Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޓްރާންސްޕޭރެންސީ މޯލްޑިވްސް

މި މާހައުލުގައި އޮންނަ ރިޔާސީ އިންތިޚާބެއް ރައްޔިތުން ޤަބޫލް ކުރާނެ ކަމަކަށް ނުބެލެވޭ: ޓްރާންސްޕޭރެންސީ

27 މެއި 2018 | އާދީއްތަ 11:07

މައިގަނޑު ޝަކުވާއަކީ އިދިކޮޅު ސިޔާސީ ފަރާތްތަކަށް އިންތިޚާބުގައި ވާދަކުރުމުގެ ޔަގީންކަން ނެތުން

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 27 މެއި 2018 | އާދީއްތަ 11:07
ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ނޫސްވެރިންނަށް މައުލޫމާތު ދެނީ

ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ނޫސްވެރިންނަށް މައުލޫމާތު ދެނީ

މިހާރު މިއޮތް ހާލަތުގައި ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ބޭއްވި ނަމަވެސް ދިވެހިންވެސް އަދި ބައިނަލްއަޤްވާމީ ދުނިޔެއިންވެސް އިންތިޚާބު ޤަބޫލު ކުރާނެ ކަމަށް ނުބެލެވޭ ކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ބުނެފިއެވެ.

އެޖަމްއިއްޔާއިން މިހެން ބުނީ ރިޔާސީ އިންތިޚާބުގެ ކުރިން އިންތިޚާބުގެ މާހައުލު ދެނެގަތުމަށްޓަކައި އެޖަމްއިއްޔާއިން ހެދި ދިރާސާ ރިޕޯޓް ޢާއްމު ކުރުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ.

Advertisement - newsAdvertisement

އެޖަމްއިއްޔާއިން ބުނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުރެވުނު ދިރާސާއިން މައިގަނޑު ތިންކަމެއް ފާހަގަ ކުރެވިފައިވާ ކަމަށެވެ. އެއްކަމަކީ ސިޔާސީ ހަމަހަމަ އަދި ވާދަވެރި މާހައުލެއް ނެތުން ކަމަށާއި ދިރާސާއަށް މައުލޫމާތު ދިން ފަރާތްތަކުގެ މައިގަނޑު ޝަކުވާއަކީ އިދިކޮޅު ސިޔާސީ ފަރާތްތަކަށް އިންތިޚާބުގައި ވާދަކުރުމުގެ ޔަގީންކަން ނެތުމެވެ. އަދި ސަރުކާރަށާއި ސަރުކާރަށް ތާއީދު ކުރާ ފަރާތްތަކަށް ސިޔާސީ ހަރަކާތް ހިންގުމަށް ލިބިފައިވާ ފުރުސަތު އިދިކޮޅު ފަރާތްތަކަށް ލިބިފައި ނުވުމެވެ. ދެވަނަ ކަމަކީ ދައުލަތުގެ މުދަލާއި ފައިސާ އަދި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުން ކުރުން ކަމަށާއި 2018 ގެ ރިޔާސީ އިންތިހާބު ގައިވެސް ދައުލަތުގެ މުދަލާ ފައިސާ އަދި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުން ކުރާނެކަން ދިރާސާގެ ބައިވެރިން ފާހަގަ ކޮށްފައިވާ ކަމަށެވެ. ދިރާސާއާ ހަވާލާދީ އެޖަމްއިއްޔާއިން ތިންވަނަ ކަމެއްގެ ގޮތުގައި ބުނެފައިވަނީ، އިދާރީ ކަންކަން ގާނޫނީ ގޮތުން މަތި ކޮށްފައިވާ އިލެކްޝަންސް ކޮމިޝަންގެ މުސްތަގިއްލުކަމާމެދު ސުވާލު އުފެއްދުން ކަމަށާއި އިލެކްޝަންސް ކޮމިޝަންގެ މިނިވަންކަމާމެދު ޝައްކު އޮތުމަކީ އިންތިހާބީ މާހައުލު ކިލަނބުވުމަށް ހުޅުވޭ ދޮރެއް ކަމަށެވެ.

ރާއްޖެ އެމްވީން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ކޮމިއުނިކޭޝަން އެންޑް އެޑްވޮކަސީ މެނޭޖަރ އައިމަން ރަޝީދު ވިދާޅުވީ މިހާރު މިއޮތް މާހައުލު މިއޮތްގޮތަށް އޮވެ ބާއްވާ އިންތިޚާބަކާމެދު ވަރަށް ބޮޑަށް ސުވާލު އުފެދޭނެ ކަމަށާއި އިންތިޚާބު ބަލައިނުގަތުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

"ކަންތައްތަކެއް ބަދަލު ނުވެ މާހައުލު މިއޮތްގޮތަށް ދާކަމަށް ވަންޏާ އިންތިޚާބާމެދު ސުވާލު އުފެދުމުގެ ވަރަށް ބޮޑަށް ޖާގަ އެބައޮތް. އެޖާގަ އުފެދިގެން ދިއުމަކީ އިންތިޚާބުގެ މިނިވަންކަމާ އިންސާފްވެރިކަމާމެދު ސުވާލު އުފެދުމުގެ ދޮރުތަކެއް ހުޅުވިގެންދާނެކަމެއް. އެހެންކަމަށްވާނަމަ އިންތިޚާބު މިނިވަން އިންސާފްވެރި ވެދާނެތޯ ކުރެވޭ ސުވާލަށް ވުރެ އިންތިޚާބު ބަލައިނުގަތުމުގެ ފުރުސަތުވެސް ވަރަށް ބޮޑަށް ބޮޑުވެގެންދޭ" އައިމަން ވިދާޅުވިއެވެ.

މިދިރާސާގެ އަލީގައި އެޖަމްއިއްޔާއިން ވަނީ ކަމާބެހޭ އިދާރާތަކުން ރަނގަޅު ކުރުމަށް ހުށަހެޅުންތަކެއް ހުށަހަޅާފައެވެ. އެގޮތުން ސިޔާސީ ހަމަހަމަ މާހައުލެއް ގާއިމްކޮށް، ސަރުކާރާއި ސަރުކާރު ހިންގާ ޕާޓީއަށް ސިޔާސީ ހަރަކާތް ހިންގުމަށް އޮންނަ މިނިވަންކަން އެހެން ފަރާތްތަކަށް ވެސް ލިބިދިނުމަށާއި އިދިކޮޅު ފަރާތްތަކުގެ ތެރެއިން ޝައްކު އުފެދޭ ގޮތަށް ބަންދުކޮށް ނުވަތަ ޖަލަށް ލެވިފައިވާ ފަރާތްތަކަށް އިތުބާރު ހިފޭ އަދި ހާމަ ޝަރީއަތްކުރުމަށް ވަނީ ގޮވާލާފައެވެ.

ދައުލަތުގެ މުދަލާ ވަސީލަތްތައް ނަހަމަގޮތުގައި ބޭނުން ކުރުން ހުއްޓުވުމަށް ހަރުދަނާ ގާނޫނެއް އެކުލަވާލައި ތަންފީޒު ކުރުމަށާއި މިފަދަ ގާނޫނެއްގައި އިންތިހާބަށް ނުފޫޒު ފޯރުވުމަށް މަޝްރޫޢު އިއުލާން ކުރުން ހުއްޓުވުމާއި، ދައުލަތުގެ ކުންފުނިތައް ސިޔާސީ ބޭނުމަށް ބޭނުންކުރުން ހުއްޓުވުން ފަދަ ކަންކަން ހިމަނަންވާނެ ކަމަށް އެޖަމްއިއްޔާއިން ވަނީ ބުނެފައެވެ. މީގެއިތުރުން އިލެކްޝަންސް ކޮމިޝަންއަށް އިތުބާރު އުފެއްދުމަށް އެ ކޮމިޝަނަށް ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް އައްޔަނު ކުރާ މެމްބަރުންނަކީ ސިޔާސީ ތައައްސުބުން އެއްކިބާވެފައިވާ ބައެއްކަން ޔަގީންކުރުމަށް ގާނޫނީ އޮނިގަނޑު ހަރުދަނާ ކުރުމަށް ގޮވާލާފައިވެއެވެ. މީގެއިތުރުން އިންތިހާބީ ނިޒާމަށް ޝައްކު ކުރުމުގެ ފުރުސަތު ނުދިނުމުގެ ގޮތުން އިންތިހާބީ އިދާރީ ހުރިހާ ކަމެއް ހާމަ ކަމާއެކު ހިންގުމުގެ އިތުރުން، ގައުމީ ލަފާދޭ ކޮމިޓީއަކީ ސިޔާސީ ޕާޓީތަކާ، ދައުލަތުގެ މުއައްސަސާތަކާ މަދަނީ ޖަމިއްޔާތަކުގެ ބައިވެރިވުމާއެކު ހިންގާ ކޮމިޓީއެއްގެ ގޮތުގައި އެކުލަވާލުމަށް ވެސް ގޮވާލާފައިވެއެވެ. އަދި މިކޮމިޓީގެ ދައުރަކީ އިލެކްޝަންސް ކޮމިޝަންއިން މައުލޫމާތު ހިއްސާ ކުރުމަށް އެކުލަވާލާ ކޮމިޓީއަކަށް ވުމުގެ ބަދަލުގައި، އިންތިހާބީ ކަންކަމުގައި ފުރިހަމަ މައުލޫމާތުގެ އަލީގައި އިލެކްޝަންސް ކޮމިޝަނަށް ލަފާ އެރުވުމަށް ފުރުސަތު އޮންނަ ކޮމިޓީއަކަށް ވާންވާނެކަމަށްވެސް އެޖަމްއިއްޔާއިން ވަނީ ބުނެފައެވެ.

މިދިރާސާ ހެދުމުގައި ދިމާވި ގޮންޖެހުންތަކަށް ބަލާއިރު، ދައުލަތުގެ ބައެއް މުއައްސަސާތަކުން އިންޓަވިއުއަށް ވަގުތު ލިބިފައިނުވާކަން އެޖަމްއިއްޔާއިން ވަނީ ފާހަގަ ކޮށްފައެވެ. މިގޮތުން އެޓަރނީ ޖެނެރަލްގެ އޮފީހާއި، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހާއި، ފުލުހުންގެ އިދާރާއާއި، އެންޓި-ކޮރަޕްޝަން ކޮމިޝަނާއި، ހިއުމަންރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އާއި، ޕަބްލިކް ސާވިސް މީޑިއާއިން މިދިރާސާއަށް މައުލޫމާތު ލިބިފައިނުވާކަމަށް އެޖަމްއިއްޔާއިން ބުންނެވެ.

މީގެއިތުރަށް، އިލެކްޝަންސް ކޮމިޝަނުން އިންޓަވިއުއަކަށް ވަގުތު ލިބިފައިނުވާއިރު، ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ތައްޔާރުކުރި ސުވާލުތަކަށް ލިޔުމުން ޖަވާބު ދީފައިވާ ކަމަށާއި އެހެންނަމަވެސް، އެޖަވާބުތަކާއި ގުޅިގެން އިތުރަށް ސާފުކުރަން ބޭނުންވި މައުލޫމާތު ލިބޭގޮތްވަނީ ނުވެފައިކަމަށް އެޖަމްއިއްޔާއިން ބުންޏެވެ. ސިޔާސީ ޕާޓި ތަކުގެ ތެރެއިން ވެރިކަންކުރާ ކޯލިޝަންގައި ހިމެނޭ ޕީޕީއެމް އަދި އެމްޑީއޭއިންވަނީ މައުލޫމާތު ދިނުމަށް އިއުތިރާޒް ކޮށްފައި ކަމަށެވެ.

ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ސީނިއަރ ޕްރޮޖެކްޓް ކޯޑިނޭޓަރ އަހުމަދު ތޮލާލް ވިދާޅުވީ މިފަދަ ދިރާސާއަކަށް ހުރިހާ ފަރާތެއްގެ މައުލޫމާތު މުހިއްމު ކަމަށާއި އެމައުލޫމާތު ނުލިބުމަކީވެސް މިހާރުގެ މާހައުލު ރަނގަޅު ނޫންކަން ހާމަވާ ކަމެއް ކަމަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

14 ޖެނުއަރީ 2017

"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"

14 ޖެނުއަރީ 2017
"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"
14 ޖެނުއަރީ 2017

ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދިނުން ލާޒިމް: އަދުރޭ

14 ޖެނުއަރީ 2017
ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދިނުން ލާޒިމް: އަދުރޭ
13 ޖެނުއަރީ 2017

މިނިވަން އިންސާފުވެރި އިންތިޚާބެއް ހޯދުމަށް ގޮވާލައި އެމްޔޫއޯއިން އެއްވުމެއް ބާއްވަނީ

13 ޖެނުއަރީ 2017
 މިނިވަން އިންސާފުވެރި އިންތިޚާބެއް ހޯދުމަށް ގޮވާލައި އެމްޔޫއޯއިން އެއްވުމެއް ބާއްވަނީ
13 ޖެނުއަރީ 2017

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ
11 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!

11 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!
09 ޖެނުއަރީ 2017

އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ

09 ޖެނުއަރީ 2017
އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ
08 ޖެނުއަރީ 2017

މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް

08 ޖެނުއަރީ 2017
މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް
07 ޖެނުއަރީ 2017

ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް

07 ޖެނުއަރީ 2017
ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

2016 ވަނަ އަހަރަކީ މުޅި ނިޒާމް ހަލާކޮށް، ރައްޔިތުން ނިކަމެތިކޮށްލި އަހަރެއް: އެމްޑިޕީ

06 ޖެނުއަރީ 2017
2016 ވަނަ އަހަރަކީ މުޅި ނިޒާމް ހަލާކޮށް، ރައްޔިތުން ނިކަމެތިކޮށްލި އަހަރެއް: އެމްޑިޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް