ކ. މާލެ
|
30 މެއި 2018 | ބުދަ 17:26
އެމްޑީޕީ ޕްރައިމަރީ ކުރިއަށް ދަނިކޮށް ވޯޓު ފޮށި ގެންދަނީ
އެމްޑީޕީ ޕްރައިމަރީ ކުރިއަށް ދަނިކޮށް ވޯޓު ފޮށި ގެންދަނީ
މުހައްމަދު ޝަރުހާން
އެމްޑީޕީ ޕްރައިމަރީ
އެމްޑީޕީގެ ޕްރައިމަރީ ހުއްޓުވުމުގެ މަސައްކަތް ފުލުހުން ފަށައިފި
ފުލުހުން މަސައްކަތް ފެށީ ކޯޓު އަމުރެއްގެ ދަށުން
ވޯޓުލުން ހުއްޓުވަން ފަށާފައި ވަނީ ގިނަ ބަޔަކު ނުކުމެ ވޯޓުލަމުން ދަނިކޮށް
ފުލުހުންދަނީ ވޯޓު ފޮށިތަކާއި ކަރުދާސްތައް ވެސް އަތުލަމުން

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ހުއްޓުވުމަށް އެދި ސިވިލް ކޯޓުން ނެރެފައިވާ އަމުރު ތަންފީޒު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ކޮށްފައިވާ ޓްވީޓްގައި ބުނެފައި ވަނީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ހުއްޓުވުމަށް ނެރެފައިވާ ކަމަށެވެ.

ސިވިލް ކޯޓުން ނެރެފައިވާ އަމުރުގައި ވަނީ ކުރީގެ ރައީސް  މުހައްމަދު ނަޝީދަށް ވާދަކުރެވޭ ގޮތަށް އެމްޑީޕީގެ ޕްރައިމަރީ ބާއްވާތީ އެކަން އެގޮތަށް ނުކުރެވޭނެ ކަމަށް ކަނޑައަޅައިދިނުމަށް އެދި އިލެކްޝަންސް ކޮމިޝަނުން އެކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

އީސީން ހުށަހެޅީ ގ. ކެނެރީގެ، މުހައްމަދު ނަޝީދު ބައިވެރިކޮށްގެން ރިޔާސީ ޕްރައިމަރީއެއް ބޭއްވުމަކީ ގާނޫނާ ޚިލާފު ކަމެއް ކަމަށް ކަނޑައަޅައިދިނުމަށް އެދިއެވެ.

މިކަމާ ގުޅިގެން ސިވިލް ކޯޓުން ވަނީ ޕްރައިމަރީއެއް ނުބޭއްވުމަށް އެމްޑީޕީގެ މައްޗަށް އަމުރުކޮށްފައެވެ. ޕްރައިމަރީ ބާއްވާ ނަމަ އެކަން ހުއްޓުވުމަށް ފުލުހުންނާއި ދައުލަތުގެ އިދާރާތަކަށް އަންގާ ކަމަށް ވަނީ އަންގާފައެވެ.

މި އަމުރަށް ފަހު ވެސް ވޯޓުލުން ކުރިއަށްދާތީ ފުލުހުން ގެންދަނީ ވޯޓުލާ މަރުކަޒުތަކަށް ވަދެ ވޯޓު ފޮށިތަކާއި ކަރުދާސްތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަމުންނެވެ. މިޕްރައިމަރީގައި 200 އަށް ވުރެ ގިނަ ވޯޓު ފޮށި އެކި ރަށްތަކާއި ރާއްޖެއިން ބޭރުގެ ގައުމުތަކުގައި ވަނީ ބަހައްޓާފައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
30 މެއި 2018 | ބުދަ 12:04
މޮހޯ
ރާއްޖޭ ގިނަ ރައްޔިތުން ގަބޫލުނުކުރޭ ކުއްވެރިއެތްކަމަށް. ރާއްޖެގެ ކޯޓުން ކުރާ ހުކުން ބަލައެތްނުގަން ނަށް؟
30 މެއި 2018 | ބުދަ 11:59
ސައްތާރު
އީސީ އަކާ މިކަމަކާ ކޮން ބެހޭކަމެއް؟ ޕީޕީއެމް ގެ ޕުރައިމަރީ އޮންނަނީ ކޮން ދުވަހަކުން ތޯ އީސީން ބަލާތަ ން އަޅުގަންޑުމެން ދެކޭނު