ކުރީގެ ކުނިގޮނޑު ސަރަހައްދުގައި ތަރައްގީކޮށްފައިވާ މާލޭ އަހުލުވެރި މަރުކަޒު، ޖަލެއް ކަމަށް ކަނޑައަޅާއިފިއެވެ.
ހޯމް މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ މާލޭގައި ގާއިމްކޮށްފައިވާ "މާލޭ އަހުލުވެރި މަރުކަޒު" އަކީ ރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ ތިން ވަނަ މާއްދާގެ (ހ)ގެ ދަށުން ޖަލެއް ކަމަށެވެ. މާލޭ އަހުލުވެރި މަރުކަޒު ހިނގަމުންދާނީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށުން ކަމަށް ހޯމް މިނިސްޓްރީން ބުނެއެވެ.
ކަރެކްޝަނަލް ސަރވިސް އިން ބުނީ މާލޭ އަހުލުވެރި މަރުކަޒުގައި ބައިތިއްބަނީ ތަފާތު އެކި މަސައްކަތްތަކުގައި ޝާމިލްވެގެން އުޅޭ ގައިދީން ކަމަށާއި އެތަނުގައި މިދުވަސްވަރު ތިބެނީ މާލޭ މަގު ހެދުމުގެ މަސައްކަތް ކުރުމުގައި ހަރަކާތްތެރިވާ ގައިދީން ކަމަށެވެ. މަގު ހެދުމުގެ މަސައްކަތް ކުރުމުގައި ގެންގުޅެނީ އަހްލާގީ ގޮތުން ރަގަޅު ގައިދީން ކަމަށާއި އެމީހުން ބެލުމުގައި ވެސް ކަރެކްޝަނުގެ އޮފިޝަލުން ހަރަކާތްތެރިވާނެ ކަމަށެވެ.