ކ. މާލެ
|
10 ޖޫން 2018 | އާދީއްތަ 16:56
އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފު
އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފު
މުހައްމަދު ޝަރުހާން
ރިޔާސީ އިންތިހާބު 2018
ރިޔާސީ އިންތިހާބުގައި 450 ވޯޓު ފޮށި ބެހެއްޓޭނެ: އިލެކްޝަންސް ކޮމިޝަން
ރީ-ރަޖިސްޓްރޭޝަނަށްފަހު ފުރިހަމަ އަދަދު ޔަގީންވާނެ
ރީ-ރަޖިސްޓްރޭޝަނަށް ހުޅުވާލަނީ ޖުލައި 17 އިން ފެށިގެން

ރިޔާސީ އިންތިހާބުގައި 450 ވޯޓު ފޮށި ބެހެއްޓޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވީ، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޖުމްލަ  450 އަށް ވުރެ ގިނަ ފޮށި ރާއްޖޭގެ އެކި ހިސާބުތަކާއި ބޭރުގެ ވޯޓުލުމަށް ކަނޑައަޅާ ސަރަހައްދުގައި ބެހެއްޓިގެންދާނެ ކަމަށެވެ.

އެހެން ނަމަވެސް ފުރިހަމަ އަދަދު އެނގިގެންދާނީ ރީ-ރަޖިސްޓްރޭޝަނަށް ފަހުގައި ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެ އެވެ.

ރީ-ރަޖިސްޓްރޭޝަނަށް ފުރުސަތު ހުޅުވާލުމަށް ހަމަޖެހިފައިވަނި ޖުލައި 17 ވަނަ ދުވަހުން ފެށިގެން އޮގަސްޓް 19 ވަނަ ދުވަހާއި ހަމައަށެވެ.

ކެނޑިޑޭޓުންނަށް އިންތިހާބަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލާނީ ޖުލައި 15 ވަނަ ދުވަހުން ފެށިގެން 10 ދުވަހުގެ މުއްދަތަކަށެވެ. ކެނޑިޑޭޓުންނަށް ކެމްޕޭން ކުރުމަށް 30 ދުވަހުގެ މުއްދަތެއް ލިބިގެންދެ އެވެ.

އިންތިހާބުގައި މޮނީޓަރުންގެ ގޮތުގައި ހަރަކާތްތެރިވާ މީޑިއާތަކަށް އެ ފުރުސަތު އޮންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެ އެވެ. ނަމަވެސް މީޑިއާތަކުން މޮނީޓަރުން ކަނޑައަޅާއިރު، އެ މޮނީޓަރުންނަކީ މީޑިއާތަކުގެ ކޮންޓްރެކްޓެއްގައި ތިބޭ ބައެއްތޯ ބަލާނެކަމަށާއި، އެ ނޫން ފަރާތްތަކަށް އެ ފުރުސަތު ނުދޭނެ ކަމަށެވެ. މީގެކުރިން މީޑިއާތަކުން އައްޔަނުކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު އޮވެ އެވެ. ނަމަވެސް ގެނައި ބަދަލުގެ ސަބަބުން ކޮންމެ ވޯޓު ފޮށްޓެއް ކައިރީގައި މީޑިއާގެ ފަރާތްތަކަށް ހަރަކާތްތެރިވުމަށް ހުރަސްތަކާއި ކުރިމަތިވާނެ އެވެ.

 އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް