ކ. މާލެ
|
12 ޖޫން 2018 | އަންގާރަ 10:46
ޒަކާތް ދެއްކުން
ޒަކާތް ދެއްކުން
މުހައްމަދު ޝަރުހާން
ފިތުރު ޒަކާތް ބެހުން
ފިތުރު ޒަކާތް މާދަމާއިން ފެށިގެން ބަހަނީ
 
ގޮވާން ބެހުން ކުރިއަށްދަނީ އަރަބިއްޔާ ސްކޫލުގައި
 
ފައިސާ ބެހުން ކުރިއަށްދަނި އިސްލާމީ މަރުކަޒުގައި

ފިތުރު ޒަކާތުގެ ގޮތުގައި ލިބިފައިވާ ފައިސާ އާއި ގޮވާމުގެ ބާވަތްތައް ބެހުމަށް ހަމަޖެހިފައިވާ ގަޑިތައް އާންމުކޮށްފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ފައިސާ ބެހުން ހަމަޖެހިފައިވަނީ އިސްލާމީ މަރުކަޒު ހޯލް އާއި އަރައްބިއްޔާ ސްކޫލުގެ ހޯލުގައި ކަމަށެވެ.

އެގޮތުން ހެނދުނު 10:30 އިން ފެށިގެން 12:00 އަށް ފައިސާ ބެހުން ކުރިއަށްދާއިރު މެންދުރު 12:35 އިން ހަވީރު 15:30 އަށް ފައިސާ ބެހުން ކުރިއަށްދާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ.

އަދި ރޭގަނޑު 21:00 އިން ރޭގަނޑު 23:00 އަށް ވެސް ޒަކާތުގެ ފައިސާ ބެހުން ކުރިއަށްދާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ.

މީގެ އިތުރުން ގޮވާމުގެ ބާވަތް ބެހުން ކުރިއަށްދާނީ  އަރަބިއްޔާ ސްކޫލު ހޯލްގަ އެވެ. ހެނދުނު 10:30 އިން މެންދުރު 12:00 އަށް ގޮވާން ބެހުން ކުރިއަށްދާ އިރު މެންދުރު 12:45 އިން ހަވީރު 15:30 އަށް ގޮވާން ބެހުން ކުރިއަށްދާނެ އެވެ. އަދި ރޭގަނޑު 21:00 އިން ރޭގަނޑު 23:00 އަށް ކުރިއަށްދާނެ ކަމަށް  އިސްލާމިކް މިނިސްޓްރީން ބުނެ އެވެ.

 

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
0%
0%
0%
ކޮމެންޓް