިއާ އަތުން ބެލްޖިއަމް މޮޅުވީ 5-2 ގެ ނަތީޖާއަކުންނެވެ. މިއީ މި ދެ ޓީމުގެ މެދުގައި ކުޅުނު ހަތަރުވަނަ މެޗަށްވާ އިރު 2002 ވަނަ އަހަރު އޮތް ވާރލްޑް ކަޕްގައި މި ދެ ޓީމު ކުޅުނު މެޗު ނިމިފައި ވަނީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ. ބެލްޖިއަމްގެ ފުރަތަމަ އެގާރައިން އެއްވެސް ބަދަލެއް ފެނިފައިނުވާއިރު ޓިއުނީޝިއާގެ ޓީމުން ވަނީ ދެ ބަދަލެއް ފެނިގެންގޮސްފައެވެ.

ފުރަތަމަ ހާފު ފެށިގެން ބެލްޖިއަމްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު އެ ޓީމުން ވަނީ މެޗުގެ ހަވަނަ މިނެޓުގައި ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް އޭނާ ޖަހައިދިނީ ޓިއުނީޝިއާގެ އޭރިއާ ތެރެއިން އޭނާއަށް ފައުލްކުރުމާ ވިދިގެން ރެފްރީ ދިން ޕެނަލްޓީއަކުންނެވެ.

ބެލްޖިއަމްގެ ދެވަނަ ލަނޑު, މެޗުގެ 16 ވަނަ މިނެޓުގައި ޑްރައިސް މާޓެންސްގެ އެހީތެރިކަމާ އެކު ޖަހައިދިނީ ރޮމެލޫ ލުކާކޫއެވެ. އެހެން ނަމަވެސް މެޗުގެ 18 ވަނަ މިނެޓުގައި ޓިއުނީޝިއާ އިން ވަނީ ލަނޑެއް ޖަހައި ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. މި ލަނޑު އެޓީމަށް ޖަހައިދިނީ ޑައިލަން ބްރޮންއެވެ. ބެލްޖިއަމްގެ ތިންވަނަ ލަނޑު މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ޖަހައިދިނީ ލުކާކޫއެވެ.

ބެލްޖިއަމް ލީޑުގައި އޮވެ ފުރަތަމަ ހާފު ނިމިގެންދިޔައިރު ދެވަނަ ހާފުގައި ވެސް އެޓީމުން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން މެޗުގެ 51 ވަނަ މިނެޓުގައި އެ ޓީމުގެ ހަތަރު ވަނަ ލަނޑު ޖަހައިދިނީ ކެޕްޓަން އީޑެން ހަޒާޑްއެވެ. ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި އެރި މިޝީ ބަޓްޝުއާއީއަށް ލަނޑު ޖެހުމަށް ހުސް ގިނަ ފުރުސަތުތަކެއް ލިބިގެންދިޔައިރު އޭނާގެ ލަނޑު ފެނިގެންދިޔައީ މެޗުގެ އެންމެ ފަހު މިނެޓުގައެވެ. މި މެޗުގައި ޓިއުނީޝިއާގެ ދެވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި އެޓީމަށް ޖަހައިދިނީ ވަހްބީ ކަޒްރީއެވެ.

މި މެޗުގައި ޖެހި ދެ ލަނޑަކީ އެންމެ ފަހުން ގައުމީ ޓީމަށް ކުޅުނު 21 މެޗުގައި ހަޒާޑް ޖެހި 23 ވަނަ ލަނޑެވެ. ހަމައެހެންމެ ވާރލްޑް ކަޕްގެ ގްރޫޕް ފިޔަވަހީގައި ބެލްޖިއަމް އެންމެ ފަހުން ކުޅުނު 11 މެޗުން ވެސް އެޓީމު ބަލިވެފައެއް ނުވެއެވެ. ހަމައެހެންމެ މިއީ ބެލްޖިއަމްގެ ތާރީހުގައި ވެސް ވާރލްޑް ކަޕް މެޗަކުން އެޓީމު އެންމެ ތަފާތު ބޮޑުކޮށް މޮޅުވި މެޗެވެ. މީގެ އިތުރުން ލުކާކޫ ވެގެންދިޔައީ ވާރލްޑް ކަޕެއްގައި ޑިއޭގޯ މެރަޑޯނާގެ ފަހުން ޖެހިޖެހިގެން ދެ މެޗުގައި ދެ ލަނޑަށް ވުރެ ގިނައިން ލަނޑު ޖެހި ފުރަތަމަ ކުޅުންތެރިޔާއަށެވެ.

ގްރޫޕް ފިޔަވަހީގެ ފަހު މެޗުގައި އިނގިރޭސިވިލާތާ ދެކޮޅަށް ބެލްޖިއަމް ނުކުންނައިރު ޓިއުނީޝިއާ ނުކުންނާނީ ވާރލްޑް ކަޕްގައި މިފަހަރު އަލަށް ވާދަކުރާ ޕެނަމާއާ ދެކޮޅަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި

ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި

16 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
ސާންތިގެ އިރުޝާދާއެކު އީގަލްސް ފަރިތަކުރުންތައް ފަށައިފި

ސާންތިގެ އިރުޝާދާއެކު އީގަލްސް ފަރިތަކުރުންތައް ފަށައިފި

15 ޖެނުއަރީ 2017
ދެ އަހަރުގެ އެއްބަސްވުމަކާއެކު ސާންތި އެނބުރި އީގަލްސް އަށް

ދެ އަހަރުގެ އެއްބަސްވުމަކާއެކު ސާންތި އެނބުރި އީގަލްސް އަށް

11 ޖެނުއަރީ 2017
ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި

ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި

10 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

7 ޖޫން
އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި
20251 އަހަރު ކުރިން
ދުނިޔެ

އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު
20242 އަހަރު ކުރިން
ރާއްޖެ

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު
20233 އަހަރު ކުރިން
ރާއްޖެ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް
20224 އަހަރު ކުރިން
ރިޕޯޓު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި
20215 އަހަރު ކުރިން
ދުނިޔެ

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!
20197 އަހަރު ކުރިން
ރިޕޯޓު

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި
20188 އަހަރު ކުރިން
ދުނިޔެ

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު