Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގު ހެދުން

އަޑި ގުޑަންތައް އިތުރުވެ، ނުރައްކަލާ ކުރިމަތިވެފައި!

ކުޑަ ބިންކޮޅެއްގައި ތޮއްޖެހި އެންމެ ކާރުބާރު ބޮޑު ސިޓީ

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ, ރާއްޖެ އެމްވީ | 29 މެއި 2018 | އަންގާރަ 17:59
މާލޭ ސިޓީ މަގުމަތި

މާލޭ ސިޓީ މަގުމަތި

މާލެއަކީ އެންމެ ކުޑަ ބިމެއްގައި އެންމެ ބޮޑު އާބާދީ އޮތް ރަށެވެ. ދުނިޔޭގެ ނިސްބަތުން ވެސް، ރާއްޖޭގެ ވެރިރަށް މާލެއަކީ ކުޑަ ބިންކޮޅެއްގައި ތޮއްޖެހި، އެންމެ ކާރުބާރު ބޮޑު ސިޓީއެވެ. މަގުތައް ފުރި ބާރުވާ ވަރަށް އެއްގަމުގައި ދުއްވާ އުޅަނދުތައް އޮންނަ އިރު އެ އުޅަނދުތައް ދުއްވާލެވޭ ފެންވަރުގެ މަގެއް މި މާލޭގައި ނެތެވެ.

މާލޭގެ މަގުތަކުގައި ވަރަށް ބޮޑަށް ހަލާކުވެ ބޮޑެތި ވަޅުގަނޑުތައް ހެދި ބައެއް މަގުގައި ޖަހާފައި ހުންނަ ގާތަށް ވަނީ ނެއްޓިފައެވެ. މާލެ ވަށައި ތާރު އެޅުމުގެ މަޝްރޫއުގެ ދަށުން އެންމެ ފުރަތަމަ ތާރު އެޅި މެރީ ބްރައުން ހުންނަ ސަރަހައްދުގެ ވެސް ތާރު ގަނޑުވެސް ވަނީ ހަލާކުވެ ބޮޑެތި ވަޅުގަނޑުތައް ހެދިފައެވެ.

މަގުހެދުމުގެ މަސައްކަތްތައް ކުރިއަށް ގެންދާއިރު އުޅަނދުފަހަރު ދުއްވާ މީހުންގެ ސަލާމަތަށް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާ ކަމަށް މާލެގައި ދިރިއުޅޭ ރައްޔިތުން ފާހަގަކުރެއެވެ. އެކަމާ ގުޅޭ ގޮތުން ހައުސިން މިނިސްޓްރީގެ މީޑިއާ އޮފިޝަލް އަހުމަދު ފަޒާލް ވިދާޅުވީ މަސައްކަތް ކުރަމުންދާ ސަރަހައްދުތައް މާކު ކުރަމުންދާ ކަމަށާއި އެ ސަރަހައްދުތަކުގައި ކޯންތައް ވެސް ބެހެއްޓިފައި ހުންނާނެ ކަމަށެވެ.

މީގެ އިތުރުން ވެސް އަޅަން ޖެހޭ ސަލާމަތީ ފިޔަވަޅުތައް އަޅަމުން ދާ ކަމަށް ފަޒާލު ވިދާޅުވިއެވެ.

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައާ ގުޅޭ ގޮތުން މާލޭ ސިޓީގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވީ އެ މައްސަލަ މިހާބޮޑަށް ދިމާވެފައި ވަނީ ޓްރާންސްޕޯޓް މިނިސްޓްރީ އުވާލުމާ ގުޅިގެން ކަމަށެވެ.

މީގެ ކުރިން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ކޮމިޓީއެއް އެކުލަވާލައި ފުލުހުންނާއި ސިޓީ ކައުންސިލާ ގުޅިގެން ވަކި އިންތިޒާމެއް ދަށުން މަގުތައް ބެލެހެއްޓުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައި ކަމަށް ޝިފާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެއްވެސް ގަވާއިދެއް ނެތި ބޮޑެތި ކުންފުނިތަކުން އެކި ބޭނުންތަކަށް މަގުތައް ބޭނުން ކުރަމުންދާ ކަމަށާއި އެކަމުގެ ސަބަބުން މަގުތަކުގައި އަޅާފައި ހުންނަ ގާތަށް ނެއްޓި ގެއްލުންތަކެއް ވަމުންދާ ކަމަށެވެ. އެގޮތުން ބަރު އުޅަނދުތައް މާލޭގެ މަގުތަކުގައި އުސޫލެއް ނެތި ދުއްވުމުގެ ސަބަބުން ބިންގަނޑަށް ބޮޑެތި ގެއްލުންތަކެއް ވަނީ ވެފައެވެ.

މާލެއަށް އެތެރެ ކުރާ އުޅަނދުތައް ކޮންޓްރޯލް ކުރެވިފައި ނުވާއިރު، ބޮޑު އަގުގައި މާލެ އެތެރެ ކުރާ ކާރުތަކާއި ސައިކަލްތައް އަވަހަށް ހަލާކުވާން މެދުވެރިވާ ސަބަބަކަށް މާލޭގެ މަގުތައް ވަނީ ވެފައެވެ. ސަބަބަކީ އަޑިގުޑަން މަގުތަކުގައި އެ ސައިކަލްތައް ދުއްވަން މަޖުބޫރު ވުމުން، އަވަހަށް ހަލާކުވާން މެދުވެރިއެވެ.

ކޮންމެ ރަމަޟާން މަހަކީ އެހެން މަސްމަހާ ޚިލާފަށް މާލޭގެ މަގުތަކުގައި ބާރު ބޮޑު ވަމުންދާ މަސްވަރެކެވެ. ގްރޫޕް ހަދާފައި ހަވީރު ފިންޏަށް ސައިކަލް ބުރު ޖަހަން ނުކުންނަ މީހުންނާއި ތުއްތު ކުދިން ގޮވައިގެން ދުއްވަން ނުކުމެ އުޅޭ އިރު ނުރައްކާތެރި އެކްސިޑެންޓުންތައް ހިނގާފައިވެއެވެ. އެފަދަ އެކްސިޑެންޓްތައް ހިނގަނީ ގިނަ ފަހަރު، ބާރު ސްޕީޑުގައި ދުއްވާފައި ދިޔުމުގެ ސަބަބުންނެއް ނޫނެވެ. މަގުތައް ހެދިފައި ހުންނަ ގޮތުންނާއި މަގުތައް މަރާމާތު ނުކުރުމުގެ ސަބަބުން ވެސް އެފަދަ ހިތާމެވެރި ހާދިސާތައް ހިނގައެވެ.

ވިއްސާރަ މޫސުމަކާ ދިމާވެއްޖެ ނަމަ، މަގުތަކުގެ ހާލަތު އެއަށް ވުރެ ބޮޑަށް ދަށް ވެގެންދެއެވެ. ފެން ބޮޑުވުމާއި ކުނިގިނަވެ، ފެނާއެކު އެ ކުނިތައް ދައުރުވެގެން ދަނީ ކާނުތައް ސާފު ނުކުރުމުގެ ސަބަބުންނެވެ.

މާލޭގެ ބޮޑުތަކުރުފާނު މަގާއި ބްރިޖާ ގުޅޭ މަގުތައް ހެދުމުގެ މަސައްކަތް ކުރަމުންދާއިރު، އެ މަގުތަކުގައި ހެދިފައި ހުންނަ ވަޅުގަނޑުތަކުގައި ފެން ހެނދި، މަދިރިފަނި ވަނީ އާލާވެފައެވެ. އޭގެ ސަބަބުން މިހާރު ކުރިމަތިވެފައިވާ ބަލިމަނޑުކަން އިތުރަށް ބޮޑުވެގެން ދިއުމުގެ ނުރައްކާ ވަނީ ބޮޑުވެފައެވެ.

އުޅަނދުތައް މާލޭގެ މަގުތަކުގައި ދުއްވާތީ އުޅަނދުގެ ވެރިފަރާތުގެ އަތުން ނަގާ އަހަރީ ފީ އާއި ރޯޑުވާދިނަސް އާއި އެހެނިހެން ޓެކްސްތައް ދައްކަމުން ދަނީ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމަށެވެ. ޓެކްސް ފައިސާ ދައުލަތަށް ދައްކަނީ އެ ބޭނުމުގައެވެ. އަސާސީ ހިދުމަތްތައް ލިބިދިނުމަށެވެ. އަމާން ވެއްޓެއް ގާއިމު ކުރުމަށެވެ. ނުރައްކަލުން ރައްކާތެރި ކުރުމަށެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ލާމަރުކަޒީ ނިޒާމު: އަޑިގުޑަން ތަކާއެކު އެމްޑީޕީ ކުރި ދަތުރު

ލާމަރުކަޒީ ނިޒާމު: އަޑިގުޑަން ތަކާއެކު އެމްޑީޕީ ކުރި ދަތުރު

16 ޖެނުއަރީ 2020
އަޑި ނޭނގޭ ކުޑަ ސޯބުތައް ގިނަވެ ބޮޑު ސޯބަށް ނުކުޅެދިފައި!

އަޑި ނޭނގޭ ކުޑަ ސޯބުތައް ގިނަވެ ބޮޑު ސޯބަށް ނުކުޅެދިފައި!

09 ނޮވެމްބަރު 2019
ތުއްތު ކޭބާން އާއި އާއިލާއަށް ކުރިމަތިވެފައިވާ ހާލަތުގެ ހިތްދަތި ވާހަކަ

ތުއްތު ކޭބާން އާއި އާއިލާއަށް ކުރިމަތިވެފައިވާ ހާލަތުގެ ހިތްދަތި ވާހަކަ

11 އޯގަސްޓު 2019
ފްލައިޓް އަޑިއަށް ދިޔަ ހާދިސާ: ފަތާފައި ގޮސް ފުރަތަމަ އެހީވި ޒުވާނާގެ ދުލުން

ފްލައިޓް އަޑިއަށް ދިޔަ ހާދިސާ: ފަތާފައި ގޮސް ފުރަތަމަ އެހީވި ޒުވާނާގެ ދުލުން

10 އޯގަސްޓު 2019
ޤައުމީ ކުޅިވަރު އަޑިއަޅާލަން މެދުވެރިވީ ވެރިންގެ އިހުމާލުންތަ؟

ޤައުމީ ކުޅިވަރު އަޑިއަޅާލަން މެދުވެރިވީ ވެރިންގެ އިހުމާލުންތަ؟

25 ޖުލައި 2019

އަހަރުތަކުން މިއަދު

17 މާރިޗު
އޮރެންޖް މެރިންގ ޕައި
20251 އަހަރު ކުރިން
ލައިފް ސްޓައިލް

އޮރެންޖް މެރިންގ ޕައި

ނުޒުހާ ބްރޯޑްކޮމް އަށް އައްޔަންކޮށްފި، އެކަމަކު ފަތްކޮޅު ފޮނުވީ ގެއަށް
20242 އަހަރު ކުރިން
ރާއްޖެ

ނުޒުހާ ބްރޯޑްކޮމް އަށް އައްޔަންކޮށްފި، އެކަމަކު ފަތްކޮޅު ފޮނުވީ ގެއަށް

އދ. ދިއްދޫ ކައުންސިލްގެ ރައީސްކަމަށް އައްޝާން އަބްދުﷲ ހޮވިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

އދ. ދިއްދޫ ކައުންސިލްގެ ރައީސްކަމަށް އައްޝާން އަބްދުﷲ ހޮވިއްޖެ

މޮޔަގެރި އަވަލާހެން އިންޑިޔާ ފަހަތުން ނުނެއްޓިގެން އުޅެނީ ކީއްވެގެން؟
20224 އަހަރު ކުރިން
ރިޕޯޓު

މޮޔަގެރި އަވަލާހެން އިންޑިޔާ ފަހަތުން ނުނެއްޓިގެން އުޅެނީ ކީއްވެގެން؟

ރައީސް ކަމަށް ކުރިމަތިލަނީ ވަރުގަދަ ޓީމަކާއެކު: އިއްލަ
20215 އަހަރު ކުރިން
ކުޅިވަރު

ރައީސް ކަމަށް ކުރިމަތިލަނީ ވަރުގަދަ ޓީމަކާއެކު: އިއްލަ

މި ދެމަފިރިން ފަހު ނޭވާ ދޫކުރީ އަތާއި އަތް ގުޅުވައިގެން ތިބެ ލޯތްބާ އެކު
20197 އަހަރު ކުރިން
ރިޕޯޓު

މި ދެމަފިރިން ފަހު ނޭވާ ދޫކުރީ އަތާއި އަތް ގުޅުވައިގެން ތިބެ ލޯތްބާ އެކު

ތިން ފަނޑިޔާރުންނާ އަނާރާ ކުރެއްވި ސުވާލު: އެހެން ދީނަކަށް ފުރުސަތު ދޭނަންތޯ؟
20188 އަހަރު ކުރިން
ރާއްޖެ

ތިން ފަނޑިޔާރުންނާ އަނާރާ ކުރެއްވި ސުވާލު: އެހެން ދީނަކަށް ފުރުސަތު ދޭނަންތޯ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު