Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ފިތުރު އީދު

މަތިމަރަދޫ އީދު ސައި: އެއްބައިވަންތަކަން ދައްކުވައިދޭ ކަމެއް!

އީދު ސައި ތައްޔާރުކުރަނީ މަތިމަރަދޫ ޒުވާނުން

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް, ރާއްޖެ އެމްވީ | 15 ޖޫން 2018 | ހުކުރު 05:48
މަތިމަރަދޫ އީދު ސައިކުރިއަށް ދަނީ

މަތިމަރަދޫ އީދު ސައިކުރިއަށް ދަނީ

އީދު ނަމާދަށް އަޅުގަނޑު ދިޔައީ ހައްދުންމަތީ ގަމު، މަތިމަރަދޫ މިސްކިތަށެވެ. މިސްކިތުން ފޭބިއިރު، މަގުމަތީގައި މޭޒުތަކެއް އަތުރާފައި ހުއްޓެއެވެ. ފުދޭ ވަރަކަށް ބޮޑަށް އެ ސަރަހައްދު އޮތީ ތައްޔާރު ވެސް ކޮށްފައެވެ. ކޮންމެއަކަސް އެ ސަރަހައްދަށް ބަލަހައްޓައިގެން ހުއްޓާ މީހަކު އައިސް "އީދު މުބާރިކު" އޭ ބުނެލުމަށް ފަހު ސަޔަށް ދައުވަތު ދިނެއެވެ. ދަންނަ މީހެއް ނުވަތަ ގާތް އެކުވެރިއަކު ފެނުމުން ސަލާމް ކޮށްލުމަކީ ރިވެތި ސިފައެވެ. ހާއްސަކޮށް އީދު ފަދަ މުސްލިމުން އުފާފާޅުކުރާ މުނާސަބަތުތަކުގައެވެ. އޭރު މަތިމަރަދޫ އަވަށު ފިރިހެން ވެރިން އީދު ސަލާމް ކުރަނީއެވެ. ކުދި ބޮޑު އެއްމެންނެއެވެ. ކޮންމެއަކަސް ސަޔަށް ދިން ދައުވަތު ގަބޫލުކޮށް މޭޒުތައް ބަހައްޓާފައިވާ ސަރަހައްދަށް އީދު ނަމާދަށް ދިޔަ މީހުނާ އެކު ހިނގައިގަތީއެވެ. އޭރު މަގުމަތީގައި ބަހައްޓާފައި ހުރި މޭޒުތައް މަތީގައި އެކި ވައްތަރުތައް އަތުރާފައި ހުއްޓެވެ. ތާފާތު އެކި ކާއެއްޗެހިތަކުން މޭޒުތައް ވަނީ ފުރާލާފައެވެ. މިއީ ކުރިން ދިވެހިންގެ ތެރޭގައި ވަރަށް ބޮޑު އާދަޔަކަށްވީ ނަމަވެސް މިހާރު މަދުން ނޫނީ ރާއްޖޭގެ ރަށަކުން ފެންނާނެ މަންޒަރަކެއެވެ. މަދު ރަށެއްގައި މިހާރު ވެސް މި ސަގާފަތް ކުރިއަށް ގެންދެއެވެ. ދައްކަން މިއުޅެނީ ކޮންމެ އީދެއްގެ، އީދު ނަމާދަށް ފަހު މަތިމަރަދޫ އަވަށު ރައްޔިތުން އެއް ސުފުރާ މަތިން ސައިބޯ ވާހަކައެވެ. އީދު ސައިގެ ވަހާކައެވެ.

އީދު ސައި ރާވައި ހިންގުމުގައި އިސްކޮށް ހަރަކާތްތެރި ވަނީ މަތިމަރަދޫ ޒުވާނުންނެވެ. ހާއްސަކޮށް މިސްކިތް ކައިރީގައި މޭޒު އަތުރާ އެ ސަރަހައްދު ތައްޔާރުކުރަނީ އީދު ވިލޭ ރޭ ހޭލާ ތިބެއެވެ.

މަތިމަރަދޫ އީދު ސައި

ސައިގެ ކަންކަން ރޭވުމުގައި އިސްކޮށް ހަރަކާތެރިވި އުސްމާން އަބްދުﷲ ބުނީ، ކޮންމެ އީދެއްގައި ވެސް މަތިމަރަދޫ އަވަށުގައި އީދު ސައި ތައްޔާރުކުރާ ކަމަށެވެ. އަދި އެކަން ކުރުމުގައި އަބަދުވެސް އިސްކޮށް ހަރަކާތެރި ވަނީ ޒުވާނުންކަން ފާހަގަކުރަމުން އުސްމާން ބުނީ، މި ކަމުގައި އަންހެނުންގެ ދައުރު ކުޑަ ނޫން ކަމަށެވެ.

ސައި ވަނީ ވަރަށް ފުރިހަމައަށް ތައްޔާރުކޮށްފައެވެ. ކޮންމެ ކަމެއް ވެސް ކާމިޔާބު ވަނީ އަންހެންގެ އެހީތެރިކަމާ އެކުގައެވެ. ސައި ފުރިހަމަވުމުގެ އަސްލަކީ ވެސް މަތިމަރަދޫ އަންހެނުންނެވެ. ސަޔަށް ތައްޔާރުކޮށްފައިވާ ބޯކިބަލާއި، ސޭންޑްވިޗް އަދި ތަފާތު ވައްތަރުގެ ކޭކުތަކުގެ ރަހަ ބަލާލުމުން ވެސް އެކަން އެނގެއެވެ. އެއީ ހެނދުނު ހެނދުނާ މަތިމަރަދޫ އަވަށު އަންހެންވެރިން ތެދުވެ ތައްޔާރުކޮށްފައިވާ ކާތަކެއްޗެއްސެވެ.

މަތިމަރަދޫ އީދު ސައި

"ކުޅި ބޯކިބާ، ފޮނި ބޯކިބާ، ސޭންޑްވިޗް، ބަޖިޔާ، ގޮޅަ، އެކި ވައްތަރުގެ ކޭކު އަދި ވެސް އިތުރު ހެދިކާ ތައްޔާރުކުރާނެ،" އުސްމާން ބުންޏެއެވެ.

އުސްމާން ބުނި ގޮތުގައި ކޮންމެ ގެއަކުން ވެސް އީދު ސަޔަށް ހެދިކާ ފަދަ ތަކެތި ތައްޔާރުކުރުމަކީ މިކަން މެދުނުކެޑި ކޮންމެ އަހަރެއްގައި ކުރިއަށް ގެންދަން ލިބޭ ހިތްވަރު ކަމަށެވެ.

"ކޮންމެ އީދެއްގައި ވެސް، މަތިމަރަދޫ ޒުވާނުން ގޭގެއަށް އަންގާނެ، އީދު ސަޔަށް ތައްޔާރުކުރަންވީ އެއްޗިހި. ދެން ކޮންމެ ގެއަކުން ވެސް ތައްޔާރުކުރާނެ އެ ގެއަކަށް ހަދަން ދިން ތަކެތި، ތައްޔާރުކުރުމަށް ފަހު އީދު ސައި ތައްޔާރުކުރާ ސަރަހައްދަށް ގެންގޮސް، ފިރިހެންވެރިން އީދު ނަމާދުކޮށް ނިމޭއިރަށް ސައި ތައްޔާރުކުރާނެ،" މަތިމަރަދޫ އަވަށުން ވާހަކަ ދެއްކި ޒުވާން އަންހެން ކުއްޖަކު ބުންޏެއެވެ.

މަތިމަރަދޫ އީދު ސައި

އަވަށުގެ ކުދި ބޮޑު އެންމެން ކޮންމެ އީދެއްގައި ހެނދުނު ނާސްތާކުރަނީ އެކުގައެވެ. މަތިމަރަދޫއަށް އީދަށް އަންނަ ކޮންމެ މީހަކަށް ވެސް "އީދު ސަޔަށް" ދައުވަތު ދެނީ ހިނިތުންވުމާ އެކުގައެވެ. ފިރިހެންވެރިން ސައި ބޮއެ ނިމުމަކުން އަދި "އީދު ސައި" ނިމުނީއެއް ނޫނެވެ. ފިރިހެންނުން ސައި ބޮއެ ނިމުމުން ބޮޑު ފަތިހާ ތެދުވެ ސައި ތައްޔާރުކުރި އަންހެން ވެރިން ސައި ބޮއެވެ. ފިރިހެނުންނެކޭ އެއްގޮތަށް އަންހެންވެރިން ވެސް އެކުގައެވެ. މިއިން ކޮންމެ ކަމަކީ މަތިމަރަދޫ ރައްޔިތުންގެ އެއްބައިވަންތަކަން ދައްކުވައިދޭ ކަންކަމެއެވެ. އެއީ "އީދު ސައި" ތައްޔާރުކުރުމުގެ މަގުސަދު ވެސް މެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް ޔާމީނަށް ތާއީދު ހޯދަން ހަދާ ކޮންމެ "ސިހުރަކުން" ނުރުހުމުގެ އެތައް ލޮލެއް

ރައީސް ޔާމީނަށް ތާއީދު ހޯދަން ހަދާ ކޮންމެ "ސިހުރަކުން" ނުރުހުމުގެ އެތައް ލޮލެއް

03 އޮކްޓޯބަރު 2017
ކޭ ކަޕް ފުޓްސަލް މުބާރާތަކީ ކުރަމަތި ރިސޯޓަށް އަންނަ އެންމެ ބޮޑު އީދު

ކޭ ކަޕް ފުޓްސަލް މުބާރާތަކީ ކުރަމަތި ރިސޯޓަށް އަންނަ އެންމެ ބޮޑު އީދު

26 އޯގަސްޓު 2017
މިނިސްޓަރ ސައީދުއާއި އަަވަހަށް މޯޅިވާ ފިނިފެންމާ

މިނިސްޓަރ ސައީދުއާއި އަަވަހަށް މޯޅިވާ ފިނިފެންމާ

19 އޯގަސްޓު 2017
ރައީސަށް ތާއީދު ދައްކަން ބޭނުން ނަމަ ހިޔާލު ހޯދުމުގެ ވޯޓަކަށް ދާށެވެ.؟!

ރައީސަށް ތާއީދު ދައްކަން ބޭނުން ނަމަ ހިޔާލު ހޯދުމުގެ ވޯޓަކަށް ދާށެވެ.؟!

13 އޯގަސްޓު 2017
މަނާ މަންތިރިކޮށް ބޮނދު ބުޑަށް ސައި

މަނާ މަންތިރިކޮށް ބޮނދު ބުޑަށް ސައި

03 ޖުލައި 2017

އަހަރުތަކުން މިއަދު

22 ޖެނުއަރީ
ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.
20251 އަހަރު ކުރިން
ރާއްޖެ

ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު
20224 އަހަރު ކުރިން
ރާއްޖެ

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް
20215 އަހަރު ކުރިން
ރާއްޖެ

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!
20197 އަހަރު ކުރިން
ރާއްޖެ

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!
20188 އަހަރު ކުރިން
ރިޕޯޓު

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު