Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުބޮލީވުޑް

ރަންބީރުގެ މަންމަ ނީތޫގެ 60 ވަނަ އުފަންދުސް ފާހަގަ ކުރުން ޕެރިހުގައި

21 ޖޫން 2018 | ބުރާސްފަތި 06:42

ނީތޫ ގެ އުފަންދުވަހަކީ އަންނަ ޖުލައި މަހުގެ އަށް ވަނަ ދުވަސް

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 21 ޖޫން 2018 | ބުރާސްފަތި 06:42
ރިޝީ ކަޕޫރާއި އަންހެނުން ނީތޫ ކަޕޫރު

ރިޝީ ކަޕޫރާއި އަންހެނުން ނީތޫ ކަޕޫރު

ބޮލީވޫޑްގެ ތަރި ރަންބީރު ކަޕޫރު މަންމަ ނީތޫ ކަޕޫރުގެ 60 ވަނަ އުފަންދުވަސް ކުލަގަދަކޮށް ޕެރިހުގައި ފާހަގަ ކުރުމަށް އާއިލާއިން ނިންމައިފިއެވެ.

ރިޝީ ކަޕޫރުގެ އަންހެނުން ނީތޫ ގެ އުފަންދުވަހަކީ އަންނަ ޖުލައި މަހުގެ އަށް ވަނަ ދުވަހެވެ.

ނީތޫގެ އުފަން ދުވަސް ކުލަގަދަކޮށް ފާހަގަ ކުރުކުމުގެ ތައްޔާރީތައް ކުރިއަށް ދަނީ ސީދާ ރިޝީގެ ބެލުމުގެ ދަށުންނެވެ.

ނީތޫގެ އުފަން ދުވަހަށް ޕެރިހަށް ދިއުމުގެ ކުރިން އޭނާ ވަނީ އަންހެން ދަރިފުޅު ރިއްދިމާ ކަޕޫރާއި މާމަ ދަރިފުޅު ސަމާރާ އާ އެކު ލަންޑަންގައި ޗުއްޓީ ހޭދަ ކުރުމަށް ނިންމާފައެވެ. އަދި އެ މީހުން ޕެރިހަށް ދިއުމުން ރަންބީރު ވެސް އެ މީހުންނާ ޖޮއިން ކުރުމަށް ވަނީ ނިންމާފައެވެ.

ރަންބީރު މިވަގުތު ދަނީ މި މަހުގެ 29 ވަނަ ދުވަހު ރިލީޒް ކުރާ އޭނާގެ އަންނަން އޮތް ފިލްމް "ސަންޖޫ" ޕްރޮމޯޓް ކުރުމުގައި އަވަދިނެތި އުޅެމުންނެވެ.

ބޮލީވޫޑްގެ ތަރި ނީތޫ ސިންގް އާއި ރިޝީ ކަޕޫރު ކައިވެނި ކޮށްފައި ވަނީ 1980 ވަނަ އަހަރުއެވެ. ނީތޫ ރިޝީ އާއި ކައިވެނި ކޮށްފައި ވަނީ އުމުރުން 21 އަހަރުގައެވެ. ލޫޅާފަތި ހަށިގަނޑެއްގެ ވެރި ނީތޫ ދަނީ މިހާރުވެސް މަދުމަދުން ފިލްމްތަކުގައި ހަރަކާތްތެރި ވަމުންނެވެ.

ހަށިގަނޑު ވަރަށް ފިޓްކޮށްހުރި ނީތޫ ބުނެފައިވަނީ ކަސްރަތު ކުރުމަކީ ދަތް އުނދުޅާ ފެންވެރުންހާ މުހިއްމު ކަމެއް ކަމުގައެވެ. އޭނާގެ މަންމަގެ އުމުރުން 50 އަހަރުގައި ބައިވަރު ސިއްޚީ މައްސަލަތައް ދިމާވި ކަމަށާއި އޭގެ ތެރޭގައި ލޭމައްޗަށް ދިއުމާއި ހަކުރު ބަލި އަދި ކޮލެސްޓްރޯލް މައްޗަށް ދިއުން ހިމެނޭ ކަމަށެވެ. އެނާގެ މަންމަގެ ދިރިއުޅުމުގެ އާދަތައް ކޮޕީކޮށް މަންމަ ކައި ބޮއި ހެދި ތަކެތި ކާނަމަ އޭނާއަށް ވެސް އެފަދަ ސިއްޚީ މައްސަލަ ތަކާއި ކުރިމަތިވީސް ކަމަށް ނީތޫ ވަނީ މީގެ ކުރިން ހިންދުސްތާން ޓައިމްސް އަށް ދިން އިންޓަވިއު އެއްގައި ބުނެފައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

އިތުރަށް ކިޔާލަން

12 ޖޫން 2017

އެމެރިކާގެ ކުރީގެ ރައީސް ބުޝް 93 ވަނަ އުފަންދުވަސް ފާހަގަ ކުރައްވަނީ

12 ޖޫން 2017
އެމެރިކާގެ ކުރީގެ ރައީސް ބުޝް 93 ވަނަ އުފަންދުވަސް ފާހަގަ ކުރައްވަނީ
09 ޖޫން 2017

އެމެރިކާގެ ކުރީގެ ފަސްޓްލޭޑީ ބާބަރާ ބުޝް އަށް 92 އަހަރުފުޅު ފުރުން ފާހަގަކޮށްފި

09 ޖޫން 2017
އެމެރިކާގެ ކުރީގެ ފަސްޓްލޭޑީ ބާބަރާ ބުޝް އަށް 92 އަހަރުފުޅު ފުރުން ފާހަގަކޮށްފި
13 މެއި 2017

ޕްރިޔަންކާގެ ހޮލީވުޑްގެ ދެވަނަ ފިލްމުން އޭނާ ފެންނާނީ މަންމައެއްގެ ރޯލުން

13 މެއި 2017
ޕްރިޔަންކާގެ ހޮލީވުޑްގެ ދެވަނަ ފިލްމުން އޭނާ ފެންނާނީ މަންމައެއްގެ ރޯލުން
10 އެޕްރީލު 2017

މިފަހަރު ޖާޔާގެ އުފަންދުވަސް ފާހަގަ ނުކުރީ ކީއްވެ؟

10 އެޕްރީލު 2017
މިފަހަރު ޖާޔާގެ އުފަންދުވަސް ފާހަގަ ނުކުރީ ކީއްވެ؟
05 އެޕްރީލު 2017

އާލިއާ ބަޓްގެ މަންމަ އެބުރި ސިނަމާތަކަށް

05 އެޕްރީލު 2017
އާލިއާ ބަޓްގެ މަންމަ އެބުރި ސިނަމާތަކަށް
22 މާރިޗު 2017

ދަރިފުޅު ފެނުމުން ހީކުރީ އެއީ އޭލިއަން އެއް ކަމަށް: މަންމަ

22 މާރިޗު 2017
ދަރިފުޅު ފެނުމުން ހީކުރީ އެއީ އޭލިއަން އެއް ކަމަށް: މަންމަ
23 ފެބުރުއަރީ 2017

ދުނިޔޭގެ އެންމެ ފަލަ މީހާ ބަރުދަން ލުއިކުރަން ރިތިކްގެ މަންމަ 10 ލައްކަ ރުޕީސް ދީފި

23 ފެބުރުއަރީ 2017
ދުނިޔޭގެ އެންމެ ފަލަ މީހާ ބަރުދަން ލުއިކުރަން ރިތިކްގެ މަންމަ 10 ލައްކަ ރުޕީސް ދީފި
16 ފެބުރުއަރީ 2017

ފޭސްބުކްގައި މަންމަ ޝެއާ ކޮށްފައިވާ ޕޯސްޓްތަކުގެ ބަދަލު ޒައިރާ އަށް!

16 ފެބުރުއަރީ 2017
ފޭސްބުކްގައި މަންމަ ޝެއާ ކޮށްފައިވާ ޕޯސްޓްތަކުގެ ބަދަލު ޒައިރާ އަށް!
09 ފެބުރުއަރީ 2017

ސަންޖޭގެ ފިލްމްގައި ރަންބީރުގެ މަންމަގެ ރޯލު ކުޅޭނީ މަނީޝާ

09 ފެބުރުއަރީ 2017
ސަންޖޭގެ ފިލްމްގައި ރަންބީރުގެ މަންމަގެ ރޯލު ކުޅޭނީ މަނީޝާ
05 ފެބުރުއަރީ 2017

"ޑަންގަލް" ގެ ކާމިޔާބީ ފާހަގަ ކޮށްފި

05 ފެބުރުއަރީ 2017
"ޑަންގަލް" ގެ ކާމިޔާބީ ފާހަގަ ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް