Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ވިލާގެ މައްސަލަ

ވިލާގެ މައްސަލަ އޭސީސީން ނިންމުން: ހައިރާނުން ހައިރާން!

ސުޕްރީމް ކޯޓުން ވިލާއާ އެއްކޮޅަށް މައްސަލަ ނިންމުމުން، އޭސީސީން މައްސަލަ ބެލުމުން ސުވާލު އުފެދޭ

ރާއްޖެ އެމްވީ | 17 ޖޫން 2018 | އާދީއްތަ 08:05
އޭސީސީ އަށް ސަރުކާރުގެ ނުފޫޒު އޮތް ކަމަށް ތުހްމަތު ކުރެވޭ

އޭސީސީ އަށް ސަރުކާރުގެ ނުފޫޒު އޮތް ކަމަށް ތުހްމަތު ކުރެވޭ

ވިލާ ގްރޫޕްގެ އެކި ކުންފުނިތަކަށް ދޫކޮށްފައިވާ ރަށްތަކާއި ފަޅުތައް ތަރައްގީކުރުމުގައި ލުއިތަަކެއް ދިނުމަށް ޓޫރިޒަމް މިނިސްޓްރީން ސެޓްލްމަންޓް އެގްރިމެންޓް ހަދާފައި ވަނީ ދޭންނުޖެހޭ ބޮޑެތިި ލުއިތަކެއް އެ ކުންފުނިތަކަށް ލިބޭ ގޮތަށް، ގާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައި، އެ މައްސަލައިގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ދައުވާކުރަން ފޮނުވައި އަދި އެ ކުންފުނިތަކުން 110 މިލިއަން ޑޮލަރު (1.6 ބިލިއަން ރުފިޔާ) ހޯދަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ނިންމި ވާހަކަ މީޑިއާގައި ވަނީ ފެތުރިފަ އެވެ. މިކަން އޭސީސީން ދޮގުކޮށްފައި ނުވާއިރު، މިގޮތަށް އެ ނިންމުން މި އައީ ސުޕްރީމް ކޯޓުން ވިލާއާ އެއްކޮޅަށް މައްސަލަ ނިންމާފައި ވަނިކޮށެވެ.

ވިލާއާ އެއްކޮަޅަށް ސުޕްރީމް ކޯޓުން ހުކުމް ކުރުމާއެކު ރަށްތަކުގެ ޖޫރިމަނާ އާއި ކުލީގެ ގޮތުގައި އެތައް ބިލިއަން ރުފިޔާއެއް ހޯދަަަން މީރާއިން ކުރި ދަޢުވާތައް އަނބުރާ ނަގައި، ފްރީޒްކުރި އެކައުންޓްތައް ވެސް ދޫކޮށްލި އެވެ. ނަމަވެސް މިހާރު އޭސީސީން އެ ވަނީ، އެންމެ ފަހުބަސް ބުނާ ކޯޓުގެ ހުކުމަށް ގޮން ޖައްސަވައި ނިންމުމެއް ނެރެފަ އެވެ. ވިލާއާއެކު ސެޓްލްމެންޓް އެގްރީމެންޓް ހެދުމަށް އެޓާނީ ޖެނެރަލްގެ ލަފާ ހޯދާފައި ނެތް ކަމާއި، ދޭންނުޖެހޭ ބޮޑެތިި ލުއިތަކެއް ދިން ކަމަށް އޭސީސީން ބުނެ އެވެ. މި މައްސަލަ ސުޕްރީމް ކޯޓުން ނިންމުމުގެ ކުރިން މި ވާހަކަތަކެއް އޭސީސީން ދައްކާފައެއް ނެތެވެ. އެހެންވެ، މިއީ ސަރުކާރުގެ ނުފޫޒު އޭސީސީގެ މައްޗަށް އޮވެގެން ނިންމި ނިންމުމެއް ކަމަށް ބުނެވޭނެ ފުރުސަތެކެވެ.

މި ސަރުކާރުން މީގެ ކުރިން ވެސް ސުޕްރީމް ކޯޓްގެ ހުކުމެއް ތަންފީޒުކޮށްފައި ނުވާއިރު، ވިލާގެ ރަށްތަކުގެ މައްސަލައި ސުޕްރީމް ކޯޓުން ނިންމި ނިންމުމާ ފުށުއަރާ ގޮތަށް އޭސީސީން ނިންމުމެއް ނިންމުމަކީ ޝަރުއީ އުސޫލްތަކާ ހިލާފު ކަމެކެވެ. މިއީ ސުޕްރީމް ކޯޓަށް ގޮންޖެހުމެވެ. މި ދަނޑިވަޅުގައި ހިތަށް އަންނަ އެހެން ކަމެއް އެބަ އޮތެވެ. ކަނޑައެޅިގެން ގާނޫނު އަސާސީއާ ޚިލާފަށް ނިންމާފައި ހުރި ކަންކަން ކޮމިޝަންގެ މެމްބަރުންނަށް ފެނިވަޑައިނުގަތުމެވެ. މިފަދަ އެންމެ މިސާލަކަށް ބަލާލަމާ ހިނގާށެވެ.

ގާނޫނުއަސާސީގެ 102 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން މިނިވަން މުއައްސަސާތަކުގެ ވެރިންގެ މުސާރަ އާއި އިނާޔަތްތައް ހަމަޖައްސަންޖެހެނީ ރައްޔިތުންގެ މަޖިލީހުންނެވެ. މި މާއްދާގައި ބަޔާންކޮށްފައިވާ މަގާމުތަކާއި މުއައްސާސާތަކުގެ ބޭފުޅުންނަށް ދޭ މުސާރަ އާއި އިނާޔަތްތައް ރައްޔިތުންގެ މަޖިލީހުން ފާސްކުރަންޖެހެ އެވެ. ނަމަވެސް، އޭސީސީގެ ރައީސް ހަސަން ލުތުފީ ވެސް ހިމެނިވަޑައިގަންނަވާ ގޮތަށް، އަގުހެޔޮކޮށް ލަގްޒަރީ އެޕާޓްމެންޓްދިނުން މައްސަލައަކަށް ނުވި އެވެ. ސުޕްރީމް ކޯޓްގެ ފަސް ފަނޑިޔާރުންނާއި ލުތުފީ އާއި ކުރީގެ ޕްރޮސިކިއުޓަ ޖެނެރަލް މުހްތާޒު މުހްސިން އާއި ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުހައްމަދު އަދި އިމްފޮމޭޝަން ކޮމިޝަނަރު އަބްދުލް އަޒީޒު ޖަމާލު އަބޫބަކުރަށް ރެހެންދި ރެސިޑެންސްއިން ފްލެޓް ދިނީ، އިކޮނޮމިކް ކައުންސިލުން ނިންމައިގެންނެވެ. އިކޮނޮމިކް ކައުންސިލްގެ ރިޔާސަތު އޭރު ބަލަހައްޓަވަނީ ރައީސް ޔާމީނެވެ. ރައީސް ޔާމީން ނެތް ނަމަ، ކުރީގެ ޓޫރިޒަމް މިނިސްޓަރު އަދި ފަހުން ނައިބް ރައީސްކަން ކުރެއްވި އަހްމަދު އަދީބެވެ.

ފްލެޓް ދިން އުސޫލަކީ، މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ ނަޒާހަތްތެރިކަން އިތުރުކުރުން ކަމަށް ވިދާޅުވީ އަދީބެވެ. މިއީ ގާނޫނެއް، އަދި ގަވާއިދެއްގައި އޮތް އުސޫލެއް ނޫނެވެ. ނަމަވެސް، ފްލެޓްތައް ދިނީ ރަނގަޅަށް ކަމަށް އޭސީސީން ނިންމިއިރު، ލުތުފީއަށް ވެސް ލިބިވަޑައިގަތެވެ. މިކަމުގައި ދައުލަތަށް ގެއްލުން ލިބުނެވެ. ފަނޑިޔާރުންނާއި މިނިވަން މުއައްސަސާތަކުގެ ބޭފުޅުންނަށް ގާނޫނުގައި ބުނެފައިވާ އުސޫލާ ހިލާފަށް ދިން އެޕާޓްމެންޓްތައް ބާޒާރުގެ ހަމަ އަގުގައި ވެސް ވިއްކާލެވޭނެ އެވެ. ނަމަވެސް ހަމަ އަގަށްވުރެ މާކުޑަކޮށް، އަދި ގާނޫނުއަސާސީއާ ހިލާފަށް ދިން މައްސަލަ އޭސީސީއަށް ވެސް، ސަރުކާރަކަށް ވެސް ނުފެނުނެވެ.

ކޯޓްގެ ނިންމުމާ ތައާރަޒުވާ ގޮތަށް އޭސީސީން ވިލާގެ ރަށްތަކާއި ފަޅުތަކުގެ މައްސަލަ ނިންމާފައިވާއިރު، ދައުލަތުގެ ތިޖޫރި ފޫވައްޓާލި އެމްއެމްޕީއާރުސީން ދޫކުރި ރަށްތައް ކޮބައިހެއްޔެވެ؟ އެމްއެމްޕީއާރުސީން ރަށްތައް ކުއްޔަށް ދިނީ، އެ ކުންފުނީގެ މެންޑޭޓަށް ރައީސް ޔާމީން ބަދަލު ގެންނެވުމާ ގުޅިގެންނެވެ. އެމްއެމްޕީއާރުސީން ނުއަގުގައި، ދައުލަތަށް ގެއްލުންވާ ގޮތަށް ދޫކޮށްފައިވާ ރަށްތަކުގެ ޒިންމާ އުފުލަން ޖެހުނީ އަދީބެވެ. ރަށްތައް ލިބުނު ފަރާތްތައް ޒިންމާ އުފުލަން ނުޖެހުނެވެ. ނަމަވެސް މިޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ވިލާގެ ރަށްތަކުގެ މައްސަލައިގައި އަނެއްކާ ވެސް ފައިސާ ދައްކަންޖެހެނީ ވިލާގެ ކުންފުނިތަކުންނެވެ. އޭސީސީގެ އެ ނިންމުމާ ގުޅިގެން ދެން އަންގަންޖެހޭ އެންގުމެއް އަންގާނީ ޓޫރިޒަމް ކަމަށްވެ އެވެ. މިފަހަރު މިގޮތަށް އަމަލުކުރިއިރު، ރަށްތަކުގެ މައްސަލަ، އަދި ރައީސް ޔާމީންގެ ޅިޔަނު، މުހައްމަދު މަނިކު (ބިސް މަނިކު)ގެ ކުންފުންޏަށް ނަސަންދުރާ ދިނީ ގާނޫނާ ހިލާފަށް ކަމަށް ނިންމާފައިވާއިރު، އެކަން ބަލައި ރައްޔިތުންނަށް ހައްގު ހޯދައިދޭން ނޫޅެ އެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރައީސް ލުތުފީ ވާހަކަ ދައްކަވަނީ: އޭނާ ސަރުކާރުން ފްލެޓް ދިނީ ގާނޫނުއަސާސީއާ ހިލާފަށް، އެ މައްސަލަ ބެލުމަށް ފަހު ނިންމާފައިވަނީ، ފްލެޓް ދިނީ ރަނގަޅަށް ކަމަށް

އަދިވެސް އިތުރު މައްސަލަ އެބަ ހުއްޓެވެ. ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓަށް ލާފައިވާ 1 މިލިއަން ޑޮލަރުގެ މައްސަލަ ކޮބައި ހެއްޔެވެ. ފެނަކައިގެ ތެލުގެ މައްސަލަ ކޮބައި ހެއްޔެވެ؟ އެމްއެމްޕީއާރުސީގެ ފައިސާ ލިބުނު މީހުން ހާމަކުރާނެ ކަމަށް އޭސީސީން ބުނެފައިވާއިރު، އެ ފައިސާ ލިބުނު ކަމަށް ތުހްމަތު ކުރެވޭ ފަރާތްތަކުން އެޕާޓްމެންޓްތަކާއި ގޯއްޗާއި އޮޑި ދޯނި ފަހަރު ގަންނަމުން ދާއިރު ވެސް، އޭސީސީގެ ރިޕޯޓް އުމަގުވެފައި އޮތީ އެވެ. މިފަދަ އަމަލުތަކަކީ ނަޒާހަތްތެރިކަމުގެ އަމަލުތަކެއް ނޫނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފިޔާޒްގެ މައްސަލަ: ފުށުއަރާ ތިން ހެކިބަސް. އުއްމީދަކީ ޢަދްލުވެރި ހުކުމެއް

ފިޔާޒްގެ މައްސަލަ: ފުށުއަރާ ތިން ހެކިބަސް. އުއްމީދަކީ ޢަދްލުވެރި ހުކުމެއް

09 އޯގަސްޓު 2017
ދުސްތޫރީ އޮނިގަނޑުގައި މަރުތަޅެއް ނެތް، މައްސަލައަކީ ގާނޫނާ އެއްގޮތަށް އަމަލުކުރަން ބޭނުން ނުވުން!

ދުސްތޫރީ އޮނިގަނޑުގައި މަރުތަޅެއް ނެތް، މައްސަލައަކީ ގާނޫނާ އެއްގޮތަށް އަމަލުކުރަން ބޭނުން ނުވުން!

27 ޖުލައި 2017
އަދީީބުގެ ފުރާނައިގެ އަގު ކަނޑައެޅުން، ހުރިހާ ވެސް މައްސަލައަކީ ފައިސާ!

އަދީީބުގެ ފުރާނައިގެ އަގު ކަނޑައެޅުން، ހުރިހާ ވެސް މައްސަލައަކީ ފައިސާ!

12 ޖުލައި 2017
ގަތަރުގެ މައްސަލައަށް އެއްމަސް އަދި ހައްލެއް ނުފެނޭ

ގަތަރުގެ މައްސަލައަށް އެއްމަސް އަދި ހައްލެއް ނުފެނޭ

07 ޖުލައި 2017
ގަތަރުގެ މައްސަލަ ދުވަހެއް ދުވަހަކަށް ދަނީ ގޯސްވަމުން!

ގަތަރުގެ މައްސަލަ ދުވަހެއް ދުވަހަކަށް ދަނީ ގޯސްވަމުން!

09 ޖޫން 2017

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު