Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވާރލްޑް ކަޕް 2018

ވާރލްޑް ކަޕް: ސްޕެއިން މޮޅުވެ ދެވަނަ ބުރުގެ އުއްމީދު ދަމަހައްޓައިފި

20 ޖޫން 2018 | ބުދަ 23:31

އީރާނާއި ދެކޮޅަށް ކުޅުނު މެޗު ސްޕެއިނުން ކާމިޔާބުކުރީ 1-0 ގެ ހަނި ނަތީޖާއަކުން

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 20 ޖޫން 2018 | ބުދަ 23:31
މި މެޗުން ސްޕެއިން މޮޅުވި ލަނޑު ޖެހި ޑިއޭގޯ ކޮސްޓާ - މިއީ މިއަހަރުގެ ވާރލްޑް ކަޕްގައި އޭނާ ޖެހި ތިންވަނަ ލަނޑު

މި މެޗުން ސްޕެއިން މޮޅުވި ލަނޑު ޖެހި ޑިއޭގޯ ކޮސްޓާ - މިއީ މިއަހަރުގެ ވާރލްޑް ކަޕްގައި އޭނާ ޖެހި ތިންވަނަ ލަނޑު

ފީފާ ވާރލްޑް ކަޕްގެ ގްރޫޕް ފިޔަވަހީގައި އީރާނާއި ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށް ސްޕެއިންއިން ދެވަނަ ބުރުގެ އުއްމީދު ދަމަހައްޓައިފިއެވެ.

ކަޒާންގައި ހުންނަ ކަޒާން އެރީނާގައި ކުޅުނު މެޗު ސްޕެއިންއިން ކާމިޔާބުކުރީ 1-0 ގެ ހަނި ނަތީޖާއަކުންނެވެ. މިއީ ސްޕެއިން އާއި އީރާނާއި ދެމެދު ކުޅެވުނު ބައިނަލްއަގްވާމީ ފުރަތަމަ މެޗަށްވާއިރު ޔޫރަޕުގެ ޓީމަކާއި ދެކޮޅަށް ކުޅުނު އެއްވެސް މެޗަކުން އީރާން މޮޅުވެފައެއް ނުވެއެވެ. ހަމައެހެންމެ އޭޝިއާގެ ޓީމަކާއި ދެކޮޅަށް ވާރލްޑް ކަޕްގައި ކުޅުނު އެއްވެސް މެޗަކުން ސްޕެއިން ބަލިވެފައެއް ނުވެއެވެ.

ފުރަތަމަ ހާފު ފެށިގެން ސްޕެއިންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު އެ ޓީމުން ވަނީ ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށް މެޗުގެ ކޮންޓްރޯލްވެސް ދަމަހައްޓާފައެވެ. ސްޕެއިންގެ ކުޅުންތެރިން އުފައްދަން މަސައްކަތްކުރި ހަމަލާތައް ހުއްޓުވުމަށް އީރާންގެ ކުޅުންތެރިން ގިނަ ފައުލްތަކެއް ކުރިއިރު ފުރަތަމަ ހާފުގައި ދެ ޓީމުން ކުރެ ޓީމަކަށް ލަނޑެއް ޖެހިފައެއް ނުވެއެވެ.

ދެ ޓީމު އެއްވަރުކޮށްއޮވެ، ފުރަތަމަ ހާފު ނިމިގެންދިޔައިރު ދެވަނަ ހާފުގައި ސްޕެއިނުން ކުޅުން ވަރުގަދަ ކުރުމުގެ ނަތީޖާއެއްގެ ގޮތުން މެޗުގެ 54 ވަނަ މިނެޓުގައި އެޓީމުން ވަނީ ލީޑު ނަގާފައެވެ. އީރާންގެ ކުޅުންތެރިންނަށް ސާފު ކޮށްނުލެވުނު ބޯޅައެއްގައި މި ލަނޑު އެޓީމަށް ޖަހައިދިނީ އެޓްލެޓިކޯ މެޑްރިޑްގެ ފޯވާޑް ޑިއޭގޯ ކޮސްޓާއެވެ. މިއީ މިއަހަރުގެ ވާރލްޑް ކަޕްގައި އޭނާ ޖެހި ތިންވަނަ ލަނޑެވެ.

އީރާނުން މި ލަނޑަށްފަހު ކުޅުން ވަރުގަދަ ކުރުމުގެ ނަތީޖާއެއްގެ ގޮތުން މެޗުގެ 64 ވަނަ މިނެޓުގައި އެ ޓީމުން ލަނޑެއް ޖެހިއެވެ. އެހެން ނަމަވެސް ވީޑިއޯ އެސިސްޓަންޓް ރެފްރީގެ އެހީތެރިކަމާއެކު ރެފްރީ ނިންމާފައިވަނީ އެލަނޑު ޖެހި ކުޅުންތެރިޔާ ހުރީ އޮފްސައިޑް މަގާމެއްގައި ކަމަށެވެ. އީރާންގެ ކުޅުންތެރިންނަށް މީގެ ފަހުންވެސް ފުރުސަތުތަކެއް ލިބުނު ނަމަވެސް އެކުޅުންތެރިންނަށް މި ފުރުސަތުތަކުގެ ބޭނުން ހިފިފައެއް ނުވެއެވެ.

ޑިއޭގޯ ކޮސްޓާ ވަނީ މި ވާރލްޑް ކަޕްގައި އޭނާ ފޮނުވާލި ތިން ހަމަލާއިން ވެސް ލަނޑު ޖަހާފައެވެ. ހަމައެހެންމެ މި މެޗަކީ ސްޕެއިންގެ ޑިފެންޑަރު ޖެރާޑް ޕީކޭ އެޓީމަށް ކުޅުނު 100 ވަނަ މެޗެވެ.

މިވަގުތު ގްރޫޕް ބީގެ އެއްވެސް ޓީމަކަށް ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުވެފައިނުވާއިރު ދެވަނަ ބުރަށް ޓީމުތައް ދަތުރުކުރާނީ ގްރޫޕް ފިޔަވަހީގެ އެންމެފަހުން ކުޅޭ މެޗުތަކުގެ ނަތީޖާއަށް ބެލުމަށްފަހުއެވެ. ގްރޫޕްގެ އެއްވަނަ އަދި ދެވަނަ ސްޕެއިން އަދި ޕޯޗުގަލްއަށް ލިބޭއިރު ތިންވަނައިގައި އޮތީ އީރާންއެވެ. މި ތިން ޓީމަށްވެސް ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު އެބައޮތެވެ.

ކުރިޔަށް އޮތް މެޗުގައި މުބާރާތުން ކަޓާފައިވާ މޮރޮކޯއާ ދެކޮޅަށް ސްޕެއިން ނުކުންނައިރު އީރާން ނުކުންނާނީ ޔޫރަޕުގެ ޗެމްޕިއަނުން ކަމަށްވާ ޕޯޗުގަލްއާއި ދެކޮޅަށެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

25 ޖެނުއަރީ 2017
ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް
22 ޖެނުއަރީ 2017

ދެވަނަ ޑިވިޝަން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސީ ލައިފަށް

22 ޖެނުއަރީ 2017
ދެވަނަ ޑިވިޝަން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސީ ލައިފަށް
18 ޖެނުއަރީ 2017

ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް

18 ޖެނުއަރީ 2017
ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް
15 ޖެނުއަރީ 2017

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް
11 ޖެނުއަރީ 2017

ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ

11 ޖެނުއަރީ 2017
ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ
08 ޖެނުއަރީ 2017

އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ

08 ޖެނުއަރީ 2017
އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ
08 ޖެނުއަރީ 2017

އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

08 ޖެނުއަރީ 2017
އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް
06 ޖެނުއަރީ 2017

އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!

06 ޖެނުއަރީ 2017
އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް