Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ދިވެހިރާއްޖެ - އިންޑިއާ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

އިންޑިއާއިން ރާއްޖެއާއި މެދު ގެންގުޅޭ ސިޔާސަތު ހަރުކަށިކުރަން ވަނީ ފަށާފައި

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު, ރާއްޖެ އެމްވީ | 15 ޖޫން 2018 | ހުކުރު 12:10
ޚާރިޖީ ވަޒީރު އާސިމް (ވ) އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ (ކ)އާއިއެކު ދިއްލީގައި

ޚާރިޖީ ވަޒީރު އާސިމް (ވ) އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ (ކ)އާއިއެކު ދިއްލީގައި

މިފާއިތުވިގެންދާ ހަފްތާއެއްހާ ދުވަހަކީ ރާއްޖޭގެ ފޮރިން މިނިސްޓްރީ ވަރަށް 'އެލަރޓް'ގައި އޮންނާނެ ހަފްތާއެއްކަމަށް ބެލެވެއެވެ. ސަބަބަކީ މި ފާއިތުވެގެންދާ ހަފްތާއެއްހާ ދުވަހު ރާއްޖެއަށް ކުރިމަތިވަމުންދާ ކަންކަމަކީ އެކަށީގެންވާ ގޮތެއްގައި މަސައްކަތްކުރާ ޚާރިޖިއްޔާއެއް ހުރި ޤައުމެއްނަމަ، މުޅި ޤައުމު 'އެލަރޓް'ވާނެ ޒާތުގެ ކަންކަން ކަމަށްވާތީއެވެ. މިހެން ދެންނެވިޔަސް ކަހާތަން ހިރުވާވެސް ނުލައި ރާއްޖޭގެ ޚާރިޖީ ވުޒާރާ އޮވެދާނެއެވެ. މިދައްކަނީ އދގެ ސަލާމަތީ މަޖިލީހުގެ ގޮނޑިއަކަށް ޤައުމުން ކުރި ކެމްޕޭންގެ އެންމެ ފަހު ވަގުތު ކުރި ލާސްޓް މިނިޓް ކެމްޕޭނަށް ޚާރިޖީ ވަޒީރުގެ ބަދަލުގައި ކަމާއި ގުޅުންވެސް ނެތް ވަޒީރަކު ފޮނުވި ޤައުމެއްގެ ވާހަކައެވެ.

ސަލާމަތީ މަޖިލީހުގެ ގޮނޑި ކާމިޔާބުކުރުމަށް ރާއްޖެއަށް އިންޑިއާއިން އެހީވެދިންކަމަށް އިންޑިއާގައި ހުންނަވާ ދިވެހި ސަފީރު ވިދާޅުވުމުން ބައެއް މީހުންގެ ގާތަށް ހިނިއައުން އެކަށީގެންވެއެވެ. އެކަން ދެނަހުރި އެހެން މީހަކު ނެތެވެ. ވޯޓަށް ކައިރިވެފައިވަނިކޮށް އިންޑިއާގެ ބޮޑުވަޒީރު ވަޑައިގަތީ ރާއްޖެއަކަށް ނޫނެވެ. އިންޑޮނީޝިއާއަށެވެ. ރާއްޖެއަށް ވޯޓު ދޭނެކަމަށް މީގެ ކުރިން އިންޑިއާއިން ބުނެފައި އޮތް ބުނުން އެޤައުމުން ފަހުން ތަކުރާރުކޮށްލިތަންވެސް ނުފެނުމުން، އިންޑިއާގެ ކުރިމަތީގައި ރާއްޖޭގެ އަގު ވެއްޓިފައިވާ މިންވަރު ފެނިގެންދެއެވެ.

ސަލާމަތީ މަޖިލީހުގެ ގޮނޑި ނާކާމިޔާބުވި ވާހަކަ މިހާރު ދެން ދައްކައި ނިމިއްޖެއެވެ. މިހާރު ދައްކާލަން މިއުޅެނީ ސަރުކާރުން މާބޮޑަށް ސަމާލުކަން ދޭން ޖެހޭ ކަމެއްގެ ވާހަކައެވެ. އިންޑިއާއަށް ފުރައްސާރަކޮށް، އިންޑިއާ އެކަހެރިކޮށް މިސަރުކާރުން ހަދަމުންދާތާ ދުވަސްތަކެއް ވެއްޖެއެވެ. އެހެން ނަމަވެސް އިންޑިއާގައި މިހާރު އޮތް ސަރުކާރުން ރާއްޖޭގެ ކަންކަމާއި ބެހޭ ގޮތުން ކުރު ބަޔާންތައް ނެރުން ފިޔަވައި އިތުރަށް މާބޮޑު ކަމެއް މީގެ ކުރިން ނުކުރެއެވެ. ރާއްޖެއިން ކަންކުރަމުންދާ ގޮތުން އިންޑިއާއިން ހިތްހަމަނުޖެހިފައި އޮތްކަން ދޭތެރެއަކުން ހާމަކޮށްލައެވެ. އެހެން ނަމަވެސް އެކަން މިވަނީ ބަދަލުވެފައެވެ.

ފެންނަ ފެނުމަށް ބަލާއިރު، އިންޑިއާއިން އެވަނީ މިހާރު ހޭލާފައެވެ. ރާއްޖެއިން އިންޑިއާ އެކަހެރިކޮށް، ޗައިނާއާއި ގުޅުން ބަދަހިކުރުމުގެ ސަބަބުން ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރިމަތިވި ބިރުވެރިކަން އިންޑިއާއަށް އެވަނީ ރޭކާލާފައެވެ. ފުލުފުލުގައި އެނެރެނީ ބަޔާންތަކެވެ. އެއަޅަނީ ނުސީދާ ފިޔަވަޅުތަކެވެ. ދާދި އިހަކަށް ދުވަހު ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރ އަހުމަދު ނިހާން ހުސެއިން މަނިކު އިންޑިއާގެ ޗެންނާއީ (މެޑްރާސް)އަށް ވަޑައިގަތުމުން އެތައް ގަޑިއިރަކު އެއަރޕޯޓްގައި ބޭންދެވުމަށްފަހު، އެމަނިކުފާނަށް ވީގޮތްވެސް އަންގާނުލައި އިންޑިއާއިން ބޭރުކޮށްލިއެވެ. މިމައްސަލައިގައި އިންޑިއާގައި ހުންނަވާ ރާއްޖޭގެ ސަފީރު ތަންކޮޅެއް 'އިސްކޮޅުން ދިގު ވާހަކަ' ދައްކަވަން އުޅުއްވިހެން ހީވިއެވެ. ޗައިނާގެ މަދަދު އޮތަތީ މިކުޑަކުޑަ ރާއްޖެއަށް އެއޮތް ބޮޑު އިންޑިއާ ކުރިމަތީގައި ގަދަ ދައްކާލެވޭނެކަމަށް ހީކުރެވުނީކަމަށް ވެދާނެއެވެ. އެހެން ނަމަވެސް އިންޑިއާއިން ފެނުނީ އެމީހުންގެ ގޮތުގައި ހިފަހައްޓާލިތަނެވެ. މިމައްސަލައިގައި ގަދަދެއްކޭނެކަމަށް ހީކޮށް ޑިޕްލޮމެޓިކް ހަތިޔާރުތަކުގެ ބޭނުންކޮށް، ދިވެހި ޚާރިޖިއްޔާއިން މާލޭގައި ހުންނަވާ ސަފީރު ހާޒިރުކުރިކަމަށްވެއެވެ. އެހެން ނަމަވެސް ވަކި މޮޅެއްވިތޯއެވެ؟

އިންޑިއާއިން ރާއްޖޭގެ މިހާރުގެ ސަރުކާރުގެ އިސްވެރިންނަށް އަމާޒުކޮށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅަންފެށިކަން ނިހާންއާއި ޕީޕީއެމްއިން އެވަނީ އަމިއްލައަށް ޤަބޫލުކޮށްފައެވެ. އިންޑިއާއިން ހޭލަައިފިކަން އެބޭފުޅުންނަށް އެވަނީ ޤަބޫލުކުރެވިފައެވެ. ސުވާލަކީ ނިހާންއަށް އެޙާދިސާ ދިމާވިފަހުން ޖެހިލުމެއް ނެތި އިންޑިއާއަށް ވަޑައިގަންނަވަން ކެރިވަޑައިގަންނަވަނީ ސަރުކާރުގެ ނުވަތަ ޕީޕީއެމްގެ ކިތައް ބޭފުޅުންނަށްތޯއެވެ؟

ރައީސް މައުމޫނާއި ފަނޑިޔާރުންނަށް މިހަފްތާގައި ހުކުމް އިއްވުމާއިއެކުވެސް އިންޑިއާއިން ބަޔާން ނެރެން ލަހެއް ނުވިއެވެ. އެބޭފުޅުންގެ ޝަރީޢަތް ކުރިއަށްދިޔައީ އިންސާފުވެރިކޮށް ނޫންކަމަށް އިންޑިއާއިން ބުނެލީ ޖެހިލުމެއް ނެތިއެވެ. އަދި ކުރިއަށް އޮތް އިންތިޚާބު އިންސާފުވެރިވެދާނެކަމަށްވެސް އިންޑިއާއިން އެވަނީ ސުވާލު އުފައްދާފައެވެ.

ދެން ފެނިގެން މިދަނީ އިންޑިއާގެ ސިޔާސީ މަސްރަހުގައި އެންމެ ބޮޑަށް ދެކެވޭ އެއް ވާހަކައެވެ. ރާއްޖޭގައި މަސައްކަތްކުރާ އިންޑިއާގެ ރައްޔިތުންނަށް ވޯރކް ވިސާ ހޯދުމުގައި ދިމާވެފައިވާ ދަތިތަކުގެ ވާހަކަ އިންޑިއާގެ ޤާނޫނު ހަދާ މަޖިލީހާއި ހިސާބަށް އެވަނީ ގޮސްފައެވެ. އިންޑިއާގެ ދަ ހިންދޫ ނޫހުން މަސްދަރުތަކާއި ހަވާލާދީ ބުނާ ގޮތުގައި އިންޑިއާ ރައްޔިތުންނަށް ވިސާ ދޫކުރުމުގައި ރާއްޖޭގެ އިމިގްރޭޝަނުން ދަތިކުރަނީ ރައީސް އޮފީހުގެ އިރުޝާދުގެ ދަށުންނެވެ. އެހެންނަމަވެސް މިފަދަ ތުހުމަތުތައް މީގެ ކުރިން ދިވެހި ސަރުކާރުން ވަނީ ދޮގުކޮށްފައެވެ. މިމައްސަލައިގައިވެސް ކަން ހިނގަމުންދާ ގޮތް ބަލަމުންދާކަމަށް އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓްރީއިން އެވަނީ ބުނެފައެވެ.

ބީޖޭޕީގެ ސަރުކާރުން ރާއްޖޭގެ މައްސަލައިގައި ސީރިއަސްވެފައިވާއިރު، އިންޑިއާގެ އިދިކޮޅު ކޮންގްރެސް ޕާޓީއިންވެސް އެވަނީ މިމައްސަލައިގައި ރާއްޖެއާއިމެދު ހިތްހަމަނުޖެހިފައެވެ. ކޮންގްރެސް ލީޑަރ ރާހުލް ގާންދީ މިމައްސަލައިގެ ތެރެއަށް މިހާރު އެވަނީ ވަދެވަޑައިގެން، ރާއްޖޭގެ މައްސަލަ މާލުއިކޮށް ނަގަމުން ދިޔައީތީ ސަރުކާރަށް ފާޑުވިދާޅުވެފައެވެ.

ބަދަލުވަމުންދާ މަސްރަހާއި ބެހޭ ގޮތުން ރާއްޖޭގެ ކުރީގެ ޚާރިޖީ ވަޒީރު އަހުމަދު ނަސީމް ވިދާޅުވީ ރާއްޖޭގެ ސިޔާސީ އިސް ބޭފުޅުންނަށް ފުރައްސާރަކޮށް ބިރު ދައްކައި އުޞޫލުން އިންޑިއާއަށް ބިރުދެއްކިދާނެކަމަށް ދިވެހި ސަރުކާރަށް ހީވެގެން އުޅޭކަމަށެވެ. އަދި އިންޑިއާއިން ދީފައިވާ ހެލިކޮޕްޓަރުތައް ފޮނުވާލާނެކަމަށް ބުނަމުންދަނީ އިންޑިއާއަށް ބިރުދެއްކިދާނެކަމަށް ހީވެގެންކަމަށް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް، އެހެން ކަން ނުވާނެކަމަށާއި، އިންޑިއާއަކީ މިސަރަހައްދުގެ ބާރު ގަދަ ޤައުމެއްކަމަށް ނަސީމް ވިދާޅުވިއެވެ. އަދި އިންޑިއާއަކީ ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީ ކަމަށާއި، އަވަށްޓެރި ޤައުމެއް ހަމަމަގުން ކައްސާލާނަމަ އެކަމުގެ ތެރެއަށް އިންޑިއާއިން ވަންނާނެކަމަށާއި، އެކަމުގައި އިންޑިއާއިން ބަސް ބުނާނެކަމަށް ނަސީމް ވިދާޅުވިއެވެ.

ކުރީގެ ޚާރިޖީ ވަޒީރު އަދި މިހާރު އދގެ ސްޕެޝަލް ރެޕަޓުއަރގެ މަޤާމުގައި ހުންނެވި ޑރ. އަހުމަދު ޝަހީދު ވިދާޅުވީ ރައީސް ޔާމީން މަސައްކަތްކުރައްވަނީ އިންޑިއާ ރުޅި އެރުވުމަށްކަމަށެވެ. އަދި މިކަން ގޯސް ގޮތަކަށް ގޮސްފިނަމަ، ރާއްޖޭގެ އިސްތިޤްލާލަށްވެސް އެކަމުގެ އަސަރުކޮށްފާނެކަމުގެ ބިރު އެބައޮތްކަމަށް ޑރ. ޝަހީދު ފާހަގަކުރެއްވިއެވެ.

އިންޑިއާ ކަނޑުގައި އެމެރިކާއިން ގެންގުޅޭ ސިޔާސަތަކީ އިންޑިއާއިންވެސް ގެންގުޅޭ ސިޔާސަތެވެ. އެމެރިކާގެ ވެރިކަމުގައި ރިޕަބްލިކަން ޕާޓީ އޮތަސް، ޑިމޮކްރެޓިކް ޕާޓީ އޮތަސް، އެކަން އޮތީ އެހެންނެވެ. އެހެންކަމުން ރާއްޖޭގެ މައްސަލައިގައި އިންޑިއާގެ ސިޔާސަތު ހަރުކަށިވެއްޖެނަމަ، އެމެރިކާގެ ސިޔާސަތުވެސް އިތުރަށް ހަރުކަށިވެދާނެކަމަށް ފެނެއެވެ. ރާއްޖެއަކީ އެމެރިކާގެ ޚާރިޖީ ވުޒާރާގެ އިތުރުން ރިޔާސީ ގަނޑުވަރު ވައިޓް ހައުސްގެ ޤައުމީ ސަލާމަތާއި ބެހޭ ކައުންސިލްގެ ލޯ އަމާޒުވެފައިވާ ޤައުމެކެވެ.

ކޮންމެއަކަސް އިންޑިއާ އެވަނީ ހޭލާފައެވެ. ދެން އޮތީ ދިވެހި ސަރުކާރަށް ކެތްކުރެވޭނީ ކިހާ ދުވަހަކުތޯ ބެލުމެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ދިވެހި ދައުލަތުގެ ސިޔާދަތު ބިދޭސީންގެ މުށުތެރެއަށް!

ދިވެހި ދައުލަތުގެ ސިޔާދަތު ބިދޭސީންގެ މުށުތެރެއަށް!

19 މާރިޗު 2017
ލޫކަސް ޖަލީލް: ދިވެހިރާއްޖޭގެ ސިޔާސީ ކުރިމަގު ބަލާ ލޯގަނޑު

ލޫކަސް ޖަލީލް: ދިވެހިރާއްޖޭގެ ސިޔާސީ ކުރިމަގު ބަލާ ލޯގަނޑު

12 މާރިޗު 2017
ދިވެހި ވެލީގައި ގައުމީ އިހްސާސްވޭ ހެއްޔެވެ؟

ދިވެހި ވެލީގައި ގައުމީ އިހްސާސްވޭ ހެއްޔެވެ؟

10 މާރިޗު 2017
މަގޫދޫ ދޮން އައިމިނަ: ބޭނުންވަނީ މިނިވަން ދިވެހިރާއްޖެއެއްގެ ފަސްގަނޑަށް ފަހު ނޭވާލާން

މަގޫދޫ ދޮން އައިމިނަ: ބޭނުންވަނީ މިނިވަން ދިވެހިރާއްޖެއެއްގެ ފަސްގަނޑަށް ފަހު ނޭވާލާން

02 މާރިޗު 2017
ރައީސް ޔާމީންގެ ސަރުކާރަށް ރައްޔިތުން އިތުބާރު ނުކަރީ ކީއްވެ؟

ރައީސް ޔާމީންގެ ސަރުކާރަށް ރައްޔިތުން އިތުބާރު ނުކަރީ ކީއްވެ؟

02 މާރިޗު 2017

އަހަރުތަކުން މިއަދު

13 ފެބުރުއަރީ
ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"
20224 އަހަރު ކުރިން
ރާއްޖެ

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން
20215 އަހަރު ކުރިން
ރާއްޖެ

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު