Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރޯދަ އާއި ދީން

ފިތުރު ޒަކާތް ބަލައިގަތުމުގެ އިންތިޒާމްތައް

ޒަކާތް ބަލައިގަންނާނީ ރޯދަ މަހުގެ 05 ން ރޯދަ މަހުގެ 29 ވާ ބުދަ ދުވަހުގެ ނިޔަލަށް

ރާއްޖެ އެމްވީ | 18 މެއި 2018 | ހުކުރު 17:19
ޒަކާތް ދެއްކުމުގެ އިންތިޒާމް ތަކުގެ ތެރެއިން (ފައިލް)

ޒަކާތް ދެއްކުމުގެ އިންތިޒާމް ތަކުގެ ތެރެއިން (ފައިލް)

މާލެއާއި އަތޮޅުތެރޭގައި ފިޠުރު ޒަކާތް ބަލައިގަތުމުގެ އިންތިޒާމުތައް އިސްލާމިކް މިނިސްޓްރީން ވަނީ ހަމަޖައްސާފައެވެ.

ރަށްރަށުގައި ޒަކާތް ދެއްކުން

Advertisement - newsAdvertisement

ރަށްރަށުގައި ޒަކާތް ބަލައިގަންނާނީ އެރަށެއްގެ ރަށު ކައުންސިލް އިދާރާއިންނެވެ.

ޒަކާތް ބަލައިގަންނަ މުއްދަތު

ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައި ވަނީ ރޯދަ މަހުގެ 05 ވަނަ ދުވަހުން (20 މެއި 2018) ފެށިގެން ރޯދަ މަހުގެ 29 (13 ޖޫން 2018) ވާ ބުދަ ދުވަހުގެ ނިޔަލަށެވެ.

ޒަކާތް ބަލައިގަންނަ ގަޑިތައް

ޒަކާތް ބަލައިގަންނާނީ ހެނދުނު 10:30 ން މެންދުރު 13:00 އަށެވެ.

މާލެ ސިޓީގައި ޒަކާތް ބަލައިގަންނަ ތަންތަން

  • އިސްލާމީ މަރުކަޒު
  • ހުޅުމާލެ، ކޮމިއުނިޓީ ސެންޓަރ 03 ވަނަ ފަންގިފިލާ
  • ވިލިމާލެ، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާ ސްޓްރަކްޗަރގެ ވިލިމާލެ ޔުނިޓު

ފިތުރު ޒަކާތުގެ ގޮތުގައި ދައްކަން ޖެހޭ މިންވަރު

ފިޠުރު ޒަކާތުގެ މިންވަރަކީ މީހަކަށް 2.4 ކިލޯ ހަނޑުލުގެ މިންވަރެވެ. ޒަކާތް ނެރެންވާނީ އެބަޔަކު އަހަރުތެރޭގައި ޢާއްމުކޮށް ކައިއުޅުނު ހަނޑުލުގެ ބާވަތަކުން 2.4 ކިލޯ ހަނޑުލުގެ އަގަށްވާ މިންވަރެވެ. މާލެސިޓީގައި ފިޠުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވާ އަގު ތަކަކީ:

  • އާދައިގެ ހަނޑުލުން ނަމަ މީހަކަށް -/13 ރ
  • ތައިލެންޑު ހަނޑުލުން ނަމަ މީހަކަށް -/43 ރ
  • ބާސްމަތީ ހަނޑުލުން ނަމަ މީހަކަށް -/81 ރ

ޒަކާތް ދެއްކޭ އެހެން ގޮތްގޮތް

އެސް.އެމް.އެސް މެދުވެރިކޮށް ދިރާގު އަދި އޫރިދޫއިން ޒަކާތް ދެއްކޭނެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ. އަދި، އިސްލާމިކް ބޭންކާއި، ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ވެސް ޒަކާތް ދެއްކޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ.

ގދ. ތިނަދޫ

ޒަކާތް ބަލައިގަތުން އޮންނާނީ ކޮންމެ ރަސްމީ ދުވަހެއްގެ ހެނދުނު 10:30 އިން މެންދުރު 13:00 އަށް ގދ. ތިނަދޫ މީޑިއާ ސެންޓަރުގައެވެ.

  • އާދައިގެ ހަނޑުލުންނަމަ މީހަކަށް 12.50/- ރ
  • ތައިލެންޑް ހަނޑުލުންނަމަ މީހަކަށް 43/- ރ
  • ބާސްމަތީ ހަނޑުލުންނަމަ މީހަކަށް 84/-ރ

ފުވައްމުލައް ސިޓީ

ޒަކާތް ބަލައިގަތުން އޮންނާނީ ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 10:30 އިން މެންދުރު 13:00 އަށް ފުވައްމުލަކު ލޭންޑް ބިލްޑިންގ އެންޑް މުނިސިޕަލް ސަރވިސް ޑިޕާރޓްމެންޓްގެ އުތުރު، މެދު އަދި ދެކުނު ދާއިރާތަކުގެ އޮފީހުގައެވެ.

  • އާދައިގެ ހަނޑުލުންނަމަ މީހަކަށް 13/- ރ
  • ތައިލެންޑް ހަނޑުލުންނަމަ މީހަކަށް 42/- ރ
  • ބާސްމަތީ ހަނޑުލުންނަމަ މީހަކަށް 72/-ރ

އައްޑޫ ސިޓީ

ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 10:30 އިން މެންދުރު 13:00 އަށް ތިރީގައި މިވާ ތަންތަނުން އައްޑޫ ސިޓީގައި ފިޠުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވެއެވެ.

ސ.ހިތަދޫ – މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް، އައްޑޫސިޓީ ޔުނިޓް

ސ.މަރަދޫ/ސ.މަރަދޫފޭދޫ – ތަދްރީސުލް ޤުރުއާން

ސ.ފޭދޫ – ލޭންޑް، ބިލްޑިންގް އެންޑް މުނިސިޕަލް ސާރވިސް ޑިޕާރޓްމަންޓް

ސ.ހުޅުދޫ/ސ.މީދޫ – ނަސްރިއްޔާ ޕްރީސްކޫލް

  • އާދައިގެ ހަނޑުލުންނަމަ މީހަކަށް 13.50/- ރ
  • ތައިލެންޑް ހަނޑުލުންނަމަ މީހަކަށް 35/- ރ
  • ބާސްމަތީ ހަނޑުލުންނަމަ މީހަކަށް 78/-ރ

އިތުރަށް ކިޔާލަން

24 ޖޫން 2017

ފިޠުރު ޒަކާތް ބަލައިގަތުމުން މިއަދު 5 ޖެހުމާއި ހަމައަށް

24 ޖޫން 2017
ފިޠުރު ޒަކާތް ބަލައިގަތުމުން މިއަދު 5 ޖެހުމާއި ހަމައަށް
21 ޖޫން 2017

586 މީހުން ގޮވާމުން ޒަކާތް ދައްކައިފި

21 ޖޫން 2017
586 މީހުން ގޮވާމުން ޒަކާތް ދައްކައިފި
19 ޖޫން 2017

ގޮދަނުން ޒަކާތް ބަލައިގަތުން ހަމައެކަނި އަރަބިއްޔާ ސްކޫލުގައި

19 ޖޫން 2017
ގޮދަނުން ޒަކާތް ބަލައިގަތުން ހަމައެކަނި އަރަބިއްޔާ ސްކޫލުގައި
11 ޖޫން 2017

ފުރަތަމަ ފަރަނައިގައި 28000 މީހުން ޒަކާތް ދައްކައިފި

11 ޖޫން 2017
ފުރަތަމަ ފަރަނައިގައި 28000 މީހުން ޒަކާތް ދައްކައިފި
08 ޖޫން 2017

ތިނަދޫ ރައްޔިތުން ފިތުރު ޒަކާތް ދެއްކޭނެ ގޮތެއް ނެތިފައި!!!

08 ޖޫން 2017
ތިނަދޫ ރައްޔިތުން ފިތުރު ޒަކާތް ދެއްކޭނެ ގޮތެއް ނެތިފައި!!!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު