Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޕެޕް ގާޑިއޯލާ

ގާޑިއޯލާ ވެސް ގައުމީ ޓީމެއްގެ ކޯޗުގެ މަގާމަށް ދަނީ!

އޭނާ ފެނުން އެންމެ އެކަށީގެންވަނީ ސްޕެއިންގެ ގައުމީ ޓީމުގެ ކޯޗުގެ މަގާމުން

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް, ރާއްޖެ އެމްވީ | 3 ޖޫން 2018 | އާދީއްތަ 03:36
ޕެޕް ގާޑިއޯލާ

ޕެޕް ގާޑިއޯލާ

މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ގައުމީ ޓީމެއްގެ ކޯޗުގެ މަގާމު އަދާކުރަން ބޭނުންވާ ކަމަށް ބުނެފިއެވެ.

އުމުރުން 47 އަހަރުގެ ގާޑިއޯލާއަކީ ކްލަބް ފެންވަރުގައި އެންމެ ކާމިޔާބު ކޯޗުންގެ ތެރޭގައި ގުނާލެވޭ ކޯޗެކެވެ. މިދިޔަ ސީޒަނުގައި ވެސް އޭނާ ވަނީ އެތަކެއް ރެކޯޑްތަކެއް މުގުރާލުމަށްފަހު މެންޗެސްޓާ ސިޓީއަށް އަލުން އަނބުރާ އިނގިރޭސި ޕްރިމިއާ ލީގުގެ ތާޖު ހޯދައިދީފައެވެ. ސިޓީގެ އިތުރުން އޭނާ ވަނީ ޖަރުމަނުގެ ބަޔާން މިއުނިކާއި ސްޕެއިންގެ ބާސެލޯނާގައި ކާމިޔާބު ސީޒަންތަކެއް ހޭދަކޮށްފައެވެ. ގާޑިއޯލާގެ ވިދުން ގަދަވެގެންދިޔައީ ބާސާއާއެކު އޭނާ ހޯދި ބޮޑު ކާމިޔާބުތަކުގެ ސަބަބުންނެވެ. ސިޓީއިން އުއްމީދުކުރަމުން ދަނީ އޭނާގެ ތަޖުރިބާގެ އަލީގައި އެޓީމަށް ވެސް ގިނަ ކާމިޔާބުތަކެއް ލިބިގެންދާނެ ކަމަށެވެ.

ބެލްޖިއަމްއަށް ކުރި ދަތުރެއްގައި އެ ގައުމުގެ ނޫހަކަށް ދިން އިންޓަވިއުއްގައި ގާޑިއޯލާ ބުނީ ކޮންމެ ކާމިޔާބު ކޯޗެއް ވެސް ގައުމީ ޓީމެއްގެ ކޯޗުގެ މަގާމާއި ހަވާލުވާން ބޭނުންވާ ކަމަށެވެ. އޭނާ ބުނީ އަނެއްކާ ވެސް ވޯލްޑް ކަޕެއް ނުވަތަ ޔޫރޯ ފުޓްބޯޅަ މުބާރާތެއްގައި ކުޅެން ބޭނުންވާ ކަމަށާއި އެހެން ނަމަވެސް މިވަގުތު ހުންނަން ބޭނުންވަނީ ސިޓީގައި ކަމަށެވެ. އޭނާ ބުނީ މުސްތަގުބަލުގައި އެފަދަ ހުށަހެޅުމެއް އައިސްފިނަމަ އެކަމާމެދު ވިސްނާނެ ކަމަށެވެ.

ގާޑިއޯލާ ވަނީ ކުޅުންތެރިޔެއްގެ ގޮތުގައި 1994 ވަނަ އަހަރުގައި ސްޕެއިންގެ ގައުމީ ޓީމަށް ކުޅެފައެވެ. އަނިޔާގެ ސަބަބުން އެފަހަރުގެ ވޯލްޑް ކަޕްގައި އޭނާއަށް ކުޅެވުނީ އެންމެ މެޗަކަށްވާއިރު އޭނާ ވަނީ 2000 ވަނަ އަހަރުގެ ޔޫރޯގެ ކުއާޓާއިން ސްޕެއިން ޖާގަ ހޯދިއިރު އެ ޓީމަށް ކުޅެފައެވެ.

މީގެކުރިން ގައުމީ ޓީމުގެ ކޯޗެއްގެ މަގާމައި ގުޅޭގޮތުން ގާޑިއޯލާ ބުނެފައިވާ ބަސްތަކުން ހާމަވާގޮތުގައި އޭނާ ފެނުން އެންމެ އެކަށީގެންވަނީ ސްޕެއިންގެ ގައުމީ ޓީމުގެ ކޯޗުގެ މަގާމުންނެވެ. އޭނާ ބުނީ އަބަދުވެސް ގަބޫލުކުރަނީ އިނގިރޭސި ޓީމަށް ކޯޗުކަން ކޮށްދޭން ޖެހޭނީ އިނގިރޭސި ރައްޔިތެއް ކަމަށާއި ހަމައެގޮތަށް ބްރެޒިލްގެ ގައުމީ ޓީމަށް ވެސް ކޯޗުކަން ކޮށްދޭން ޖެހޭނީ ބްރެޒިލްގެ ރައްޔިތެއް ކަމަށެވެ.

ގާޑިއޯލާ ވަނީ ބެލްޖިއަމްގެ ގައުމީ ޓީމުގެ ކޯޗުގެ މަގާމައި ހަވާލުނުވާނެ ކަމަށް މި އިންޓިވުގައި ބުނެފައެވެ. މިވަގުތު ބެލްޖިއަމްގެ ކޯޗަކަށް ހުރީ ރޮބާޓޯ މާޓިނޭޒްއެވެ. ބެލްޖިއަމްގެ ގައުމީ ޓީމާއި ގުޅޭގޮތުން ވާހަކަ ދައްކަމުން ގާޑިއޯލާ ބުނީ މިއީ އަނެއްކާ ވެސް ތަފާތު ކުޅުންތެރިން ބެލްޖިއަމްގެ ޓީމުން ފެންނާނެ ފަހަރެއް ކަމަށާއި ހުރިހާ ޑިޕާޓްމެންޓެއްގައި ވެސް ތިބީ މޮޅު ކުޅުންތެރިން ކަމަށެވެ. އޭނާ ބުނީ އަބަދުވެސް ފުރަތަމަ މެޗަކީ އެންމެ މުހިންމު މެޗު ކަމަށާއި ފުރަތަމަ މެޗަށް ނުކުންނަން ޖެހޭނީ ވަރަށް އިތުބާރާއެކު ކަމަށެވެ.

ސްޕެއިންގެ ގައުމީ ޓީމާއި ހަވާލުވުމުގެ ޝައުގުވެރިކަން ހުންނަ ކަމަށް ގާޑިއޯލާ ވަނީ މީގެކުރިން ވެސް ބުނެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

20 ޖެނުއަރީ 2017
މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި

މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި

20 ޖެނުއަރީ 2017
ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި

ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި

15 ޖެނުއަރީ 2017
ގައުމީ ޓީމަށް އިންޑޮނޭޝިޔާގެ ކޯޗެއް ގެންނަނީ

ގައުމީ ޓީމަށް އިންޑޮނޭޝިޔާގެ ކޯޗެއް ގެންނަނީ

10 ޖެނުއަރީ 2017
ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި

ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި

10 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

7 އެޕްރީލު
ފައިސަލްގެ ގެކޮޅަށް ރެއިޑްކުރަން އުޅުނުކަމަށް ދެކެވޭ ވާހަކަ ފުލުހުން ދޮގުކޮށްފި، ފައިސަލްގެ ކޮމެންޓެއް އަދި ނެތް
20251 އަހަރު ކުރިން
ރާއްޖެ

ފައިސަލްގެ ގެކޮޅަށް ރެއިޑްކުރަން އުޅުނުކަމަށް ދެކެވޭ ވާހަކަ ފުލުހުން ދޮގުކޮށްފި، ފައިސަލްގެ ކޮމެންޓެއް އަދި ނެތް

ސިމްޑީ ރަމަޟާން ޕްރޮމޯޝަންގެ ހަތަރުވަނަ ހަފުތާގެ ނަސީބުވެރިން ހޮވައިފި
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސިމްޑީ ރަމަޟާން ޕްރޮމޯޝަންގެ ހަތަރުވަނަ ހަފުތާގެ ނަސީބުވެރިން ހޮވައިފި

ނައީމާއްތަގެ މަރު: ފުލުހުން ދޮރު ވައްޓާލިއިރުވެސް ކޮޓަރި ތެރެއިން ކުނި ވަސް ދުވާ!
20233 އަހަރު ކުރިން
ރިޕޯޓު

ނައީމާއްތަގެ މަރު: ފުލުހުން ދޮރު ވައްޓާލިއިރުވެސް ކޮޓަރި ތެރެއިން ކުނި ވަސް ދުވާ!

އިންސާނުންގެ ހަށިގަނޑުން މައިކްރޯޕްލާސްޓިކް ފެނުން: ބޮޑު ނުރައްކަލެއްގެ ރަނގަބީލެއް
20224 އަހަރު ކުރިން
ރިޕޯޓު

އިންސާނުންގެ ހަށިގަނޑުން މައިކްރޯޕްލާސްޓިކް ފެނުން: ބޮޑު ނުރައްކަލެއްގެ ރަނގަބީލެއް

ވޯޓު ބާތިލްވާގޮތާއި ސައްހަވާގޮތް އަދި ކަރުދާސް ބާތިލްވާގޮތް މިއޮތީ
20215 އަހަރު ކުރިން
ރިޕޯޓު

ވޯޓު ބާތިލްވާގޮތާއި ސައްހަވާގޮތް އަދި ކަރުދާސް ބާތިލްވާގޮތް މިއޮތީ

އަލުން ގުނަނީ މާވަށު ދާއިރާގެ ތިން ވޯޓު ފޮށްޓެއް
20197 އަހަރު ކުރިން
ރާއްޖެ

އަލުން ގުނަނީ މާވަށު ދާއިރާގެ ތިން ވޯޓު ފޮށްޓެއް

އެއް ދުވަހުން ރެކޯޑު އަދަދަކަށް މަސް ބާނައިފި، އިއްޔެ އެކަނި ވެސް 700 ޓަނު!
20188 އަހަރު ކުރިން
ރާއްޖެ

އެއް ދުވަހުން ރެކޯޑު އަދަދަކަށް މަސް ބާނައިފި، އިއްޔެ އެކަނި ވެސް 700 ޓަނު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު