Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުބޮލީވުޑް

ރަންވީރަކީ ދީޕިކާގެ މީހެއް ކަމަށް އެންމެ ފަހުން އެއްބަސްވީތަ؟

މީގެ ކުރިން ދީޕިކާ ރަންވީރުގެ ފޮޓޯ ތަކަށް އާންމުކޮށް ކޮމެންޓް ކޮށެއް ނޫޅެ

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 18 ޖޫން 2018 | ހޯމަ 03:27
ރަންވީރު ސިންގް އާއި ދިޕިކާ ޕަޑުކޯން

ރަންވީރު ސިންގް އާއި ދިޕިކާ ޕަޑުކޯން

ބޮލީވުޑްގެ ތަރި ދިޕިކާ ޕަޑުކޯން އާއި ރަންވީރު ސިންގްގެ ލޯބީގެ ވާހަކަ ދެކެވޭތާ އަހަރު ތަކެއް ވަނީ ވެފައެވެ.ނަމަވެސް މި ދެ ތަރިން ރައްޓެހިވެގެން އުޅޭ ވާހަކަ ފާޅުގައި މި ދެތަރިންގެ ތެރެއިން އެކަކު ވެސް ހާމަކޮށްފައެއް ނުވެއެވެ.

ދިޕިކާ، އޭނާ އާއި ރަންވީރުގެ ލޯބީގެ ގުޅުން މީގެ ކުރިން މީޑީއާ އާއި ހިއްސާކޮށްފައި ނުވި ނަމަވެސް ރަންވީރު ދާދި ފަހުން އިންސްޓަރގްރާމްގައި ޝެއާ ކޮށްފައިވާ ފޮޓޯއިން އެދެމީހުންގެ ގުޅުން މިވަނީ ހާމަ ވެގެން ގޮސްފައެވެ.

ރަންވީރު ވަނީ އޭނާ ލައިގެން ހުރި ގަމީހުގެ ގޮށްތައް ނައްޓާލާ މޭމަތި ފެންނަ ގޮތަށް ނަގާފައިވާ ފިރިހެންވަންތަކަން ދައްކުވައިދޭ ފޮޓޯއަށް ދީފިކާ ކޮށްފައިވާ ކޮމެންޓްގައި "މައިން" (އޭނާ މީހެއް ކަމަށް) ޖެހުމަށްފަހު ތިން ހާޓް އައިޒް އިމޯޖީ ވަނީ ޖަހާފައެވެ.

މި ފޮޓޯއަށް ދީޕިކާ ކޮމެންޓް ކޮށްފައިވާއިރު މީގެ ކުރިން ދީޕިކާ ރަންވީރުގެ ފޮޓޯތަކަށް އާންމުކޮށް ކޮމެންޓް ކޮށެއް ނޫޅެއެވެ.

ނަމަވެސް ރަންވީރު ދަނީ އާންމުކޮށް ދިޕިކާގެ ފޮޓޯތަކަށް ކޮމެންޓް ކުރަމުންނެވެ.

ދިޕީކާ އާއި ރަންވީރުގެ ލޯބީގެ ގުޅުން ފެށިގައިވަނީ އޭނާ ރަންވީރާއި އެކު ކުޅެފައިވާ ސަންޖޭލީލާ ބަންސާލީގެ "ގޮލިއޯންކީ ރަސީލާ- ރާމް ލީލާ" ގެ ޝޫޓިން ކުރިއަށް ދިޔައިރު ކަމަށް ރިޕޯޓްތައް ބުނެއެވެ. އޭގެ ފަހުން މިދެތަރިން އެކުގައި ވަނީ "ބަޖީރާއޯ މަސްތާނީ" އަދި "ޕަދްމާވަތީ" ގައި ފެނިގެން ގޮސްފައެވެ.

އިތުރަށް ކިޔާލަން

03 ޖުލައި 2018

ރަންވީރާއި ދީޕިކާގެ ކައިވެންޏަށް ޝާހުރުކް ޚާން އާއި އަރުޖުން އިޓަލީއަށް!

03 ޖުލައި 2018
ރަންވީރާއި ދީޕިކާގެ ކައިވެންޏަށް ޝާހުރުކް ޚާން އާއި އަރުޖުން އިޓަލީއަށް!
09 މެއި 2018

ޝަމްޝޭރާގައި ރަންބީރަކީ ފޭރޭ މީހެއް

09 މެއި 2018
ޝަމްޝޭރާގައި ރަންބީރަކީ ފޭރޭ މީހެއް
07 މާރިޗު 2018

އަނެއްކާ ވެސް ޕްރިޔަންކާއާ ވައްތަރު މީހެއް

07 މާރިޗު 2018
އަނެއްކާ ވެސް ޕްރިޔަންކާއާ ވައްތަރު މީހެއް
16 ޖެނުއަރީ 2018

ސަލްމާން ޚާނަކީ ވަރަށް އިހުތިރާމް ކުރާ މީހެއް: ލޫލިއާ

16 ޖެނުއަރީ 2018
ސަލްމާން ޚާނަކީ ވަރަށް އިހުތިރާމް ކުރާ މީހެއް: ލޫލިއާ
03 ޖެނުއަރީ 2018

ޒީރޯއިން ޝާހު ފެންނާނީ ކުރު މީހެއްގެ ގޮތުގައި

03 ޖެނުއަރީ 2018
ޒީރޯއިން ޝާހު ފެންނާނީ ކުރު މީހެއްގެ ގޮތުގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު