Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއަންދްރޭސް އިނިއެސްޓާ

އިނިއެސްޓާ ޖަޕާންގެ ވިސެލް ކޯބޭއަށް

އިނިއެސްޓާ ސޮއިކޮށްފައިވަނީ އަހަރަކު 30 މިލިއަން ޑޮލަރު ލިބޭ ކޮންޓްރެކްޓެއްގައި

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 24 މެއި 2018 | ބުރާސްފަތި 13:38
އިނިއެސްޓާ ވިސެލް ކޯބޭގެ ޖާޒީ ހިފަހައްޓާލައިގެން

އިނިއެސްޓާ ވިސެލް ކޯބޭގެ ޖާޒީ ހިފަހައްޓާލައިގެން

ސްޕެއިންގެ ބާސެލޯނާއާއެކު ކާމިޔާބު 16 ސީޒަން ހޭދަކުރުމަށްފަހު އެ ޓީމު ދޫކޮށްލުމަށްފަހު އަންދްރޭސް އިނިއެސްޓާ ޖަޕާން ލީގުގައި ކުޅެމުން އަންނަ ވިސެލް ކޯބޭއަށް ބަދަލުވެއްޖެއެވެ.

އިނިއެސްޓާގެ އިތުރުން އާސެނަލް އަދި ގަލަޓަސަރޭއަށް ކުޅެމުން އަންނަ ޖަރުމަނުގެ ފޯވާޑް ލޫކަސް ޕޮޑޯލްސްކީ ވެސް ކުޅެމުން އަންނަނީ އެ ޓީމަށެވެ. ރިޕޯޓްތައް ބުނާ ގޮތުން އިނިއެސްޓާ ސޮއިކޮށްފައިވަނީ އަހަރަކު 30 މިލިއަން ޑޮލަރު ލިބޭ ކޮންޓްރެކްޓެއްގައެވެ. އިނިއެސްޓާ އެ ޓީމުގައި ބޭނުންކުރާނީ އޭނާގެ ރަސްމީ ނަމްބަރު ކަމަށްވާ އަށް ނަމްބަރު ޖާޒީއެވެ. ވިސެލް ކޯބޭ މިވަގުތު އޮތީ ޖަޕާން ލީގުގެ ހަވަނައިގައެވެ. މިދިޔަ ސީޒަން އެ ޓީމު ނިންމާލީ ނުވަވަނައިގައި އޮވެގެންނެވެ.

ވިސެލް ކޯބޭއަށް ސޮއިކުރުމަށްފަހު ވާހަކަ ދައްކަމުން އިނިއެސްޓާ ބުނީ ވަރަށް ގިނަ ކްލަބްތަކަކުން އޭނާއަށް ހުށަހެޅުން ލިބުނު ކަމަށާއި އެހެން ނަމަވެސް ވިސެލް ކޯބޭއާ ގުޅުނީ އެ ޓީމުގެ ޕޮރްޖެކްޓަކީ ވަރަށް ކަމުދާ ޕްރޮޖެކްޓަކަށް ވުމާއެކު ކަމަށެވެ. އޭނާ ބުނީ އެ ޓީމުން އޭނާއަށް ވަރަށް ބޮޑު އިތުބާރެއް ކުޅުންތެރިޔެއްގެ ގޮތުންނާއި މީހެއްގެ ގޮތުން ކުރި ކަމަށާއި އެއީ އެޓީމާއި ގުޅުމަށް ނިންމި އެންމެ ބޮޑު ސަބަބު ކަމަށެވެ.

އެޓީމުގެ އޯނަރު ކަމަށްވާ ހިރޮޝީ މިކިޓާނީ ބުނީ އިނިއެސްޓާގެ ތަޖުރިބާ އާއި ލީޑަރޝިޕްގެ ދަށުން އެ ޓީމަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށާއި އަދި ޖަޕާންގެ ފުޓްބޯޅައަށް ވެސް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށެވެ. އޭނާ ބުނީ އިނިއެސްޓާގެ އެހީތެރިކަމާއެކު ޒުވާން ކުޅުންތެރިން ތަމްރީންވެގެންދާނެ ކަމަށާއި އޭނާގެ އެހީތެރިކަމާއެކު އޭޝިއާގެ ފުޓްބޯޅައަށް ވެސް ބޮޑު ބަދަލެއް އަންނާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް މިކިޓާނީ ބުނެފައިވެއެވެ. އޭނާ ބުނީ އިނިއެސްޓާއަށް ދޭންޖެހޭ ހުރިހާ އެހީތެރިކަމެއް ދޭނެ ކަމަށާއި މިއީ އޭނާ ވަރަށް ފަހުރުވެރިވާ ކަމެއް ކަމަށެވެ.

އިނިއެސްޓާ 16 ސީޒަނަށްފަހު ބާސާ ދޫކޮށްލާނެކަން އިއުލާންކުރީ އެޕްރީލް މަހުގެ ތެރޭގައެވެ. ބާސާ ދޫކޮށްލުމުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން އިނިއެސްޓާ ބުނީ ދުނިޔޭގެ އެންމެ މޮޅު ޓީމުގައި 22 އަހަރު ހޭދަކުރަން ލިބުމަކީ އޭނާއަށް ލިބުނު ވަރަށް ބޮޑު ނަސީބެއް ކަމަށެވެ.

އިނިއެސްޓާއަކީ 669 މެޗާއިއެކު ބާސާއަށް ދެވަނައަށް އެންމެ ގިނަ މެޗު ކުޅެދިން ކުޅުންތެރިޔާއެވެ. އަދި 2002 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 29 ދުވަހުން ފެށިގެން ބާސާގެ ޓީމުގައި ހިމެނިގެން ކުޅެމުން އަންނަ އިނިއެސްޓާ ވަނީ އެ ޓީމަށް 57 ލަނޑު ޖަހައިދީފައެވެ. އަދި 2015 ވަނަ އަހަރުން ފެށިގެން އެ ކްލަބުގެ ކެޕްޓަނަކީ ވެސް އިނިއެސްޓާއެވެ.

އިނިއެސްޓާ ބާސާއާއި ގުޅިފައި ވަނީ 1996 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އުމުރުން 12 އަހަރުގައެވެ. އޭނާއަކީ 32 ތައްޓާއެކު ބާސާގެ ތާރީހުގައި އެންމެ ގިނަ ތަށި ކާމިޔާބު ކުރި އެއް ކުޅުންތެރިޔާއެވެ. ބާސާ އާއެކު އިނިއެސްޓާ ހޯދާފައިވާ ކާމިޔާބީތަކުގެ ތެރޭގައި ސްޕެނިޝް ލީގު ޗެމްޕިއަންކަން ނުވަ ފަހަރު، އަދި ޔުއޭފާ ޗެމްޕިއަންސް ލީގުގެ ތަށި 4 ފަހަރު ހޯދުން ފާހަގަ ކޮށްލެވެއެވެ.

ނިމިގެންދިޔަ ސީޒަނުގައި ވެސް އޭނާ ވަނީ ބާސާއާއެކު ސްޕެނިޝް ލަލީގާގެ އިތުރުން ސްޕެނިޝް ކޮޕާ ޑެލްރޭ ކާމިޔާބުކޮށްފައެވެ. މިފަހަރު ރަޝިއާގައި އޮންނަ ވޯލްޑް ކަޕްގައި އޭނާ ސްޕެއިން ވެސް ތަމްސީލުކުރާނެއެވެ.

އިތުރަށް ކިޔާލަން

03 ޑިސެމްބަރު 2017

އުމްޓީޓީ އާއި އިނިއެސްޓާއަށް އަނިޔާވެ ބާސާއަށް ނުތަނަވަސްކަން

03 ޑިސެމްބަރު 2017
އުމްޓީޓީ އާއި އިނިއެސްޓާއަށް އަނިޔާވެ ބާސާއަށް ނުތަނަވަސްކަން
06 އޮކްޓޯބަރު 2017

އުމުރު ދުވަހުގެ ކޮންޓްރެކްޓެއްގައި އިނިއެސްޓާ ސޮއިކޮށްފި

06 އޮކްޓޯބަރު 2017
އުމުރު ދުވަހުގެ ކޮންޓްރެކްޓެއްގައި އިނިއެސްޓާ ސޮއިކޮށްފި
03 އޮކްޓޯބަރު 2017

ސްޕެއިންގެ ސްކޮޑުން ކަވަހާލް، މޮރާޓާ އަދި އިނިއެސްޓާ ބާކީ ކޮށްފި

03 އޮކްޓޯބަރު 2017
ސްޕެއިންގެ ސްކޮޑުން ކަވަހާލް، މޮރާޓާ އަދި އިނިއެސްޓާ ބާކީ ކޮށްފި
07 ސެޕްޓެމްބަރު 2017

ބާސެލޯނާއާއެކު ހަދާފައިވާ އެއްބަސްވުން އަލެއް ނުކުރަން: އިނިއެސްޓާ

07 ސެޕްޓެމްބަރު 2017
ބާސެލޯނާއާއެކު ހަދާފައިވާ އެއްބަސްވުން އަލެއް ނުކުރަން: އިނިއެސްޓާ
29 އޯގަސްޓު 2017

މެސީ އަދި އިނިއެސްޓާ ވިއްކާލަން އުޅޭކަމަށް ފެތުރޭ އަޑުތައް ބާސާ އިން ދޮގުކޮށްފި

29 އޯގަސްޓު 2017
މެސީ އަދި އިނިއެސްޓާ ވިއްކާލަން އުޅޭކަމަށް ފެތުރޭ އަޑުތައް ބާސާ އިން ދޮގުކޮށްފި
16 އޯގަސްޓު 2017

ރެއާލްއާއި ދެކޮޅަށް އިނިއެސްޓާ ނުކުޅޭނެ!

16 އޯގަސްޓު 2017
ރެއާލްއާއި ދެކޮޅަށް އިނިއެސްޓާ ނުކުޅޭނެ!
29 ޖުލައި 2017

ދިގު މުއްދަތަކަށް ބާސާގައި ނޭމާ މަޑުކުރާނެ ކަމަށް އުންމީދުކުރަން: އިނިއެސްޓާ

29 ޖުލައި 2017
ދިގު މުއްދަތަކަށް ބާސާގައި ނޭމާ މަޑުކުރާނެ ކަމަށް އުންމީދުކުރަން: އިނިއެސްޓާ
27 ޖޫން 2017

ރޯމާގެ ލެޖެންޑް ޓޮޓީ ހޯދުމަށް ޖަޕާންގެ ޓޯކިޔޯ ވާޑީން މަސައްކަތް ފަށައިފި

27 ޖޫން 2017
ރޯމާގެ ލެޖެންޑް ޓޮޓީ ހޯދުމަށް ޖަޕާންގެ ޓޯކިޔޯ ވާޑީން މަސައްކަތް ފަށައިފި
20 ޖޫން 2017

ބާސާގެ އިނިއެސްޓާއަށް އިންޓަ މިލާނުން ފާރަލާން ފަށައިފި

20 ޖޫން 2017
ބާސާގެ އިނިއެސްޓާއަށް އިންޓަ މިލާނުން ފާރަލާން ފަށައިފި
25 މާރިޗު 2017

ބާސާ އަށް އިސްކޯ ގެންނަން އިނިއެސްޓާ އަދި ސުއަރޭޒް ބޭނުންވޭ!

25 މާރިޗު 2017
ބާސާ އަށް އިސްކޯ ގެންނަން އިނިއެސްޓާ އަދި ސުއަރޭޒް ބޭނުންވޭ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު