Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސިޔާދު ޤާސިމް

ސިޔާދުގެ ޝަރީއަތް: މިހާތަނަށް ލިބިފައި ނެތް ހެއްކެއް، ސިއްރުކުރަން ދައުލަތުން އެދެފި!

20 މެއި 2018 | އާދީއްތަ 12:08

ނެތް ހެއްކެއް ސިއްރުކުރަން އެދުމުން އެއީ ސީދާ އޮޅުވާލަން ކޮށްފައިވާ ކަމެއް ކަމަށް ދިފާއީ ވަކީލު ވިދާޅުވި

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 20 މެއި 2018 | އާދީއްތަ 12:08
ސިޔާދު ގާސިމް ކޯޓަށް ހާޒިރު ކުރަނީ (ފައިލް ފޮޓޯ)

ސިޔާދު ގާސިމް ކޯޓަށް ހާޒިރު ކުރަނީ (ފައިލް ފޮޓޯ)

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ދަރިކަލުން އިބްރާހިމް ސިޔާދު ގާސިމް މައްޗަށް ދައުލަތުން އުފުލާފައިވާ ރިޝްވަތު ދިނުމުގެ ކުށުގެ ދައުވާ ސާބިތު ކުރުމަށް ހުށަހަޅަންޖެހޭ އެންމެ މުހިއްމު ހެކި މިހާތަނަށް ދައުލަތަށް ހޯދިފައިނުވާކަން ފަޅާއަރައިފި އެވެ.

އާދިއްތަ ދުވަހު ކްރިމިނަލް ކޯޓުގައި ބޭއްވި އިބްތިދާއީ އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ދައުވާ އިއްވުމުން ސިޔާދު ވިދާޅުވީ އެ ދައުވާއަކީ އެއްވެސް އަސްލެއްނެތް ދައުވާއެއް ކަމަށާއި އެދައުވާއަށް އިންކާރު ކުރާ ކަމަށެވެ.

Advertisement - newsAdvertisement

ދައުލަތުން ސިޔާދުގެ މައްޗަށް އުފުލި ދައުވާ އިއްވަމުން ދައުލަތުގެ ވަކީލާ ވިދާޅުވީ ކުރީގެ ޖުޑިޝަލް އެޑްމިނިސްޓެރޭޓަރ ހަސަން ސައީދު، މައްޗަށް ކުރެވުނު ތުހުމަތުތަކަކާ ގުޅިގެން ހ.ނިޝާންޕްލާޒާ ގޭގައި ހަސަން ސައީދު އުޅޭ އެޕާޓްމަންޓް ބަލާ ފާސްކުރިއިރު އެ އެޕާޓްމަންޓްގެ ކޮޓަރިއެއްގެ ތެރޭގައި އޮތް ކަޅުކުލައިގެ ބެކްޕެކެއްގެ ތެރެއިން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ވިލާ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުގެ ހައިސިއްޔަތުން ސިޔާދު ސޮއި ކުރައްވާފައިވާ ސިޓީއެއް ފެނިފައިވާ ކަމަށެވެ. އަދި މުދާ ގަތުމަށް އަބްދުﷲ ސައީދު އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ ދަރިކަލުން ސ.ހުޅުދޫ، ކާމިނީގެ އަހްމަދު މިސްފިރުއާއެކު ތިން މީހަކަށް 2.4 މިލިއަން ޑޮލަރު ދިނުމަށް ނިންމާފައިވާކަން އެ ސިޓީއިން އެނގޭ ކަމަށެވެ. އަދި އުއްތަމަފަނޑިޔާރު އަބްދުﷲ ސައީދާއި އަލީ ހަމީދުގެ ދަރިކަލުންގެ ނަމުގައި މެލޭޝިޔާގެ "ސައިބަރޖަޔާ"އިން ލޭކް ފްރޮންޓް ވިލާތަކެއް ރިޒާވް ކޮށްފައިވާ ކަމަށާއި އެތަންތަނަށް ދައްކަން ޖެހޭ ފައިސާތަކުގެ ތެރެއިން ބައެއް ވިލާ ކުންފުނިން ދައްކާފައިވާ ކަމަށް ވެސް ދައުލަތުގެ ވަކީލާ ވިދާޅުވި އެވެ.

އަދި އެހެންމެ އެ ދައުވާ ސިޔާދުގެ މައްޗަށް ކޮށްފައިވަނީ އަލީ ހަމީދާއި އަބްދުﷲ ސައީދު ހިމެނޭ ގޮތަށް ސޮއިކޮށް އެކެއް ފެބްރުއަރީ 2018 ގައި ނެރުނު ކޯޓު އަމުރެއްގައި ވިލާ ކުންފުނީގެ ޗެއާމަން އަދި ސިޔާދުގެ ބައްޕަ ވަގުތުން ވަގުތަށް މިނިވަން ކުރުމަށް އަމުރުކޮށްފައި ވާތީ ހަސަން ސައީދުގެ ހިޔާޒަތުގެ ދަށުން ފެނުން ސިޔާދު ސޮއި ކުރައްވާފައިވާ ސިޓީގައިވާ ފައިސާއަކީ އެކެއް ފެބްރުއަރީގައި ނެރުނު އަމުރުގެ މުޤާބިލްގައި ދީފައިވާ އެއްޗެއް ކަމަށް ބެލެވޭތީ ކަމަށް ވެސް ދައުލަތުގެ ވަކީލާ ވަނީ ވިދާޅުވެފަ އެވެ.

އެދައުވާއަށް ސިޔާދު އިންކާރު ކުރެއްވުމުން ދައުލަތުން ވަނީ ސިޔާދުގެ މައްޗަށް ކުށް ސާބިތު ކުރުމަށް 33 ހެއްކެއް ހުށަހަޅާފަ އެވެ. އޭގެ ތެރޭގައި ގިނަ އަދަދެއް ޑޮކިއުމެންޓްތަކާއި ހެކީންގެ ގޮތުގައި ގިނަ ފުލުހުންތަކެއް ހުށަހަޅާފައިވެއެވެ. ބައެއް ޑޮކިއުމެންޓްތައް ސިއްރުކޮށްފައިވާއިރު، އެންމެ ބޮޑަށް ސުވާލު އުފެދުނީ ހުށަހަޅާފައިވާ ޑޮކިއުމަންޓްތަކުގެ ތެރެއިން 16 އާއި 17 ވަނަަ ޑޮކިއުމަންޓްތަކުގަ އެވެ.

އެ ދެ ޑޮކިއުމަންޓަކީ ވިލާ ޝިޕިންގ އެންޑް ޓްރޭޑިންގ ގެ ހިއްސާދާރުންގެ މައުލޫމާތު ހިމެނޭ ޑޮކިއުމެންޓަކާއި، މެލޭޝިޔާގެ "ސައިބަރޖަޔާ"އިން ލޭކް ފްރޮންޓް ވިލާތަކެއް ރިޒާވް ކޮށްފައިވާ ކަމަށާއި އެތަންތަނަށް ދައްކަން ޖެހޭ ފައިސާތަކުގެ ތެރެއިން ބައެއް، ވިލާ ކުންފުނިން ދައްކާފައިވާ ކަމަށް ބުނާ ހެކިތަކުގެ ޑޮކިއުމެންޓްތަކެކެވެ.

ސިއްރުކޮށްފައިވާ 16 އާއި 17 ވަނަ ޑޮކިއުމެންޓްގައި ވަނީ ކިތައް ސޮފްހާތޯ ސިޔާދުގެ ގާނޫނީ ޓީމުގައި ހިމެނިވަޑައިގަންނަވާ ނޫރުއްސަލާމް އަބޫބަކުރު ދައުލަތުގެ ވަކީލުންނާ ސުވާލު ކުރެއްވުމާއެކު ދައުލަތުގެ ވަކީލުންނަށް ޖަވާބު ދެއްވުމަށް ދަތިވެގެން ދިޔަކަން ފާހަގަ ކުރެވުނެވެ. އެގޮތުން 16 ވަނަ ޑޮކިއުމެންޓްގައި ވަނީ ދެ ސޮފްހާކަމަށާއި ނަމަވެސް 17 ވަނަ ޑޮކިއުމެންޓްގައިވާ ސޮފްހާގެ އަދަދެއް ދައުލަތުގެ ވަކީލުންނަށް ވިދާޅު ނުވެވުމުން ނުރުއްސަލާމް ވަނީ ދައުލަތާ އިތުރަށް ސުވާލުތައް ކުރިމަތި ކުރުވާފަ އެވެ.

އެގޮތުން ދައުލަތުގެ ވަކީލުންނަށް ޖަވާބު ދެއްވުމަށް ދަތިވެ، އެންމެފަހުން ވިދާޅުވީ އެ ހެކި އަދި ދައުލަތަށް ލިބިފައިނުވާކަމަށާއި ނަމަވެސް އެ ހެކި ހޯދިފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

ވަގުތުން ދިފާއީ ވަކީލުން ވިދާޅުވީ ސިޔާދުގެ މައްޗަށް ކުރަނީ ރިޝްވަތު ދިނުމުގެ ކުށުގެ ދައުވާއެއް ކަމަށާއި ސިޔާދު ކުރި އަމަލަކީ އުއްތަމަފަނޑިޔާރު އަބްދުﷲ ސައީދާއި އަލީ ހަމީދުގެ ދަރިކަލުންގެ ނަމުގައި މެލޭޝިޔާގެ "ސައިބަރޖަޔާ"އިން ލޭކް ފްރޮންޓް ރިޒާވް ކޮށްފައިވާ ވިލާތަކަށް ދައްކަން ޖެހޭ ފައިސާތަކުގެ ތެރެއިން ބައެއް ވިލާ ކުންފުނިން ދައްކާފައިވާ ކަމަށް ބުނާ އަމަލު ކަމަށެވެ.

އެހެންނަމަވެސް އެތުހުމަތާއި ގުޅިގެން 100 އަށްވުރެ ގިނަ ދުވަހު ސިޔާދު ޖަލުގައި ހައްޔަރުކޮށްގެން ގެންގުޅެ، ފުލުހުން ތަހުގީގު ހިންގައި، ޕްރޮސެކިއުޓަރ ޖެނަރަލް ކްރިމިނަލް ކޯޓުގައި ދައުވާ އުފުލިއިރުވެސް، މައްސަލައިގެ އަސްލު ހެކި ދައުލަތަށް ހޯދިފައިނުވާ ކަމަށެވެ. އަދި ހޯދިފައިނުވާ ހެއްކެއްގެ މައްޗަށް ބިނާކޮށް ދައުވާ ކުރުމަކީ އަދި ޝަރީއަތް ހިންގުމަކީ ޖިނާއީ އިޖުރާތުގެ ގާނޫނާ ހިލާފުކަމެއް ކަމަށާއި މިދައުވާއަކީ މަދަނީ މިންގަނޑުންވެސް ކުރިއަށް ގެންދެވޭނެ ދައުވާއެއް ނޫން ކަމަށް ވިދާޅުވެ، ތަކުރާރުކޮށް ދިފާއީ ވަކީލުން އެދިލައްވަމުން ގެންދެވި އެވެ.

މައްސަލަ ބައްލަވާ ގާޒީ އަހުމަދު ހައިލަމްވެސް ދައުލަތުގެ ވަކީލުންނާ ސުވާލު ކުރިމަތި ކުރުވަމުން ގެންދެވި އެވެ. އަދި މެލޭޝިއާއިން ރިޒާވްކޮށްފައިވާ ވިލާތަކަށް ދަައްކަންޖެހޭ ފައިސާގެ ތެރެއިން ބައެއް ދައްކާފައިވާކަމަށް ބުނާއިރު، މެލޭޝިއާގެ އިތުރުން ރާއްޖެއިން ވެސް އެއްވެސް ހެއްކެއް ދައުލަތަށް މިހާތަނަށް ލިބިފައި ނުވޭތޯ ގާޒީ ސުވާލު ކުރެއްވުމުން ދައުލަތުގެ ވަކީލާ ވިދާޅުވީ މިހާތަނަށް ދައުލަތަށް ލިބިފައިނުވާ ކަމަށެވެ. ނަމަވެސް އެލިޔެކިޔުންތައް އެބަހުރިކަމުގެ މައުލޫމާތު ލިބިފައިވާކަމަށް ވަކީލާ ވިދާޅުވި އެވެ.

ގާޒީ ހައިލަމް ވިދާޅުވީ ހޯމަ ދުވަހުގެ މެންދުރު 12:00ގެ ކުރިން ދައުލަތުން ޑޮކިއުމެންޓް 17 ގައި ހިމަނަން ބޭނުންވާ ޑޮކިއުމެންޓްތައް ކްރިމިނަލް ކޯޓަށް ހުށަހަޅަން ޖެހޭނެ ކަމަށެވެ. އަދި މިދައުވާއާއިގެން ކުރިއަށް ދިއުމާމެދު ގޮތެއް ނިންމޭނީ އެ ޑޮކިއުމަންޓްތައް ހުށަހެޅުމުން ކަމަށްވެސް ގާޒީ ވިދާޅުވި އެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

އިތުރަށް ކިޔާލަން

18 ޖެނުއަރީ 2017

ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

18 ޖެނުއަރީ 2017
ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ
17 ޖެނުއަރީ 2017

ވިސާމްގެ ޝަރީއަތް: ހެކި ބަސް ނެގުން މާދަމާ!

17 ޖެނުއަރީ 2017
ވިސާމްގެ ޝަރީއަތް: ހެކި ބަސް ނެގުން މާދަމާ!
17 ޖެނުއަރީ 2017

ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި

17 ޖެނުއަރީ 2017
ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި
17 ޖެނުއަރީ 2017

ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

17 ޖެނުއަރީ 2017
ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ
16 ޖެނުއަރީ 2017

ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި

16 ޖެނުއަރީ 2017
ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި
16 ޖެނުއަރީ 2017

ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

16 ޖެނުއަރީ 2017
ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
13 ޖެނުއަރީ 2017

ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު

13 ޖެނުއަރީ 2017
ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު
10 ޖެނުއަރީ 2017

މެޑަމް ފާތުންގެ ޖަމިއްޔާއާ ކަދުރު ހަވާލުކުރީ އަވަހަށް ބެހުމަށް، ކޮރަޕްޝަނެއް ނެތް: އޭސީސީ

10 ޖެނުއަރީ 2017
މެޑަމް ފާތުންގެ ޖަމިއްޔާއާ ކަދުރު ހަވާލުކުރީ އަވަހަށް ބެހުމަށް، ކޮރަޕްޝަނެއް ނެތް: އޭސީސީ
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް