Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ތޮއްޑޫ ކަރާ ދަނޑުތައް

ތޮއްޑޫއިން މާލެއަށް ކަރާ އެތެރެކުރާ މިންވަރު ވަރަށް ބޮޑުތަން ދަށްވެއްޖެ

ރަމަޟާން މަހުގެ 15ގެ ފަހުން ކަރާ ގެންނަ މިންވަރު މަދު، މިހާރު އެއަދަދު ދެގުނަ ދަށްވެއްޖެ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 4 ޖޫން 2018 | ހޯމަ 05:48
ތޮއްޑޫ ކަރާ ދަނޑުތައް--

ތޮއްޑޫ ކަރާ ދަނޑުތައް--

އއ. ތޮއްޑޫ އިން ކަރާ މާލެއަށް އެތެރެކުރާ މިންވަރު އިންތިހާއަށް ދަށްވެއްޖެ ކަމަށް ވިޔަފާރިން ބުނެފިއެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތު ދިން ބައެއް ވިޔަފާރިވެރިން ބުނީ ކޮންމެ ދުވަހަކު ވެސް ގާތްގަނޑަކަށް 25 ޓަނު ކަރާ ތޮއްޑޫން ގެންނަ ކަމަށެވެ. ރަމަޟާން މަހުގެ 15ގެ ފަހުން ކަރާ ގެންނަ މިންވަރު މަދު ކަމަށާއި، މިހާރު އެއަދަދު ދެގުނަ ދަށް ވެފައިވާ ކަމަށް އެމީހުން ބުންޏެވެ.

ތޮއްޑޫއިން ކަރާ ގެންނަ މިންވަރު މަދުވި ނަމަވެސް ކަރާ ކިލޯއެއް އަގު 30ރ. އާއި 35ރ. އާ ދެމެދު ހިފެހެއްޓިފައިވާ ކަމަށާއި، ކަރަލުގެ އަގު ބޮޑު ނުވާނެ ކަމަށް ވެސް ވިޔަފާރިވެރިން ބުންޏެވެ.

ތޮއްޑޫއިން ކަރާ ގެންނަ މިންވަރު މަދުވުމާއި ގުޅިގެން ރާއްޖެއެމްވީން ކުރި ސުވާލަކަށް ތޮއްޑޫ ކައުންސިލްގެ ނައިބު ރައީސް ހަސަން އަބްދުﷲ ވިދާޅުވީ ރަމަޟާން މަހާ ދިމާކޮށް ހެއްދި ހުރިހާ ދަނޑުތަކެއް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން ވަރަށް ބޮޑަށް ހަލާކުވެފައިވާ ކަމަށެވެ. ރަމަޟާން މަސް ނިމެންދެން ވެސް ކަރާ މާލެ އެތެރެ ކުރެވޭނެ ކަމާ މެދު ސުވާލު އުފެދޭ ކަމަށް ހަސަން ވިދާޅުވި އެވެ.

ހަސަން ވިދާޅުވީ ވިއްސާރާގެ އިތުރަށް ކަރާ ދަނޑުތަކުގައި އަޅާ ފަނިތަކުގެ ސަބަބުން ވެސް ގިނަ އަދަދެއްގެ ކަރާ ހަލާކުވެފައިވާ ކަމަށެވެ. ރަމަޟާން މަހާ ދިމާކޮށް ހައްދާ ދަނޑުތަކުގައި އަޅާ މިފަނިތައް އުފެދޭ ސަބަބު އަދި އެނގިފައެއް ނުވެއެވެ. މިފަނީގެ ސަބަބުން މިދިޔަ އަހަރު ވެސް ގިނަ އަދަދެއްގެ ކަރާ ދަނޑުތައް ހަލާކުވެ ދަނޑުވެރިންނަށް ވަނީ ގެއްލުމާއި ކުރިމަތިލާން ޖެހިފައެވެ.

ތޮއްޑޫއަކީ ދަނޑުވެރި ކަމަށް ޚާއްސަ ރަށަކަށްވާއިރު ކިއުކަމްބަރ، ފަޅޯ، އަދި ފަތްޕިލާވެލީގެ ގިނަ ބާވަތްތައް ރަމަޟާން މަހަށް ޚާއްސަކޮށް އެރަށުގައި ހައްދައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރާއްޖެއިން އެކްސްޕޯޓްކުރި މިންވަރު 99 ޕަސެންޓް އިތުރުވެއްޖެ

ރާއްޖެއިން އެކްސްޕޯޓްކުރި މިންވަރު 99 ޕަސެންޓް އިތުރުވެއްޖެ

19 ޑިސެމްބަރު 2017
ރާއްޖެ އާއި ޔޫއޭއީގެ ވިޔަފާރީގެ މުއާމަލާތްތަކުގެ މިންވަރު 129.2 މިލިއަން ރުފިޔާއަށް އަރައިފި

ރާއްޖެ އާއި ޔޫއޭއީގެ ވިޔަފާރީގެ މުއާމަލާތްތަކުގެ މިންވަރު 129.2 މިލިއަން ރުފިޔާއަށް އަރައިފި

08 ނޮވެމްބަރު 2017
 އިމްޕޯޓު 7 އިންސައްތަ އިތުރުވެ، އެކްސްޕޯޓު ކުރި މިންވަރު 118 އިންސައްތަ އިތުރުވެއްޖެ

އިމްޕޯޓު 7 އިންސައްތަ އިތުރުވެ، އެކްސްޕޯޓު ކުރި މިންވަރު 118 އިންސައްތަ އިތުރުވެއްޖެ

10 ޖުލައި 2017
ކަރާ ކިލޯއެއްގެ އަގު 80ރ. އަށް އަރައިފި

ކަރާ ކިލޯއެއްގެ އަގު 80ރ. އަށް އަރައިފި

24 ޖޫން 2017
މާރުކޭޓުގައި މެލަން ތިޔާގި، ކަރާ ލިބެން ހުރީ ވަރަށް މަދުން!

މާރުކޭޓުގައި މެލަން ތިޔާގި، ކަރާ ލިބެން ހުރީ ވަރަށް މަދުން!

21 ޖޫން 2017

އަހަރުތަކުން މިއަދު

25 މެއި
އެންމެ ފަހުން އެޗްއާރުސީއެމް ވެސް ގާނޫނާ ޚިލާފުވެއްޖެ ކަމަށް ކަނޑައަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

އެންމެ ފަހުން އެޗްއާރުސީއެމް ވެސް ގާނޫނާ ޚިލާފުވެއްޖެ ކަމަށް ކަނޑައަޅައިފި

ސަރުކާރު އުޅެނީ، ޕާން ފޮތި ބޭނުންވެގެން ހިޔަޅު އުޅުނުހެން!
20242 އަހަރު ކުރިން
ރިޕޯޓު

ސަރުކާރު އުޅެނީ، ޕާން ފޮތި ބޭނުންވެގެން ހިޔަޅު އުޅުނުހެން!

ދަސްވެނީންގެ ހަފްލާގައި ޝަރަފުވެރި މެހެމާނުގެ އިތުރުން ރައީސް ބަލަދުވެރިޔަކަށް
20233 އަހަރު ކުރިން
ރާއްޖެ

ދަސްވެނީންގެ ހަފްލާގައި ޝަރަފުވެރި މެހެމާނުގެ އިތުރުން ރައީސް ބަލަދުވެރިޔަކަށް

ޖޯޑަންގެ މި އަންހެން މީހާ ވަޔަރުތައް ބަދަލުކޮށްލަނީ ރީތީ ޓްރޭތަކަށް
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ޖޯޑަންގެ މި އަންހެން މީހާ ވަޔަރުތައް ބަދަލުކޮށްލަނީ ރީތީ ޓްރޭތަކަށް

17 މުވައްޒަފުންނާއެކު ރާއްޖެޓީވީ އަނެއްކާވެސް ލޮކްޑައުންއަކަށް!
20215 އަހަރު ކުރިން
ރާއްޖެ

17 މުވައްޒަފުންނާއެކު ރާއްޖެޓީވީ އަނެއްކާވެސް ލޮކްޑައުންއަކަށް!

މުލައްދަނޑިން އިންސާފު ހޯދުން: ބޮޑު ގޯހެއްގެ ފެށުން!
20197 އަހަރު ކުރިން
ރިޕޯޓު

މުލައްދަނޑިން އިންސާފު ހޯދުން: ބޮޑު ގޯހެއްގެ ފެށުން!

ޗިކަން ޝަވަރުމާ
20188 އަހަރު ކުރިން
ލައިފް ސްޓައިލް

ޗިކަން ޝަވަރުމާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު