Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓް

ބަޖެޓެއް ނުލިބޭ، އިންތިހާބެއް ނޯންނާނެ!

19 ޖޫން 2018 | އަންގާރަ 13:27

ޕާޓީތަކަށް ބަޖެޓް ދީފައިނުވަނީވެސް، ބަޖެޓް ނެތްކަމަށް ބުނެ

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް | 19 ޖޫން 2018 | އަންގާރަ 13:27
އިލެކްޝަންސް ކޮމިޝަން

އިލެކްޝަންސް ކޮމިޝަން

ރިޔާސީ އިިންތިހާބު ބޯޯމަތިވެފައިވާއިރު އެންމެ ގިނަ ބަޔަކު ކުރަމުން އަންނަ ސުވާލަކީ އިންތިހާބު ބާއްވާނެތޯ ކުރާ ސުވާލު އެވެ. އެއް ބަޔަކު ގަބޫލުކުރާގޮތުގައި ރިޔާސީ އިންތިހާބަށް ސަރުކާރުން ފުރުސަތުދޭނީ އިންތިހާބު ކާމިޔާބުކުރެވޭނެކަމުގެ ޔަޤީން ފޯމިޔުލާއެއް ރައީސް އަބްދުﷲ ޔާމީނަށް ލިބިވަޑައިގަތުމުންނެވެ. އެފަދަ ފޯމިއުލާއެއް ނެތްކަމުގައިވާނަމަ، ނުވަތަ ނެރޭ ފޯމިއުލާ މަސައްކަތް ނުކޮށްފި ކަމުގައިވާނަމަ އެންމެ ފަހުވަގުތުގައިވެސް އިންތިހާބު ކެންސަލްކޮށްފާނެކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ.

އެގޮތަށް ގަބޫލުކުރާ ސަބަބުތައްވެސް ބައިވަރު އެވެ. އޭގެތެރެއިން އެއް ކަމެއްގެ ގޮތުގައި ބެޖެޓް ނެތްކަމަށް ބުނެ، ނުވަތަ ބަޖެޓް ނުލިބޭކަމަށް ބުނެ، ސަރުކާރުންނާއި، އިލެކްޝަންސް ކޮމިޝަނުން ދައްކާ ބަހަނާތައް ގިނަ ބަޔަކު ފާހަގަކުރެ އެވެ.

އެހެނީ، ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން އިއުލާންކޮށްފައިވާތާ އެތަށް ދުވަހެއް ވެއްޖެ އެވެ. އެއިން މެމްބަރަކަށް، ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ވެންނެވުމަށް ފުރުސަތު ނުދެއްވާތާވެސް އެހާމެ ދުވަސް ވަނީ ވެފަ އެވެ. އެންޓި ޑިފެކްޝަން ޤާނޫނު ފާސްކޮށް، އެއީ ސައްހަ ޤާނޫނެއްކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅިތާވެސް އެތަށް މަސްތަކެއްވެގެން ހިނގައްޖެ އެވެ. ސުޕްރީމް ކޯޓުން އެގޮތަށް ނިންމުމާއެކު، ގަޔަށް ހިނި އަރައިގެން އުޅޭ ބަޔެއްފަދައިން، މީޑިއާތަކުގައި މެމްބަރުންގެ ގޮނޑި ގެއްލިފައިވާކަން ސާފުވެފައިވާކަމަށް ވިދާޅުވެ އިންޓަވިއުތައް ދެއްވާ، އުފާކޮށް، ހަވާ އެރުވިތާވެސް އެތަށް މަސްތަކެއްވެގެން ހިނގައްޖެ އެވެ. ނަމަވެސް، އިލެކްޝަންސް ކޮމިޝަނުން ހުސްވެފައިވާކަމަށް ބުނާ ދާއިރާތަކުގެ އިންތިހާބު ބާއްވާފައެއް ނުވެ އެވެ.

ޤާނޫނު އަސާސީގައި ސާފުކޮށް، އިންތިހާބު ބާއްވަންޖެހޭނެ ވަކި މުއްދަތެއް ކަނޑައަޅާފައިވާއިރު، ގޮނޑި ހުސްވާތާ 60 ދުވަހުގެ ތެރޭގައި އިންތިހާބު ބާއްވަންޖެހޭނެކަމަށް ޤާނޫނު އަސާސީގައި ވަނީ ލާޒިމްކޮށްފަ އެވެ. އެއީކީ އެކަމަށް އިތުރު ޗޮއިސެއްދީފައިވާ ކަމެެއް ނޫނެވެ. ނަމަވެސް ޤާނޫނު އަސާސީ އާއި ޤާނޫނުތަކަށް އިހުތިރާމްކޮށް، އެޔަށް ފުރިހަމައަށް ތަބާވާކަމަށް ދައުވާކުރާ ސަރުކާރާއި، އިލެކްޝަންސް ކޮމިޝަނަށް އެ އިންތިހާބުގެ ވާހަކަ ދައްކާލުމަށްވެސް ކެރިވަޑައެއްނުގަންނަވައެވެ. ޤާނޫނު އަސާސީގައި ދީފައިވާ މުއްދަތު ހަމަވެގެންދިޔައިރުވެސް، އެއީ މާބޮޑުކަމަކަށް އެބޭފުޅުންނަށް ނުވާހެން ހީވާ ކަހަލަ އެވެ.

އިންތިހާބު ނުބޭއްވުމަށް ސަރުކާރުންނާއި، އިލެކްޝަންސް ކޮމިޝަނުން ދެއްކި ބަހަނާއަކީ، ބަޖެޓް ނެތްކަމުގެ ބަހަނާ އެވެ. އެ ހިސާބުން އެ ބޭފުޅުން އެ ތިބީ އަތް އުރާލާގައިގެންނެވެ.

ބެޖެޓާއި ހިސާބުން އެތަށް ހާސް ރައްޔިތުންގެ ހައްޤުތަކެއް ނިގުޅައިގެންތިބިއިރު، ބަޖެޓް ނެތްކަމަށް ބުނެ އިލެކްޝަންސް ކޮމިޝަނުން ސިޔާސީ ޕާޓީތަކަށްދޭންޖެހޭ ފައިސާ އަދިވެސް ދޫކޮށްފައެއް ނުވެ އެވެ.

އެ ފައިސާއަކީވެސް ޤާނޫނުން ވަކި މުއްދަތެއްގައި ދިނުމަށް ލާޒިމްކޮށްފައިވާ ފައިސާއެކެވެ. ނަމަވެސް އެކަންވެސް ނުކޮށްދޫކޮށްލުމަށް ސަރުކާރުންނާއި، އިލެކްޝަންސް ކޮމިޝަނުން ދެއްކި ބަހަނާއަކީ ބެޖެޓް ނެތްކަމުގެ ބަހަނާ އެވެ.

އިންތިހާބު ނުބާއްވާނެކަމަށް ބުނާ ފަރާތްތައް އެގޮތަށް ބުނަނީ މި ދެންނެވި ސަބަބުތައް އެގޮތަށް ހުރީމަ އެވެ. އެހެނީ ޕާޓީތަކަށް ފައިސާ ނުދީފިކަމުގައިވާނަމަ ޕާޓީތަކަށް އެންމެ ފުރިހަމަ ކެމްޕޭނެއް ކުރުމަށްވެސް ހުރަސްތައް ކުރިމަތިވާނެތީ އެވެ. އެ ހިސާބުން އިންތިހާބު ނުބޭއްވުމަށް ނުވަތަ އިންތިހާބު ފަސްކުރުމަށް އިލެކްޝަންސް ކޮމިޝަނަށް ދައްކާނެ ބަހަނާއެއް ލިބިގެންދިޔައީ އެވެ.

ޔަޤީނުުންވެސް އެނގޭކަމަކީ، އިލެކްޝަންސް ކޮމިޝަނުން ބަޖެޓް ނެތްކަމަށް ބުނެ މިހާރު އެ ދައްކާ ބަހަނާތަކަކީ ބަޖެޓް ނެތިގެން ދައްކާ ބަހަނާތަކެއް ނޫންކަމެވެ. އަދި ސަރުކާރުން އިލެކްޝަންސް ކޮމިޝަނަށް ބެޖެޓް ދޫނުކުރަނީވެސް ދައުލަތުގެ ބަޖެޓްގައި ފައިސާ ނެތިގެން ނޫންކަން އެނގެ އެވެ. އެކަމުގެ ފަހަތުގައި އެހެން ބައިވަރު ކަންތައްތަކެއްވާކަމެވެ. އެހެނީ ޕާކްތައް އެޅުމާއި، މިސްކިތްތަކުގެ ކުލަ ބަދުލުކުރުމާއި، ބޮޑުންގެ ކުންފުނިތަކަށް "ކަޓު" ބެހުމަށް ދައުލަތުގެ ބަޖެޓުގައި ފައިސާ ހުންނައިރު، އިންތިހާބެއް ބާއްވަން ބެޖެޓް ނެތޭ ބުނުމުން އެކަން ގަބޫލުކުރުމަކީ ބޮޮޑު ޖޯކަކަށްވާނެތީ އެވެ.

ހަމަ އެންމެ ފަހުވަގުތުގައި ބަޖެޓް ނުލިބުނުކަމަށް ބުނެ، ރިޔާސީ އިންތިހާބު ފަސްކުރުމަކީވެސް، ނުވަތަ ނުބާއްވާ ދޫކޮށްލުމަކީވެސް ހަމަވެދާނެ ކަމެކެވެ.

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

29 ޖެނުއަރީ 2018

ކާބޯތަކެތީގެ އިސްރާފު އިންތިހާއަށް، ކާބޯތަކެތި ނުލިބޭ އާބާދީ އިތުރުވަނީ

29 ޖެނުއަރީ 2018
ކާބޯތަކެތީގެ އިސްރާފު އިންތިހާއަށް، ކާބޯތަކެތި ނުލިބޭ އާބާދީ އިތުރުވަނީ
10 ޖެނުއަރީ 2018

ސިޔާސީ ލީޑަރުން ހައްޔަރުކޮށްގެން މޮޅެއް ނުލިބޭ، ފެންނަނީ ސަރުކާރު ރޭރުވާތަން!

10 ޖެނުއަރީ 2018
ސިޔާސީ ލީޑަރުން ހައްޔަރުކޮށްގެން މޮޅެއް ނުލިބޭ، ފެންނަނީ ސަރުކާރު ރޭރުވާތަން!
18 ނޮވެމްބަރު 2017

ދައްކަންވީ ކެނޑިޑޭޓެއްގެ ވާހަކަތޯ އެވެ؟ ނޫނީ އިންސާފުވެރި އިންތިހާބެއް ހޯދުމުގެ ވާހަކަތޯ އެވެ؟

18 ނޮވެމްބަރު 2017
ދައްކަންވީ ކެނޑިޑޭޓެއްގެ ވާހަކަތޯ އެވެ؟ ނޫނީ އިންސާފުވެރި އިންތިހާބެއް ހޯދުމުގެ ވާހަކަތޯ އެވެ؟
05 ސެޕްޓެމްބަރު 2017

މަހުފޫޒްގެ ބޮލަށް ވަޅި ޖެހިތާ ދެ އަހަރު: އިންސާފު ނުލިބޭ، އަދިވެސް އެކަކު ހޯދަނީ!

05 ސެޕްޓެމްބަރު 2017
މަހުފޫޒްގެ ބޮލަށް ވަޅި ޖެހިތާ ދެ އަހަރު: އިންސާފު ނުލިބޭ، އަދިވެސް އެކަކު ހޯދަނީ!
04 ޖުލައި 2017

ބިރު ދައްކައިގެން ކާމިޔާބެއް ނުލިބޭނެ!

04 ޖުލައި 2017
ބިރު ދައްކައިގެން ކާމިޔާބެއް ނުލިބޭނެ!
26 މެއި 2017

ކިތަންމެ ވަރަކަށް ހަރުގެ ޖަލްސާ ބޭއްވިޔަސް ރައްޔިތުންގެ ލޯތްބެއް ނުލިބޭނެ!

26 މެއި 2017
ކިތަންމެ ވަރަކަށް ހަރުގެ ޖަލްސާ ބޭއްވިޔަސް ރައްޔިތުންގެ ލޯތްބެއް ނުލިބޭނެ!
17 އެޕްރީލު 2017

ގަދަބާރުން ހޯދޭނެ އިތުބާރެއް ނޯންނާނެ!

17 އެޕްރީލު 2017
ގަދަބާރުން ހޯދޭނެ އިތުބާރެއް ނޯންނާނެ!
08 މާރިޗު 2017

އަންހެނުންގެ ދުވަހު ފިރިހެނުންނަށް ނުލިބޭ ހައްގުތަކުގެ ވާހަކަދައްކަން ޖެހޭ!

08 މާރިޗު 2017
އަންހެނުންގެ ދުވަހު ފިރިހެނުންނަށް ނުލިބޭ ހައްގުތަކުގެ ވާހަކަދައްކަން ޖެހޭ!
24 ފެބުރުއަރީ 2017

އިންސާފެއް ނުލިބޭ ހިންގަނީ ޖަންގަލީގެ ގާނޫނު

24 ފެބުރުއަރީ 2017
އިންސާފެއް ނުލިބޭ ހިންގަނީ ޖަންގަލީގެ ގާނޫނު
10 ޖެނުއަރީ 2017

މިނިވަން އިންސާފުވެރި އިންތިހާބެއް ނުލިބޭނެކަން ކަށަވަރު!

10 ޖެނުއަރީ 2017
މިނިވަން އިންސާފުވެރި އިންތިހާބެއް ނުލިބޭނެކަން ކަށަވަރު!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް