Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ދަރަނި ބޮޑުވެ، މިއަދު އުފަންވި ކުއްޖާ ވެސް ދޮޅު ލައްކަ ރުފިޔާއިން ދަރައިފި!؟

ބޮލަކަށް ޖެހޭ ދަރަނި 144،784ރ. އަށް އަރާ

ޙުސައިން ޙަސަން
ޙުސައިން ޙަސަން, ރާއްޖެ އެމްވީ | 9 ޖޫން 2018 | ހޮނިހިރު 06:58
ށ. ފުނަދޫ ރައްޔިތުން: ސަރުކާރުގެ ދަރަނި ބޮޑުވުމުން، ކޮންމެ ދިވެއްސެއްގެ ބޮލަކަށް ޖެހޭ ދަރަނި 145،000 އަރާ

ށ. ފުނަދޫ ރައްޔިތުން: ސަރުކާރުގެ ދަރަނި ބޮޑުވުމުން، ކޮންމެ ދިވެއްސެއްގެ ބޮލަކަށް ޖެހޭ ދަރަނި 145،000 އަރާ

އެންމެ ފަހުގެ ބޯހިމެނުމުން ދައްކާ ގޮތުން، ރާއްޖޭގެ އާބާދީއަކީ 338،434 އެވެ. އެއީ 171،962 ފިރިހެނުންނެވެ. އަދި އަންހެނުންގެ އަދަދު 166،472 އެވެ. މި ކުޑަ އާބާދީ ދެ ބައި ކުޅަ އެއްބައި މީހުން މާލޭގައި ގަނަތެޅެމުންދާއިރު، އުފުލަންޖެހޭ ބުރަ އަނެއްކާ ވެސް ބޮޑުވެގެންދާނެއެވެ. ތަރައްގީގެ ކުލަވަރުތައް ފެނުނަސް އުފުލަންޖެހޭ ބުރަ ކުޑަވެގެން ނުދާނެއެވެ. މިއަހަރު ނިމޭއިރު، ދައުލަތުގެ ދަރަނި 49 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އެހެންކަމުން ކޮންމެ ދިވެއްސެއްގެ ބޮލަށް ޖެހޭ ދަރަނި 144،784 ރުފިޔާއަށް އަރާނެއެވެ.

ނަމަވެސް މަޝްރޫއުތައް ކުރިއަށް އެބަދެއެވެ. މާލޭގެ މަލަމަތިން މާކަނައެއްގެ ކަރު ދިގު ކޮށްލާހެން، ކެރޭނުތައް ވެސް އެބަ ފެނެއެވެ. ކަނޑު ހުރަސްކޮށް، މާލެ އާއި ހުޅުލެއާ ފާލަމަކުން ގުޅާލާތަން ވެސް އެބަ ފެނެއެވެ. ދަރަނި ބޮޑު، ލޯނުތަކާ އެކު ރާއްޖޭގައި ހިންގާ ބޮޑެތި މަޝްރޫތައް ވެސް އެންމެން ދެކޭނެއެވެ. އެ މަޝްރޫތަކުން ވާނެ ފައިދާ އެންމެނަށް ވެސް އިނގެއެވެ. ނަމަވެސް މަޝްރޫތަކުން ލިބޭ ފައިދާއަށް ވުރެ، ފަރުދާގެ ފުރަގަހުގައި ހިނގާ ކަންކަން އިނގޭ ހެއްޔެވެ؟ އޭގެ ސަބަބުން ޖީލުތަކަށް ދިގު ދެމިގެންދާ ގޮތަށް އުފުލަންޖެހޭ ބުރަ އިނގޭ ހެއްޔެވެ؟

ދުނިޔޭގެ އެންމެ ބޮޑު ތިން ކްރެޑިޓް ރޭޓިން އެޖެންސީގެ ތެރޭގައި ހިމެނޭ މޫޑީސް އިންވެސްޓާސް ސާވިސް އިން ބުނެފައިވާ ގޮތުގައި ރާއްޖޭގައި ހިންގާ އިގްތިސާދީ މަޝްރޫއުތަކުގެ ސަބަބުން، ދުވަހަކު ވެސް ރާއްޖޭގެ ދަރަނި މައްޗަށް ނުދާ މިންވަރަށް މައްޗަށް ގޮސްފައިވާ ކަމަށެވެ. މިދިޔަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ބޭރުގެ ދަރަނި 1.1 ބިލިއަން ޑޮލަރަށް އަރައި، މީގެ ކުރިން ދަރަނި ހުރި ވަރަށް ވުރެ 26 ޕަސެންޓް އިތުރުވެފައިވާ ކަމަށް މޫޑީސްއިންނާއި މަޝްހޫރު ހޮންކޮންގެ ކްރެޑިޓް ރޭޓިން ކުންފުނި "ފިޗް" ވެސް ވަނީ ބުނެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން ރާއްޖޭގެ ބޭރުގެ ދަރަނީގެ 70 ޕަސެންޓު ދައްކަން ޖެހިފައި ވަނީ ޗައިނާއަށެވެ. ޗައިނާގެ ބޭންކުތަކަށެވެ. ވަކި ގައުމަކަށް ދައްކަންޖެހޭ ދަރަނި އިންތިހާއަށް ބޮޑުވެގެން ދިއުމަކީ މައްސަލައެކެވެ. ޗައިނާއިން ބޮޑެތި މަޝްރޫތަކެއް ރާއްޖޭގައި ހިންގަމުންދާއިރު، ރާއްޖޭގެ ބޭރުގެ ދަރަނީގެ 70 ޕަސެންޓް އެ ގައުމަށް ދައްކަން ޖެހިފައި ވުމަކީ ރާއްޖޭގެ މާލީ މިނިވަންކަމަށް އެކަމުގެ ނުރައްކާ ފޯރާފާނެ ކަމެއް ކަމަށް އިގްތިސާދީ މާހިރުން ވިދާޅުވެއެވެ.

މާލިއްޔަތު ކޮމެޓީގެ މެމްބަރު އަދި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް މުހައްމަދު ސާލިހު (އިބޫ) ވިދާޅުވީ ރާއްޖެއިން 11 ބިލިއަން ރުފިޔާ ޗައިނާއަށް ދައްކަން ޖެހިފައިވާ ކަމަށެވެ. އެއީ ބޭރުގެ ދަރަނީގެ ޖުމްލަ އަދަދު ކަމަށްވާ 14 ބިލިއަން ރުފިޔާގެ 70 ޕަސެންޓު ކަމަށް އިބޫ ވިދާޅުވިއެވެ.

"14 ބިލިއަން ރުފިޔާގެ ތެރެއިން ހަމައެކަނި ޗައިނާއިން ނަގާފައި އެބަ އޮތް 11 ބިލިއަން ރުފިޔާ. ދައުލަތުގެ ބޭރުގެ ދަރަނީގެ 70 ޕަސެންޓު މި ވަނީ އެންމެ ގައުމެއްގެ ދަށުވެފައި،" އިބޫ ވިދާޅުވިއެވެ.

ށ. ފުނަދޫ ރައްޔިތުން މަގެއްގައި އިށީންދެގެން: ދިވެހި ދައުލަތުގެ ބޭރުގެ ދަރަނީގެ 75 ޕަސެންޓް ދައްކަންޖެހިފައި ވަނީ ޗައިނާއަށް-- ފޮޓޯ/ ޙުސައިން ޙަސަން

ބޭރުގެ ދަރަނީގެ ބޮޑު ނިސްބަތެއް ވަކި ގައުމަކަށް ބަރޯސާވެފައި ވުމަކީ ކިހާ ބޮޑު ނުރައްކަލެއް ހެއްޔެވެ؟ ޗައިނާގެ މާލީ ދަންތުރާގައި ޖެހި، އަވަށްޓެރި ސްރީލަންކާއަށް ވެގެން ދިޔައީ ކިހިނަކުން ހެއްޔެވެ؟ ރައްޔިތުންގެ މަސްލަހަތަށް ވުރެ, ބޭރު ގައުމެއްގެ މަސްލަހަތު އިސްކުރަން ޖެހޭ ހާލަތަށް ރާއްޖެ ވެސް ހިނގައިދާނެއެވެ. ގައުމުގެ ބޮޑު ބިމެއް، ބައެއްގެ ވިޔަފާރި މުދަލަކަށް ދޫކޮށްލަން ޖެހިފައިވުމަކީ ރާއްޖެއަށް ވެސް މުސްތަގުބަލުގައި ކުރިމަތިވެދާނެ ނުރައްކަލެކެވެ. މިޔަންމާ އާއި ބަންގުލަދޭޝް އާއި ޕާކިސްތާނަށް ވެސް ޗައިނާއިން ޖައްސާފައި އެފަދަ ދަންތުރައެކެވެ. އެފަދަ ނުރައްކަލެކެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ބަޖެޓުން ދައްކާ ގޮތުން މިއަހަރު ނިމޭއިރު ދައުލަތުގެ ދަރަނި 49 ބިލިއަން ރުފިޔާއަށް އިތުވެގެންދާނެއެވެ. މިދިޔަ އަހަރު ދައުލަތުގެ ދަރަނި ހުރީ 42 ބިލިއަން ރުފިޔާގައެވެ. އަހަރުން އަހަރަށް ދައުލަތުގެ ދަރަނި ހަލާސް ނުކުރެވި، ދައުލަތް ވަނީ ބަރުހެލިވެފައެވެ. ނުރައްކަލުގެ ރަތް ރޮނގު ވަނީ ހުރަސްކޮށްފައެވެ. ދަރިންނާއި ދަރިންގެ ދަރިންގެ މުސްތަގުބަލަށް އުފުލަންޖެހޭ ބުރައަކަށް ދަރަނި ވަނީ ވެފައެވެ.

ދައުލަތުގެ ދަރަނި 49 ބިލިއަން ރުފިޔާއަށް އިތުރުވެގެން ދިޔުމަކީ ކޮންމެ ދިވެއްސެއްގެ ބޮލަކަށް ޖެހޭ ދަރަނި ދޮޅު ލައްކައަށް އިތުރުވެގެން ދިއުމެވެ. އެގޮތުން މިއަދު އުފަންވި ތުއްތު ކުއްޖާގެ ބޮލަށް ވެސް ދަރަނީގެ ގޮތުގައި 144،784 ރުފިޔާ ދައުލަތަށް ދައްކަން އެ ވަނީ މަޖުބޫރުވެފައެވެ. ދަރިންނާއި ދަރިންގެ ދަރިންނަށް ނުއުފުލޭ ވަރުގެ ދަރަންޏަކާ ދިވެހި ދައުލަތަށް ކުރިމަތިލާން މި ވަނީ ޖެހިފައެވެ.

މަޖިލީހުން އާންމުކޮށްފައިވާ ތަފާސް ހިސާބުން ދައްކާ ގޮތުން ރައީސް މައުމޫންގެ ވެރިކަން ނިމުނުއިރު، ދައުލަތުގެ ދަރަނި ހުރީ 10 ބިލިއަން ރުފިޔާގައެވެ. އަދި ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ނިމުނުއިރު، ދައުލަތުގެ ދަރަނި ހުރީ 24 ބިލިއަން ރުފިޔާގައެވެ. ރައީސް ޔާމީންގެ ވެރިކަން ނިމޭއިރު، ވޭތުވެދިޔަ 40 އަހަރުގެ ދަރަންޏާ އެންމެ ހަތަރު އަހަރުގެ ދަރަނި ވަނީ ނުބައްދަލުވެފައެވެ. ސަރުކާރުގެ ދަރަނި އެ ވަނީ ދެ ގުނަ ބޮޑުވެ، 49 ބިލިއަން ރުފިޔާއަށް އަރާފައެވެ.

ޔާމީންގެ ވެރިކަމުގެ ހަތަރު އަަހަރު ދުވަހުގެ ތެރޭގައި ދަރަނި އެ ވަނީ އިންތިހާއަށް މައްޗަށް ގޮސްފައެވެ. ރައްޔިތުންނަށް ދަޅަ ދައްކަމުންދިޔަ ތަރައްގީގެ މަޝްރޫތަކުން އާހިރުގައި، އުފުލަން ޖެހޭ ބުރަ އެ ވަނީ ބޮޑުވެފައެވެ. ތަރައްގީގެ ނަމުގައި މަޝްރޫއެއް ހިންގައިފިނަމަ، ކޮރަޕްޝަން އިންތިހާއެއެވެ. އެންމެ އުހަށް ނެގި އައިޖީއެމްއެޗް އިމާރާތް ވެސް ހަދާފައި އެ ވަނީ ދައުލަތަށް 89 މިލިއަން ޑޮލަރު (1.3 ބިލިއަން) ރުފިޔާ ގެއްލުންވާ ގޮތަށެވެ. އަދަދު ނުކުރެވޭހާ ފަޅު ރަށްތަކާއި ފަޅުތައް ވިއްކާލައި، ތާރީހު ނުދެކޭހާ ކޮރަޕްޝަން އެ ވަނީ ހިއްކާފައެވެ. އެތައް ބިލިއަން ރުފިޔާއަކަށް ހިޔާނާތްތެރިވެ، ފަސާދައިގެ ހުޅު ޖަހާފައި އެ ވަނީ ދިވެހި މާލިއްޔާގައެވެ.

ދިވެހިންގެ ކުރިމަތީގައި މި ހުރިހާ ކަމެއް ނިއުޅެމުންދާއިރު، ތަރައްގީގެ ނަމުގައި ދައްކާ ކުލަވަރަކަށް ދިވެހިން ދީލައި ނުލާނެއެވެ. ވަރިހަމަކޮށްގެން ނުތިބޭނެއެވެ. ގޮތް ނިންމާނީ ޖީލުތަކަށް ބުރައަކަށް ނުވާނެ ގޮތަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ދިވެހި ކުއްޖަކު އުފަންވި އިރު ހިތް ހަށިގަނޑުން ބޭރުގައި، މަރާ ހަނގުރާމަ ކުރަނީ!

ދިވެހި ކުއްޖަކު އުފަންވި އިރު ހިތް ހަށިގަނޑުން ބޭރުގައި، މަރާ ހަނގުރާމަ ކުރަނީ!

19 މެއި 2017
ހުސްނުވާ އާސަންދަ: އޯވަރހޯލް ކުރަންޖެހިފައިވާ ދަރަނިވެރި ނިޒާމެއް

ހުސްނުވާ އާސަންދަ: އޯވަރހޯލް ކުރަންޖެހިފައިވާ ދަރަނިވެރި ނިޒާމެއް

09 މެއި 2017
"ލޯބިވާ، މިހާރު ވަރަށް ކަންބޮޑުވެއްޖެ، ހެޔޮނުވާނެ ސަލާމަތުން ހުރިއްޔާ އަންގާލަ ދީބަލަ"

"ލޯބިވާ، މިހާރު ވަރަށް ކަންބޮޑުވެއްޖެ، ހެޔޮނުވާނެ ސަލާމަތުން ހުރިއްޔާ އަންގާލަ ދީބަލަ"

29 އެޕްރީލު 2017
އެންމެ ބޮޑު"ވީކްނެސް" އަކީ މިއަދު ކުރަންޖެހޭ ކަންތައްތައް މާދަމާއަށް ލަސްކުރުން: ޓެޑްރީ

އެންމެ ބޮޑު"ވީކްނެސް" އަކީ މިއަދު ކުރަންޖެހޭ ކަންތައްތައް މާދަމާއަށް ލަސްކުރުން: ޓެޑްރީ

12 އެޕްރީލު 2017
މައުމޫނަށް ރައްކާތެރިކަން ހޯދައިދިނުމަށް ޤާނޫނުހެދި ވެރިން މިއަދު މި ކުރަނީ ކޮންކަމެއް!

މައުމޫނަށް ރައްކާތެރިކަން ހޯދައިދިނުމަށް ޤާނޫނުހެދި ވެރިން މިއަދު މި ކުރަނީ ކޮންކަމެއް!

11 މާރިޗު 2017

އަހަރުތަކުން މިއަދު

7 ޖެނުއަރީ
އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ
20251 އަހަރު ކުރިން
ދުނިޔެ

އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި
20242 އަހަރު ކުރިން
ރިޕޯޓު

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ
20233 އަހަރު ކުރިން
ރާއްޖެ

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން
20224 އަހަރު ކުރިން
ރިޕޯޓު

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!
20197 އަހަރު ކުރިން
ރިޕޯޓު

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟
20188 އަހަރު ކުރިން
އިސްލާމް

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު