Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއދ - ރާއްޖެ

ރާއްޖެ އަކީ ކުޑަ ޤައުމެއް ކަމަށް ބުނެ ރައީސް ޔާމީންގެ އަނިޔާވެރިކަމުގެ ހުތުރު މޫނު ފޮރުވައެއް ނުލެވޭނެ: ޝާހިދު

ރައީސް ޔާމީންގެ އަނިޔާވެރިކަމުގެ ސިފަތައް ފޮރުވާ ނުލެވޭނެ، އެއަށްވުރެ ބޮޑަށް ރާއްޖޭގެ މޫނުމަތި ހަރާބުވެފައިވަނީ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 9 ޖޫން 2018 | ހޮނިހިރު 06:48
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު

ރާއްޖެއަކީ ކުޑަ ޤައުމެއް ކަމަށް ސިފަކޮށް އޭގެ ބިއްދޮށަށް ވަދެ، ރައީސް ޔާމީންގެ އަނިޔާވެރިކަމުގެ ހުތުރު މޫނު ފޮރުވައި ނުލެވޭނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމްގެ ސަރުކާރުގައި ހާރިޖީ ވަޒީރުކަން ކުރެއްވި އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ހުކުރު ދުވަހުގެ ރޭ ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ފޯނުން ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ ރާއްޖެއަކީ ކުޑަ ޤައުމެއް ކަމަށް ބުނެ، އޭގެ ބިއްދޮށަށް ވަދެ ކިތަންމެ ވަރަކަށް ފިއްލަވަން އުޅުއްވިޔަސް ރައީސް ޔާމީންގެ އަނިޔާވެރިކަމުގެ ސިފަތައް ފޮރުވާ ނުލެވޭނެ ކަމަށާއި އެއަށް ވުރެ ބޮޑަށް ރާއްޖޭގެ މޫނުމަތި ހަރާބުވެފައިވާ ކަމަށެވެ.

Advertisement - newsAdvertisement
"ރާއްޖެއަކީ ކުޑަ ޤައުމެއް ކަމަށް ބުނެ އޭގެ ބިއްދޮށަށް ވަދެ، ކިތަންމެ ވަރަކަށް ފިއްލަވަން އުޅުއްވިޔަސް ރައީސް ޔާމީންގެ އަނިޔާވެރިކަމުގެ ސިފަތައް، އެ ހުތުރު މޫނު ފޮރުއްވައި ނުލެއްވޭނެ. އެއަށް ވުރެ މާބޮޑަށް ރާއްޖޭގެ މޫނުމަތި މި ވަނީ ހަރާބު ކުރައްވާފައި އެހެންކަމުން އަޅުގަނޑުމެންނަކީ ކުޑަ ޤައުމެއް ކަމަށް ވިދާޅުވެ އެގޮތަށް އެ ވާހަކަތައް ދައްކަވާނެ ކަމެއް ނެތް" ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ 2008 ވަނަ އަހަރު ރާއްޖެއިން އދގެ ސަލާމަތީ މަޖިލީހުގެ ގޮޑިއަކަށް ކުރިމަތިލީ ވަރަށް އުންމީދީ ދުވަސް ވަރެއްގައި ކަމަށާއި އެއީ ރާއްޖޭގެ ތަސައްވަރު ބައިނައްލަޤްވާމީ މައިދާނުގައި އެތައް ގުނައަކަށް ރަނގަޅުވެގެން ރީތިވެގެން އައި ދުވަސްވަރުގައި، އިންސާނީ ހައްޤުތަކާއި ބެހޭގޮތުން ރާއްޖެ ބައިވެރިނުވެ ހުރި ވަރަށް ގިނަ މުއާހަދާތަކުގައި ރާއްޖެ ބައިވެރިވެ، ރާއްޖެއަކީ ބައިނަލަޤްވާމީ ދާއިރާގައި ހައްޤު ބަސް ބުނަން ކެރިގެން ތެދުވާ ޤައުމެއްގެ ގޮތުގައި ފެންނަމުންދިޔަ ދުވަސްވަރެއްގައި ކަމަށެވެ. އެހެންނަމަވެސް އޭގެ ދިހަ އަހަރު ފަހުން އދ.ގެ ސަލާމަތީ މަޖިލީހުގެ ގޮނޑިއަކަށް ރާއްޖެ ކުރިމަތިލައި، ވޯޓުގެ ނަތީޖާ އިން ފެނިގެން ދިޔައީ ރާއްޖޭގެ ތަސައްވަރު މިހާރު މިއޮތް އަނިޔާވެރި ސަރުކާރުގެ ސަބަބުން ބައިނައްލަޤްވާމީ މުޖުތަމައުގައި ކިލަބުވެގެން ގޮސް އޮތް މިންވަރު ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.

190 ޤައުމުގެ ތެރެއިން އެންމެ 46 ޤައުމުން ރާއްޖެއަށް އެ ވޯޓުދިންކަން ފާހަގަކުރައްވާ ޝާހިދު ވިދާޅުވީ އެއީ ހިތާމަކުރާ ކަމެއް ކަމަށާއި އަދި ވަރަށް ބޮޑަށް ލަދުވެތިވެވަޑައިގަންނަވާ ކަމެއް ކަމަށެވެ.

ވޯޓަށް އެހިއިރު ރާއްޖޭގެ ހާރިޖީ ވަޒީރު އެ މަޖިލީހުގައި ނެތްކަން ފާހަގަކުރައްވާ ޝާހިދު ވިދާޅުވީ ހާރިޖީ ވަޒީރު ހުންނަވަން ޖެހިވަޑައިގަންނަވާނެ ކަމަށާއި އެއީ ބައިނަލަޤްވާމީ އުސޫލު ކަމަށެވެ. ޝާހިދު ވިދާޅުވީ މިދިޔަ ހަތަރު އަހަރު ރާއްޖޭގެ ރައީސް ޔާމީން އދ އަށް ވަޑައިނުގަންނަވާ ކަމަށެވެ.

ފޮރިން މިނިސްޓްރީ ނެރުނު ބަޔާނާ ބެހޭގޮތުން ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ މި ދަނޑިވަޅުގައި އެގޮތަށް އެކަހަލަ ވާހަކަ ފަތުރަމުން ގެންދިޔުމަކީ ކުރެވޭނެ އެންމެ ގޯސް ކަންތައް ކަމަށާއި މި ދަނޑިވަޅުގައި ރަނގަޅުވާނީ ކެތްތެރިކަމާއެކު ރީތި އަދަބީ އުސޫލުތަކަށް މަސައްކަތް ކުރުން ކަމުގައެވެ.

ބައިނަލަޤްވާމީ މުޖުތަމައުގައި އަޅުގަނޑުމެން ކެރޭ ސާބިތު ބަޔަކަށް ވާނީ ބައިނަލަޤްވާމީ އުސޫލުތަކަށް ބޯލަބާ ބަޔަކަށްވެގެން ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
13 ޖެނުއަރީ 2017

ހުވަދޫ ކަނޑުން ސަބްރިންއެއް ފެނިގެން އުޅޭ ކަމަށް ބުނެ ފަތުރާ ޚަބަރަކީ ދޮގެއް: އެންއެންޑީއެފް

13 ޖެނުއަރީ 2017
ހުވަދޫ ކަނޑުން ސަބްރިންއެއް ފެނިގެން އުޅޭ ކަމަށް ބުނެ ފަތުރާ ޚަބަރަކީ ދޮގެއް: އެންއެންޑީއެފް
11 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!

11 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!
11 ޖެނުއަރީ 2017

ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި

11 ޖެނުއަރީ 2017
ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި
10 ޖެނުއަރީ 2017

ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!

10 ޖެނުއަރީ 2017
  ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު