Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފުވައްމުލަކު

ފުވައްމުލަކު ސްކޫލް ކުއްޖެއްގެ އަތުގެ ނާރުތައް ބުރިވުމުން، އިތުރު ފަރުވާއަށް މާލެ ގެނެސްފި

1 ޖޫން 2018 | ހުކުރު 08:23

ކުއްޖާގެ އެއް އަތުގެ ނުވަ ނާރާއި އަނެން އަތުގެ އެއް ނާރު ވަނީ ބުރިވެފަ

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް | 1 ޖޫން 2018 | ހުކުރު 08:23
ފުވައްމުލަކު

ފުވައްމުލަކު

ފުވައްމުލަކު ހާފިޒު އަހުމަދު ސްކޫލްގެ ދޮރެއްގެ ބިއްލޫރިގަނޑު ތަޅައިގެން ގޮސް އަތުގެ ނާރުތައް ބުރިވި ކުއްޖަކަށް އިތުރު ފަރުވާ ދިނުމަށް މާލެ ގެނެސްފިއެވެ.

މި ހާދިސާ ހިނގާފައި ވަނީ މި މަހުގެ 29 ވަނަ ދުވަހު ފުވައްމުލަކު ހާފިޒު އަހުމަދު ސްކޫލްގެ ދަރިވަރުންގެ މެދުގައި ހިނގި ހަމަނުޖެހުމެއްގެ ތެރެއިން ދޮރެއްގެ ބިއްލޫރިގަނޑެއް ތަޅައިގެން ގޮސްގެނެވެ. މި ހަމަނުޖެހުމުގައި ޒަހަމްވި 13 އަހަރުގެ ފިރިހެން ކުއްޖާއަށް ފުރަތަމަ ފަރުވާ ދީފައި ވަނީ ފުވައްމުލަކު އަތޮޅު ހޮސްޕިޓަލުންނެވެ. އެހެންނަމަވެސް އެ ހޮސްޕިޓަލްގައި ނާރުގެ ހާއްސަ ޑޮކްޓަރެއް ނެތުމުން ޒަހްމްވި ކުއްޖާއަށް އިތުރު ފަރުވާ ދިނުމަށް ބުދަ ދުވަހު ވަނީ މާލެ ގެނެސްފައެވެ.

Advertisement - newsAdvertisement

ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާ ހިނގީ ކުއްޖާ (ޒަހަމްވި ކުއްޖާ) ކްލާހުގައި ހުރެފައި ކުނި އަޅަން ޑަސްބިން ކައިރިއަށް ދިޔަ ވަގުތު އެ ކުއްޖާ ކްލާހަށް ވަނަ ނުދޭން އެހެން ހަތަރު ކުދިން މަސައްކަތް ކުރުމުގެ ތެރޭގައެވެ. އެ ކުއްޖާ ކްލާހަށް ވަންނަން މަސައްކަތް ކުރިއިރު، ދެން ތިބި ހަތަރު ކުދިން ތިބީ ދޮރު ކައިރީގައި ލެނބިގެނެވެ. އެ ކުއްޖާ ކްލާހާށް ވަންނަން އެ ވަގުތު މަސައްކަތް ކުރުމުގެ ތެރޭގައި އެ ދޮރުގެ ބިއްލޫރިގަނޑު ތަޅައިގެން ގޮސް ކުއްޖާގެ އަތަށް ވަދެ ސީރިއަސް އަނިޔާތަކެއް ލިބުނު ކަމަށް ފުވައްމަލަކުން މައުލޫމާތުދިން މީހާ ބުންޏެވެ.

މި ހާދިސާ ހިނގި ވަގުތު އެ ކްލާހުގައި ޓީޗަރަކު ނެތުމުން ގިނަ ބަޔަކު ދަނީ ނުރުހުން ފާޅުކުރަމުންނެވެ މި ހާދިސާއާއި ގުޅިގެން ހާޒިފު އަހުމަދު ސްކޫލްގެ ބަހެއް އަދި އެޑިއުކޭޝަން މިނިސްޓްރީގެ ބަހެއް ރާއްޖެއެމްވީއަށް ވަނީ ލިބޭ ގޮތް ނުވެފައެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުން ޒަހަމްވި ކުއްޖާގެ އެއް އަތުގެ ނުވަ ނާރާއި އަނެން އަތުގެ އެއް ނާރު ވަނީ ބުރިވެފައެވެ. މިހާރު އެ ކުއްޖާގެ އަތުގެ އޮޕަރޭޝަނެއް އޭޑީކޭ ހޮސްޕިޓަލުން ވަނީ ކޮށްފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

އީރާނުގެ އެންމެ މަތީ ލީޑަރާއެކު ބޭއްވެވި ހަތް ގަޑިއިރުގެ ދިގު ބައްދަލުވުމުގެ ތަފްސީލުތައް ރައީސް ޕެޒެޝްކިއަން ދެއްވައިފި

އިތުރަށް ކިޔާލަން

19 އޮކްޓޯބަރު 2017

ފުވައްމުލަކު ގޮނޑުދޮށަށް ލެއްގި ހިލަތައް އަދިވެސް ނަގާ ނުނިމޭ: އީޕީއޭ

19 އޮކްޓޯބަރު 2017
ފުވައްމުލަކު ގޮނޑުދޮށަށް ލެއްގި ހިލަތައް އަދިވެސް ނަގާ ނުނިމޭ: އީޕީއޭ
14 ފެބުރުއަރީ 2017

ތެލަސީމިއާ ކުދިން ބޭނުން ކުރާ އަސުންރާ ބޭސް ފުވައްމުލަކުން ހުސްވެފައި، އަންނަ ހަފްތާގައި އެކަން ހައްލުވާނެ: އެސްޓީއޯ

14 ފެބުރުއަރީ 2017
ތެލަސީމިއާ ކުދިން ބޭނުން ކުރާ އަސުންރާ ބޭސް ފުވައްމުލަކުން ހުސްވެފައި، އަންނަ ހަފްތާގައި އެކަން ހައްލުވާނެ: އެސްޓީއޯ
13 ފެބުރުއަރީ 2017

ފުވައްމުލަކު ދަނޑިމަގު ކުޅީގައި އަލިފާން ރޯވެ އަނދަމުން ދަނީ

13 ފެބުރުއަރީ 2017
ފުވައްމުލަކު ދަނޑިމަގު ކުޅީގައި އަލިފާން ރޯވެ އަނދަމުން ދަނީ
12 ފެބުރުއަރީ 2017

ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ބަދަލު ގެންނަނީ!

12 ފެބުރުއަރީ 2017
ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ބަދަލު ގެންނަނީ!
11 ފެބުރުއަރީ 2017

ފުވައްމުލަކު ކުޅީގައި ރޯވި އަލިފާންގަނޑު ނިއްވާލައިފި

11 ފެބުރުއަރީ 2017
ފުވައްމުލަކު ކުޅީގައި ރޯވި އަލިފާންގަނޑު ނިއްވާލައިފި
06 ފެބުރުއަރީ 2017

ސާކް ސަމިޓާ ގުޅިގެން ފުވައްމުލަކުގައި ސެކިއުރިޓީ ބަލަހައްޓަން ބަޔަކާ ހަވާލުކުރުމުގައި ކޮރަޕްޝަނެއްނެތް: އޭސީސީ

06 ފެބުރުއަރީ 2017
ސާކް ސަމިޓާ ގުޅިގެން ފުވައްމުލަކުގައި ސެކިއުރިޓީ ބަލަހައްޓަން ބަޔަކާ ހަވާލުކުރުމުގައި ކޮރަޕްޝަނެއްނެތް: އޭސީސީ
02 ފެބުރުއަރީ 2017

15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން

02 ފެބުރުއަރީ 2017
15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން
02 ފެބުރުއަރީ 2017

ސީރިއާގައި "މަރުވެފައިވާ" ދިވެއްސެއްގެ ޝަރީއަތުގެ އަޑުއެހުމެއް!

02 ފެބުރުއަރީ 2017
ސީރިއާގައި "މަރުވެފައިވާ" ދިވެއްސެއްގެ ޝަރީއަތުގެ އަޑުއެހުމެއް!
30 ޖެނުއަރީ 2017

ވިސާމްގެ ދެވަނަ ޝަރީއަތުގެ އަޑުއެހުން މާދަމާ!

30 ޖެނުއަރީ 2017
ވިސާމްގެ ދެވަނަ ޝަރީއަތުގެ އަޑުއެހުން މާދަމާ!
17 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

17 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް