Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއޮޑިޓް ރިޕޯޓު

އެއްބަސްވުމެއްނެތި ކާޑެއްދޫ އެއަރޕޯޓަށް މިލިއަނަކަށްވުރެ ގިނަ ރުފިޔާގެ ތެޔޮ ގަނެފައިވާކަން ހާމަވެއްޖެ

3 ޖޫން 2018 | އާދީއްތަ 06:23

އެޕްރޮޖެކްޓެއް ހަވާލުކުރާނެ ފަރާތެއް ހޯދުމަށް ޢާންމުކޮށް އިޢުލާން ކޮށްފައެއް ނުވޭ

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 3 ޖޫން 2018 | އާދީއްތަ 06:23
އެއަރޕޯޓް: ތެޔޮ ގަތުމަށް އިއުލާން ކޮށްފައެއް ނެތް

އެއަރޕޯޓް: ތެޔޮ ގަތުމަށް އިއުލާން ކޮށްފައެއް ނެތް

އިއުލާން ކުރުމެއް އަދި އެއްބަސްވުމެއް ނެތި ގދ ކާޑެއްދޫ އެއަރޕޯޓަށް މިލިއަނަކަށް ވުރެ ގިނަ ރުފިޔާގެ ތެޔޮ ގަނެފައިވާކަން ހާމަވެއްޖެއެވެ.

އެކަން ހާމަވެފައިވަނީ ޓޫރިޒަމް މިނިސްޓްރީގެ މިދިޔަ އަހަރުގެ މާލީ އޮޑިޓް ރިޕޯޓުންނެވެ.

Advertisement - newsAdvertisement

އޮޑިޓަރ ޖެނެރަލް ހަސަން ޒިޔާތު ސޮއި ކުރައްވާ ނެރުއްވާފައިވާ އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ ތަކެތި ގަތުމާއި މަސައްކަތްތައް ކުރުވުމާއި ޚިދުމަތްތައް ހޯދުމުގައި ޕްރޮޖެޗްޓްތަކުގެ އަގު 35000 (ތިރީސް ފަސް ހާސް) ރުފިޔާއަށް ވުރެ ބޮޑުވާނަމަ، އެޕްރޮޖެކްޓެއް ހަވާލުކުރާނެ ފަރާތެއް ހޯދުމަށް ޢާންމުކޮށް އިޢުލާން ކުރަންވާނެ ކަމަށް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު (2017/R-20) ގެ 10.31 ގެ (ހ) ބަޔާންކޮށްފައިވީ ނަމަވެސް، ރީޖަނަލް އެއަރޕޯޓްސްގެ ދަށުން ހިންގާ ކާޑެއްދޫ އެއަރޕޯޓަށް ތެޔޮ ގަތުމުގައި ޢާއްމުކޮށް އިއުލާން ކޮށްފައި ނުވާ ކަމަށެވެ.

އޮޑިޓް ރިޕޯޓުގައި ބުނެފައިވާ ގޮތުގައި އިއުލާން ކުރުމަކާއި ނުލައި އެކިފަހަރު މަތިން ގަނެފައިވާ ތެލަށް 2017 ވަނަ އަހަރު ޖުމްލަ 1137939 (އެއް މިލިއަން އެއް ސަތޭކަ ތިރީސް ހަތް ހާސް ނުވަ ސަތޭކަ ތިރީސް ނުވައެއް) ރުފިޔާ ދައުލަތުގެ ބަޖެޓުން ޚަރަދު ކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން ދައުލަތުގެ މަސައްކަތެއް ކުރުމަށް ނުވަތަ ޚިދުމަތެއް ހޯދުމަށް އެއްވެސް ފަރާތަކާ ހަވާލު ކުރަންވާނީ، އެމަސައްކަތެއް ކުރުވުމާ ބެހޭގޮތުން ނުވަތަ އެ ޚިދުމަތެއް ހޯދުމާ ބެހޭގޮތުން ވެވޭ އެއްބަސްވުމެއްގައި ދެފަރާތުން ސޮއިކުރުމަށްފަހުގައި ކަމަށް ދައުލަތުގެ މާލިއްޔަތުގެ ޤަވާއިދުގެ 10.52 ގެ (ޅ) ގައި ބަޔާންކޮށްފައި ވީނަމަވެސް ކާޑެއްދޫ އެއަރޕޯޓްއަށް ތެޔޮ ގަންނަ ފަރާތާއެކު އެފަދަ އެއްބަސްވުމެއް ތައްޔާރުކޮށްފައި ނެތްކަމަށް ވެސް އޮޑިޓް ރިޕޯޓުގައި ވަނީ ބުނެފައެވެ.

މިކަމާ ބެހޭގޮތުން އަޅަންވީ ފިޔަވަޅުތަކުގެތެރޭގައި ބުނެފައި ވަނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 10.58 ވަނަ މާއްދާގައި ބަޔާންކޮށްފައިވާގޮތަށް ހޯދަން ބޭނުންވާ ޚިދުމަތް ނުވަތަ ގަންނަން ބޭނުންވާ ތަކެތި ހޯދާއިރު ޚިދުމަތް ހޯދުމަށް ހުއްދަދޭ ފޮތް ނުވަތަ ފޯމު ފުރިހަމަކޮށް އެކަމަށް ވެރިއަކު ހުއްދަ ދިނުމުން މެނުވީ ޕްރޮކިއުމެންޓް މަސައްކަތް ކުރިއަށް ނުގެންދިއުމަށެވެ. އަދި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު (2017/R-20) ގެ 10.31 ގެ (ހ) ގައި ބާޔާންކޮށްފައިވާ ގޮތަށް، ތަކެތި ގަތުމާއި މަސައްކަތްތައް ކުރުވުމާއި ޚިދުމަތްތައް ހޯދުމުގެ ޕްރޮޖެކްޓްތަކުގެ އަގު 35000 ރުފިޔާއަށްވުރެ ބޮޑުވާނަމަ އެޕްރޮޖެކްޓެއް ޙަވާލުކުރާނެ ފަރާތެއް ހޯދުމަށް ޢާއްމުކޮށް އިއުލާން ކުރުމަށް ދަންނަވާ ކަމަށެވެ. މީގެ އިތުރުން ދައުލަތުގެ މަސައްކަތެއް ކުރުމަށް ނުވަތަ ޚިދުމަތެއް ހޯދުމަށް އެއްވެސް ފަރާތަކާ ޙަވާލުކުރާނަމަ، ދައުލަތުގެ މާލިއްޔަތުގެ ޤަވާއިދުގެ 10.52 ގެ (ޅ) ގައި ބަޔާންކޮށްފައިވާ ގޮތަށް އެމަސައްކަތެއް ކުރުވުމާ ބެހޭގޮތުން ނުވަތަ އެޚިދުމަތެއް ހޯދުމާބެހޭ ގޮތުން ދެފަރާތުން އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ލަފާ ދީފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

ހަތަރު ރަށެއްގެ ނަރުދަމާ ޑިޒައިން ކުރުމަށް ދެ މިލިއަނަށްވުރެ ގިނަ ރުފިޔާއަށް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފި

05 ފެބުރުއަރީ 2017
ހަތަރު ރަށެއްގެ ނަރުދަމާ ޑިޒައިން ކުރުމަށް ދެ މިލިއަނަށްވުރެ ގިނަ ރުފިޔާއަށް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފި
01 ފެބުރުއަރީ 2017

އައިޖީއެމްއެޗަށް ލިބެން ޖެހޭ 360 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބައޮތް: އޮޑިޓަރ ޖެނެރަލް

01 ފެބުރުއަރީ 2017
އައިޖީއެމްއެޗަށް ލިބެން ޖެހޭ 360 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބައޮތް: އޮޑިޓަރ ޖެނެރަލް
01 ފެބުރުއަރީ 2017

ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ

01 ފެބުރުއަރީ 2017
ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ
01 ފެބުރުއަރީ 2017

ވިލާ ކުންފުނީގެ އަތުން ކާޑެއްދޫ އެއާޕޯޓް ނެގުން ފަސްކުރުމުށް ކޯޓުން އަމުރުކޮށްފި

01 ފެބުރުއަރީ 2017
ވިލާ ކުންފުނީގެ އަތުން ކާޑެއްދޫ އެއާޕޯޓް ނެގުން ފަސްކުރުމުށް ކޯޓުން އަމުރުކޮށްފި
01 ފެބުރުއަރީ 2017

މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ

01 ފެބުރުއަރީ 2017
މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ
31 ޖެނުއަރީ 2017

މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި

31 ޖެނުއަރީ 2017
މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި
30 ޖެނުއަރީ 2017

2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ

30 ޖެނުއަރީ 2017
2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ
26 ޖެނުއަރީ 2017

މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި

26 ޖެނުއަރީ 2017
މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި
15 ޖެނުއަރީ 2017

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް