Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަމަޟާން 1439

ހަތާވީސް ވިލޭރޭ 3000 ޓަނުގެ ޒަމްޒަމް ފެން ބޭނުންކޮށްފައިވޭ

އެންމެ ގިނައިން ފެން ބޭނުންކޮށްފައިވަނީ ބުއިމަށާއި ވުޟޫ ކުރުމަށް

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު | 14 ޖޫން 2018 | ބުރާސްފަތި 05:56
ސުޤްޔާ ޒަމްޒަމްގެ މުވައްޒަފުން އުމްރާވެރިންނަށް ފެން ބެހުމަށް ތައްޔާރުވެގެން

ސުޤްޔާ ޒަމްޒަމްގެ މުވައްޒަފުން އުމްރާވެރިންނަށް ފެން ބެހުމަށް ތައްޔާރުވެގެން

ހައްޖާއި އުމްރާގެ އަޅުކަން އަދާކުރުމަށް މައްކާއަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ޚިދުމަތް ކުރުމުގައި އެންމެ އިސް ރޯލެއް އަދާކުރާ ފަރާތަކީ ސައުދީގެ ގްރޭންޑް މޮސްކް އެންޑް ޕްރޮފެޓްސް މޮސްކް އެފެއާޒެވެ. ކޮންމެ އަހަރަކު ވެސް މައްކާއަށް ޒިޔާރަތްކުރާ އެތައް މިލިއަން ޙައްޖުވެރިންނާއި އުމްރާވެރިންނަށް އެކި ޚިދުމަތްތައް ދީ، ޙައްޖުވެރިންނާއި އުމްރާވެރިންގެ އަޅުކަމަށް އެހީވުމަށް ޚާއްސަ ޑިޕާޓްމަންޓްތައް އެ އިދާރާގެ ދަށުން ހެދިފައި ވެއެވެ.

މީގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ޑިޕާޓްމަންޓަކީ ސުޤްޔާ ޒަމްޒަމްއެވެ. އެއީ ޙައްޖާއި އުމްރާވެރިންނަށް އެކި ބޭނުންތަކަށް ޒަމްޒަމް ފެން ފޯރުކޮށްދޭ ޑިޕާޓްމަންޓެވެ. އެ ޑިޕާޓްމަންޓްގެ މައިގަނޑު މަސައްކަތަކީ ކޮންމެ ދުވަހަކު ވެސް ޒަމްޒަމް ވަޅުގެ ފެން ޓެސްޓުކޮށް، އޭގެ ސާފުކަމާއި، ރައްކާތެރިކަން ޔަޤީން ކުރުމާއި، މައްކާއަށް ޒިޔާރަތްކުރާ ފަރާތްތަކަށް ދަތިކަމެއް ނެތި ބޭނުންކުރެވޭނެހެން ޒަމްޒަމް ފެން ފޯރުކޮށްދިނުމެވެ. އެގޮތުން މައްކާގެ އެކި ހިސާބުތަކަށް ހޮޅި އަޅައިގެން ޒަމްޒަމް ފެން ފޯރުކޮށްދިނުމާއި، ޕެކެޓާއި، ފުޅި އާއި ހަން ފަދަ ކަންވާރުތަކުގައި ބަންދުކޮށްގެން އެ ފެން ބެހުމަކީ ވެސް އެ ޑިޕާޓްމަންޓްގެ މަސައްކަތެކެވެ.

ޙައްޖުގެ އަޅުކަމުގެ ދުވަސްވަރުގެ ބޭރުން، ޒަމްޒަމްފެން އެންމެ ގިނައިން ބޭނުންކުރެވޭ އެއް ދުވަސްވަރަކީ ރަމަޟާން މަހެވެ. ރަމަޟާން މަހު މި އަދަދު މައްޗަށްދާ މައިގަނޑު ސަބަބަކީ އެ މަހުގެ ތެރޭގައި އުމްރާ ވުމަށް މައްކާއަށް ޒިރާރަތްކުރާ ފަރާތްތައް ގިނަ ވުމެވެ. ރަމަޟާން މަހުގެ ދުވަސްތަކާއި ރޭތަކުގެ ތެރެއިން ވެސް އެ މަހުގެ ފަހު 10 ގެ އޮނަހިރި ވިލޭރޭތައް، ޚާއްސަކޮށް 27 ވިލޭރެއަކީ އެކި ބޭނުންތަކަށް މައްކާގައި ޒަމްޒަމް ފެން ބޭނުންކުރާ މިންވަރު އިތުރުވެގެންދާ ރެއެކެވެ.

ސުޤްޔާ ޒަމްޒަމްގެ ޑިރެކްޓަރަކަށް ހުންނަވާ އުސާމާ ބިން މަންޞޫރު އަލް ހަޖީލީއާ ހަވާލާދީ ސައުދީގެ ރަސްމީ ނޫސް އޭޖެންސީން ބުނީ، މި އަހަރުގެ ރަމަޟާން މަހު، އުމްރާވެރިންނަށް ޒަމްޒަމް ފެން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިއަށް ދިޔައީ ވަރަށް ރަނގަޅަށް ކަމަށާއި، އެގޮތުން ރަމަޟާން މަހުގެ 27 ވިލޭރޭ އެކަނިވެސް، އެކި ބޭނުންތަކަށް އުމްރާވެރިންނަށް 3000 ޓަނުގެ ފެން ފޯރުކޮށްދެވިފައިވާ ކަމަށެވެ.

މީގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ބުއިމަށާއި، ވުޟޫ ކުރުމަށް ބޭނުންކުރި ފެންކަން ސުޤްޔާ ޒަމްޒަމް އިން ވަނީ ހާމަކޮށްފައެވެ.

އިސްމާއީލްގެފާނަށް މުއުޖިޒާތެއްގެ ގޮތުގައި ލެއްވި ޒަމްޒަމް ފެން އާރު ފަހުން ވަޅެއްގެ ގޮތުގައި ޤާއިމްކޮށްފައިވާއިރު، މުސްލިމުންގެ މެދުގައި އެ ވަޅަށާއި، އެ ވަޅުގެ ފެނަށް ވަނީ ޚާއްސަ ޤަދަރެއް ދެވިފައެވެ.

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2020

އެމެރިކާގައި ކޮވިޑް-19 ޖެހިގެން ދުވާލެއްގެ މައްޗަށް 3000 މަރު، ވެކްސިން ޖެހުމުގެ ތައްޔާރީތައް ހަލުވިކަމާއެކު ކުރިއަށް

12 ޑިސެމްބަރު 2020
އެމެރިކާގައި ކޮވިޑް-19 ޖެހިގެން ދުވާލެއްގެ މައްޗަށް 3000 މަރު، ވެކްސިން ޖެހުމުގެ ތައްޔާރީތައް ހަލުވިކަމާއެކު ކުރިއަށް
13 ސެޕްޓެމްބަރު 2020

އިންޑޮނޭސިޔާގައި ދުވާލެއްގެ މައްޗަށް ކޭސްތައް ރިޕޯޓް ކުރެވޭ އަދަދު 3000ށް ވުރެ މައްޗަށް

13 ސެޕްޓެމްބަރު 2020
އިންޑޮނޭސިޔާގައި ދުވާލެއްގެ މައްޗަށް ކޭސްތައް ރިޕޯޓް ކުރެވޭ އަދަދު 3000ށް ވުރެ މައްޗަށް
03 މެއި 2020

ޔޫއޭއީން، އިންޑިއާއަށް ހަތް މެޓްރިކް ޓަނުގެ ޞިއްޙީ އެހީގެތަކެތި ހަދިޔާކޮށްފި

03 މެއި 2020
ޔޫއޭއީން، އިންޑިއާއަށް ހަތް މެޓްރިކް ޓަނުގެ ޞިއްޙީ އެހީގެތަކެތި ހަދިޔާކޮށްފި
29 މެއި 2019

މެލޭޝިއާއިން 3000 ޓަނުގެ ޕްލާސްޓިކް ކުނި އަނބުރާ ފޮނުވާލަނީ

29 މެއި 2019
މެލޭޝިއާއިން 3000 ޓަނުގެ ޕްލާސްޓިކް ކުނި އަނބުރާ ފޮނުވާލަނީ
04 މެއި 2019

އެއްފަހަރާ 63000 މީހުންނަށް ނަމާދުކުރެވޭ މިސްކިތެއް ތުރުކީގައި ހުޅުވައިފި

04 މެއި 2019
އެއްފަހަރާ 63000 މީހުންނަށް ނަމާދުކުރެވޭ މިސްކިތެއް ތުރުކީގައި ހުޅުވައިފި
07 ޖުލައި 2018

އީރާނުގައި ދެ ޓަނުގެ ރަނާ އެކު މީހަކު ހައްޔަރު ކޮށްފި

07 ޖުލައި 2018
އީރާނުގައި ދެ ޓަނުގެ ރަނާ އެކު މީހަކު ހައްޔަރު ކޮށްފި
06 ސެޕްޓެމްބަރު 2017

ރޮހިންޖާ މުސްލިމުންނަށް ތުރުކީން އިތުރު 10000 ޓަނުގެ އެހީ ފޮނުވަނީ

06 ސެޕްޓެމްބަރު 2017
ރޮހިންޖާ މުސްލިމުންނަށް ތުރުކީން އިތުރު 10000 ޓަނުގެ އެހީ ފޮނުވަނީ
05 ސެޕްޓެމްބަރު 2017

ވޭތުވެދިޔަ ދެހަފްތާއެއްހާ ދުވަހުގެތެރޭ 123000 ރޮހިންޖާ މުސްލިމުން ބަންގްލަދޭޝްއަށް

05 ސެޕްޓެމްބަރު 2017
ވޭތުވެދިޔަ ދެހަފްތާއެއްހާ ދުވަހުގެތެރޭ 123000 ރޮހިންޖާ މުސްލިމުން ބަންގްލަދޭޝްއަށް
05 ޖޫން 2017

މައްކާގައި ފޭކް ޒަމްޒަމް ފެން ވިއްކަމުންދިޔަ ފެކްޓްރީއެއް ރެއިޑްކޮށްފި

05 ޖޫން 2017
މައްކާގައި ފޭކް ޒަމްޒަމް ފެން ވިއްކަމުންދިޔަ ފެކްޓްރީއެއް ރެއިޑްކޮށްފި
28 ފެބުރުއަރީ 2017

ސައޫދީ ރަސްގެފާނުގެ 9 ދުވަހުގެ ދަތުރަށް 506 ޓަނުގެ ލަގެޖް

28 ފެބުރުއަރީ 2017
ސައޫދީ ރަސްގެފާނުގެ 9 ދުވަހުގެ ދަތުރަށް 506 ޓަނުގެ ލަގެޖް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު