Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއަފްގާނިސްތާން ހަނގުރާމަ

ނަވާރަ އަހަރަށް ފަހު ބަޑި ނުޖަހާ ދުވަހެއް!

ތާލިބާން އާއި އަފްގާނިސްތާނުގެ ސިފައިންނާއި ދެމެދު ކުރެވޭ ހަނގުރާމަ މެދުކަނޑާލަނީ

އަރުޝަމް އަބްދުލް ޢަޒީޒް
އަރުޝަމް އަބްދުލް ޢަޒީޒް | 10 ޖޫން 2018 | އާދީއްތަ 05:54
ތާލިބަންގެ ލީޑަރު

ތާލިބަންގެ ލީޑަރު

ނަވާރަ އަހަރަށް ފަހު ތާލިބާނާއި އަފްގާނިސްތާނުގެ ސިފައިންނާ ދެމެދު ބަޑީގެ ހަމަލާ ނުދޭނެ ފުރަތަމަ ދުވަސް އިއުލާން ކޮށްފިއެވެ. މިދުވަސް ވެގެން ދާނީ އެމެރިކާއިން އަފްގާނިސްތާނަށް 2001 ވަނަ އަހަރުގައި ވެރިވެގެން ފަހުން ހަމަލާ ނުދޭނެ ފުރަތަމަ ދުވަހަށެވެ.

ތާލިބާނުން ހޮނިހިރު ދުވަހު ބުނީ ރޯދަ މަސް ނިންމާލުމަށް ފަހު އަންނަ ފިތުރު އީދުގެ 3 ދުވަސް ވަންދެން ބަޑިން ހަމަލާ ނުދޭނެ ކަމަށެވެ. އެހެން ނަމަވެސް އެ ގައުމަށް ވެރިވެ ގަންނަން އުޅޭ "ބޭރު ގައުމުތަކުގެ" ސިފައިންނާ ދެކޮޅަށް ކުރާ ހަނގުރާމަ ކުރިއަށް ގެންދާނެ ކަމަށެވެ.

ތާލިބާނުން ބުނީ އެމީހުންނަށް ފިތުރު އީދުގައި ހަމަލާ ދީފިނަމަ ދިފާއުވާން ރައްދުގައި ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމަށެވެ. މިހެން ތާލިބާނުން ބުނެ މީޑިއާތަކަށް ސިޓީ ފޮނުވިއިރު އޭގެ ދެ ދުވަސް ކުރިން އެ ގައުމުގެ ސަރުކާރުން ވަނީ ހަފްތާއެއް ވަންދެން ހަތިޔާރު އެޅި ޖަމާތްތަކާ ދެކޮޅަށް ކުރާ ހަނގުރާމަ މަޑުޖައްސާލުމަށް ނިންމާފައެވެ. ހަފްތާ ގުނަން ފެށޭނީ ރަމަޟާން މަހުގެ 27އިން ފެށިގެނެވެ. ސަރުކާރުގެ ނިންމުމުގެ ސަބަބުން ގިނަ ބަޔަކު ވަނީ ހައިރާންވެފައެވެ.

ދެ ފަރާތުން (ސަރުކާރާއި ތާލިބާންއިން) ހަމަލާ ބަދަލު ނުކުރަން އެއްބަސް ވީއިރު، ހަމަލަ ދިނުމާއި އަމިއްލަ ގައިގައި ބޮން ހަރުކޮށްގެން މީހުން މެރުމާ ދެކޮޅަށް އަފްޣާނިސްތާނުގެ އެންމެ އިސް ދީނީ އިލްމުވެރިން ފަތުވާވަނީ ދީފައެވެ. އަދި ވަނީ ދެ ފަރާތުގެ ހަމަލާ ބަދަލު ކުރުން ނިމުމަކަށް ގެންނަން ގޮވާލާފައެވެ.

އަފްޣާނިސްތާނުގެ ރައީސް އަޝްރަފް ގާނި ވެސް ވަނީ ދީނީ އިލްމުވެރިންގެ ނިންމުމަށް ތާއީދު ކޮށްފައެވެ. ރައީސް ގާނީ ވަނީ މި އަހަރުގެ ފެބްރުއަރީ މަހު ވެސް ހަމަލާ ބަދަލު ހުއްޓާލުމަށް ގޮވާލާފައެވެ. އަދި ވަނީ ތާލިބާން ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީ ކުރުމާ ބެހޭ ގޮތުން ވެސް ވާހަކަ ދައްކަވާ ފައެވެ.

ތާލިބާނުން މިކަމަށް ރައްދެއް ދީފައެއް ނުވެއެވެ. ނުވީތާކަށް އެ ޖަމާއަތުން ދިޔައީ ކުރިން ދިން ގޮތަށް ހަމަލާތައް ދެމުންންނެވެ. ފާހަގަ ކޮށްލެވޭ ގޮތުގައި މިއީ ސަރުކާރުން މިހާތަނަށް ތާލިބާނުންނަށް ހުށަހެޅި، އެންމެ ރަގަނޅު ހުށަހެޅުމެވެ.

އަފްގާނިސްތާނުގެއާއި ތާލިބާނުންގެ އިސް އޮފިޝަލުންތަކެއް ދެފަރާތުންދޭ ހަމަލާ ބަދަލު ކުރުން ހުއްޓުވުމަށް ސިއްރުން މަޝްވަރާ ކުރުމުގެ ހަރަކާތްތަކެއް ހިންގަމުންދާ ކަމަށް މިދިޔަ މަހު ޕެންޓަގޮން އިން ވަނީ ބުނެފައެވެ. އެހެން ނަމަވެސް އިތުރު އެއްވެސް މައުލޫމާތެއް މިކަމާ ބެހޭ ގޮތުން ޕެންޓަގޮން އިން ދީފައެއް ނުވެއެވެ.

ހަމަލާ ބަދަލު ކުރުން ހުއްޓާލުމަށް އިއުލާން ކުރުމާއި ގުޅިގެން އާންމުން ދަނީ އުފާ ފާޅު ކުރަމުންނެވެ.

އިތުރަށް ކިޔާލަން

13 މާރިޗު 2017

ވެކްސިން ނުޖަހާ ކުދިންނަށް ބައެއް ޚިދުމަތް ނުދޭން އޮސްޓްރޭލިއާއިން ވިސްނަނީ

13 މާރިޗު 2017
ވެކްސިން ނުޖަހާ ކުދިންނަށް ބައެއް ޚިދުމަތް ނުދޭން އޮސްޓްރޭލިއާއިން ވިސްނަނީ
10 ފެބުރުއަރީ 2017

"އެއް ޗައިނާ" ސިޔާސަޔަތައް ތާއީދު ކުރައްވާ ކަމަށް އެންމެ ފަހުން ޓްރަމްޕް ވިދާޅުވެއްޖެ

10 ފެބުރުއަރީ 2017
"އެއް ޗައިނާ" ސިޔާސަޔަތައް ތާއީދު ކުރައްވާ ކަމަށް އެންމެ ފަހުން ޓްރަމްޕް ވިދާޅުވެއްޖެ
10 ފެބުރުއަރީ 2017

ފަލަސްތީނު މީހަކު ބަޑިޖެހުމުގެ ސަބަބުން އިޒްރޭލުގެ ހަމީހުން ޒަޚަމްވެއްޖެ

10 ފެބުރުއަރީ 2017
ފަލަސްތީނު މީހަކު ބަޑިޖެހުމުގެ ސަބަބުން އިޒްރޭލުގެ ހަމީހުން ޒަޚަމްވެއްޖެ
04 ފެބުރުއަރީ 2017

އިރާނުން އެންމެ ފަހުން ކުރި މިސައިލް ޓެސްޓާ ގުޅިގެން އެމެރިކާއިން ފިޔަވަޅު އަޅައިފި

04 ފެބުރުއަރީ 2017
އިރާނުން އެންމެ ފަހުން ކުރި މިސައިލް ޓެސްޓާ ގުޅިގެން އެމެރިކާއިން ފިޔަވަޅު އަޅައިފި
31 ޖެނުއަރީ 2017

ކެނެޑާގެ މިސްކިތެއްގައި ހިނގި ބަޑިޖެހުމުގެ ހާދިސާއާ ގުޅިގެން މީހަކަށް ދައުވާއެއް އުފުލައިފި

31 ޖެނުއަރީ 2017
ކެނެޑާގެ މިސްކިތެއްގައި ހިނގި ބަޑިޖެހުމުގެ ހާދިސާއާ ގުޅިގެން މީހަކަށް  ދައުވާއެއް އުފުލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު