Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ސުވައިދީބު

އަފީފު ބަޣާވާތް ކުރެއްވީ ސިޓީއެއް ފެނިގެން، މަރަށް މަރު ކަމަށް ހިތައި: ސީނާ ޒާހިރު

އެހެން ވިދާޅުވީ އަފީފު ދެއްކެވި ވާހަކަފުޅަކާ ގުޅިގެން

ޙުސައިން ޙަސަން
ޙުސައިން ޙަސަން, ރާއްޖެ އެމްވީ | 22 ޖޫން 2018 | ހުކުރު 07:05
ސުވައިދީބުގެ ރައީސް އަބްދުﷲ އަފީފު: އިނގިރޭސީންގެ ހިމާޔަތުގައި ޝީޝެލްސްއަށް ވަޑައިގެންނެވި ގޮތަށް ދިރިއުޅުއްވީ އެ ގައުމުގައި

ސުވައިދީބުގެ ރައީސް އަބްދުﷲ އަފީފު: އިނގިރޭސީންގެ ހިމާޔަތުގައި ޝީޝެލްސްއަށް ވަޑައިގެންނެވި ގޮތަށް ދިރިއުޅުއްވީ އެ ގައުމުގައި

ދިވެހި ދައުލަތާ ވަކިވެ، ރާއްޖޭގެ ދެކުނުގެ ހަތަރު އަތޮޅު ގުޅިގެން ވަކި ގައުމެއްގެ ގޮތުގައި ސުވައިދީބު އިއުލާން ކުރީ ދިވެހި ސަރުކާރުން އައްޑޫއަށް ފޮނުއްވެވި މަންދޫބެއްގެ ފޮށިން ފެނުނު ސިޓީއަކާ ގުޅިގެން ކަަމަށް ސުވައިދީބުގެ ރައީސް އަބްދުﷲ އަފީފާ އިންޓަވިއު ކުރެެއްވި ދިވެހި ފުރަތަމަ ނޫސްވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަހުމަދު ޒާހިރު (ސީނާ ޒާހިރު) ވިދާޅުވެއްޖެއެވެ.

ސީނާ ޒާހިރު އެހެން ވިދާޅުވީ އަބްދުﷲ އަފީފު އޭނާއަށް ދެއްވި އިންޓަވިއު ފޮތެއްގެ ގޮތުގައި ނެރުމަށް ނެޝަނަލް އާޓް ގެލެރީގައި ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ސުވައިދީބު އުފައްދަން ޖެހުނު ސަބަބު އަފީފު ވިދާޅުވި ގޮތަށް، ސީނާ ޒާހިރު ލިޔުއްވާފައިވާ ފޮތަށް ދީފައިވާ ނަމަކީ "އައްޑޫ ރަދުން" އެވެ.

Advertisement - newsAdvertisement

އިނގިރޭސީންގެ އެހީތެރިކަމާ އެކު، ވަކި ދައުލަތެއްގެ ގޮތުގައި ސުވައިދީބު އިއުލާން ކުރީ 1959 އަހަރުގެ ޖެނުއަރީ މަހުއެވެ. ދެކުނުގެ ހަތަރު އަތޮޅު ކަމަށްވާ އައްޑޫ އާއި ފުވައްމުލަކާއި ގދ. އަތޮޅާއި ގއ. އަތޮޅު ދިވެހި ދައުލަތުގެ ބާރުގެ ދަށަށް ގެނެސް، ސުވައިދީބު އުވާލާފައި ވަނީ 1963 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގައެވެ. ސުވައިދީބުގެ ރައީސަކަށް ހުންނެވި އަފީފާއި އޭނާގެ އާއިލާ އިނގިރޭސީންގެ ހިމާޔަތުގެ ދަށުން، އަސްކަރީ މަނަވަރެއްގައި ސީޝެލްސްއަށް ގެންދިޔައީ ހަމަ އެ އަހަރުއެވެ. އަފީފު ނިޔާވީ އުމުރުފުޅުން 77 އަހަރުގައި ސީޝެލްސްގައެވެ.

ޒާހިރު ލިޔުއްވި ފޮތް އޭނާގެ ކާފަ ދަރިކަލުން ނެރެދެއްވަނީ-- ރާއްޖެއެމްވި ފޮޓޯ/ މުހައްމަދު ޝަރުހާން

އަފީފާ ހަވާލާ ދެއްވައި ޒާހިރު ވިދާޅުވީ އަފީފަށް ކުރެވުނީ ގޯސް ކަމެއް ކަމަށް އިއުތިރާފުވެވަޑައިގެންފައިވާ ކަމަށާއި އެއީ މަޖުބޫރުވެގެން ކުރެއްވި ކަމެއް އޭނާ ވިދާޅުވި ކަމަށެވެ.

"ހަގީގަތުގައި މި މައްސަލާގައި އަފީފު ވިދާޅުވާ ގޮތުގައި ވިއްޔާ މިއީ ވެގެންވާނެ ކަމެއް ނޫން. އެހެން ނަމަވެސް ތިމަންނައަށް ގޯސް ކަމެއް ކުރެވުނީއޭ. މަޖުބޫރު ވީއޭ ހާލަތު. އަފީފު ވިދާޅުވާ ގޮތުގައި ވެއްޖިއްޔާ އަފީފު ބޭނުންފުޅެއް ނުވޭ މި ބަޣާވާތް ކުރައްވާކަށް،" ދެކުނު ބަޣާވާތާ ގުޅިގެން، ދިވެހި ނޫސްވެރިންގެ ތެރެއިން އެންމެ ފުރަތަމަ އަފީފު އިންޓަވިއުއެއް ދެއްވި ސީނާ ޒާހިރު ވިދާޅުވިއެވެ.

ޒާހިރު ވިދާޅުވީ ދެކުނުގެ މައްސަލަ ސުލްހަ ކުރެއްވުމަށް، އޭރުގެ ސަރުކާރުން އައްޑޫއަށް ފޮނުއްވެވި މަންދޫބު އެނބުރި މާލެ ފޮނުވާލުމަށް އުޅެނިކޮށް، އޭނާގެ ފޮށިން ސިޓީއެއް ފެނުނު ކަމަށް އަފީފު ވިދާޅުވި ކަމަށެވެ. ކުށްވެރިވެގެން މާލެ ގެންދަންޖެހޭ މީހުންގެ ލިސްޓުގައި އަފީފުގެ ނަން އެ ސިޓީގައި އޮތް ކަމަށާއި އެކަމާ ގުޅިގެން މަރަށް މަރު ކަމަށް ހިތައި އަފީފު ބަޣާވާތް ކުރެއްވީ ކަމަށް ސީނާ ޒާހިރު ވިދާޅުވިއެވެ.

"މާލެއިން ފޮނުއްވެވި މިނިސްޓަރަކު. ޒަކީ ސަފީރު. ސަފީރުގެ ފޮށިކޮޅުން ފެނުނު ސިޓީއެއް، އޭގައި އޮތީ މާލެއަށް ކުށްވެރިވެގެން ގެންދާ މީހުންގެ ލިސްޓުގައި އަފީފުގެ ނަންފުޅު ވެސް އޮތުމުން. މައްސަލަ ޖެހިގެން ޒަކީ އެނބުރި މާލެ ވަޑައިގަންނަވަން ބޯޓަށް އަރައިވަޑައިގެން އެ ފެނުނީމަ، ތިމަންނަ ހިތްޕުޅަށް އެރިއޭ، އެ ވެސް މަރޭ މިވެސް މަރޭ. ތިމަންނަ ކުށްވެރި ނުވެ ވެސް މިހުރީ ކުށްވެރިއަކަށްވެފައޭ. ދެން ނެތެއްނުންހޭ އިތުރު ގޮތެއް. ދެނޭ ތިމަންނަ މަސައްކަތް ކުރާނީ،" ޒާހިރު ވިދާޅުވިއެވެ.

ފޮތް ނެރުމުގެ ރަސްމިއްޔާތުގެ ތެރެއިން-- ރާއްޖެއެމްވީ ފޮޓޯ/ މުހައްމަދު ޝަރުހާން

ޒާހިރު ވިދާޅުވި ގޮތުގައި ސުވައިދީބުގެ އުފެއްދެވުމުގައި އިސްކޮށް އުޅުއްވި އަފީފުގެ ވާހަކަތައް، އޭނާގެ ވިސްނުންފުޅާ އެކު ދިވެހި ތާރީހުގެ ތެރެއަށް ގެނެސްދޭން ޖެހޭ ކަމަށެވެ. ދެ ފަރާތުގެ ވާހަކަތައް އާންމުންނަށް ކިޔައިދޭންޖެހޭ ކަމަށް އިޝާރާތްކޮށް، އޭނާ ވިދާޅުވީ އަފީފު ދެއްވި އިންޓަވިއު ސިލްސިލާތަކެއްގެ ގޮތުގައި ހަފްތާ ނޫހުގައި ޝާއިއުކޮށްފައިވާ ކަމަށެވެ.

އަފީފުގެ އިންޓަވިއު ސީނާ ޒާހިރު ނަންގަވާފައި ވަނީ މީގެ 38 އަހަރު ކުރިން 1980 ވަނަ އަހަރު އޭނާ ސީޝެލްސްއަށް ކުރެއްވި ދަތުރުފުޅެއްގައެވެ. ޒާހިރު ހުންނެވި ހޮޓެލަށް ވަޑައިގެން، އަފީފު ދެއްވި އެ އިންޓަވިއު ޒާހިރު ވަނީ ކެސެޓްތަކަށް ރެކޯޑު ކުރައްވާފައެވެ. ނަމަވެސް ފަހުން އެ ކެސެޓްތައް ދުވަސްވުމުގެ ސަބަބުން ހަލާކުވެފައިވާ ކަމަށް ޒާހިރު ވިދާޅުވިއެވެ.

ސުވަދީބުގެ ރައީސް އަބްދުﷲ އަފީފު ދެއްވި އިންޓަވިއުގެ މައްޗަށް ލިޔެފައިވާ ފޮތް "އައްޑޫ ރަދުން"ގެ ފޮތުގައި، ސީނާ ޒާހިރު ސޮއި ކުރައްވަނީ--- ރާއްޖެއެމްވީ ފޮޓޯ/ މުހައްމަދު ޝަރުހާން

ޒާހިރު ލިޔުއްވި "އައްޑޫ ރަދުން"ގެ ފޮތަކީ 175 ސޮފުހާގެ ފޮތެކެވެ. އެ ފޮތް ވިއްކަން ފަށާފައި ވަނީ ވެސް 175 ރުފިޔާއަށެވެ. ބުރާސްފަތި ދުވަހުގެ ރޭ އެ ފޮތް ނެރެދެއްވީ ޒާހިރުގެ ކާފަ ދެ ދަރިކަނބަލުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޑިމޮކްރެސީގެ ހުޅުކޮޅު ނުނިވި ވަނީ އެމްޑީޕީގެ ސަބަބުން: އަފީފު

ޑިމޮކްރެސީގެ ހުޅުކޮޅު ނުނިވި ވަނީ އެމްޑީޕީގެ ސަބަބުން: އަފީފު

26 ޖޫން 2017
ރާއްޖޭއަށް އެންމެ ބޮޑަށް ބޭނުންވަނީ އަދުލުވެރި ފަނޑިޔާރު ގެއެއް: ހަސަން އަފީފު

ރާއްޖޭއަށް އެންމެ ބޮޑަށް ބޭނުންވަނީ އަދުލުވެރި ފަނޑިޔާރު ގެއެއް: ހަސަން އަފީފު

26 ޖޫން 2017
މަޖިލިސް ހުޅުވުމާއެކު މަސައްކަތް ނިންމާލުމުގެ ފެށުން ފެނިގެންދާނެ: އިބޫ

މަޖިލިސް ހުޅުވުމާއެކު މަސައްކަތް ނިންމާލުމުގެ ފެށުން ފެނިގެންދާނެ: އިބޫ

22 ޖޫން 2017
ތައުލީމީ ނިޒާމުން ފެނިގެންދަނީ ތަފާތުކުރުން، އެކަމުގެ އަސަރު ހިތިވާނެ: މުސްތަފާ

ތައުލީމީ ނިޒާމުން ފެނިގެންދަނީ ތަފާތުކުރުން، އެކަމުގެ އަސަރު ހިތިވާނެ: މުސްތަފާ

30 މެއި 2017
ބާރުވެރި ކައުންސިލްތަކެއް އުފެދިގެން އަންނާނެތަން ފެނިގެންދާނެ: ހަސަން ލަތީފް

ބާރުވެރި ކައުންސިލްތަކެއް އުފެދިގެން އަންނާނެތަން ފެނިގެންދާނެ: ހަސަން ލަތީފް

12 މެއި 2017

އަހަރުތަކުން މިއަދު

20 ޖޫން
އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި
20242 އަހަރު ކުރިން
ރާއްޖެ

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް
20233 އަހަރު ކުރިން
ރާއްޖެ

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ
20224 އަހަރު ކުރިން
ރާއްޖެ

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!
20188 އަހަރު ކުރިން
ރާއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު