ކ. މާލެ
|
18 ޖޫން 2018 | ހޯމަ 14:49
ފްލެޓް ބަލައިގަތުގެ ކަންކަން ކުރިއަށްދަނީ ދަރުބާރުގޭގައި
ފްލެޓް ބަލައިގަތުގެ ކަންކަން ކުރިއަށްދަނީ ދަރުބާރުގޭގައި
މުހައްމަދު ޝަރުހާން
ހިޔާ މަޝްރޫއު
ފްލެޓް ފޯމް ހުށަހަޅާ ވަގުތުތަކަށް ބަދަލު ގެނެސްފި
ވަގުތުތަކަށް ބަދަލު ގެނެވުނީ ގިނަ ބަޔަކަށް ފުރުސަތު ދިނުމުގެ ގޮތުން
12 ކެޓަގަރީއަކުން ފޯމް ހުށަހެޅުމަށް ވަނީ ހުޅުވާލާފައި
ފޯމް ހުށަހެޅުމަށް ކިއު ނަންބަރު އެޕްލިކޭޝަން މެދުވެރިކޮށް ނެގޭނެ

ސަރުކާރުން ފަށާފައިވާ ހިޔާ މަޝްރޫއުގެ ދަށުން ފޯމް ހުށަހެޅުމަށް ކަނޑައަޅާފައިވާ ވަގުތުތަކަށް ބަދަލުތަކެއް ގެނެސްފިއެވެ.

ހައުސިންގ މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ފޯމް ބަލައިގަތުން ކުރިއަށްދާނީ ހެނދުނު 10:30 އިން ހަވީރު 04:00 އަށް ކަމަށެވެ. އަދި ރޭގަނޑު 08:00 އިން 11:00 އަށް ކަމަށް އެ މިނިސްޓްރީން ބުނެއެވެ. މި ބަދަލު ގެނެސްފައި ވަނީ ރައްޔިތުންނަށް ފޯމް ހުށަހެޅުމަށް ދޭ ވަގުތު އިތުރުކޮށްދީ، ފަސޭހަ ކުރުމަށް ކަމަށެވެ.

މިގޮތަށް ފޯމް ބަލައިގަތުން ކުރިއަށްދާނީ މި ހަފްތާގެ ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ.

ރަމަޟާން މަހު ފޯމް ބަލައިގަތުން ކުރިއަށް ގެންގޮސްފައި ވަނީ ހެނދުނު 10:30 އިން މެންދުރު ފަހު 13:30 އަށް އަދި ރޭގަނޑު 21:00 އިން 23:00 އަށެވެ.

ދަރުބާރުގޭ ރަންނަބަނޑޭރިމާލަމުގައި ފްލެޓަށް އެދޭ ފޯމު ބަލައިގަންނަން އާދީއްތަ ދުވަހު ފަށާފައިވާއިރު 20 ކައުންޓަރަކުން ދަނީ އެއްފަހަރާ ޚިދުމަތް ދެމުންނެވެ. އަދި ކިއޫގައި މަޑުކުރުން ކުޑަކުރުމަށް އިލެކްޓްރޯނިކް ކިއު ސިސްޓަމް ވަނީ ގާއިމް ކޮށްފައެވެ.

"ހިޔާ 2018" ޕްރޮގްރާމްގެ ދަށުން ފޯމު ހުށަހެޅުމަށް ހުޅުވާލެވިފައިވާ 12 ކެޓެގަރީއަކުން ފްލެޓަށް ކުރިމަތިލުމަށް ހުޅުވާލާފައިވާއިރު 7000 ފްލެޓް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ޕްރޮގްރާމުގެ ތެރެއިން ސަރުކާރުގެ ބައެއް ކުންފުނިތަކަށް ހާއްސަ ކެޓަގަރީތަކުގެ އިތުރުން ސިވިލް ސަރވިސްގެ މުވައްޒަފުންނާއި މާލޭގެ ރަށްވެހިންނާއި ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މީހުންނާއި ޑޮކްޓަރުންނާއި ނަރުހުންނާއި ޓީޗަރުންނާއި ފުލުހުންނާއި ސިފައިންނާއި އެކަނިވެރި މައިންނާއި ބަފައިންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އާއިލާތަކަށް ހާއްސަ ކެޓަގަރީތަކަށް ވެސް ވަނީ ހުޅުވާލާއެވެ.

މި މަޝްރޫއުގެ ތެރެއިން ޖުލައި 31 ގެ ނިޔަލަށް ފޯމު ދޫކުރުމަށް ހަމަޖެހިފައިވާ އިރު ފޯމު ބަލައިގަތުން ކުރިއަށްދާނީ ޖޫން 03 ވަނަ ދުވަހުން ފެށިގެން ޖުލައި މަހުގެ ނިޔަލަށެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް