Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރިޔާސީ އިންތިހާބު 2018

އިންތިހާބަށް ނުފޫޒު ފޯރުވަނީ ޔާމީން، ބޭރު ގައުމަކުން ނޫން: އަނަސް

އިލެކްޝަންސް ކޮމިޝަނުން ބުނަނީ ބޭރު ގައުމުތަކުން ނުފުޒު ފޯރުވިޔަ ނުދޭނެ ކަމަށް

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 19 ޖޫން 2018 | އަންގާރަ 16:45
އެމްޑީޕީގެ ސެކެރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު

އެމްޑީޕީގެ ސެކެރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު

މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވަނީ ބޭރު ގައުމުތަކުން ނޫން ކަމަށާއި އިލެކްޝަންސް ކޮމިޝަން މެދުވެރިކޮށް ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވަނީ ރައީސް އަބްދުﷲ ޔާމީން ކަމަށް އެމްޑީޕީގެ ސެކްރެޓަރީ ޖެނަރަލް އަނަސް އަބްދުއްސައްތާރު ވިދާޅުވެއްޖެ އެވެ.

އަނަސް ކުރެއްވި ޓްވީޓެއްގައި މިހެން ވިދާޅުވީ ބޭރުގެ އެއްވެސް ގައުމަކުން ރާއްޖޭގެ ރިޔާސީ އިންތިހާބުގެ ކަންކަމުގެ ތެރެއަށް ވަނުމުގެ ފުރުސަތު ނުދޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު އަދި އެކޮމިޝަނުގެ ތަރުޖަމާނު އަހުމަދު އަކުރަމް ވިދާޅުވުމާ ގުޅިގެންނެވެ.

ޗެނަލް 13ގެ ނިއުސްޓޯކް ޕްރޮގްރާމްގައި އަކުރަމް މިހެން ވިދާޅުވި ނަމަވެސް، އޭނާ ވިދާޅުވެފައިވަނީ، އިންތިހާބާ ބެހޭ އެއްވެސް ކަމެއްގައި ބޭރުގެ ގައުމެއްގެ ނުފޫޒު މިހާތަނަށް އެ ކޮމިޝަނަށް އައިސްފައި ނުވާ ކަމަށެވެ.

"އަޖައިބެއްވާ ނުވާނެތަ! އަހަރެމެން މިކިޔަނީ ގައުމުތަކުން ނުފޫޒެއް ފޯރުވާ ހާހަކައެއް ނޫނޭ! ޔާމީން ނުފޫޒު ފޯރުވާ ވާހަކައޭ! އޭނާ ތި ކޮމިޝަނަށް ނުފޫޒު ފޯރުވިޔަ ނުދޭށޭ!" އަނަސް ކުރެއްވި ޓްވީޓްގައި ވިދާޅުވެފައި އެވެ.

އަނަސް އެގޮތަށް ވިދާޅުވިއިރު، އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފަކީ ރައީސް ޔާމީންގެ ވަރަށް ގާތް ބޭފުޅެކެވެ. އޭނާ އެކޮމިޝަނުގެ ރައީސް ކަމުގެ މަގާމަށް މިއަހަރުގެ މާރޗް މަހުގެ 06 ވަނަ ދުވަހު އައްޔަންކުރި ދުވަހާ ހަމައަށް އޭނާއަކީ ޕީޕީއެމްގެ އިސް ބޭފުޅެކެވެ. އަދި ޕީޕީއެމަށް މެމްބަރުން އިތުރު ކުރުމަށް މާލޭގެ މަގުތަކުގައި އެޕާޓީގެ ފޯމު ފުރުއްވަން އުޅުއްވި ބޭފުޅެކެވެ.

އިތުރަށް ކިޔާލަން

14 ޖެނުއަރީ 2017

ޖަންކްޝަންތައް މައްސަލަޖެހި، ނަޖިސް ބޭރުވަނީ

14 ޖެނުއަރީ 2017
ޖަންކްޝަންތައް މައްސަލަޖެހި، ނަޖިސް ބޭރުވަނީ
14 ޖެނުއަރީ 2017

ގއ. އަތޮޅު ކައުންސިލްގެ ރައީސް އަތޮޅުގެއިން ބޭރުކޮށްފި

14 ޖެނުއަރީ 2017
ގއ. އަތޮޅު ކައުންސިލްގެ ރައީސް އަތޮޅުގެއިން ބޭރުކޮށްފި
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
12 ޖެނުއަރީ 2017

ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު

12 ޖެނުއަރީ 2017
ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު
10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު