ކ. މާލެ
|
6 ޖޫން 2018 | ބުދަ 14:15
އަދާލަތު ޕާޓީގެ ޕްރެސް ކޮންފަރެންސް
އަދާލަތު ޕާޓީގެ ޕްރެސް ކޮންފަރެންސް
ރާއްޖެއެމްވީ
އަދާލަތު ޕާޓީ
ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން އަދާލަތު ޕާޓީން މަޝްވަރާކޮށްފި
މަޝްވަރާކުރީ އިންތިހާބުގައި ކެންޑިޑޭޓެއް ނެރުމާ ގުޅޭ ގޮތުން
މި ބައްދަލުވުން ކުރިއަށްދިޔައީ ސިއްރު ބައްދަލުވުމެއްގެ ގޮތުގައި

އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުގެ މެންބަރުންގެ ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން މަޝްވަރާކޮށްފިއެވެ.

މަޝްވަރާ މަޖިލީހުގެ ބައްދަލުވުމާ ގުޅޭ ގޮތުން އަދާލަތު ޕާޓީގެ ނާއިބު ރައީސް އަލީ ޒާހިރު ވިދާޅުވީ، ބައްދަލުވުމަކީ ސިއްރު ބައްދަލުވުމެއް ކަމަށާއި އެހެން ކަމުން މަޝްވަރާ ކުރެވުނު ކަންތައްތައް ހާމަކުރެވެން ނެތް ކަމަށެވެ.

އެހެން ނަމަވެސް އެނގިފައިވާ ގޮތުގައި އަންނަ ރިޔާސީ އިންތިހާބުގައި ގުޅިފައިވަ ސިޔާސީ ޕާޓީތަކުން އެއް ކެންޑިޑޭޓެއް ނެރުމާ ގުޅޭ ގޮތުން  މަޝްވަރާ ކޮށްފައިވެއެވެ. އަދި މިކަމާ ގުޅިގެން މަޝްވަރާ މަޖިލީހުގެ ކަންބޮޑުވުންތައް ވަނީ ހާމަކޮށްފައެވެ. އެގޮތުން އެއް ކެނޑިޑޭޓެއް ނެރުމުގައި އަދިވެސް ގޮތެއް ނުނިންމި ދިގުލައިގެން ދިއުމާ ގުޅޭ ގޮތުން މެންބަރުން މަޝްވަރާ ކުރިއެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކާ އެކު އަދާލަތު ޕާޓީން މަސައްކަތް ކުރަމުން އަންނަ އިރު، ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އެއް ކެނޑިޑޭޓަކު ނުނެރުވިއްޖެ ހާލަތެއްގައި އަދާލަތު ޕާޓީން ވެސް ކެނޑިޑޭޓެއް ނެރޭނެ ކަމަށް މީގެ ކުރިން ވަނީ ބުނެފައެވެ. އެހެން ނަމަވެސް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އެއް ކެނޑިޑޭޓެއް ނެރޭ ނަމަ އެޕާޓީން އެ ކެނޑިޑޭޓަކައް ތާއިދު ކުރާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

 އަދާލަތު ޕާޓީން ވަނީ އިދިކޮޅު ސިޔާސީ ޕާޓީތަކުން އުފައްދާ އެއްބައިވަންތަކަމުގެ ސަރުކާރުގެ މެނިފެސްޓޯގައި ހިމަނަން ފެންނަ ހަތް ކަމެއް ހުށަހަޅާފައެވެ.

ގުޅިފައިވާ ޕާޓީތަކުގެ މެނިފެސްޓޯގައި ހިމެނުމަށް އަދާލަތުން ހުށަހަޅާފައިވާ ހަތް ހުށަހެޅުމުގައި ހިމެނެނީ އިސްލާމް ދީން ފިޔަވައި އެހެން ދީނަކަށް ފުރުސަތު ނުދިނުމަށާއި، އަދުލު އިންސާފު ގާއިމު ކުރުމަށާއި، ގައުމީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށާއި، ރައްޔިތުން ބާރުވެރި ކުރުވުމަށާއި ކޮރަޕްޝަން ހުއްޓުވައި އިގްތިސާދީ ގޮތުން ފުއްދުންތެރިކަން އިތުރު ކުރުމަށާއި، ހާރިޖީ ދާއިރާގައި ރައްޔިތުންގެ އެންމެ މަތީ މަސްލަހަތު ހިމާޔަތް ކުރުމެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
6 ޖޫން 2018 | ބުދަ 09:48
އަޑު
ގުޅިފައިވާ ޕާޓީ ތަކުން ނެރެވޭތޯ ބަލަންވީ މުޙައްމަދި ދީދީ ޝޭޚު
6 ޖޫން 2018 | ބުދަ 09:00
އެމްޑީޕީ.
އެއީ ގުޅުން ކެނޑިފައިވާ ސިޔާސީ ޕާޓީތައް. މިހާރު ގުޅިފައިވާ ސިޔާސީ ޕާޓީއޭ ބުނެވޭކަށް ނެތް ޝުކުރިއްޔާ