Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިންޑޮނޭސިޔާގައި ކޭސްތައް އިތުރުވުން

އިންޑޮނޭސިޔާގައި ދުވާލެއްގެ މައްޗަށް ކޭސްތައް ރިޕޯޓް ކުރެވޭ އަދަދު 3000ށް ވުރެ މައްޗަށް

މިހާތަނަށް އިންޑޮނޭޝިޔާއިން ވަނީ ޖުމްލަ 218،382 މީހުން ޕޮޒިޓިވް ވެފައި

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 13 ސެޕްޓެމްބަރު 2020 | އާދީއްތަ 17:12
އިންޑޮނޭސިޔާ

އިންޑޮނޭސިޔާ

އިންޑޮނޭޝިޔާގައި ކޮވިޑް -19ގެ ކޭސްތައް ދުވާލެއްގެ މައްޗަށް ރިޕޯޓް ކުރެވޭ އަދަދު 3000ށްވުރެ މައްޗަށް އަރައިފިއެވެ.

ރިޕޯޓްތައް ބުނާ ގޮތުން މިއީ މިހާ ގިނަ ކޭސްތަކެއް ރިޕޯޓް ކުރެވެމުންދާތާ ވިދި ވިދިގެން ހަވަނަ ދުވަހެެވެ.

އެ ގައުމުގެ ހެލްތް މިނިސްޓްރީން މައުލޫމާތު ދޭ ގޮތުގައި އާދިއްތަ ދުވަހު ވެސް ވަނީ 3636 ކޭސް އެއް ވަނީ ރިޕޯޓް ކުރެވިފައެވެ. އަދި މަރުވި މީހުންގެ އަދަދު ވަނީ 73ށް އަރާފައެވެ.

މިހާތަނަށް އިންޑޮނޭޝިޔާ އިން ވަނީ ޖުމްލަ 218،382 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ. ކޮވިޑް-19 ގެ ޖެހިގެން މިހާތަނަށް މަރުވި މީހުންގެ ޖުމްލަ އަދަދަކީ 8723 އެވެ.

ވެރި ރަށް ޖަކާޓާގައި ވައިރަސް ކޮންޓްރޯލް ކުރުމުގެ ގޮތުން ސަރުކާރާއި އަމިއްލަ އޮފީސްތަކުގެ ގިނަ އަދަދެއްގެ މުވައްޒަފުން ގޭގައި ތިބެ މަސައްކަތް ކުރާ ގޮތަށް ވަނީ ނިންމާފައެވެ.

މާރުކޭޓް އަދި ޝޮޕިންގ ސެންޓަރުތަކަށް ވަދެވޭނީ ތަނުގެ ޖާގައިގެ ދެބައިކުޅަ އެއްބައި މީހުންނަށް ކަމަށާއި ޝޮޕިން ސެންޓަރުތަކުގައި ހުންނަ ރެސްޓޯރެންޓް ތަކުން ދެވޭނީ ޓޭކްއަވޭ ގެ ޚިދުމަތް އެކަނި ކަމަށް ޖަކާޓާގެ ގަވަރުނަރު އަނިއެސް ބަސްވެޑަން ވަނީ ވިދާޅުވެފައެވެ.

މި ފިޔަވަޅުތައް ދެ ހަފްތާ އަށް އަޅާފައިވީނަމަވެސް ވައިރަސް ފެތުރުން ކޮންޓްރޯލް ނުވާނަމަ މުއްދަތު އިތުރު ކުރަން ޖެހިދާނެ ކަމަށް ގަވަރުނަރު ވަނީ ވިދާޅުވެފައެވެ.

އާދިއްތަ ދުވަހާއި ހަމައަށް ވެރިރަށް ޖަކާޓާގައި 54،220 ކޭސްއެއް ރިޕޯޓް ކުރެވިފައިވާއިރު 1391 މީހަކު މަރުވެފައެވެ. ބަސްވެޑަން ވިދާޅުވެފައިވަނީ އައިސޮލޭޓް ވާން މަޖުބޫރުވާ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށެވެ.

މި އުސޫލުގެ ދަށުން ހޯމަ ދުވަހުން ފެށިގެން ޕޮޒިޓިވްވާ މީހުން ސަރުކާރުގެ ފެސިލިޓީސްތަކާއި ހޮޓެލްތަކުލުގައި އައިސޮލޭޓް ކުރެވޭނެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށެވެ.

އައިސޮލޭޓްވާން ދެކޮޅު ހަދާ ފަރާތްތަކާއި މެދު ކަމާއި ބެހޭ ފަރާތްތަކުން ފިޔަވަޅު އަޅާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

16 މާރިޗު 2017

ޔާހޫ ހެކް ކުރި މައްސަލައިގައި 4 މީހެއްގެ މައްޗަށް ދަޢުވާ ކޮށްފި

16 މާރިޗު 2017
ޔާހޫ ހެކް ކުރި މައްސަލައިގައި 4 މީހެއްގެ މައްޗަށް ދަޢުވާ ކޮށްފި
12 މާރިޗު 2017

ޕާކްގެ މައްޗަށް ދައުވާކޮށްދިނުމަށް ގޮވާލާ ދެކުނުކޮރެާގައި މުޒާހަރާ ކުރަނީ

12 މާރިޗު 2017
ޕާކްގެ މައްޗަށް ދައުވާކޮށްދިނުމަށް ގޮވާލާ ދެކުނުކޮރެާގައި މުޒާހަރާ ކުރަނީ
06 މާރިޗު 2017

އުރުދުންގައި 15 މީހެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކޮށްފި

06 މާރިޗު 2017
އުރުދުންގައި 15 މީހެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކޮށްފި
03 މާރިޗު 2017

އިސްލާމް ދީނަކީ ދުނިޔޭގެ އެންމެ ބޮޑު ދީން ކަމުގައި 2070 އާ ހަމައަށް ވެގެންދާނެ: ރިޕޯޓް

03 މާރިޗު 2017
އިސްލާމް ދީނަކީ ދުނިޔޭގެ އެންމެ ބޮޑު ދީން ކަމުގައި 2070 އާ ހަމައަށް ވެގެންދާނެ: ރިޕޯޓް
03 މާރިޗު 2017

މުޒާހިރީން މެރި މައްސަލަ މުބާރަކްގެ މައްޗަށް ސާބިތެއް ނުވި

03 މާރިޗު 2017
މުޒާހިރީން މެރި މައްސަލަ މުބާރަކްގެ މައްޗަށް ސާބިތެއް ނުވި
23 ފެބުރުއަރީ 2017

ކިމްގެ މަރުގެ މައްސަލައިގައި މެލޭޝިއާގެ މައްޗަށް އުތުރުކޮރެއާއިން ތުހުމަތުކޮށްފި

23 ފެބުރުއަރީ 2017
ކިމްގެ މަރުގެ މައްސަލައިގައި މެލޭޝިއާގެ މައްޗަށް އުތުރުކޮރެއާއިން ތުހުމަތުކޮށްފި
12 ފެބުރުއަރީ 2017

ޑެންމާކުގައި ކުޑަ އަންހެން ކުއްޖެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައިފި

12 ފެބުރުއަރީ 2017
ޑެންމާކުގައި ކުޑަ އަންހެން ކުއްޖެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައިފި
06 ފެބުރުއަރީ 2017

ލަންކާގެ މިނިވަން ދުވަހުގެ މުނާސަބާގައި 60 މީހެއްގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމަށް ރައީސް ސިރިސޭނާ ލުޔެއް ދެއްވައިފި

06 ފެބުރުއަރީ 2017
ލަންކާގެ މިނިވަން ދުވަހުގެ މުނާސަބާގައި 60 މީހެއްގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމަށް ރައީސް ސިރިސޭނާ ލުޔެއް ދެއްވައިފި
07 ޖެނުއަރީ 2017

އިންތިހާބަށް ނުފޫޒް ފޯރުވުމުގެ ކެމްޕޭނެއް ހިންގުމަށް ޕުޓިން އަމުރުކުރެއްވި: އިންޓެލް ރިޕޯޓް

07 ޖެނުއަރީ 2017
އިންތިހާބަށް ނުފޫޒް ފޯރުވުމުގެ ކެމްޕޭނެއް ހިންގުމަށް ޕުޓިން އަމުރުކުރެއްވި: އިންޓެލް ރިޕޯޓް
07 ޖެނުއަރީ 2017

ހޮންކޮންގގެ ކުރީގެ ލީޑަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާ އުފުލައިފި

07 ޖެނުއަރީ 2017
 ހޮންކޮންގގެ ކުރީގެ ލީޑަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާ އުފުލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު