ކ. މާލެ
|
31 މެއި 2018 | ބުރާސްފަތި 16:58
ޒަކާތް ދެއްކުން
ޒަކާތް ދެއްކުން
މުހައްމަދު ޝަރުހާން
ފިތުރު ޒަކާތް
ރަމަޟާން މަހުގެ ފުރަތަމަ 15 ނިމުނު އިރު 31000 މީހުން ޒަކާތް ދައްކައިފި
1.2 މިލިއަން ރުފިޔާ ވަނީ ލިބިފައި
ފިތުރު ޒަކާތުގެ މިންވަރަކީ މީހަކަށް 2.4 ކިލޯ ހަނޑުލުގެ މިންވަރު
މިދިޔަ އަހަރު ޒަކާތުގެ ގޮތުގައި ތިން މިލިއަން ރުފިޔާ ލިބިފައިވޭ

ރަމަޟާން މަހުގެ ފުރަތަމަ 15 ނިމުނު އިރު 31000 މީހުން ޒަކާތް ދައްކައިފި އެވެ.

 އިސްލާމިކް މިނިސްޓްރީން ބުނީ މާލޭ ސަރަހައްދާއި އެސްއެމްއެސް އާއި ބޭންކްތައް މެދުވެރިކޮށް 31944 މީހުން ޒަކާތްދައްކާފައިވާ ކަމަށެވެ.

އެގޮތުން ގާތްގަނޑަކަށް 1.2 މިލިއަން ރުފިޔާ ޒަކާތުގެ ގޮތުގައި ލިބިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ. މިއީ އިސްލާމިކް މިނިސްޓްރީ އާއި އެޗްޑީސީ އާއި ވިލިމާލޭ ޔުނިޓާއި ބީއެމްއެލް އާއި އިސްލާމިކް ބޭންކްގެ އިތުރުން ދިރާގާއި އުރީދޫ މެދުވެރިކޮށް ފައިސާ ދެއްކި މީހުންގެ އަދަދެވެ.

މީގެ އިތުރުން އަތޮޅުތަކުގައި ކޮންމެ ރަށެއްގެ ކައުންސިލް މެދުވެރިކޮށް ވެސް ޒަކާތް ދެއްކުމުގެ އިންތިޒާމްތައް ވަނީ ހަމަޖެހިފަ އެވެ.

މާލޭ ސިޓީގައި ދިރިއުޅޭ މީހުން ޒަކާތް ދައްކަން ޖެހޭނީ އާދައިގެ ހަނޑުލުންނަމަ މީހަކަށް 13 ރުފިޔާ އެވެ. ތައިލެންޑް ހަނޑުލުންނަމަ މީހަކަށް 43ރ. އެވެ. އަދި ބާސްމަތީ ހަނޑުލުންނަމަ މީހަކަށް 81ރ އަށް ދައްކަންޖެހެ އެވެ.

ފިތުރު ޒަކާތުގެ މިންވަރަކީ މީހަކަށް 2.4 ކިލޯ ހަނޑުލުގެ މިންވަރެވެ. ޒަކާތް ނެރެންވާނީ އެބަޔަކު އަހަރުތެރޭގައި އާއްމުކޮށް ކައިއުޅުނު ހަނޑުލުގެ ބާވަތަކުން 2.4 ކިލޯ ހަނޑުލުގެ އަގަށްވާ މިންވަރެވެ.

މިދިޔަ އަހަރު މާލެއިން އެކަނިވެސް ފިތުރު ޒަކާތުގެ ގޮތުގައި ތިން މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވާ އިރު މުޅި ރާއްޖެއިން 16000 އަށް ވުރެ ގިނަ މީހުންނަށް ޒަކާތް ބަހާފައިވެ އެވެ. ޒަކާތް ބަހަނީ އިސްލާމިކް މިނިސްޓްރީގައި ފަގީރުންގެ ގޮތުގައި ރަޖިސްޓްރީވާ ފަރާތްތަކަށެވެ. މިދިޔަ އަހަރު ޒަކާތް ބަހާފައިވަނީ ބޮލަކަށް 1250ރ. ގެ މަގުން ނެވެ. ފަގީރުންގެ ގޮތުގައި ބަލަނީ ދުވާލަކަށް 44ރ ނުލިބޭ ފަރާތްތަކަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް