Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުލޯކަލް މާރުކޭޓު

ކުރުނބާގެ އަގު ބޮޑުވިއިރު ކޮޕީ ފަތް ލިބުމަށް ދަތިވެއްޖެ!

ރޯދަ މަސް ފެށުނުއިރު ކުރުނބާއެއް ލިބެން ހުރީ 15 ރުފިޔާއަށް

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 23 މެއި 2018 | ބުދަ 11:39
ލޯކަލް މާރުކޭޓުގައި ކުރުނބާ ވިއްކާ މީހެއް

ލޯކަލް މާރުކޭޓުގައި ކުރުނބާ ވިއްކާ މީހެއް

މާރުކޭޓުގައި ކުރުނބާގެ އަގު ބޮޑުވެ ކޮޕީ ފަތް ލިބުމުގެ ދަތިކަން ކުރިމަތިވެއްޖެއެވެ.

ރޯދަ މަސް ފެށުނުއިރު ކުރުނބާއެއް ލިބެން ހުރީ 15 ރުފިޔާއަށް ކުރުނބަލެކެވެ. އެހެންނަމަވެސް މިހާރު ކުރުނބަލެއް ވިއްކަން ހުރީ 50 ރުފިޔާއަށެވެ.

"ކުރުނބާގެ އަގު މިހާރު ވަނީ ބޮޑުވެފައި. ރޯދަ މަސް ފެށުނުއިރު ވަރަށް އަގު ހެޔޮ، ބޮޑަށް ލަފާކުރެވެނީ މޫސުން ގޯސްވުމުން ރަށްރަށުން ކުރުނބާ ގެންނަ މީހުންނަށް ނާދެވިގެން އުޅެނީ ކަމަށް، އެހެންވެ ކުރުނބާގެ އަގު އުފުލިގެން އެ ދިޔައީ" ލޯކަލް މާރުކޭޓުގައި ވިޔަފާރި ކުރާ މީހަކު ބުންޏެވެ.

މެއި 19 ވަނަ ދުވަހު ވެސް މާރުކޭޓުގައި ކޮޕީ ފަތް ވިއްކަން ހުރީ 20ރ. އަށް ތިން ކޮޕީ ފަތެވެ. ރޯދަ މަހު ކޮޕީ ފަތް ބޭނުންކުރާ މިންވަރު އިތުރުވެފައިވާއިރު ކަސްޓަމަރުންގެ ޑިމާންޑާ އެއްވަރަށް ކޮޕީ ފަތް ނުލިބޭ ކަމަށް ވިޔަފާރިވެރިން ވަނީ ބުނެފައެވެ.

"ހުރިހާ ފަތްޕިލާވެލި ނުލިބޭ، ވަކި ކޮޕީ ފަތެއް ނޫން. ހުރިހާ ވައްތަރެއްގެ ފަތްޕިލާވެލީގެ އަގު އުޅެނީ މަތިކޮށް އެއީ ރޯދަ މަސްވީމައި ބޭނުންކުރާލެއް ގިނަވެފައި ލިބޭ މިންވަރު މަދީ. ދެން ރޯދައަށް މައިގަނޑު ގޮތެއްގައި ފަތް މި ގެންނަނީ ކާށިދޫން އަދި ތޮއްޑޫން. އެމީހުން ރޯދައަށް ކަރާގެ ކަންތަކާ އުޅުނީމައި އެ ބައި ތަންކޮޅެއް ދަށްކޮށްލާފައި ހުރީ" ވިޔަފާރިވެރިޔަކު ބުންޏެވެ.

މާރުކޭޓުގައި ބައެއް އެއްޗެހި ވިއްކަން ހުރި އަގު:

ބާވަތް އަގު އާފަލު 04 ރުފިޔާއަށް ކިވީ 10 ރުފިޔާއަށް 100 ގްރާމް އަނބު 65 އަކަށް ކިލޯ ސައްކެޔޮ 60 އަށް މޭބިސްކަދުރު 10 ރުފިޔާއަށް 100 ގްރާމް ލުނބޯ 40 ރުފިޔާއަށް ކިލޯ ބަށި 35 އަކަށް ކިލޯ ޓޮމާޓޯ 60 އަށް ކިލޯ

ރޯދަ މަހުގެ މެދުތެރޭގައި ގިނަ ބާވަތްތަކުގެ އެއްޗެހީގެ އަގު ބޮޑުވެގެންދާނެ ކަމަށް ލޯކަލް މާރުކޭޓުގައި ތަކެތި ވިއްކާ ފަރާތްތަކުން ވަނީ ލަފާކޮށްފައެވެ.

އިތުރަށް ކިޔާލަން

01 ޖޫން 2017

ފަތެއް ނެތް، ލިބެން ހުރި ފަތުގެ ބާވަތްތަކުގެ އަގުތައް އެހާ މަތީގަ!

01 ޖޫން 2017
ފަތެއް ނެތް، ލިބެން ހުރި ފަތުގެ ބާވަތްތަކުގެ އަގުތައް އެހާ މަތީގަ!
31 މެއި 2017

ދޮންކެޔޮ ތިޔާގި، އަގުތަށް އިންތިހާއަށް މަތީގައި

31 މެއި 2017
ދޮންކެޔޮ ތިޔާގި، އަގުތަށް އިންތިހާއަށް މަތީގައި
28 މެއި 2017

ކާބޯތަކެތީގެ އަގު ބޮޑުވާތީވެ ޓްރޭޑް ޔޫނިއަންއިން ކަންބޮޑުވުން ފާޅުކޮށްފި

28 މެއި 2017
ކާބޯތަކެތީގެ އަގު ބޮޑުވާތީވެ ޓްރޭޑް ޔޫނިއަންއިން ކަންބޮޑުވުން ފާޅުކޮށްފި
28 މެއި 2017

އާއްމުންނަށް ލުއިކޮށް ދިނުމަށް ރޯދަ މަހު 418 ބާވަތުގެ މުދާ ވިއްކޭނެ އެންމެ މަތީ އަގު ގަތަރު ސަރުކާރުން ކަނޑައަޅައިފި

28 މެއި 2017
އާއްމުންނަށް ލުއިކޮށް ދިނުމަށް ރޯދަ މަހު 418 ބާވަތުގެ މުދާ ވިއްކޭނެ އެންމެ މަތީ އަގު ގަތަރު ސަރުކާރުން ކަނޑައަޅައިފި
17 މެއި 2017

ވިލާ ގޭހުގެ އަގުހެޔޮކޮށްފި

17 މެއި 2017
ވިލާ ގޭހުގެ އަގުހެޔޮކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު