Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޖަޒީރާ ރައީސް ކެމްޕެއިން

ޖަޒީރާ ރައީސް ޒުވާނުންނާއިކު: ފަންނުވެރިންގެ ހުނަރުތައް ވަނީ ދައްކާލާފަ

28 މެއި 2018 | ހޯމަ 21:04

މި ހަރަކާތުގައި ގިނަ އަދަދެއްގެ ޒުވާނުން ވަނީ ބައިވެރިވެފަ

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް | 28 މެއި 2018 | ހޯމަ 21:04
ޖަޒީރާ ރައީސް ޒުވާނުންނާއިކު ބޭއްވި ހަރަކާތުގެ ތެރެއިން

ޖަޒީރާ ރައީސް ޒުވާނުންނާއިކު ބޭއްވި ހަރަކާތުގެ ތެރެއިން

އެމްޑީޕީގެ ޕްރައިމަރީގައި ވާދަ ކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކެމްޕެއިންގެ ތެރެއިން ޒުވާނުންނަށް ހާއްސަކޮށްގެން ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.

މާލޭގައި ހުންނަ ހޭންގްއައުޓް ކެފޭގައި އަންގާރަ ދުވަހުގެ ރޭ ބޭއްވި "ޖަޒީރާ ރައީސް'ގެ ކެމްޕެއިން ހަރަކާތުގައި ގިނަ އަދަދެއްގެ ޒުވާނުން ބައިވެރިވިއިރު، ބައެއް ފަންނާނުންގެ ހުނަރުތަށް ވަނީ ދައްކާލަފައެވެ. ޒުވާނުންނާއި ގުޅުންހުރި ތަފާތު ކުރެހުންތަކާއި ރާއްޖޭގެ މިއަދުގެ ހާލަތާއި ގުޅޭގޮތުން ކުރަހާފައިވާ ތަފާތު ކުރެހުންތަށް ވަނީ މި ހަރަކާތުގައި ދައްކާލާފައެވެ. އެ ކުރެހުންތައް ރައީސް ނަޝީދަށް ސްކައިޕް މެދުވެރިކޮށް ދައްކާލާފައިވާއިރު، އެކުރެހުންތަށް ކުރެހި ޒުވާނުން ވަނީ ކުރެހުންތަކުން ދައްކުވައިދޭ ކަންކަން އެމަނިކުފާނާއި ހިއްސާކޮށްފައެވެ.

Advertisement - newsAdvertisement

ޖަޒީރާ ރައީސް ޒުވާނުންނާއިކު ބޭއްވި ހަރަކާތުގެ ތެރެއިން

މި ހަރަކާތުގައި ބައިވެރި ބައެއް ފަނުންނުން ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން ބުނީ މިފަދަ ގޮތަށް ރައީސް މުހައްމަދު ނަޝީދާ ބައްދަލުވެ ވާހަކަ ދައްކާލުމުގެ ފުރުސަތު ލިބުމުން ވަރަށް އުފާވާ ކަމަށެވެ. އަދި ވަކިން ހާއްސަކޮށް އެ ކުރެހުންތަކަށް ރައީސް ނަޝީދު ކޮމެންޓް ކުރެއްވުމުން އެއީ އެ ދާއިރާއިން ކުރިއަށް ދިއުމުގައި ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށް ވެސް އެމީހުން ބުންޏެއެވެ.

ޖަޒީރާ ރައީސް ޒުވާނުންނާއިކު ބޭއްވި ހަރަކާތުގެ ތެރެއިން

ރައީސް ނަޝީދު ވިދާޅުވީ ފަންނާނުންނަކީ އެހެން ބައެއްގެ ނުފޫޒަށް ބޯނުލަނބައި، ހިތުގައި އޮންނަ އެއްޗެއް ރައްޔިތުންނަން އެކި ގޮތްގޮތުން ބުނެދެމުންދާ ބައެއް ކަމަށެވެ.

"ކަމެއް ސިފަ ވަނީ ވެސް އަދި އަޅުގަނޑުމެންގެ ހިތުގައި އެއްޗެއް ސިފަ ކޮށްދެނީވެސް، އިހްސާސްއެއް ވެވެނީވެސް، ޖޯޝެއް އުފެދެނީވެސް، ހިތާމަޔާ އެކު ގެނެސްދެވެނީ ވެސް، ފަންނާނުންގެ އާޓިސްޓުންގެ މަސެއްކަތުން އެއްވެސް ޝައްކެއް ނެތް. އަޅުގަނޑަށް ފެންނަ ގޮތުގައި ގައުމެއް ބިނާއެއް ނުކުރެވޭނެ އާޓިސްޓުންނާ ނުލައެއް. އިންޖިނަރުންނާއި ޑޮކްޓަރުންނަކީ ވަރަށް ބޭނުންތެރި ބައެއް. އެހެންނަމެސް އެއަށް ޖުމްލަ ވިސްނުމެއްދީ ބައްޓަމެއްދީ އޮންނަންވީ ގޮތް ކިޔާދީ އަދި ހާއްސަކޮށް، އަދި ހާއްސަކޮށް ކޮންމެހެން އެހެން ބައެއްގެ ނުފޫޒަށް ބޯނުލެނބި، ތިމާގެ ހިތުގައި އޮންނަ އެއްޗެއް ބުނަމުންދާ ބަޔަކީ އާޓިސްޓުން" ފަންނާނުންނާ ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވިއެވެ.

ލައިވް މިއުޒިކާއި އެކު ކުރިއަށް ދިޔަ މި ހަރަކާތުގައި މަޝްހޫރު ލަވަކިޔުންތެރިޔާ މެޒޯ މުހައްމަދުގެ އިތުރުން ބައެއް ޒުވާނުން ވަނީ ލަވަ ހުށަހަޅައިދީފައެވެ.

ޖަޒީރާ ރައީސް ޒުވާނުންނާއިކު ބޭއްވި ހަރަކާތުގެ ތެރެއިން

ރައީސް ނަޝީދުގެ ކެމްޕެއިން ހަރަކާތް ޒުވާނުންނާއި އެކު ހޯމަ ދުވަހުގެރޭ ކުރިއަށް ގެންގޮސްފައިވާއިރު، ކެމްޕެއިން ނިންމާލުމުގެ ގޮތުން ބޮޑު ޖަލްސާއެއް ކާނިވާ ސަރަހައްދުގައި ބޭއްވޭތޯ ދަނީ މަސައްކަތް ކުރަމުނެވެ. ނަމަވެސް ޖަލްސާ ބޭއްވުމަށް ކާނިވާ ލިބަފެއް ނުވެއެވެ. ރައީސް ނަޝީދުގެ ކެމްޕެއިން ޓީމުން ދަނީ މި މަހުގެ 30 ވަނަ ދުވަހުގެ ކުރިން ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ކޮންމެވެސް ހަރަކާތެއް ހިންގޯތޯ މަސައްކަތް ކުރަމުނެވެ. ޕްރައިމަރީ ބޭއްވުމާ ހަމައަށް އެކި ހަރަކާތްތައް ރައީސް ނަޝީދުގެ ކެމްޕެއިން ޓީމުން ރާވާފައިވާއިރު ވޯޓުލާ ދުވަހު ރައީސް ނަޝީދުގެ ފަރާތުން ހަރަކާތްތެރިވާނެ ގުރޫޕްތައް ވެސް މިހާރު ތައްޔާރުވެފައިވާ ކަމަށް ކެމްޕެއިން ޓީމުން ވަނީ ބުނެފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

އީރާނުގެ އެންމެ މަތީ ލީޑަރާއެކު ބޭއްވެވި ހަތް ގަޑިއިރުގެ ދިގު ބައްދަލުވުމުގެ ތަފްސީލުތައް ރައީސް ޕެޒެޝްކިއަން ދެއްވައިފި

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް