Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެތުރުކީގެ އެންމެ ބޮޑު މިސްކިތް

އެއްފަހަރާ 63000 މީހުންނަށް ނަމާދުކުރެވޭ މިސްކިތެއް ތުރުކީގައި ހުޅުވައިފި

މިސްކިތް ފަރުމާކޮށްފައިވަނީ އޮޓޮމަން އާއި ސެލްޖުކް އާކިޓެކްޗަރަލް ސްޓައިލްތައް ބޭނުންކޮށްގެން

އަމަން ހަލީމް
އަމަން ހަލީމް | 4 މެއި 2019 | ހޮނިހިރު 11:42
ތުރުކީގެ އިސްތަންބޫލުގައި ހުންނަ ކަމްލިކާ މޮސްކް ކޮމްޕްލެކްސް

ތުރުކީގެ އިސްތަންބޫލުގައި ހުންނަ ކަމްލިކާ މޮސްކް ކޮމްޕްލެކްސް

ތުރުކީގައި މިހާތަނަށް ހެދުނު އެންމެ ބޮޑު މިސްކިތް ކަމުގައިވާ ކަމްލިކާ މޮސްކް ކޮމްޕްލެކްސް، އެ ގައުމުގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާން ހުޅުއްވައިދެއްވައިފިއެވެ.

މިއީ އެއްފަހަރާ 63000 މީހުންނަށް ނަމާދުކުރެވޭހާ ޖާގަ ތަނަވަސް މިސްކިތެކެވެ. ކުރިން ތުރުކީގައި ހުންނަ އެންމެ ގިނަ މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭ، އަދާނާ ޕްރޮވިންސްގައި ހުންނަ ސަބަންކީ ސެންޓްރަލް މޮސްކްގައި ނަމާދުކުރެވެނީ 28،500 މީހުންނަށެވެ. އޮޓޮމަން އާއި ސެލްޖުކް އާކިޓެކްޗަރަލް ސްޓައިލްތަކަށް ފަރުމާކޮށްފައިވާ މިސްކިތަކީ އިސްތަންބޫލުގެ އޭޝިއާ ފަޅީގައި ހުންނަ މިސްކިތެކެވެ. މިސްކިތް އިމާރާތްކުރުމުގެ މަސައްކަތް ފަށާފައިވަނީ 2013 ވަނަ އަހަރުގައެވެ.

މިސްކިތް ހުޅުވައިދެއްވުމަށް ފަހު ދެއްކެވި ވާހަކަފުޅުގައި، އުރުދުގާން ވަނީ އަޅުކަން ކުރާ ތަންތަނަށް ދެވޭ ހަމަލާތައް ވަރަށް ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާފައެވެ. އެގޮތުން އުރުދުގާން ވިދާލުވީ ދީނުގައި ނަމުގައި އަޅުކަން ކުރާ ތަންތަނަށް ދެވޭ ހަމަލާތައް ދޭ މީހުންނަކީ އެއްޒާތެއްގެ "އަނދިރި" ވިސްނުމެއް ގެންގުޅޭ މީހުން ކަމަށެވެ. އަދި އެ މީހުން އެ ކުރަނީ ޖިހާދެއް ނޫން ކަމަށާއި، އެއީ ޓެރަރިސްޓުން ކަމަށް ވިދާޅުވިއެވެ.

މިސްކިތުގައި ހަ މުންނާރު ހުންނައިރު މިއިން ކޮންމެ މުންނާރަކުން ރަމްޒުކޮށްދެނީ މުސްލިމުންގެ އަގީދާގައި ގަބޫލުކުރަން ޖެހޭ ކަންކަން ކަމުގައިވާ ހެއްދެވި ފަރާތެއްވާ ކަމާއި، ރަސޫލުން ފޮނުއްވިކަން ގަބޫލުކުރުމާއި، މަލާއިކަތުން ވާކަން ގަބޫލުކުރުމާއި، ފޮތް ބާއްވާލެއްވިކަން ގަބޫލުކުރުމާއި އަދި ގިޔާމަތް ދުވަހާއި އިލާހީ ގާނޫނެއް ވާކަން ގަބޫލުކުރުމެވެ.

މިސްކިތުގެ ތެރޭގައި ތުރުކީގެ އިސްލާމީ ފަންނުވެރި މަސައްކަތްތައް ދައްކުވައިދޭ ދާރުލް އާސާރަކާއި ކުތުބުހާނާއަކާއި ގެލަރީއެއްގެ އިތުރުން ކޮންފަރެންސް ހޯލް އެންޑް ސެވެރަލް ވޯކްޝޮޕެކެވެ. މިސްކިތް ހުޅުވުމުގެ ރަސްމިއްޔާތައް ބޭރުގެ އިއްޒައްތެރިން ވަޑައިގެންނެވި އިރު އޭގެ ތެރޭގައި އަލްބޭނިއާގެ ރައީސް އިލިރް މޭޓާއާ ގިނީގެ ރައީސް އަލްފާ ކޮންޑޭއާ ސެނެގާލްގެ ރައީސް މެކީ ސޯލްއާ ފަލަސްތީނުގެ ބޮޑުވަޒީރު މުހައްމަދު ޝްތައިއްޔޭ ހިމެނެއެވެ.

އިތުރަށް ކިޔާލަން

30 އޯގަސްޓު 2017

ދުނިޔޭގެ ކޮންމެ 10 މީހެއްގެ ތެރެއިން 3 މީހުންނަށް ރައްކާތެރި ބޯފެން ނުލިބޭ:ޑަބްލިޔުއެޗްއޯ

30 އޯގަސްޓު 2017
ދުނިޔޭގެ ކޮންމެ 10 މީހެއްގެ ތެރެއިން 3 މީހުންނަށް ރައްކާތެރި ބޯފެން ނުލިބޭ:ޑަބްލިޔުއެޗްއޯ
02 އޯގަސްޓު 2017

އަފްޣާނިސްތާނުގެ ޝީއީން އެބައިމީހުންނަށް ރައްކާތެރިކަން ނެތް ކަމަށް ބުނެ މުޒާހަރާ ކުރަނީ

02 އޯގަސްޓު 2017
އަފްޣާނިސްތާނުގެ ޝީއީން އެބައިމީހުންނަށް ރައްކާތެރިކަން ނެތް ކަމަށް ބުނެ މުޒާހަރާ ކުރަނީ
03 ޖުލައި 2017

ފްރާންސްގެ މިސްކިތެއްގައި ކައިރީގައި ދިން ބަޑީގެ ހަމަލާއެއްގައި އަށް މީހަކު ޒަޚަމްވެއްޖެ

03 ޖުލައި 2017
ފްރާންސްގެ މިސްކިތެއްގައި ކައިރީގައި ދިން ބަޑީގެ ހަމަލާއެއްގައި އަށް މީހަކު ޒަޚަމްވެއްޖެ
19 ޖޫން 2017

ލަންޑަންގެ މިސްކިތެއް ކައިރީ މީހުން ގިނަވި ވަގުތު ވޭނަކުން މީހުންގެ ގައިގައި ޖައްސައި ޒަހަމްކޮށްލައިފި

19 ޖޫން 2017
ލަންޑަންގެ މިސްކިތެއް ކައިރީ މީހުން ގިނަވި ވަގުތު ވޭނަކުން މީހުންގެ ގައިގައި ޖައްސައި ޒަހަމްކޮށްލައިފި
12 ޖޫން 2017

އަހަރުމެންނަށް ގެއްލޭ ކޮންމެ ޑޮލަރެއް އެމީހުންނަށް ވެސް ގެއްލޭނެ: ގަތަރުގެ ފިނޭންސް މިނިސްޓަރ

12 ޖޫން 2017
އަހަރުމެންނަށް ގެއްލޭ ކޮންމެ ޑޮލަރެއް އެމީހުންނަށް ވެސް ގެއްލޭނެ: ގަތަރުގެ ފިނޭންސް މިނިސްޓަރ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު