Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުލިންކްސާރވް

ލިންކްސާރވްގެ ފަރާތުން ސްމާޓް ގެޖެޓްސް ތައާރަފުކޮށްފި

ބައެއް ގެޖެޓްސްތަކަކީ އެމެޒަން އިކޯގެ ބައެއް ގެޖެޓްސްތައް

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 10 ޖޫން 2018 | އާދީއްތަ 20:44
ލިންކްސާރވް ފިހާރައިގެ ސްމާޓް ގެޖެޓްސް ކޯނަރ ހުޅުވުމުގެ ތެރެއިން

ލިންކްސާރވް ފިހާރައިގެ ސްމާޓް ގެޖެޓްސް ކޯނަރ ހުޅުވުމުގެ ތެރެއިން

ލިންކްސާރވްގެ ފަރާތުން ސްމާޓް ގެޖެޓްސް ތައާރަފުކޮށްފިއެވެ.

އާދިއްތަ ދުވަހުގެ ރޭ ހިރިޔާ ސުކޫލް ކުރިމަތީގައި ހުންނަ ލިންކްސާރވް ފިހާރައިގެ ސްމާޓް ގެޖެޓްސް ކޯނަރ ހުޅުއްވައިދެއްވީ ދިރާގުގެ ސީނިއަރ މެނޭޖަރ ބްރޭންޑްސް މާރކެޓިންގް އެންޑް ކޮމިއުނިކޭޝަންސް މުހައްމަދު މިރުޝާން ހަސަންއެވެ.

ލިންކް ސާރވްގެ ޑިރެކްޓަރ އޮފް ބިޒްނަސް ޑިވަލޮޕްމަންޓް އެންޑް ޕްރޮޖެކްޓްސް ހުސެއިން ޝާހިދު ވިދާޅުވީ މި ގެޖެޓްސްތައް ތައާރަފު ކުރެވިގެން ދިޔައީ ވަރަށް ބޮޑަށް ސާރވޭ ކުރުމަށްފަހު ކަމަށާއި ތައާރަފުކުރެވިފައިވާ ބައެއް ގެޖެޓްސްތަކަކީ އެމެޒަން އިކޯގެ ބައެއް ގެޖެޓްސްތަކާއި މޮބައިލް ފޯން މެދުވެރިކޮށް ބޭނުންކޮށްލެވޭ ގެޖެޓްސްތައް ކަމަށެވެ. މީގެ އިތުރުން ބޮޑީ ސެންސަސް ނައިގެގެން ތަދު ކަނޑުވާލާ ގެޖެޓާއި ފޯނު ބޭނުންކޮށްގެން ބޭނުންކޮށްލެވޭ "ފިޝް ފައިންޑަރ" ގެޖެޓް ވެސް ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ލިންކްސާރވުން އިތުރަށް ބުނީ ޕްރޮމޯޝަންގައި ބައިވެރިވެވޭނީ ފިހާރައަށް ޒިޔާރަތްކުރާ ބޭފުޅުންގެ ތެރެއިން ހިޔާލު ސޮލިއުޝަން މެދުވެރިކޮށް ރަޖިސްޓަރ ކުރެއްވާ ބޭފުޅުންނަށް އެކަނި ކަމަށެވެ.

ކުރިއަށް އޮތް ތާނގައި އިތުރު ސްމާޓް ގެޖެޓްސް ތައާރަފުކުރެވިގެންދާނެ ކަމަށް ލިންކްސާރވުން ބުންޏެވެ.

މި ކުޑަ ހަފްލާގައި ލިންކްސާރވް އާއި ޖަވާބު ޕްރައިވެޓް ލިމިޓެޑްއާ ދެމެދު ވަނީ ސޮފްޓްވެއަރ ސޮލިއުޝަންސް އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. ލިންކްސާރވްގެ ފަރާތުން ޑިރެކްޓަރ އޮފް ބިޒްނަސް ޑިވަލޮޕްމަންޓް އެންޑް ޕްރޮޖެކްޓްސް ހުސެއިން ޝާހިދު ސޮއިކުރައްވާފައިވާއިރު ޖަވާބުގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިންގް ޑައިރެކްޓަރ މުހައްމަދު ޖައިލަމްއެވެ.

ލިންކް ސާރވުން "ވިޒިޓް އެންޑް ވިން" ޕްރޮމޯޝަން ފަށާފައިވާއިރު ޕްރޮމޯޝަން ކުރިއަށްދާނީ މި މަހުގެ ނިޔަލަށެވެ. މި ޕްރޮމޯޝަންގެ ދަށުން ގުރުއަތުން ހޮވޭ ފަރާތަކަށް ސެމްސަންގް ގެލެކްސީ S9+ ގެ ފޯނެއް ލިބިގެންދާނެ ކަމަށް ވެސް ލިންކްސާރވުން ބުންޏެވެ.

އިތުރަށް ކިޔާލަން

04 އޮކްޓޯބަރު 2017

އެސްއެމްއީ ލޯނަށް އެދި 200 އަށް ވުރެ ގިނަ ފަރާތުން ކުރިމަތިލައިފި

04 އޮކްޓޯބަރު 2017
އެސްއެމްއީ ލޯނަށް އެދި 200 އަށް ވުރެ ގިނަ ފަރާތުން ކުރިމަތިލައިފި
17 ސެޕްޓެމްބަރު 2017

މަންޗީސް ބްރޭންޑްގެ ކްރިމްކްރޭކަރ ބިސްކޯދު ރާއްޖެއަށް ތައާރަފުކޮށްފި

17 ސެޕްޓެމްބަރު 2017
މަންޗީސް ބްރޭންޑްގެ ކްރިމްކްރޭކަރ ބިސްކޯދު ރާއްޖެއަށް ތައާރަފުކޮށްފި
04 ސެޕްޓެމްބަރު 2017

"ސްމައިލްޓު ޕޭ" ހިދުމަތް ކޭއެފްސީން ތައާރަފުކޮށްފި

04 ސެޕްޓެމްބަރު 2017
"ސްމައިލްޓު ޕޭ" ހިދުމަތް ކޭއެފްސީން ތައާރަފުކޮށްފި
20 އޯގަސްޓު 2017

އެސްޓީއޯއިން ރާއްޖެއަށް ކޯނޭ ބްރޭންޑްގެ އެލަވޭޓާރސް ތައާރަފުކޮށްފި

20 އޯގަސްޓު 2017
އެސްޓީއޯއިން ރާއްޖެއަށް ކޯނޭ ބްރޭންޑްގެ އެލަވޭޓާރސް ތައާރަފުކޮށްފި
08 ޖުލައި 2017

ކަންގެން ވޯޓާ ފިލްޓާ މެޝިން ރާއްޖޭގައި ތައާރަފުކޮށްފި

08 ޖުލައި 2017
ކަންގެން ވޯޓާ ފިލްޓާ މެޝިން ރާއްޖޭގައި ތައާރަފުކޮށްފި
08 ޖުލައި 2017

ބޭންކް އޮފް ސިލޯނުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ހައުސިންގް ލޯނެއް ތައާރަފުކޮށްފި

08 ޖުލައި 2017
ބޭންކް އޮފް ސިލޯނުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ހައުސިންގް ލޯނެއް ތައާރަފުކޮށްފި
04 ޖުލައި 2017

ދިރާގުން "މައިކްރޯ ސޮފްޓު 365" ރާއްޖެއަށް ތައާރަފުކޮށްފި

04 ޖުލައި 2017
ދިރާގުން "މައިކްރޯ ސޮފްޓު 365" ރާއްޖެއަށް ތައާރަފުކޮށްފި
23 މެއި 2017

އަޔާދީ ތަކާފުލްގެ އޮންލައިން ހިދުމަތް ތައާރަފުކޮށްފި

23 މެއި 2017
އަޔާދީ ތަކާފުލްގެ އޮންލައިން ހިދުމަތް ތައާރަފުކޮށްފި
12 ފެބުރުއަރީ 2017

އެންމެ ގިނަ ޑޭޓާ ހިމެނޭ ދެ ޕެކޭޖް ދިރާގުން ތައާރަފުކޮށްފި

12 ފެބުރުއަރީ 2017
އެންމެ ގިނަ ޑޭޓާ ހިމެނޭ ދެ ޕެކޭޖް ދިރާގުން ތައާރަފުކޮށްފި
09 ޖެނުއަރީ 2017

ނޮކިއާވެސް ސްމާޓްފޯނުގެ ދުނިޔެއަށް!

09 ޖެނުއަރީ 2017
ނޮކިއާވެސް ސްމާޓްފޯނުގެ ދުނިޔެއަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު