Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ގެރެތު ބޭލް

ޗެމްޕިއަންސް ލީގު ހޯދައިދިނުމަށް ފަހު ބޭލް ރެއާލް ދޫކޮށްލަނީ؟

ފައިނަލުގައި ބޭލް ދެ ލަނޑު ޖެހި

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް, ރާއްޖެ އެމްވީ | 27 މެއި 2018 | އާދީއްތަ 16:26
ގެރެތު ބޭލް އޭނާގެ ހަތަރު ވަނަ ޗެމްޕިއަންސް ލީގު އުފުލާލަނީ

ގެރެތު ބޭލް އޭނާގެ ހަތަރު ވަނަ ޗެމްޕިއަންސް ލީގު އުފުލާލަނީ

ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ލިވަޕޫލް ކޮޅަށް ދެ ލަނޑު ޖެހުމަށް ފަހު ރެއާލް މެޑްރިޑް ދޫކޮށްލާނެ ފަދަ އިޝާރާތެއް އެޓީމުގެ ފޯވާޑް ގެރެތު ބޭލް ދީފިއެވެ.

ޔޫކްރެއިންގެ ކިއޭވްގައި ކުޅުނު ފައިނަލް މެޗު 3-1 އިން ރެއާލް ކާމިޔާބުކުރި އިރު އެ މެޗުގައި ބެންޗުން އަރާ ބޭލް ދެ ލަނޑު ޖެހިއެވެ. މި މެޗުގައި ވެސް އޭނާއަށް ފުރަތަމަ އެގާރައިން ފުރުސަތު ދީފައިނުވާއިރު އޭނާ ހޯދުމަށް ޔޫރަޕުގެ އެންމެ ބޮޑު ޓީމުތަކުން ދަނީ މަސައްކަތްކުރަމުންނެއެވެ. ވަކިން ހާއްސަކޮށް އިނގިރޭސި ޕްރިމިއާ ލީގުގެ ޓީމުތަކުން އޭނާ ހޯދުމަށް މަސައްކަތްކުރާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ފައިނަލް މެޗަށް ފަހު ވާހަކަ ދައްކަމުން ބޭލް ބުނީ ކޮންމެ ހަފްތާއަކު ވެސް އޭނާއަށް ކުޅުމުގެ ފުރުސަތު ލިބެން ޖެހޭ ކަމަށާއި މި ސީޒަނުގައި އެކި ސަބަބުތަކާ ގުޅިގެން އެގޮތަށް އެކަން ހިނގާފައިނުވާ ކަމަށެވެ. އޭނާ ބުނީ ހޫނު މޫސުމުގެ ޓްރާންސްފާ މާކެޓު ހުޅުވުމާ އެކު އޭނާގެ އޭޖެންޓާ އެކު މަޝްވަރާކުރާނެ ކަމަށާއި އެ މަޝްވަރާތަކަށް ފަހު އޭނާ ކުރިޔަށްދާނެ ގޮތެއް ނިންމާނެ ކަމަށެވެ. ބޭލް ބުނީ އޭނާއަށް ފުރަތަމަ އެގާރައިން ފުރުސަތު ނުދިނުމުން ވަރަށް ދެރަވި ކަމަށާއި ފުރަތަމަ އެގާރައިން ޖާގަ ލިބެންޖެހޭ ކަމަށް ގަބޫލުކުރާ ކަމަށެވެ. ބޭލް ބުނީ ފުރަތަމަ އެގާރައިން ފުރުސަތު ނުދިމުން ދެން ބޭނުންވީ ބެންޗުން ކުޅެން އަރައި މެޗު ބަދަލުކޮށްލަން ކަމަށާއި އެކަން ކުރެވުމުން ވަރަށް އުފާވާ ކަމަށެވެ.

ބެންޗުން އަރައި ލަނޑެއް ޖެހުމަށް ބޭލް ބޭނުންވީ 122 ސިކުންތެވެ. އޭނާ މެޗުގައި ޖެހި ފުރަތަމަ ލަނޑަކީ އޮވަހެޑް ކިކަށްވާއިރު ގިނަ ބަޔަކު ބުނަމުންދަނީ އެ ލަނޑަކީ ޗެމްޕިއަންސް ލީގުގައި ފައިނަލްތަކުގައި ޖެހި ލަނޑުތަކުގެ ތެރެއިން އެންމެ ރީތި ލަނޑުތަކުގެ ތެރޭގައި ހިމެނޭނެ ލަނޑެއް ކަމަށެވެ.

އޭނާ ބުނީ ޓީމަށް ލިބުނު ކާމިޔާބާ އެކު ވަރަށް އުފާވެފައި ހުރި ކަމަށާއި ޗެމްޕިއަންސް ލީގުގެ ތަށްޓާ އެކު މި ސީޒަނަކީ ކާމިޔާބު ސީޒަނަކަށް ވެގެންގޮސްފި ކަމަށެވެ. ހަމައެހެންމެ ފައިނަލް މެޗުގައި ޖެހި ފުރަތަމަ ލަނޑަކީ އޭނާގެ ކެރިއަރުގައި ވެސް ޖެހި އެންމެ ރީތި ލަނޑު ކަމަށާއި އެއީ ތާރީހުން އޭނާއަށް ޖާގަ ލިބޭނެ ލަނޑެއް ކަމަށް ބޭލް ބުނެފައިވެއެވެ.

މި މެޗުގައި ޖެހި ދެ ލަނޑާ އެކު ބޭލް ވެގެންގޮސްފައި ވަނީ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ވެސް ބެންޗުން އަރައި ދެ ލަނޑު ޖެހި ފުރަތަމަ ކުޅުންތެރިޔާއަށެވެ. ރެކޯޑް ޓްރާންސްފާ ފީއެއް ކަމަށްވާ 100 މިލިއަން ޔޫރޯއަށް 2013 ވަނަ އަހަރު އޭރުގެ ރެއާލްއަށް ބަދަލުވެ ބޭލް ވަނީ އެ ޓީމަށް 189 މެޗު ކުޅެދީ 88 ލަނޑު ޖަހައިދީފައެވެ. އޭނާ ވަނީ އެ ޓީމާއެކު 14 ތަށްޓެއް ކާމިޔާބުކޮށްފައެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ

އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ

08 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

23 ފެބުރުއަރީ
ރެފްކޫލް އިން ރޯދަމަހަށް ވީޑިއޯ ކޮންޓެންޓް އުފެއްދުމުގެ މުބާރާތެއް ބާއްވަނީ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރެފްކޫލް އިން ރޯދަމަހަށް ވީޑިއޯ ކޮންޓެންޓް އުފެއްދުމުގެ މުބާރާތެއް ބާއްވަނީ

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިިހުގެ އަރިހުން މަސްވެރި އަލިބެ މައާފަށް އެދިއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިިހުގެ އަރިހުން މަސްވެރި އަލިބެ މައާފަށް އެދިއްޖެ

ޖޫސް ޓައިމަށް ހަމާލާދިނުން: ފުނޑުފުނޑުކޮށްލީ އުމުރުން ދުވަސްވީ މީހެއްގެ މުޅި ދިރިއުޅުން
20233 އަހަރު ކުރިން
ރިޕޯޓު

ޖޫސް ޓައިމަށް ހަމާލާދިނުން: ފުނޑުފުނޑުކޮށްލީ އުމުރުން ދުވަސްވީ މީހެއްގެ މުޅި ދިރިއުޅުން

ރަޝިއާއިން ޔޫކްރޭން ހިފަން ބޭނުންވާ ސަބަބު: ޕުޓިން ބޭނުންފުޅުވަނީ ކޮންކަމެއް؟
20224 އަހަރު ކުރިން
ރިޕޯޓު

ރަޝިއާއިން ޔޫކްރޭން ހިފަން ބޭނުންވާ ސަބަބު: ޕުޓިން ބޭނުންފުޅުވަނީ ކޮންކަމެއް؟

ޑރ. އަލީ ލަތީފްގެ ދައްތަ ފާތިމަތު އަބްދުﷲ ލަތީފް ނިޔާވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ޑރ. އަލީ ލަތީފްގެ ދައްތަ ފާތިމަތު އަބްދުﷲ ލަތީފް ނިޔާވެއްޖެ

ޝިމާ ގެއްލުނު ހާދިސާ ޑިންގީ ދުއްވި ފަޒީލްގެ ދުލުން
20197 އަހަރު ކުރިން
ރިޕޯޓު

ޝިމާ ގެއްލުނު ހާދިސާ ޑިންގީ ދުއްވި ފަޒީލްގެ ދުލުން

ފުލުހުންގެ ބެލުމުގެދަށުގައި، ފުލުހުންގެ ވެހިކަލްގައި އިން މީހަކަށް ބަޔަކު އަނިޔާކުރާ ވީޑިއޯ އެއް އާންމުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ފުލުހުންގެ ބެލުމުގެދަށުގައި، ފުލުހުންގެ ވެހިކަލްގައި އިން މީހަކަށް ބަޔަކު އަނިޔާކުރާ ވީޑިއޯ އެއް އާންމުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު