Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެހައްޔަރު ކުރުން

އީރާނުގައި ދެ ޓަނުގެ ރަނާ އެކު މީހަކު ހައްޔަރު ކޮށްފި

ދެ ޓަނުގެ ރަން އެއްކުރީ ރަނުގެ ވަކި ލާރި ބޭނުން ކޮށްގެން

އަރުޝަމް އަބްދުލް ޢަޒީޒް
އަރުޝަމް އަބްދުލް ޢަޒީޒް | 7 ޖުލައި 2018 | ހޮނިހިރު 11:52
އީރާނުގެ ރަނުގެ ފައިސާ ފޮއްޗެއް

އީރާނުގެ ރަނުގެ ފައިސާ ފޮއްޗެއް

ދެ ޓަނުގެ ރަނާއެކު އީރާނުގެ ރައްޔިތަކު ހައްޔަރު ކޮށްފިއެވެ.

ބުދަ ދުވަހު އޭނާ ހައްޔަރު ކުރީ، އޭނާ އެއްކޮށްފައި ހުރި ދެ ޓަނުގެ ރަނުގެ ވަކި ލާރި ބޭނުން ކޮށްގެން އީރާނުގެ އިގްތިސާދު ހަލާކު ކޮށްލަން އުޅުނު ކަމުގެ ތުހުމަތުގައެވެ.

އީރާންގެ ފުލުހުންނާ ހަވާލާދީ އެ ގައުމުގެ ރަސްމީ މީޑިއާއިން ބުނީ 53 އަހަރުގެ މީހާގެ ބެލުމުގެ ދަށުގައި ގާތްގަނޑަކަށް 250،000 ރަން ފައިސާ ފޮތި ހުރި ކަމަށެވެ. ބެލެވޭ ގޮތުގައި އޭނާ އެ ވަކި ލާރި އެއްކޮށްފައި ވަނީ ދިހަ މަސް ދުވަހުގެ ތެރޭގައެވެ. އަދި ވަކި ލާރި އެއްކުރަން އޭނައަށް އެކި ފަރާތްތަކުގެ އެހީ ލިބިފައިވާ ކަމަށް ވަނީ ތުހުމަތު ކުރެވިފައެވެ.

އީރާނުގެ މީޑިއާތަކުން އޭނާ ސިފަކޮށްފައި ވަނީ ރަނުގެ ސުލްތާނުގެ ގޮތުގައެވެ. އޭނާއާ ބެހޭ އިތުރު މައުލޫމާތެއް ފުލުހުން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ. އަދި އެހާ ގިނަ އަދަދެއްގެ ރަން އޭނާ ހޯދީ ކިހިނެއް ކަމާއި އެ ރަންތައް އެއްކޮށްގެން އޭނާ ކުރަން އުޅުނީ ކީއްކަން ހާމަކޮށްފައެއް ނުވެއެވެ.

އީރާނާއެކު ވެފައިވާ ނިއުކިލިއާ އެއްބަސްވުމުން މޭ މަހު އެމެރިކާ ވަކިވުމާ ގުޅިގެން އެ ގައުމުގެ ފައިސާގެ އަގު ވެއްޓިފައިވާ އިރު އީރާނުން ވަނީ ވިޔަފާރީގެ މުއާމަލާތްތަކުގައި ރަން ފޮތި ބޭނުންކުރަން ފަށާފައެވެ. އެމެރިކާ އިން ނިއުކިލިއަރ އެއްބަސްވުމުން ވަކިވެ، ދަތި ކުރުމުގެ ފިޔަވަޅުތައް އީރާނަށް އެޅުމުގެ ސަބަބުން އީރާނުގެ ފައިސާގެ އަގު ވަނީ ވަރަށް ދަށްވެފައެވެ. 2017ގައި ޑޮލަރަކަށް 43،000 އީރާނުގެ ރިޔާލް ލިބުނު އިރު މިއަހަރު ލިބެނީ 81،000 ރިޔާލެވެ.

އިތުރަށް ކިޔާލަން

11 މާރިޗު 2017

ވައިޓްހައުސްގެ ގޯތިތެރެއަށް ހުކުރު ދުވަހު ވަން މީހަކު ހައްޔަރުކޮށްފި

11 މާރިޗު 2017
ވައިޓްހައުސްގެ ގޯތިތެރެއަށް ހުކުރު ދުވަހު ވަން މީހަކު ހައްޔަރުކޮށްފި
28 ފެބުރުއަރީ 2017

ސައޫދީ ރަސްގެފާނުގެ 9 ދުވަހުގެ ދަތުރަށް 506 ޓަނުގެ ލަގެޖް

28 ފެބުރުއަރީ 2017
ސައޫދީ ރަސްގެފާނުގެ 9 ދުވަހުގެ ދަތުރަށް 506 ޓަނުގެ ލަގެޖް
27 ފެބުރުއަރީ 2017

އީރާނުން ކާމިޔާބުކަމާއެކު ދެ މިސައިލް ޓެސްޓްކޮށްފި

27 ފެބުރުއަރީ 2017
އީރާނުން ކާމިޔާބުކަމާއެކު ދެ މިސައިލް ޓެސްޓްކޮށްފި
27 ފެބުރުއަރީ 2017

ސައުދީ އިން މެލޭޝިއާއާއި އެކު 27 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއް ވަނީ

27 ފެބުރުއަރީ 2017
ސައުދީ އިން މެލޭޝިއާއާއި އެކު 27 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއް ވަނީ
13 ފެބުރުއަރީ 2017

ގެމްބިއާގެ ރައީސް އަޑަމާ ބަރޯ ނަމާދަށް ވަޑައިގެންނެވި މިސްކިތުގައި ފިސްތޯލައެއް ހިފައިގެންހުރި ސިފައިންގެ މީހަކު ހައްޔަރު ކޮށްފި

13 ފެބުރުއަރީ 2017
ގެމްބިއާގެ ރައީސް އަޑަމާ ބަރޯ ނަމާދަށް ވަޑައިގެންނެވި މިސްކިތުގައި ފިސްތޯލައެއް ހިފައިގެންހުރި ސިފައިންގެ މީހަކު ހައްޔަރު ކޮށްފި
10 ފެބުރުއަރީ 2017

ފަލަސްތީނު މީހަކު ބަޑިޖެހުމުގެ ސަބަބުން އިޒްރޭލުގެ ހަމީހުން ޒަޚަމްވެއްޖެ

10 ފެބުރުއަރީ 2017
ފަލަސްތީނު މީހަކު ބަޑިޖެހުމުގެ ސަބަބުން އިޒްރޭލުގެ ހަމީހުން ޒަޚަމްވެއްޖެ
02 ފެބުރުއަރީ 2017

އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި

02 ފެބުރުއަރީ 2017
އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި
23 ޖެނުއަރީ 2017

އިންޑިއާގައި ރޭލު އެކްސިޑެންޓެއްގައި 26 މީހަކު މަރުވެއްޖެ

23 ޖެނުއަރީ 2017
އިންޑިއާގައި ރޭލު އެކްސިޑެންޓެއްގައި 26 މީހަކު މަރުވެއްޖެ
14 ޖެނުއަރީ 2017

އެލްސަލްވަޑޯގައި މީހަކު ނުމަރާ 24 ގަޑިއިރު

14 ޖެނުއަރީ 2017
އެލްސަލްވަޑޯގައި މީހަކު ނުމަރާ 24 ގަޑިއިރު
04 ޖެނުއަރީ 2017

އިންޑިއާ ކޯލް މައިނެއް ވެއްޓި 13 މީހަކު މަރުވެ އިތުރު ބަޔަކު ހޯދަނީ!

04 ޖެނުއަރީ 2017
އިންޑިއާ ކޯލް މައިނެއް ވެއްޓި 13 މީހަކު މަރުވެ އިތުރު ބަޔަކު ހޯދަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު