Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އެމެރިކާ ކޮވިޑް-19 ވެކްސިން ޖެހުމަށް ތައްޔާރުވުން

އެމެރިކާގައި ކޮވިޑް-19 ޖެހިގެން ދުވާލެއްގެ މައްޗަށް 3000 މަރު، ވެކްސިން ޖެހުމުގެ ތައްޔާރީތައް ހަލުވިކަމާއެކު ކުރިއަށް

ނިއު ޔޯރކް ސްޓޭޓަށް މޮޑާނާ ވެކްސިންގެ 346،000 ޑޯޒް ޑިސެމްބަރ 21ން ފެށިގެން ލިބޭނެ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 12 ޑިސެމްބަރު 2020 | ހޮނިހިރު 00:16
ކޮވިޑް-19 ޖެހިގެން މަރުވެފައިވާ މީހުންތަކެއް ވަޅުލަނީ

ކޮވިޑް-19 ޖެހިގެން މަރުވެފައިވާ މީހުންތަކެއް ވަޅުލަނީ

އެމެރިކާގައި ކޮވިޑް-19 ޖެހިގެން ދުވާލެއްގެ މައްޗަށް 3000 މީހުން މަރުވަމުން އަންނައިރު އެގައުމުގެ އޮފިޝަލުން ވެކްސިންޖެހުމުގެ ކެމްޕެއިން ކުރިއަށްގެންދިއުމުގެ ތައްޔާރީތައްވާން ފަށައިފިއެވެ.

ހުކުރު ދުވަހު އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) އިން ވަނީ ފައިޒަރ އާއި ބައޯއެންޓެކްގެ ކޮވިޑް ވެކްސިން އެމަރޖެންސީކޮށް ބޭނުންކުރުމުގެ ހުއްދަދީފައެވެ. މިއާއެކު އެމެރިކާގެ ކަމާ ބެހޭ އޮފިޝަލުން އަންނަނީ މިފަހުގެ ތާރީޚުގައި ކުރިއަށް ގެންދާނެ ވެކްސިން ދިނުމުގެ އެންމެ ބޮޑު ޕްރޮގްރާމު ކުރިޔަށް ގެންދިޔުމަށް ތައްޔާރީތައް ވަމުންނެވެ.

އެމެރިކާގައި ބުރާސްފަތި ދުވަހު ކޮވިޑް-19 ޖެހިގެން 2902 މީހުން ވަނީ މަރުވެފައެވެ. އޭގެކުރީ ދުވަސްކަމަށްވާ ބުދަ ދުވަހު 3253 މީހުން ވަނީ އެބަލި ޖެހިގެން މަރުވެފައެވެ.

އެމެރިކާއިން އަންނަނީ ކުރިއަށް އޮތް ދެ ތިން މަސްތެރޭގައި އާބާދީގެ ގިނަ އަދަދެއްގެ ބަޔަކަށް ވެކްސިން ޖެހުމަށް މަސައްކަތްކުރަމުންނެވެ. ވެކްސިން ދޭން ފަށާނެކަމަށް ބެލެވެނީ ހޯމަ ދުވަހުއެވެ.

އެމެރިކާގެ ހެލްތް އެންޑް ހިއުމަން ސަރވިސަސްގެ ސެކެޓްރީ އެލެކްސް އަޒަރް ވިދާޅުވީ ވެކްސިން ޖެހުމަށް ކުރަންޖެހޭ މަސައްކަތްތައް ފައިޒަރ އާއެކު ކުރަމުން އަންނަކަމަށާއި ހޯމަ ދުވަހު ވެކްސިން ޖަހަން ފަށާނެކަމަށެވެ.

އެމެރިކާއިން ފައިޒަރގެ ވެކްސިން ބޭނުންކުރުމުގެ ހުއްދަ ދިނުމުގެ ކުރިން އިނގިރޭސިވިލާތް، ބަހްރެއިން އަދި ކެނެޑާއިން ވަނީ އެވެކްސިން އެގައުމުތަކުގައި ބޭނުންކުރުމުގެ ހުއްދަދީފައެވެ. އެމެރިކާއިން އަންނަ ހަފްތާގެ ތެރޭގައި މޮޑާނާގެ ކޮވިޑް-19 ވެކްސިން ބޭނުންކުރުމުގެ ހުއްދަ ދޭނެކަމަށް ބެލެވެއެވެ.

އެމެރިކާގައި ވެކްސިން ޖެހުމުގެ ކެމްޕެއިން ކުރިޔަށްދާއިރު ނިއު ޔޯރކް ސިޓީގައި "ވެކްސިން ކޮމާން ސެންޓަރ" އެއް ގާއިމުކުރާނެއެވެ. ހޯމަ ދުވަހު ގާއިމުކުރާ މިސެންޓަރު މެދުވެރިކޮށް ނިއު ޔޯރކްގައި ވެކްސިން ޖެހުމުގެ ހުރިހާ ކަމެއް ބަލަމުންދާނެއެވެ. ވަކިން ޚާއްސަކޮށް ނިއު ޔޯރކްގައި ކޮވިޑް-19ގެ އެންމެ ހާލަތު ގޯސް 27 ސަރަހައްދެއް އެމީހުން ބަލަމުންދާނެއެވެ.

ވެކްސިން ޖެހުމުގެ ކަންކަމުގައި އިސްކޮށް އުޅޭ އޮފިޝަލުން ބުނާގޮތުގައި މިކަމަކީ ވެކްސިން ދިނުމާއި ގުޅޭ ލޮޖިސްޓިކް ކަންކަން ހަމަޖެއްސުމުގެ އިތުރުން ވެކްސިން ޖެހުމާމެދު އާންމުންގެ އިތުބާރު ހޯދުމާއި ހުރިހާ އެންމެންނަށް ހަމަހަމަކަމާއެކު ވެކްސިން ލިބޭނެކަން ކަށަވަރުކުރުމަށް ކުރިޔަށްގެންދާ ކެމްޕެއިނެކެވެ.

ނިއު ޔޯރކް ސްޓޭޓަށް މޮޑާނާ ވެކްސިންގެ 346،000 ޑޯޒް ޑިސެމްބަރ 21ން ފެށިގެން ލިބޭނެ އެވެ. އަދި ފައިޒަރ ވެކްސިންގެ 170،000 ޑޯޒް މިހަފްތާ ބަންދުގައި ނިއު ޔޯރކް ސްޓޭޓަށް ލިބޭނެ އެވެ.

ނިއު ޔޯރކްގައި އަދިވެސް ކޮވިޑް-19 ޖެހިގެން ހޮސްޕިޓަލްތަކުގައި އެޑްމިޓްކުރަމުންދާ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ.

އަނެއްކޮޅުން އިންޑިއާނާ ހޮސްޕިޓަލުން ވަނީ ވެކްސިން ދިނުމާއި ގުޅޭ ހުރިހާ ކަމެއް ކުރިޔަށްދާނެ ގޮތުގެ ރިހާސަލެއް ހުކުރު ދުވަހު ކުރިޔަށް ގެންގޮސްފައެވެ. މިއީ އެންމެ ފުރަތަމަ ވެކްސިން ދޭން ފަށާނެ ހޮސްޕިޓަލްތަކުގެ ތެރެއިން ހޮސްޕިޓަލެކެވެ. މިރިހާސަލްގައި އެހޮސްޕިޓަލްގެ ނަރުހުންނާއި ޑޮކްޓަރުންގެ އިތުރުން ފަރމަސިސްޓުން ވަނީ ބައިވެރިވެފައެވެ.

އެމެރިކާގައި ވެކްސިން ޖެހުމަށް ތައްޔާރުވަމުން އަންނައިރު މިއީ އެމެރިކާގެ އިންތިޚާބީ ރައީސް ޖޯ ބައިޑަންގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހު އެންމެ އިސްކަމެއްދީގެން ކުރައްވާނެ ކަމެއްކަމަށް ވަނީ ވިދާޅުވެފައެވެ. އެގޮތުން ޖެނުއަރީ މަހުގެ 20 ވަނަ ދުވަހު ހުވާކުރެއްވުމާއެކު ފެށިގެންދާ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި 100 މިލިއަން މީހުންނަށް ވެކްސިން ދިނުމަކީ ބައިޑަންގެ އެއް އަމާޒެވެ.

އެމެރިކާގެ ރައްޔިތުންގެ ތެރެއިން ވެކްސިން ބޭނުންވާ ކޮންމެ މީހަކަށް އަންނަ އަހަރުގެ މެއި ނުވަތަ ޖޫން މަސް ހިސާބުގައި ވެކްސިން ލިބޭވަރުވުމަކީ އެމެރިކާ ސަރުކާރުގެ އަމާޒެކެވެ.

ވެކްސިން ޖެހުމާމެދު އެމެރިކާގެ ރައްޔިތުންގެ މެދުގައި ވަނީ ޚިޔާލު ތަފާތުވުންތައް އުފެދިފައެވެ. އެގޮތުން ރޮއިޓަރސް އިން ނެގި ޕޯލަކުން ދައްކާގޮތުގައި ވެކްސިން ޖެހުމަށް ތައްޔާރަށް ތިބީ 61 އިންސައްތަ މީހުންނެވެ.

އަނެއްކޮޅުން އެމެރިކާގައި ދުވާލެއްގެ މައްޗަށް ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު ދެ ލައްކައަށްވުރެ މަތިން ރިކޯޑް ކުރަމުން އަންނަތާ މިއީ ޖެހިޖެހިގެން ހަތަރުވަނަ ދުވަހު އެވެ.

އެމެރިކާގެ 15.6 މިލިއަން މީހުންނަށް ވައިރަސް ޖެހިފައިވާއިރު މަރުވެފައިވާ މީހުންގެ އަދަދު 292،642ށް ވަނީ އަރާފައެވެ.

އެންމެފަހުގެ ދިރާސާތައް ދައްކާގޮތުން އަންނަ އަހަރުގެ އޭޕްރީލްމަހުގެ 1 ވަނަ ދުވަހާ ހަމައަށް އެމެރިކާގައި ކޮވިޑް-19 ޖެހިގެން މަރުވާ މީހުންގެ އަދަދު 502،000ށް އަރާނެއެވެ. ޔުނިވަރސިޓީ އޮފް ވޮޝިންގޓަން އިންސްޓިޓިއުޓް ފޮރ ހެލްތު މެޓްރިކްސް އެންޑް އެވަލުޔޭޝަން އިން ހެދި މިދިރާސާ އެންމެ ފަހުން މުރާޖާކޮށްފައިވަނީ ބުރާސްފަތި ދުވަހުއެވެ.

ވެކްސިން ޖެހުމާއި އިތުރުކަންކަން ހިމެނުމަށްފަހު ނެރުނު މިދިރާސާއިން ދައްކާގޮތުގައި އޭޕްރީލްމަހާ ހަމައަށް އަންނައިރު މިބަލީގައި މަރުވާނެކަމަށް ކުރިން އަންދާޒާކޮށްފައިވާ އަދަދަށްވުރެ 37،000 މަރު މަދުވާނެ އެވެ.

އެމެރިކާގެ ސެންޓަރ ފޮރ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ)ގެ ތަފާސްހިސާބުތައް ދައްކާގޮތުން 2018 ވަނަ އަހަރު އެމެރިކާގައި ހިތުގެ ބަލިތަކުގައި މަރުވެފައިވަނީ 655،381 މީހުންނެވެ. އަދި ކެންސަރ ޖެހިގެން ހަމަ އެއަހަރު 599،274 މީހުން ވަނީ މަރުވެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕާކްގެ މައްޗަށް ދައުވާކޮށްދިނުމަށް ގޮވާލާ ދެކުނުކޮރެާގައި މުޒާހަރާ ކުރަނީ

ޕާކްގެ މައްޗަށް ދައުވާކޮށްދިނުމަށް ގޮވާލާ ދެކުނުކޮރެާގައި މުޒާހަރާ ކުރަނީ

12 މާރިޗު 2017
އުރުދުންގައި 15 މީހެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކޮށްފި

އުރުދުންގައި 15 މީހެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކޮށްފި

06 މާރިޗު 2017
މުޒާހިރީން މެރި މައްސަލަ މުބާރަކްގެ މައްޗަށް ސާބިތެއް ނުވި

މުޒާހިރީން މެރި މައްސަލަ މުބާރަކްގެ މައްޗަށް ސާބިތެއް ނުވި

03 މާރިޗު 2017
ކިމްގެ މަރުގެ މައްސަލައިގައި މެލޭޝިއާގެ މައްޗަށް އުތުރުކޮރެއާއިން ތުހުމަތުކޮށްފި

ކިމްގެ މަރުގެ މައްސަލައިގައި މެލޭޝިއާގެ މައްޗަށް އުތުރުކޮރެއާއިން ތުހުމަތުކޮށްފި

23 ފެބުރުއަރީ 2017
ހިޓްލަރު ގެންގުޅު ފޯނެއް އެމެރިކާގައި ނީލަން ކިޔަނީ

ހިޓްލަރު ގެންގުޅު ފޯނެއް އެމެރިކާގައި ނީލަން ކިޔަނީ

18 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

11 ޖެނުއަރީ
ޝިފާޒް އާއި ހަސަން ލަތީފް އެމްޑީޕީ ގެ މެމްބަރޝިޕް ފޯމް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ޝިފާޒް އާއި ހަސަން ލަތީފް އެމްޑީޕީ ގެ މެމްބަރޝިޕް ފޯމް ހުށަހަޅައިފި

ޗައިނާއާއެކު 30 އެއްބަސްވުންވި، އޭގެތެރޭގައި މަކުނުދޫއާއި ގުޅޭ އެއްބަސްވުމެއް އެބައޮތް، އެކަން ހާމަކުރޭ - ފައްޔާޒް
20242 އަހަރު ކުރިން
ރާއްޖެ

ޗައިނާއާއެކު 30 އެއްބަސްވުންވި، އޭގެތެރޭގައި މަކުނުދޫއާއި ގުޅޭ އެއްބަސްވުމެއް އެބައޮތް، އެކަން ހާމަކުރޭ - ފައްޔާޒް

ބޭސްފަރުވާ ދީގެންވެސް އަލީ މުނީޒުގެ ސިއްހީ ހާލަތު ރަނގަޅު ނުވާތީ، ބަންދަށް ލުޔެއް
20233 އަހަރު ކުރިން
ރާއްޖެ

ބޭސްފަރުވާ ދީގެންވެސް އަލީ މުނީޒުގެ ސިއްހީ ހާލަތު ރަނގަޅު ނުވާތީ، ބަންދަށް ލުޔެއް

ގަލޮޅު ދަނޑު އެއްކޮށް ތަޅާލަންޖެހޭ: މަޚްލޫފް
20224 އަހަރު ކުރިން
ކުޅިވަރު

ގަލޮޅު ދަނޑު އެއްކޮށް ތަޅާލަންޖެހޭ: މަޚްލޫފް

ވެމްކޯއަށް ފައިސާ ނުދައްކާ މައްސަލަ ހައްލުކުރުމަށް ޔުޓިލިޓީ ބިލަކަށް ކުނީގެ ފީ އިތުރު ކުރަނީ!
20215 އަހަރު ކުރިން
ރާއްޖެ

ވެމްކޯއަށް ފައިސާ ނުދައްކާ މައްސަލަ ހައްލުކުރުމަށް ޔުޓިލިޓީ ބިލަކަށް ކުނީގެ ފީ އިތުރު ކުރަނީ!

ސިއްހަތަށް ފައިދާ ހުރި ފައިބާ އެކުލެވޭ ކާނާ ގިނަ މީހުންނަށް ނުކެވޭ
20197 އަހަރު ކުރިން
ސިއްހަތު

ސިއްހަތަށް ފައިދާ ހުރި ފައިބާ އެކުލެވޭ ކާނާ ގިނަ މީހުންނަށް ނުކެވޭ

މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު މަރުވެ، ނައިފަރު ހޮސްޕިޓަލަށް އިހުމާލުގެ ތުހުމަތު!
20188 އަހަރު ކުރިން
ރާއްޖެ

މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު މަރުވެ، ނައިފަރު ހޮސްޕިޓަލަށް އިހުމާލުގެ ތުހުމަތު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު