Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުގެރެތު ބޭލް

ބޭލް ޓޮޓެންހަމްއިން ނުފެންނާނެ

މި ނިމުނު ސީޒަނުގައި ރެއާލްއަށް އޭނާ ކުޅެދީފައި ވަނީ ނިސްބަތުން މަދު މެޗުތަކެއް

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 29 މެއި 2018 | އަންގާރަ 17:17
ގެރެތު ބޭލް އަދި ރެއާލްގެ ކޯޗު ޒިދާން - ރެއާލްގެ ފުރަތަމަ އެގާރައިން އޭނާއަށް ފުރުސަތު ނުލިބޭ

ގެރެތު ބޭލް އަދި ރެއާލްގެ ކޯޗު ޒިދާން - ރެއާލްގެ ފުރަތަމަ އެގާރައިން އޭނާއަށް ފުރުސަތު ނުލިބޭ

ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ވޭލްސްގެ ކެޕްޓަން ގެރެތު ބޭލް އަލުން އެނބުރި ޓޮޓެންހަމްއަށް ނުދާނެ ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ބެންޗުން އަރާ ދެ ލަނޑު ޖެހުމަށްފަހު ބޭލް ވަނީ ރެއާލް ދޫކޮށްލާނެ ފަދަ އިޝާރާތެއް ކޮށްފައެވެ. ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ވެސް ބޭލްއަށް ރެއާލްގެ ފުރަތަމަ އެގާރައިން ޖާގަ ދީފައިނުވާއިރު މި ނިމުނު ސީޒަނުގައި ރެއާލްއަށް އޭނާ ކުޅެދީފައި ވަނީ ނިސްބަތުން މަދު މެޗުތަކެކެވެ. އަނިޔާގެ ސަބަބުން ބޭލްއަށް ގިނަ މެޗުތަކެއް ގެއްލުނު އިރު މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އޭނާ ހޯދުމަށް ޔޫރަޕުގެ އެންމެ ބޮޑު ޓީމުތަކުން އަންނަނީ މަސައްކަތްކުރަމުންނެވެ.

ބޭލް ރެއާލްއާ ގުޅުނީ 2013 ވަނަ އަހަރު ކަމަށްވާއިރު އޭނާ ސޮއިކުރި ކޮންޓްރެކްޓްގެ ދަށުން އޭނާއަށް ޓޮޓެންހަމްއަށް ދަށް އަގެއްގައި ދިޔުމުގެ ފުރުސަތު އެބައޮތެވެ. މި ކޮންޓްރެކްޓް ހަމަވާނީ 2022 ވަނަ އަހަރު ކަމަށްވާއިރު އަލުން އެނބުރި ޓޮޓެންހަމްއަށް އޭނާ ގެންދިޔުމުގައި އެންމެ ބޮޑު ހުރަހަކަށް އޮތީ އޭނާގެ މުސާރައެވެ. ބޭލްއަށް މިހާރު ހަފްތާއަކު ހަތަރު ލައްކަ ރުފިޔާ ލިބޭއިރު މި އަދަދު ޓޮޓެންހަމްއަށް ދިނުމުގައި ބޮޑު ގޮންޖެހުންތަކެއް އެބަހުއްޓެވެ.

ބެންޗުން އަރައި ލަނޑެއް ޖެހުމަށް ބޭލް ބޭނުންވީ 122 ސިކުންތެވެ. އޭނާ މެޗުގައި ޖެހި ފުރަތަމަ ލަނޑަކީ އޮވަހެޑް ކިކަށްވާއިރު ގިނަ ބަޔަކު ބުނަމުންދަނީ އެ ލަނޑަކީ ޗެމްޕިއަންސް ލީގުގައި ފައިނަލްތަކުގައި ޖެހި ލަނޑުތަކުގެ ތެރެއިން އެންމެ ރީތި ލަނޑުތަކުގެ ތެރޭގައި ހިމެނޭނެ ލަނޑެއް ކަމަށެވެ.

ފައިނަލް މެޗަށް ފަހު ވާހަކަ ދައްކަމުން ބޭލް ބުނީ ކޮންމެ ހަފްތާއަކު ވެސް އޭނާއަށް ކުޅުމުގެ ފުރުސަތު ލިބެން ޖެހޭ ކަމަށާއި މި ސީޒަނުގައި އެކި ސަބަބުތަކާ ގުޅިގެން އެގޮތަށް އެކަން ހިނގާފައިނުވާ ކަމަށެވެ. އޭނާ ބުނީ ހޫނު މޫސުމުގެ ޓްރާންސްފާ މާކެޓު ހުޅުވުމާ އެކު އޭނާގެ އޭޖެންޓާ އެކު މަޝްވަރާކުރާނެ ކަމަށާއި އެ މަޝްވަރާތަކަށް ފަހު އޭނާ ކުރިޔަށްދާނެ ގޮތެއް ނިންމާނެ ކަމަށެވެ.

ފައިނަލް މެޗަށްފަހު ބޭލް އެގޮތަށް ވާހަކަ ދައްކާފައިވާއިރު އޭނާގެ އޭޖެންޓް ވެސް ރެއާލްގައި އޭނާ މަޑުކުރާނެ ކަމާއި ގުޅިގެން ސީދާ ޖަވާބެއް ދީފައެއް ނުވެއެވެ. އަންނަ ސީޒަނުގައި ބޭލްއަށް ފުރަތަމަ އެގާރައިގެ ޖާގައެއް ޔަގީންނުވާނަމަ އޭނާ އަންނަ ސީޒަނުގައި ފެންނާނީ އެހެން ޓީމަކުން ކަމަށް ބެލެވެއެވެ.

ބޭލްގެ ބޮޑު މުސާރަ އޭނާއަށް ހުށަހެޅޭނީ މަދު ޓީމަކަށެވެ. އެގޮތުން މެންޗެސްޓާ ޔުނައިޓެޑާއި މެންޗެސްޓާ ސިޓީ އާއި ބަޔާން މިއުނިކް އަދި ޕީއެސްޖީގެ އިތުރުން ޔުވެންޓަސްއަށް ވެސް ބޮޑު މުސާރައެއް އޭނާއަށް ހުށަހެޅޭނެއެވެ. އެހެން ނަމަވެސް އޭނާ ފެންނާނީ އިނގިރޭސި ޓީމަކުން ކަމަށް ބެލެވެއެވެ.

އޭރުގެ ރެކޯޑް ޓްރާންސްފާ ފީއެއް ކަމަށްވާ 100 މިލިއަން ޔޫރޯއަށް 2013 ވަނަ އަހަރު އޭރުގެ ރެއާލްއަށް ބަދަލުވެ ބޭލް ވަނީ އެ ޓީމަށް 189 މެޗު ކުޅެދީ 88 ލަނޑު ޖަހައިދީފައެވެ. އޭނާ ވަނީ އެ ޓީމާއެކު 14 ތަށްޓެއް ކާމިޔާބުކޮށްފައެވެ.

އިތުރަށް ކިޔާލަން

21 ޖޫން 2017

ދެވަނަ ބުރުގައި އީގަލްސްގެ ބޮބީ، ހަންނަ އަދި މުއްކި ނުފެންނާނެ: ސާންތި

21 ޖޫން 2017
ދެވަނަ ބުރުގައި އީގަލްސްގެ ބޮބީ، ހަންނަ އަދި މުއްކި ނުފެންނާނެ: ސާންތި
20 މެއި 2017

އަންނަ ސީޒަނުގައި މިސްޓޭކްތަކެއް ނުފެންނާނެ: މޮރީނިއޯ

20 މެއި 2017
އަންނަ ސީޒަނުގައި މިސްޓޭކްތަކެއް ނުފެންނާނެ: މޮރީނިއޯ
14 މެއި 2017

ބޭލް ހޯދުމަށް ޔުނައިޓެޑުން މަޝްވަރާތަށް ފަށައިފި

14 މެއި 2017
ބޭލް ހޯދުމަށް ޔުނައިޓެޑުން މަޝްވަރާތަށް ފަށައިފި
26 އެޕްރީލު 2017

ސްޕެނިޝް ލަލީގާ: ޑިޕޯޓިވޯއާ ދެކޮޅަށް ރޮނާލްޑޯ، ބޭލް އަދި ރާމޮސްއަށް ނުކުޅެވޭނެ

26 އެޕްރީލު 2017
ސްޕެނިޝް ލަލީގާ: ޑިޕޯޓިވޯއާ ދެކޮޅަށް ރޮނާލްޑޯ، ބޭލް އަދި ރާމޮސްއަށް ނުކުޅެވޭނެ
18 އެޕްރީލު 2017

ބޭލް ފިޓެއް ނޫން، ރިސްކެއް ނުނަގާނަން: ޒިދާން

18 އެޕްރީލު 2017
ބޭލް ފިޓެއް ނޫން، ރިސްކެއް ނުނަގާނަން: ޒިދާން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު