Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސްޕެނިޝް ލަލީގާ

ސްޕެނިޝް ލަލީގާ: އިނިއެސްޓާގެ ފަހު މެޗު ބާސާއިން ކާމިޔާބުކޮށްފި

21 މެއި 2018 | ހޯމަ 16:39

ރެއާލް ސޮސިއެޑާޑްއާ ދެކޮޅަށް ކުޅުނު މެޗު ބާސާއިން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުން

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 21 މެއި 2018 | ހޯމަ 16:39
އިނިއެސްޓާ ލަލީގާގެ ތަށި އުފުލާލަނީ

އިނިއެސްޓާ ލަލީގާގެ ތަށި އުފުލާލަނީ

ސްޕެނިޝް ލަލީގާގައި އަންދްރޭސް އިނިއެސްޓާ ކުޅުނު ފަހު މެޗު އޭނާގެ ޓީމު ކަމަށްވާ ބާސެލޯނާއިން ކާމިޔާބުކޮށްފިއެވެ.

އަމިއްލަ ދަނޑުގައި ރެއާލް ސޮސިއެޑާޑްއާ ދެކޮޅަށް ކުޅުނު މެޗު ބާސާއިން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ. މި މެޗާއި ބާސާއިން ކުރިމަތިލިއިރު އެ ޓީމު އަމިއްލަ ދަނޑުގައި އެންމެފަހުން ކުޅުނު 35 މެޗުން ވެސް ބަލިވެފައެއް ނުވެއެވެ. މި މެޗު ވެގެންދިޔައީ ބާސާގެ ޖާޒީގައި އިނިއެސްޓާ ކުޅޭނެ އެންމެ ފަހު މެޗަށެވެ. ހަމައެހެންމެ މި މެޗަކީ ރެއާލް ސޮސިއެޑާޑްގެ ކެޕްޓަން ޒަބީ ޕްރިއޭޓޯ އެ ޓީމަށް ވެސް ކުޅެދިން އެންމެ ފަހު މެޗެވެ. މި މެޗުގެ ފުރަތަމަ އެގާރާގައި އިނިއެސްޓާ ހިމެނުނުއިރު ލިއޮނެލް މެސީ މެޗު ފަށާފައިވަނީ ބެންޗުންނެވެ. މެޗު ފެށުމުގެ ކުރިން ސޮސިއެޑާޑްގެ ކުޅުންތެރިން ވަނީ ބާސާގެ ކުޅުންތެރިންނަށް ގާޑް އޮފް އޮނަރ އެއް ދީފައެވެ.

ފުރަތަމަ ހާފު ފެށިގެން ބާސާގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔައިރު އެ ޓީމުން ވަނީ ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. މެޗުގެ ފުރަތަމަ ހާފުގައި ބާސާގެ ރަކިޓިޗް އަދި އިނިއެސްޓާ ލަނޑު ޖެހުމާއި ގާތަށް ދިޔަ ނަމަވެސް އެ ދެ ކުޅުންތެރިންނަށް ވެސް ސޮސިއެޑާޑްގެ ގޯލު ހުޅުވާލެވިފައެއް ނުވެއެވެ.

ދެ ޓީމު އެއްވަރުވެއޮވެ ފުރަތަމަ ހާފު ނިމިގެންދިޔައިރު ދެވަނަ ހާފުގައި ދެ ޓީމުގެ ފަރާތުން ވެސް ވަނީ ފޯރިގަދަ ކުޅުމެއް ފެނިގެންގޮސްފައެވެ. މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗުގެ 57 ވަނަ މިނެޓުގައި ބާސާއަށް ޖަހައިދިނީ އެ ޓީމުގެ މިޑްފީލްޑަރު ފިލިޕޭ ކުޓީނިއޯއެވެ. މި ލަނޑު އޭނާ ކާމިޔާބުކުރީ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއަކުންނެވެ. މި ލަނޑަށްފަހު ބާސާއިން އެ ޓީމުގެ ކުޅުން ވަރުގަދަކުރިއިރު އެ ޓީމުން އުފެއްދި ގިނަ ހަމަލާތަކުގެ ހުރަހަކަށް ވެގެންދިޔައީ ސޮސިއެޑާޑްގެ ކީޕަރު މޯޔާއެވެ.

މި ސީޒަނުގެ ރަން ބޫޓު 34 ލަނޑާއެކު ގެންދިޔައީ މެސީއެވެ. އޭނާއާ އެއް އަދަދަކަށް ޔޫރަޕުގެ ގަދަ ފަސް ލީގުގައި ކުޅޭ އެހެން އެއްވެސް ކުޅުންތެރިޔަކަށް ލަނޑު ޖެހިފައެއް ނުވެއެވެ. މިއީ ބާސާގެ ތާރީހުގައި ވެސް އެ ޓީމުން ކާމިޔާބުކުރި 25 ވަނަ ލަލީގާއެވެ. ހަމައެހެންމެ އެ ޓީމުން ވަނީ ފާއިތުވެދިޔަ 10 ސީޒަނުގައި ހަތް ފަހަރެއްގެ މަތިން މި މުބާރާތް ކާމިޔާބުކޮށްފައެވެ.

ޗެމްޕިއަނުންގެ ގޮތުގައި ބާސާއިން މި ސީޒަން ނިންމާލިއިރު މި ސީޒަނުގައި ކުޅުނު 38 މެޗުން އެ ޓީމު ވަނީ 93 ޕޮއިންޓް ހަމަކޮށްފައެވެ. ދެވަނައިގައި އޮތް އެޓްލެޓިކޯ މެޑްރިޑަށް 79 ޕޮއިންޓް ލިބިފައިވާއިރު ތިންވަނައިގައި އޮތް ރެއާލް މެޑްރިޑަށް ލިބިފައިވަނީ 76 ޕޮއިންޓެވެ. ހަތަރު ވަނައިގައި އޮތް ވެލެންސިއާއަށް 73 ޕޮއިންޓް ވަނީ ލިބިފައެވެ. ގަދަ ހަތަރެއްގައި ހިމެނުނު ޓީމުތަކަށް ޔުއެފާ ޗެމްޕިއަންސް ލީގުގެ ޖާގައެއް ކަށަވަރުވެފައިވާއިރު 61 ޕޮއިންޓާއެކު ފަސްވަނައިގައި އޮތް ވިޔަރެއާލްއަށް ވަނީ ޔުއެފާ ޔުރޮޕާ ލީގުގެ ޖާގައެއް ކަށަވަރުވެފައެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2017

ބައިނަލް އަގްވާމީ މެޗުތައް ރާއްޖޭގެ ވޮލީއަށް މުހިންމު: ސަތޯ

24 ޖެނުއަރީ 2017
ބައިނަލް އަގްވާމީ މެޗުތައް ރާއްޖޭގެ ވޮލީއަށް މުހިންމު: ސަތޯ
24 ޖެނުއަރީ 2017

ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

24 ޖެނުއަރީ 2017
ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް
23 ޖެނުއަރީ 2017

އެންމެ ފަހުން ޑިޕޭ ލިޔޯން އަށް ސޮއިކޮށްފި

23 ޖެނުއަރީ 2017
އެންމެ ފަހުން ޑިޕޭ ލިޔޯން އަށް ސޮއިކޮށްފި
20 ޖެނުއަރީ 2017

ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

20 ޖެނުއަރީ 2017
ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި
20 ޖެނުއަރީ 2017

އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ

20 ޖެނުއަރީ 2017
އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ
18 ޖެނުއަރީ 2017

އެންމެ ފަހުން ކޯސްޓާ ޗެލްސީގެ ފަރިތަކުރުންތަކާ ގުޅިއްޖެ

18 ޖެނުއަރީ 2017
އެންމެ ފަހުން ކޯސްޓާ ޗެލްސީގެ ފަރިތަކުރުންތަކާ ގުޅިއްޖެ
11 ޖެނުއަރީ 2017

ސްޕެނިޝް ކަޕުގެ ކުއާޓާއަށް އެތުލެޓިކޯ ދަތުރުކޮށްފި

11 ޖެނުއަރީ 2017
ސްޕެނިޝް ކަޕުގެ ކުއާޓާއަށް އެތުލެޓިކޯ ދަތުރުކޮށްފި
08 ޖެނުއަރީ 2017

އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ

08 ޖެނުއަރީ 2017
އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް