Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްއެންޑީއެފް

ބޯޓެއްގެ ބުރަފަތީގެ ބައެއް ބިންދައިގެން ގޮސްގެން އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދީފި

ބުރަފަތީގެ ބައެއް ބިންދައިގެން ގޮސްފައިވަނީ ޕީއެމްއެމްއޭ އެކްސްޕްރެސް 5 ކިޔާ ބޯޓެއްގެ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 23 މެއި 2018 | ބުދަ 12:12
އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދެނީ

އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދެނީ

ހއ. އަތޮޅުން ފުރައިގެން މާލެ ދަތުރު ކުރަމުންދިޔަ "ޕީއެމްއެމްއޭ އެކްސްޕްރެސް 5" ނަމަކަށް ކިޔާ ބޯޓެއްގެ ބުރަފަތީގެ ބައެއް ބިންދައިގެން ގޮސްގެން އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަން އިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

މި ހާދިސާގެ މައުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑަށް ބުދަ ދުވަހުގެ ހެނދުނު 10:26 ހާއިރު ލިބުމާއެކު ކޯސްޓްގާޑްގެ ލޯންޗެއް ވަނީ ހަރަކާތްތެރިވާން ފަށާފައެވެ. އެގޮތުން އެމްއެންޑީއެފް ކޯސްޓްގާޑް ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓް "ވެލާނާ" ވަނީ މި ބޯޓު އޮތް ސަރަހަށްދަށް ގޮސް ބޯޓުގައި ފަސިންޖަރުންގެ ގޮތުގައި ތިބި އަށް މީހުން ވަނީ މާލެ ގެނެސްފައެވެ. މީގެ ތެރޭގައި ތިން ފިރިހެނުންނާއި ތިން އަންހެނުން އަދި ދެ ކުޑަކުދިން ހިމެނެއެވެ.

Advertisement - newsAdvertisement

އެ ބޯޓުގެ ބުރަފަތީގެ ބައެއް ބިންދައިގެން ގޮސްފައިވަނީ ދަތުރު ކުރަމުންދަނިކޮށް ކ.ކާށިދޫ ކައިރިންނެވެ. އެ ބޯޓު މަޑު ސްޕީޑެއްގައި މާލެ އަށް ދަތުރުކުރަމުންދާ ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.

އެ ހާދިސާ ހިނގި ވަގުތުގައި ބޯޓުގައި ފަޅުވެރިންނާއި އެކު މުޅި ޖުމްލަ 22 މީހުން ތިއްބެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

އިތުރަށް ކިޔާލަން

06 މާރިޗު 2017

ކޭބަލެއް އެނދުމުގެ ސަބަބުން ނ. ޅޮހީގެ ބައެއް ހިސާބުތަކުން ކަރަންޓް ކެނޑިއްޖެ

06 މާރިޗު 2017
ކޭބަލެއް އެނދުމުގެ ސަބަބުން ނ. ޅޮހީގެ ބައެއް ހިސާބުތަކުން ކަރަންޓް ކެނޑިއްޖެ
02 މާރިޗު 2017

އިދިކޮޅު ފަރާތްތަކަކީ ގައުމަށް ހެޔޮއެދޭ ބައެއް ނޫން: އަބްދުއްރަހީމް

02 މާރިޗު 2017
އިދިކޮޅު ފަރާތްތަކަކީ ގައުމަށް ހެޔޮއެދޭ ބައެއް ނޫން: އަބްދުއްރަހީމް
01 މާރިޗު 2017

ސިފައިންނަކީ ރާއްޖެ ބިނާ ކުރުމުގެ ބޮޑު ދައުރެއް އޮތް ބައެއް، ސިފައިނަށް ވޯޓް ލެވެންޖެހޭނެ: ރައީސް ނަޝީދު

01 މާރިޗު 2017
ސިފައިންނަކީ ރާއްޖެ ބިނާ ކުރުމުގެ ބޮޑު ދައުރެއް އޮތް ބައެއް، ސިފައިނަށް ވޯޓް ލެވެންޖެހޭނެ: ރައީސް ނަޝީދު
28 ފެބުރުއަރީ 2017

އެނގެންވާ ވަރަށް ނޭނގުމުގެ ސަބަބުން ބައެއް ފުލުހުން ގޯސް ކަންތައް ކުރޭ: ސީޕީ އަރީފް

28 ފެބުރުއަރީ 2017
އެނގެންވާ ވަރަށް ނޭނގުމުގެ ސަބަބުން ބައެއް ފުލުހުން ގޯސް ކަންތައް ކުރޭ: ސީޕީ އަރީފް
20 ފެބުރުއަރީ 2017

ބައެއް އިލްމުވެރިން ފަތުވާ ނެރުއްވަނީ ފައިސާއަށް: އީސަ

20 ފެބުރުއަރީ 2017
 ބައެއް އިލްމުވެރިން ފަތުވާ ނެރުއްވަނީ ފައިސާއަށް: އީސަ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު