އެސްޓީއޯ އިން ޑީސަލްގެ އަގު ބޮޑުކޮށްފި އެވެ.
އެސްޓީއޯ އިން ހާމަކޮށްފައިވާ ގޮތުގައި ޑީސަލް ލީޓަރެއްގެ އަގު ބާޒާރުގައި މިހާރު ލިބެން ހުންނާނީ 11.23ރ. އަށެވެ.
ބުރާސްފަތި ދުވަހުން ފެށިގެން އަގަށް ބަދަލު ގެނެސްފައިވާ އިރު، ޑީސަލްގެ އަގު 10 ލާރި ވަނީ މިފަހަރު ބޮޑު ކޮށްފަ އެވެ.
އެންމެ ފަހުން ޑީސަލް ލިބެން ހުރީ ލީޓަރެއް 11.13ރ. އަށެވެ. އެންމެ ފަހުން ޑީސަލްގެ އަގަށް ބަލަދެއް ގެނެސްފައިވަނީ މިދިޔަ މެއި މަހު އެވެ.
މިދިޔަ ޖެނުއަރީ މަހު ޑީސަލްގެ އަގު ހުރީ 10.41ރ. އަށެވެ. އޭގެ ފަހުން މާރޗު މަހު އަގު ވަނީ ހެޔޮކޮށްފަ އެވެ. އެގޮތުން ޑީސަލް ލީޓަރެއްގެ އަގު 10.21ރ. އަށް ބަދަލު ކުރެވުނެވެ.
މިއީ މިއަހަރުގެ ތެރޭގައި ތެލުގެ އަގަށް އެސްޓީއޯ އިން ބަދަލު ގެންނެސްފައިވާ ފަސް ވަނަ ފަހަރެވެ. ތެލުގެ އަގަށް ބަދަލު ގެންނަނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އަންނަ ބަދަލާ ގުޅިގެން ކަމަށް އެސްޓީއޯ އިން ބުނެ އެވެ.