Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޑީޕީ ޕްރައިމަރީ

ޕްރައިމަރީއަށް ޕާޓީ ތައްޔާރުވެއްޖެ، ވޯޓްލުން ހުއްޓުވާނެ ކަމަށް ގަބޫލެއް ނުކުރަން: އެމްޑީޕީ

28 މެއި 2018 | ހޯމަ 12:55

ވޯޓް ފޮށި ބަހައްޓާ ހުރިހާ ރަށަކަށް ވޯޓް ކަރުދާސް ވަނީ ފޮނުވާފައި

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް | 28 މެއި 2018 | ހޯމަ 12:55
ޕްރައިމަރީގެ ފަހުގެ ތައްޔާރީތަކާ ގުޅޭ ގޮތުން އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން

ޕްރައިމަރީގެ ފަހުގެ ތައްޔާރީތަކާ ގުޅޭ ގޮތުން އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން

މި މަހުގެ 30 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް އެޕާޓީން ފުރިހަމައަށް ތައްޔާރު ވެފައިވާ ކަމަށް އެންޑީޕީން ބުނެފިއެވެ.

ހޯމަ ދުވަހު އެމްޑީޕީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެޕާޓީގެ ނާއިބު ރައީސް މުހައްމަދު ޝިފާޒް ވިދާޅުވީ އިލެކްޝަން ކޮމިޝަނުން އަންގައިގެން މި މަހުގެ 30 ވަނަ ދުވަހު ބާއްވާ އެމްޑީޕީ ޕްރައިމަރީ އަށް ފުލުހުން ހުރަސް އަޅާނެ ކަމަށް ގަބޫލުނުކުރާ ކަމަށެވެ. ޝިފާޒް މިހެން ވިދާޅުވި އިރު އެމްޑީޕީގެ ޕްރައިމަރީ ހުއްޓުވުމަށް ފުލުހުންނަށް އިލެކްޝަންސް ކޮމިޝަނުން އަންގާފައިވާކަމުގެ ވާހަކަތަކެއް ވަނީ ފެތުރިފައެވެ. ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހްމަދު މަހްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ އެމްޑީޕީގެ ޕްރައިމަރީ ހުއްޓުވުމަށް އިލެކްޝަންސް ކޮމިޝަނުން ފުލުހުންނަށް އަންގާފައިވާ ކަމަށެވެ. މިކަމާ ބެހޭ ގޮތުން އިލެކްޝަންސް ކޮމިޝަނުން ވެސް ފުލުހުން ވެސް އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

Advertisement - newsAdvertisement

ޕްރައިމަރީ ބޭއްވުމަށް ދެ ދުވަހަށް ވެފައިވާއިރު ވޯޓް ފޮށި ބެހެއްޓުމަށް ނިންމާފައިވާ ހުރިހާ ރަށްތަކާއި ގައުމުތަކަށް ވޯޓް ކަރުދާހާ ވޯޓް ފޮށި ފޮނުވިފައިވާ ކަމަށް ޝިފާޒް ވިދާޅުވިއެވެ.

އެމްޑީޕީންގެ އިންތިހާބާ ބެހޭ ކޮމެޓީގެ މުގައްރިރު މުހައްމަދު އިބްރާހިމް މަނިކު ވިދާޅުވީ ވޯޓުލުމަށް ހަމަޖެހިފައި ވަނީ 30 މެއި 2018 ވާ ބުދަ ދުވަހުގެ މެންދުރު 14:00 އިން 00:00 އަށް ކަމަށެވެ. ވޯޓު ފޮށިތަށް ބަހައްޓަން ހަމަޖައްސާފައި ވަނީ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކާއި، ސްރީލާންކާގެ ކޮލޮމްބޯ އަދި ކެންޑީގެ އިތުރުން އިންޑިއާގެ ތިރުވަނަންތަޕޫރަމް (ޓްރިވެންޑްރަމް) އާއި ބެންގަލޫރު އަދި މެލޭޝިޔާގެ ކުއަލާލަމްޕޫރުގައެވެ. މީގެ އިތުރުން އިނގިރޭސި ވިލާތުގެ ލަންޑަނުގައި ވެސް ވޯޓުފޮށި ބެހެއްޓުމަށް ވަނީ ނިންމާފައެވެ.

ޕްރައިމަރީގެ ފަހުގެ ތައްޔާރީތަކާ ގުޅޭ ގޮތުން އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން

މާލޭ ރައްޔިތުންނަން ހާއްސަކޮށްގެން މާލޭގައި ފަސް ވޯޓް ފޮއްޓެއް ބެހެއްޓުމަށް ނިންމާފައިވާއިރު، ހުޅުމާލެ އާއި ވިލިމާލޭގައި ވެސް ވޯޓް ފޮށި ބެހެއްޓުމަށް ވަނީ ހަމަޖައްސާފައެވެ. އަދި އަތޮޅުތެރޭގައި ދިރިއުޅޭ މާލޭގެ ރައްޔިތުންނަން ހާއްސަކޮށްގެން އެމްޑީޕީ އޮފީހާއި އެޕާޓީގެ ހަރުގޭގައި ވޯޓް ފޮށިތަށް ބެހެއްޓުމަށް ވެސް ވަނީ ނިންމާފާއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކަންކަން ބެލެހެއްޓުމަށް އެޕާޓީގެ އަސާސީ ގަވައިދާ އެއްގޮތަށް ފަސް މެމްބަރުންގެ ކޮމެޓީއެއް ވަނީ ނަގާފައެވެ. އެ ފަސް މެމްބަރުންނަކީ އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފާއި، އެޕާޓީގެ ނާއިބު ރައީސް މުހައްމަދު ޝިފާޒާއި، މާލޭ ސިޓީ ކައުންސިލްގެ މޭޔަރ އަދި އެ ޕާޓީގެ އަންހެނުންގެ ރޫހުގެ ރައީސާ ޝިފާ މުހައްމަދާއި، ޒުވާނުންގެ ރޫހުގެ ރައީސް މީކާއިލް ނަސީމްގެ އިތުރުން އެޕާޓީގެ އިންތިހާބާ ބެހޭ ކޮމެޓީގެ މުގައްރިރު މަނިކެއެވެ. އެ ފަސް މެމްބަރުންގެ ބެލުމުގެ ދަށުން ޕްރައިމަރީ ބޭއްވުމަށް ވާންޖެހޭ ފަހުގެ ތައްޔާރީތަށް މިހާރު ވެސް ވަމުން އަންނަ ކަމަށް އެމްޑީޕީން ބުންޏެއެވެ.

އެމްޑީޕީގެ ޕްރައިމަރީއަށް ކުރިމަތިލައްވާފައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެކަންޏެވެ. ޕްރައިމަރީގައި ރައީސް ނަޝީދު ވާދަކުރައްވަން ހުށަހެޅުއްވި ފޯމާއެކު، 7،739 މެމްބަރުންގެ ސޮއި ހިމެނޭ ތާއިދު ފޯމުތަކެއް ވެސް ވަނީ އެމްޑީޕީގެ އޮފީހަށް ހުށަހަޅާފައެވެ. އެމްޑީޕީ ޕްރައިމަރީގައި ވާދަ ކުރައްވާ ކެންޑިޑޭޓުން މަދުވެގެން 500 މެމްބަރުންގެ ތާއީދު ސޮއި ހުށަހަޅަން ޖެހެއެވެ. އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރެއްވުމަށް "ޖަޒީރާ ރައީސް"ގެ ނަމުގައި ރައީސް ނަޝީދު ވަނީ ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކެމްޕެއިން ހަރަކާތަށް ކުރިއަށްގެންދަމުނެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

އީރާނުގެ އެންމެ މަތީ ލީޑަރާއެކު ބޭއްވެވި ހަތް ގަޑިއިރުގެ ދިގު ބައްދަލުވުމުގެ ތަފްސީލުތައް ރައީސް ޕެޒެޝްކިއަން ދެއްވައިފި

އިތުރަށް ކިޔާލަން

10 ފެބުރުއަރީ 2017

އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގެ ވޯޓްލުން ފަށައިފި

10 ފެބުރުއަރީ 2017
އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގެ ވޯޓްލުން ފަށައިފި
10 ފެބުރުއަރީ 2017

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ވޯޓްލުން މިއަދު ބާއްވާނީ

10 ފެބުރުއަރީ 2017
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ވޯޓްލުން މިއަދު ބާއްވާނީ
31 ޖެނުއަރީ 2017

ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު

31 ޖެނުއަރީ 2017
 ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު
31 ޖެނުއަރީ 2017

މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ

31 ޖެނުއަރީ 2017
މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ
20 ޖެނުއަރީ 2017

ޕާޓީގެ ހަމަޖެހުން އޮންނާނީ އުސޫލުތަކަށް ތަބާވެގެން: ރައީސް ޔާމިން

20 ޖެނުއަރީ 2017
ޕާޓީގެ ހަމަޖެހުން އޮންނާނީ އުސޫލުތަކަށް ތަބާވެގެން: ރައީސް ޔާމިން
14 ޖެނުއަރީ 2017

"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"

14 ޖެނުއަރީ 2017
"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"
10 ޖެނުއަރީ 2017

ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި

10 ޖެނުއަރީ 2017
ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި
10 ޖެނުއަރީ 2017

އަދާލަތު ޕާޓީން ލޯކަލް ކައުންސިލް އިންތިޚާބު ބޮއިކޮޓްކޮށްފި

10 ޖެނުއަރީ 2017
އަދާލަތު ޕާޓީން ލޯކަލް ކައުންސިލް އިންތިޚާބު ބޮއިކޮޓްކޮށްފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް