Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - lifeStyleAdvertisement
ލައިފް ސްޓައިލްބޮލީވުޑް

ވީރޭ ދި ވެޑިން ރިލީޒް ކުރުން މިއަދު!

1 ޖޫން 2018 | ހުކުރު 14:46

ހާއްސަ ސްކްރީނިންއެއް ބޮލީވުޑްގެ ތަރިންނަށްވަނީ ބާއްވާފަ

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 1 ޖޫން 2018 | ހުކުރު 14:46
ވީރޭ ދި ވެޑިން ގެ ލީޑްރޯލުން ފެނިގެންދާ ތަރިން

ވީރޭ ދި ވެޑިން ގެ ލީޑްރޯލުން ފެނިގެންދާ ތަރިން

ލީޑް ރޯލުން ބަތަލާ ކަރީނާ ކަޕޫރާއި ސޯނަމް ކަޕޫރާއި ސްވަރާ ބާސްކަރް އަދި ޝިކާ ޓަލްސާނިއާ ފެނިގެންދާ "ވީރޭ ދި ވެޑިން" ހުކުރު ދުވަހު ރިލީޒް ކުރާނެއެވެ.

ޒަމާނީ ހަތަރު އެކުވެރިއެއްގެ ގާތްގުޅުން ފެނިގެންދާ މި ފިލްމު އިންޑިއާގެ އިތުރުން ދުނިޔޭގެ ބައެއް އެހެނިހެން ގައުމުތަކުގައި ވެސް ހުކުރު ދުވަހު ދައްކަން ފަށާނެކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ޝަޝަންކް ގޯޝް ޑައިރެކްޓްކޮށްފައިވާ މި ފިލްމުގައި ދައްކުވައިދެނީ ކަރީނާގެ ކައިވެންޏަށް ހާޒިރުވާ އަންހެނުންތަކެއްގެ ވާހަކައެވެ. އެތަނުގައި މި އަންހެނުންނަށް ދިމާވާ މައްސަލަތަކަކާ ގުޅިގެން އެމީހުންގެ މެދުގައި ބޮޑެތި ކަންތައްގަނޑެއް ހިނގައެވެ. އެއީ ކަރީނާގެ އެންމެ ގާތް އެކުވެރިންނެވެ.

"ވީރޭ ދި ވެޑިން" އަކީ ކަރީނާ ބަލިވެއިނުމުގެ ކުރިން ފަށަން ހަމަޖެހިފައި އޮތް ފިލްމެކެވެ. އެ ފިލްމު ފަސްކުރީ ފިލްމުގެ ސްކްރިޕްޓް ތައްޔާރުވެ ފައިސާ ހަމަޖެހި ޝޫޓްކުރަން ފަށަން ތައްޔާރުވެފައިވަނިކޮށް އޭނާ ބަލިވެއިންކަން އެނގުނު ހިސާބުންނެވެ.

ކަރީނާ މީގެ ކުރިން ބުނެފައި ވަނީ އޭނާ ބަލިވެ އިންކަން އެނގުމުން ފިލްމުގެ ޕްރޮޑިއުސަރ ރިއާ ކަޕޫރު ކިބައިން އެފިލްމަށް އެހެން މީހަކު ހަމަޖެހުމަށް އެދުނު ކަމަށާއި އެހެން ނަމަވެސް ކަރީނާ ނޫން އެހެން މީހަކާ އެކު ފިލްމު ކުރިޔަށް ގެންދަން ބޭނުން ނޫން ކަމަށް ރިއާ ބުނި ކަމަށެވެ.

ކަރީނާ ވިހެމަށް ފަހު އޭނާ ވަނީ "ވީރޭ ދި ވެޑިން" ކުޅުމަށް ވަރަށް ބޮޑަށް ބަރުދަން ލުއިކޮށްފައެވެ.

މި ފިލްމުގެ ހާއްސަ ސްކްރީނިންއެއް ބޮލީވުޑްގެ ތަރިންނަށް ބުދަ ދުވަހުގެ ރޭ ވަނީ ބާއްވާފަ އެވެ. މި ފިލްމް ބަލަން ދިޔަ މަޝްހޫރު ތަރިންނާއި ޑައިރެކްޓަރުން އަދި ޕްރޮޑިއުސަރުން ފިލްމަށް ވަނީ ތައުރީފުކޮށް ޓްވީޓް ކޮށްފައެވެ.

އެންމެ ހިނގާ

1

ލަންކާ އެމްބަސީގައި ހުރި ތަރޑް ސެކެޓަރީއެއްގެ ބޭއަދަބީ ވީޑިއޯއެއް އާންމުވެ، އޭނާ ވަކިކުރަން ރައީސް އޮފީހުން ފޮރިން މިނިސްޓްރީއަށް އަންގައިފި

2

އޮޑި އަށް ގެނައި ރެއާލް އަށް ކުޅުނު ރޮޑްރިގޭޒް، ކުލަބު ދޫކޮށް ގޮސްފި

3

އީރާނު ހަނގުރާމައިގައި ބައިވެރިވި އެމެރިކާގެ 5000 މީހުންގެ މަނަވަރު އަބްރަހަމް ލިންކަން ތައިލެންޑްގައި މަޑުކުރާތީ ހަށިވިއްކުން ހުއްޓުވަން ފުލުހުން ނެރެފި

4

ވިހައިގެން ހޮސްޕިޓަލުން ނުނިކުމެވި އުޅެނިކޮށް ލިބުނީ ފެނަކައިގެ ވަޒީފާއިން ވަކިކުރިކަމުގެ ޗިޓު!

5

ލޯބިވާ ކުޑަކުޑަ ހިތާއެވެ! ލޯބިވާ ދަރިފުޅާއެވެ!: ތުއްތު ޒީވާގެ ވަކިވުމާއެކު އަޝްރަފްގެ އައު ޅެމަކުން ރޮއްވާލައިފި!

އިތުރަށް ކިޔާލަން

10 ސެޕްޓެމްބަރު 2024

އޮސްޓްރޭލިއާއިން ކުޑަކުދިން ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރާނީ

10 ސެޕްޓެމްބަރު 2024
އޮސްޓްރޭލިއާއިން ކުޑަކުދިން ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރާނީ
11 ޖޫން 2018

ޝްރައްދާގެ ދެ ފިލްމެއް ރިލީޒް ކުރުން އެއް ދުވަހާ!

11 ޖޫން 2018
ޝްރައްދާގެ ދެ ފިލްމެއް ރިލީޒް ކުރުން އެއް ދުވަހާ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް